ތ. އަތޮޅު ހިރިލަންދޫ އިން ކަނޑިތަކެއް ފެނިގެން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ފެނިފައިވަނީ ދެ ކަނޑިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް “ވަގުތު”އަށް ވިދާޅުވީ އެކަނޑިތައް ފެނުނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިއަދު މެންދުރު އެ ރަށު ގެއެއްގެ ތެރެއިންކަމަށެވެ. އެ ކަނޑިތައް ފެނިފައި ވަނީ މީހުން ދިރިއުޅެމުން އަންނަ ގެއެއްގެ ތެރެއިންނެވެ.

އެހެންނަމަވެސް، މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިއަދު ހިރިލަންދޫއިން ކަނޑިތަކެއް ފެނުނުއިރު، މިއަދު ހެނދުނު އާޓިފިޝަލް ބީޗު ސަރަހައްދުގައި ފޮރުވާފައި ހުރި ތޫނު ހަތިޔާތުތަކެއް ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަކެތި ވަނީ ގެންގޮސްފައެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުން ފެނުނު ތޫނު ހަތިޔާރުތައް ފޮޓޯ:ޕޮލިސް

އާޓިފިޝިއަލް ބީޗް ސަރަހައްދުން ފެނިފައި ވަނީ އެކި ސައިޒުގެ ވަޅިތަކެކެވެ. އޭގެ ތެރޭގައި ފިޔޮއްސާއި ކަތިވަޅި ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިރިލަންދޫ މީހަ

    އެއީ މައުރަޒަށް ހަދާއިފަ ހުރި އެއްޗަކަށް ވާނީ

  2. Miadhu

    ތިވަޅިތަކަކީ ކަޅުކާޅު ކޮއްޓަށްލައިގެން އުޅުނު ދުވަސްވަރުގެ އެއްޗެެއްހެން ހީވަނީ

  3. ޢަދުރޭ.

    ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން