މާލެއާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖުމަތިން ސައިކަލުގައި ދުއްވާފައި ދިޔަ ފުލުހެއްގެ ސައިކަލު ފަހަތަށް "ޖިންނި" އެއް އަރައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މިކަން ދިމާވެފައިވަނީ އެމީހުންނާއެކު ފުޓުބޯޅަ ކުޅެން ގޮސް އުޅުނު ފުލުހަކަށެވެ. މިކަން ވީގޮތް އޭނާވަނީ ކިޔައިދީފައެވެ.

އޭނާ ބުނި ގޮތުގައި ބުރިޖު މަތިން މި ފުލުސް މީހާ، ދަތުރު ކުރަމުން ދަނިކޮށް، ހުޅުމާލެއާ ދޭތެރެ މެދުން، އޭނާގެ ސައިކަލު ފަހަތަށް މީހަކު އަރައިގެން އިންހެން ހީވިއެވެ. ދެން ބަލާލިއިރު ސައިކަލު ފަހަތުގައި އިނީ އަންހެން ކުއްޖެއްކަމަށް ބުންޏެވެ. މިކަމާ ބިރުން އަވަހަށް ސައިކަލު މަޑުކޮށްލާފައި ފަހަތް ބަލާލިއިރު މީހަކު ފެންނަން ނެތްކަމަށްވެސް ބުންޏެވެ.

މިކަމާ ގުޅިގެން ބިރުން، އެހެން މީހަކު އަންނަންދެން ކުރިއަށް ދާން ނުކެރިފައި ހުރީކަމަށްވެސް ބުންޏެވެ.

އެމީހާ އިތުރަށް ބުނި ގޮތުގައި ދެން އެހެން ހުއްޓާ ސައިކަލެއް އަންނަތަން ފެނުމުން އެވާހަކަ އެމީހާ ކައިރީގައި ބުނުމަށްފަހު، އެނބުރި މާލެ އައީ އެމީހާ އެކުގައެވެ.

ސިނަމާލެ ބުރިޖު މަތިން ޖިންނި ފެންނަކަމުގެ ވާހަކަތަކެއް، މި ފަހުން އާއްމުވެފައިވެއެވެ. އަދި ބުރިޖު މަތީގައި ހިނގާ އެކްސިޑެންޓުތައް ގިނަވެފައިވަނީ އެކަމުގެ ސަބަބުންކަމަށް އެކްސިޑެންޓްވި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

129 ކޮމެންޓް

  1. Anonymous

    މިއީ އެއްވެސް ޒާތެއްގެ ސިހުރެއްތޯ ބެލުން ވަރަށް ރަނގަޅު. ސިޔާސީ ވާނެ ކަމެއްނެތް. މި ތަނުގައި މުހިއްމުވީ މީހުންގެ ސަލާމަތާއި ރައްކާތެރިކަން.

    50
    7
    • ޖަހައްނަމަ

      އާން މިކަން ވެއްޖެ ބަލަން މިކަން ނުބަލަ ނެތް ކަމެއް ވާކަށް.

      35
      1
  2. ބުރޯ

    ވެރިކަން ލިބޭތޯ ޔާންބެ ހެދި ސިހުރުތައް ބާތިލް ނުކުރަނީސް މިކަން ހައްލެއް ނުވާނެ.

    13
    48
    • ؛ގޖަ

      މީ މިވީހާތަނަށް މީހަކު ދެއްކި ރަނގަޅުވާހަކަ

      18
      8
    • މަރީ

      ސިހުރު ހެދި ނަމަ ލިބޭނެއެންނު. ސިހުރު ހެދިއްޔާ ހެދި ބައެއް ވަރަށް ސާފު

      34
      7
    • ފުރޯ

      ސިހުރު ހަދައިގެން ކާމިޔާބުނުވީމަ އެ ސިހުރުގެ އަސަރު ނެތީނު؟ ސިހުރުގެ އަސަރުކުރިނަމަ މިހާރު ވެރިކަން ކުރާނީ އޭނާނު؟

      31
      8
  3. ާހައިދަރު

    ތި ވާގޮތަކީ އަވަހަށް ބުރިޖު ނަގަންވީ މީ ޖަޒީރާ ރާއްޖެ މިތާކު ބުރިޖެއް ބޭނުމެއް ނުވާނެ

    16
    25
    • ?

      އާން ގަދަވަޔާ ވާރޭގައި ގަދަ ކަނޑުގައި ދޯ ދަތުރުކުރާނީ އޭރުން ދޯންޏަށް ޖިންނިވެސް ނާރާނެ

      33
      4
    • ހުއް

      އަހަރެން ހީކުރަނި އަދި ތިބޭފުޅާ ބުރިޖް ގެ ބޭނުން ނުހިފާކަމަށް... ބުރިޖުގެ ބޭނުން ހިފިންތަ؟

      8
      2
  4. Mode

    Heyo eche nukiyavaathi vaahaagoi

    19
  5. ކަނޑުކޮސް މީހާ

    ތި ވާނީ ހަނދުކޭތަ ފިލްމުގަ އުޅޭ ށީރީނު ކަމަށް

    10
    1
    • އައި

      މިހާރު އެ ސިފައިން ގެ މީހާ ކޮބައިތަ؟????

      12
  6. ހައިރާން

    ހީހީ ހަލާކުވެއްޖެ،.......????? އެކަމަކު އެކްސިޑެންޓް ތައް ވަރަށް ގިނަވެއްޖެ ދޯ،.....

  7. ހަނީފު

    މިހާރުވާގޮަތަކީ ދުއްވާމީހާއަށް ކޮންޓުރޯލްނުވާވަރަށް ދުއްވާފައިދާއިރު ގައިގައި ވައިއެޅީމައި ހީވަނީ ތިމަންނަސައިކަލްފަހަތަށްމީހަކުރާއިންހެންނެވެ. ދުއްވާފައިދާލެއްބާރުކަމުން ދެލޯ ނުހުޅުވެގެންގޮސް ސައިކަލްފަރަށްއެރީމައި ބުނާނެ ތިމަންނަކުރިމައްޗައްޖިންނިއެރިއްޔޭ ގާނޫނާ ގަވައިދާހިލާދުވާމީހުން ފުލުހުންގެކިބައިން ސަލާމަތްވެގެންބަހަނާއަކަށްދައްކާ ވާހަކައެވެ.

    24
    1
  8. އަލިބެ

    ޢާންމުންގެ ތެރޭގައި ބިރުވެރިކަން އިތުރުކުރުމުގައި ވަގުތު އޮންލައިން ވަނީ ހައްދު ފަހަނަޅާފައި

    11
    5
  9. ކުޑަ ފޫޅު

    ސަންތި މަރީ، ދެޓްސް ޔޫ؟

    7
    1
    • ސަންތި މަރީ

      އިޓްސް ނޮޓް މީ އަޅެ

      8
      1
  10. ޑެލްބޯއި

    ލަފާކުރެވޭ ގޮތުގައި ކޮންމެ ވެސް ޒާތެއްގެ ގޭސް އެއްގެ އަސަރުކޮށްގެން ތިމީހަކު ހެލުސިނޭޓް ކުރީ!!!

    4
    1
  11. ޟާރާ

    ހަށިރައްކަލަން ކިޔަން ޖެހޭ ތަކެތި ކިޔައިގެން ދާނީ

    21
    1
  12. އަހުމަދު

    ހުޅުލޭ ބޮޑުމީހާގެ އަންހެން ދަރިއެއް ކަންނޭގެ

    11
    2
  13. ށއވތުރ

    ތި ވާނީ ތިމީހާ ސަޅި ވީމަ ސައިކަލު ފަހަތަށް އަރާލާ ހިއްވީ ކަމަށް އެއްވެސް ހާލަތެއްގަ ތި ފުލުސް މީހާ ބިރުގަންނުވާލަން ޖިއްނި ކުރިކަމެހެން ހިއްޔެއްނުވޭ

  14. Anonymous

    ޜަންނަމާރި ރިޓާންސް

  15. އާދަމް

    ސިނަމާލެ ބުރިޖުގެ ނަން "ޖިންނި"ބުރިޖަށް ބަދަލުކުރަން ފެނޭ...

    • ކާފަ

      ޖިންނި ހައިވޭ ބްރިޖެއް ނޫން.

      2
      1
  16. Anonymous

    އަދިކިރިޔާ ދޯ ޖިންނިިކުއްޖާއަށް ބުރިޖްމަތިން ދާ މީހުންގެ ސައިކަލަށް އަރަން އިނގުނީ.

  17. ރަޝީދު

    وَٱللَّهُ أَعْلَمُ

    12
    2
  18. ަވަވް

    ޓިކެޓް އަގުހެޔޮވީމަ ބުރިޖު ބަލާލަން ޖައްސާލީ ކަމަށް ވާނީ. އެކުދިން ބުނާ ތާކަށް ޑްރޮޕެއް ޖަހާލަ ދީގެން ގޯހެއް ނުވާނެ. އެއްވެސް ވަރަކަށް ބިރުގަންނަ އެއްޗެއްނޫން. ކުރީޒަމާނު ސަންތި ވެސް ބަޔަކު އެރުވިއެއްނު. މި ހާރު އެ އަރުވަނީ ޗިކުން. ކޮންމެސް ލޫޕެއް އެ ހަދަނީ. ޕޮލިހުން ނިދާލާނެ ވަގުތުކޮޅެއް އެ ހޯދަނީ. ހަ ހަ ހާ

    6
    3
  19. އަބުދުﷲ

    ތިޔައީމާމޮޅުގޮތެއް އެކުސިޑެމްޓުވަނީ ޖިންނީގެސަބަބުން ތިކަހަލަގެ ކަރާދަޑެއް އަހަރެމެންރަށުގަވެސްއެބައޮވޭ ކަރާއަޅާހިސާބުން ޖިންނިތައް ނިކުންނަންފަށާ ސީޒަންދިޔާމަޖިންނިތައްގެއްލޭ މީވާއަރަތެއް

  20. ޢަލީ

    ނޫނޭވާ ސަރުކާރު މޮޅު ތިގޮތަށް ބިރުދައްކައިގެން ގޭގައި ތިބެޒިއްމާ ނޫފުލޭ ގޮތަށް ތިބޭ އަތަށް ގޮވަނޭ

    3
    3
  21. ބެއްޔާ

    ކިތައްމެ ވަރަކަށް ޖިންނި ދެއްކިޔަސް ބުރިޖު ބޭނުންކުރާނެ. ރިޔާނެގި ދޯނީގަ ހުޅުމާލެއަށްދޭ ދެން. ތީ އެމްޑީޕީން ފަތުރައިގެން އުޅޭ ވާހަކަތަކެއް.

    4
    3
    • ދިވެހި ބޭބެ

      އެމް.ޑީ.ޕީ އަށްވެސް ބްރިޖް ސަޅި، ސަޅި ނޫނީ ޔާމީނުގެ ވައްކަން.

      6
      1
      • ދޮން

        ބްރޯ ވައްކަން ނުކުރާ އެކަކުވެސް ނެތް. ގިނަ ޕްރޮޖެކްޓްތަށް ހިންގާ ގިނަފައިސާ އަތަށް އަރާމީހަކަށް ގިނައިން ކެވޭނީ. 2 ލައްކަ ރުފިޔާ ވަގަށް ނަގައިގެންހުރެ، 2 މިލިޔަން ރުފިޔާ ވަގަށް ނެގިމީހާޔަށް ވަގަށްގޮވީމަ މީތި ކަޑައޭ.

        10
  22. ޚޖޖމކކ

    ތިކުރަޖެއްސުމެެއް

  23. އަހްމަދު ފާރޭ

    މަވެސް ރޭގަ ބުރިޖް މައްޗަ އަރާލިން އެކަމަކު ނުފެނޭ ތިބުނާ ޖިންނި އެއް ތީ ވަނި ފުލޯކު ވާހަކެއް ކަމައް އީމާން ތެރިކަން ނެތިޔާ ވާނި ތިހެން

    • ބްރިޖް ޖިންނި

      ސާބަސް... ރޭގަ މަ ތީނައަށް ގޮވާލި އަޑެއް ނީވެތަ؟ މިރޭ އަލުން އަންނައްޗޭ... މިރޭ އަރާނަން އިނގޭ ތީނަގެ ސައިކަށް...

  24. ޖިންނި

    ގެއިން ނުކުންނަމުން ކިޔަންޖެހޭ ދުޢާތައް ކިޔުމާއި ގެޔަށް ވަންނަމުން ކިޔަންޖހޭ ދުޢާތައް ކިޔާ ނަމާދު ކޮށް އުޅޭނަަ ތިކަހަލަ ބިރުވެރި ކަންކަމާ ދިމާ ނުވީސް

  25. ޓޮއް

    ހަތަރުކަން ހަމަވީ.

  26. ޥެރިކަން

    މިއީ ކުށުވެރިކަމެއް އަދި ބަލާވެރިކަމެއް

  27. ހުޝީ

    ކައިވެނި ލާޒިމްވާވަރަށް ޝަހުވާނީ ވެއްޖެނަމަ ބާލީސްެވެސް ފެންނާނީ ޖިންނި އަންހެނެއްގެ ސިފައިގަ.

  28. ފުނަދޫ މީހެއް

    ޖިއްނީނާއި އިންސިންވެސްހެއްދެވި އެކަމަކު މިޒަމާނުގަ މިއުޅޭހިތުގައީމާންކަމެއްނެތިމިއުޅޭ ހިތައްއެރިހާއެއްޗެއް ބޮއެގެންކައިގެން އުޅޭމީހުންނާ ޖިއްނިސައެތޯނުންސެސް އަވަލަވާލެއްވެސްގިނަވާނެ ހިތުގައީމާންކަންގަދަމީހުންނާ ހެޔޮދުވާތައްކޮއްގެންއުޅމީނަކާކައިރިއެއްނުވާނެ އެމީހުންނެއް އެމީހުންދެކިބިރުގައްނާނެ އެމީހުންނެއް އެއެއްޗިއްސަކައްނުފެންނާނެ

  29. ބޮޑުތަކުރުފާނު

    ސަވާރީއަށްއަރަމުންދުއާކިޔާބަލަ

    4
    1
  30. ބޭގަނޑު

    ރޭގަވެސް ދިޔައިން އެކަމު ކުރިއަށްއެރީ ޖިންނި

    1
    2
  31. ބާލިދީ

    މަށަށް ފެނުނީ ހާލެއްގެ ސިފައިގަ ހުރަސްކުރިތަން.

  32. އެނޮނިމަސް

    ހަހަހަހަަ .. ކިޔާނެ އެއްޗިސް ހުސްވީ ހަހަހަ

  33. ޑެވިލް

    މީގެ އަހަރު ތަކެއްކުރިން އަންބަރާގަވެސް ޖިންނިތަކެއް އުޅުނު.

  34. ސަރީ

    ޖިންނި ގޮވައިގެން ބުރެއްޖަހާލަން ނުދިޔައީއޯ..

  35. ޖިންނި ޖިނާ

    އަވަހަށް ބުރިޖައް ފެން ކިޔަވާފަ އަޅަންވީ.

  36. ނަފް

    ފުލުސް މީހާ ޖިންނި ގޮވައިގެން ގޮސް ބަންދުގައި ބެހެށްޓި ނަމަ ބްރިޖަށް އަރާ އެންމެންގެ ސައިކަލު ފަހަތަކަށް ނޭރުނީހެންނު???

  37. Anonymous

    ދުޢާ ކިޔާފަ ގެއިން ބޭރަށް ނުކުންނަންވީ! ޙެނދުނާ ހަވީރުގެ ޒިކުރުތައް ބަރާބަރަށް ކިޔާ 5 ނަމާދު ކޮށއގެން އުޅޭމީހުން މިފަދަ މުސީބާތުން މިންޖުވާނެ އަބަދުވެސް

  38. ބެއްޔާ

    ބުރިޖު މަތީގަވާ ގޮތް ނޭންގޭ (ޖިންނި ފެނިގެންވާ) އެކްސިޑަންޓްތައް ތަހުގީގު ކުރަން ކޮމިޓީއެއް ހަދާފައި ހުސްނު ސޫދާ ހަވާލުކުރޭ.

  39. ނަނި

    ތިވެދާނެކަމެއް ކުޅުދުއްފުށީ ފަސްގަޑުންވެސް ތިކަހަލަ ކިތަންމެ އެއްޗެއް ފެނޭ.މީހުން ގިނައިން ދުއްވަން ފެށިފަހުން އެހާވަރެއްނޫން.ވަރަށްގިނަ އެކްްސިޑެންޓް ވެސްވި

  40. ކެނެޑީ

    ސަރުކާރުން އަވަހަށް މިގޮތަށް އުޅޭ ޖިންނިތައް ހައްޔަރުކުރަން ޖިންނި ރިޔާސީ ކޮމިޝަނެއް ހަދަން ފެނޭ

  41. ފާތުން

    ހެޔޮ ކަންތަކަށް ވުރެ ނުބައިކަންތަށް ކުރާމީހުން ގިނަ ވީމަ . މީ މާތް ﷲ އަހަރެމެން ތައުބާވުމަށް ދޭ ހިނޓަކަށް ވެސް ވެދާނޭ. والله اعلم.

  42. މާމިގިލީ މީހާ

    މާމިގިލީ ފުނަގަސް މަގުން ރޭގަނޑު ދާ މީހުންގެ ސައިކަލު ފަހަތަށް އަރާ ތިކަހަލަ އަންހެން ޖިންނިއެއް.. މީ ހަމަ ހަގީގަތެއް. ގަބޫލު ނުކުރެވޭ މީހުން ތަޖުރިބާ ކޮއްލާން އެކަނި އެމަގުން ދުއްވާލަ ބަލަ ރޭގަނޑު..

  43. ާނަނަ

    މާލެ އަރާފަ ހިތުހުރިގޮތަކައް އުޅެފައަންނައިރު
    ތިފެންނަ އެއްޗެހި މަދު ތަންކޮޅެއް

  44. މަ

    ????????

  45. ނާނު86

    އަޅެ ދުޢާ ކިޔައިގެން ދަތުރު ކުރާނަމަ ދޯ!

  46. ޜަނާ

    ޖިންނިއަކީ އުޅޭ އެއްޗެއް ފެނުން އެކަށީ ގެންވޭ އެކަމަކު އެކްސީޑެންޓްތައް ހިގަނީ މީހުންގެ ފަރުވާ ކުޑަކަމުން ބަލާނުލާ މާ ބާރަށް ދުއްވާތީ އިހަށް ދުވަހު އެކްސީ ޑެންޓްވީ 17އަހަރުގެ ކުއްޖާ އެކްސީޑެންޓް ވީ ބްރިޖް މަތިންނެއްނޫން ނުބަލާހިސާބަށް ވުރެ ބާރަށް ދުއްވާނަމަ އެފަދަ ގޮތްތައް މެދުވެރިވާނެ

  47. ކުޑަރަށް

    ފާހިޝް ޢަމަލްތަކުން ފުރިއްޖެ ނަމަ ޖިންނި ޝައިޠާނުން އާލާވާނެ.

  48. އެމްޑީޕީ ދިދަ އާ ޖޭޕީ ދިދަ ޖަހައިގެން ހެދި ހާހޫރަ ފެންނަން ފެށީ

    ދޯ

  49. ތިމަންނަ

    ލަފާކުރެވޭ ގޮތުގައި ތިޔަ ބުރިޖް ހަދަންއުޅުނު ކޮންމެވެސް ބަޔަކު ތިޔަތަނުގައި މަރުވެ އެމީހުންގެ ރޫހް ބުރިޖުން ފެންނަނީ ކަމަށްވެސް ވެދާނެ

  50. ކައިވެނު

    އަނިއްކާ ބުރިޖު މަތީ ގައި ކުރި ކާވެނިތައް ކިހިނެއްބާ ވާނީ!!! ދެމި އޮނާނެތަ.. ??

    • ކ.

      އިންޝާﷲ ތިމާ ހެޔޮގޮތްބޭނުމީ އަނެކުންނަށްވެސް ހެޔޮގޮތް އެދެންވާނެ. ކޮންމެކަމެއް މަޖަލަކަށް ހަދަންނުވާނެ

  51. ވަހީދު

    ޖިންނި އަކީ އުޅޭ އެއްޗެއް. ބްރިޖުމަތީގައި ވެސް އުޅޭނެ. އެހެން ތަންތަނުގައި ވެސް އުޅޭނެ. އެކަމަކު މިޚަބަރު މަށަށް ގަބޫލު ކުރެވޭވަރަށްވުރެ ޟައީފު. ހާދިސާ ދިމާވި މީހާގެ ނަން ޖަހާލި ނަމަ ކޮންމެވެސް ވަރަކަށް ގަބޫލު ކުރެވުނީސް.

  52. ވަހީދު

    ބަރަކާތް ކެނޑިފައިވާ ވެރިކަމެއް

    2
    1
    • މީ

      އަސްތަޤްފިރުﷲ. ވަﷲ އަޢުލަމް ?

  53. ޖިންނި ޖިނާ

    ޢިންސާނުންނަކީ ކުޑަ ބުރިޖަކާ ބާރެއް ލިބުނަސް ހާދަ ބޮޑާވާބެކޭ.!! ޒޫނާއއއއއއއއއ!!!

  54. ކަނޑުރަސްގެފާނު

    ތިވާނީ ރަންނަމާރި ކަމަށް ބުރިޖުގެ ތަބެއް ޖަހަން ތޮރުފުމުގެ ތެރޭގާއި ފުޅިއަކަށް ލާ ގާދޫކޮލުން ބޭރަށް ފަށްތާފަ އޮތް ފުޅި ތެޅިގެން ރަންނަމާރި މިނިވަންވީ މިސަރުކާރު ވެރިކަމާހަވާލުވިފަހުން ކަމަށް ލަފާކުރެވެނީ

  55. ސުންބުޅި

    އެކްސިޑެންޓުވަނީ ހިބާއްވުރެން މަޑުން ދުއްވާތީ މަތަ ނުވެގެން ވަރަށް ސާފު

  56. އެކޮއި

    ފުލުހުންގެ ސައިކް ފަހަތަށްނާރާ ވަރެއްނޫނޭ.. އަންކިޔާފިއްޔާ އަންނާރަކަސް އެމީހުންނަށް ހެޔޮ.. ޖިންނިއެއް އިންސިއެއް ނޯވޭ.. ބެހިގަންނާކަށް..

  57. ކުޑަގޮލާ

    ދެން ފަހަރަކުން ހިފާނަން...

  58. އާދަނު

    ތިވާނީ ހުޅުލޭ ބޮޑުމީހާ ކަމަށް

  59. ޗުއްކީ ބޯ؟؟؟؟

    ހަމަ ރަނގަޅަ ވީ އަހަރެމެން ކަހަލަ ނިކަމެއް ޗައްކު މުސީބާތެއް ނުވަތަ ހާއްދިސާއެއް ދިމާވުމުން އެމީހުން އުޒުރު ދައްކަނީ

  60. ޞަރޮ

    ޓްރާސްޕޯޓު މިނިސްޓަރުކަން ފިރެހެނަކަށް ދީ އަވަހައް.

  61. ބުރޯ

    އެމްޑިޕީ ދިދަޔާ ޖޭޕީ ދިދަ އިން ވަހުތާން ނަގާފަ ހުރިތަން ފެނުނު . އެ ކިޔަވެލީގެ ކަންތައް ފެންނަން ފެށީ .

  62. އަސްވާމު

    ތިމާމެންނަން އެކަމުގެ ހަގީގަތް ނޭގޭ ކަންކަމުގެ ވާހަކަ ނުދައްކަންވީ. ޢިންސާނުންވެސް ޖިއްނިވެސް އުޅޭނެ އުޅެންވެސް ޖެހޭ.

  63. ޑީ

    މީހުން މިނަށްވުރެ ނުބައިވީމަވެސް ވާނެ ގޮތްގޮތް.
    މިހާ ހާދިޡާތައް ދިމާވާއިރުވެސް ހެޔޮ ދުޢާކޮށް ތަކުބީރު ކިޔާކަށް ނުވޭތަ.

  64. ގެޓު

    ފުލުސް މީހާ ހުރީ ހަމައިގަތޯ ބަލަންވީ ފުރަތަމަ. މަވެސް މީ ދަންވަރުވެސް އެކަނި ތިތަނުން ދަތުރު ކުރމީހެއް...އަންހެނެއް ކީކުރަން މިޔައް އަރާނެ މުސްކުޅިއަކުވެސް ނުވޭ....

  65. Anonymous

    އަސްލު ތިހެންވާން މެދުވެރިވި ސަބަބަކީ މީހުން ނުބައިވުން.

    އަހަރެމެން ހުރިހާމެން ﷲއައް ބިރުވެތި ވޭތަ؟
    ﷲއައް ބިރުވެތި ވާނަމަ މީންއެއް ވެސް ކަމެއް ނުވާނެ.
    އަޅުގަނޑުގެ ދުޢާ އަކީ މާތްﷲ އަށް ބިރުވެތި ވެ އެކަލާންގެ އެންގެވި ގޮތަށް އުޅޭ މީހުން ގިނަވުން. [ޢާމީން]

    • މީ

      ޔާﷲ އާމީން

  66. ރާޅު

    އިބިލީހުގެ ތަހުތުވެސް ހުންނަނީ ކަނޑުމަތީ. އަދި ޝައިޠާނުންތައް އިބިލީހާއެކު ކަނޑުމަތީގައި ބައްދަލުވުން ބާއްވައިހަދައި. ކިހިނެއް އިނގެނީ ތިބުރިޖު ތިއެޅުނީ އިބިލީހު ތަހުތުމަތީގައި ނޫންކަމެއްވެސް. އެތަނުން ގޮލެއް ފުންމާލަފާނެ ދޯ؟

  67. ދުއާ

    ބްރިޖް ހެދުމުގެ ކުރިން ހުލުމާލެ ޓެކްސީ ތަކަޣް އެކަހަލަ އަންހެން ކުދިން އަރާ ވާހަކައާއ އަދި ޓެކްސީއަށް އެރީމަ ދާން ބުނާ ތަނަކަށް ގޮސް ބަލާއިރު ޓެކްސީގަ މީހަކު ބީންނަ ވާހަކަ އަކީ ވެސް ވަރަށް ގާތުން އަޑު އެހި ވާހަކެައެއް. އަދި ަ ސަފާރީ އަކަށް އަންހެން ކުއްޖަކު އެރުމުން އޭގަ ހުރި މީހަކު އެކުއްޖާ އާ އެކު ހުޅުމާލެއަށް ފައިބާ ވަރަށް ރީތި ގެއެްގަ ތިބެ ނިދާފަ ހޭލެވުނު އިރު ގަސް ތަކެއްގެ ތެރޭގަ އޮވެވުނު ވާހަކައާ އެކަމާ ބިރުން އޭނަ ވަރަށް ބޮޑަށް ބަލިވެ ބުއްދި ގޯސްވި ކަމަށް ވެސް ތަންކޮޅެއް ކުރިން އަޑު އެހިން. ވައްﷲއައުލަމް

  68. އާދަމް ނަބީހް

    ފުލުސް މީހާގެ ނަމާ އެޑްރެހާ ޖަހާލި ނަމަވެސް ޤަބޫލުކުރަން ފަސޭހަ ވީސް.ޖިންނި ވެސް އުޅޭނެ.ސައިކަލު ފަހަތައް ވެސް އަރާނެ.ބްރިޖައް ސިހުރެއް ހަދާފައި ހުރިތޯ ރުޤްޔާކޮއްލަން ފެނޭ ކަމުގެ ތަޖޭ ހުރި ރާޤީއެއް ލައްވާ.ދެން އަމިއްލަ ވާހަކަ އެެއް ބުނެލާނަން.
    އަލިހުރަސް ކަނޑައް އެނަން ކިޔާ އުޅެނީ އެކަނޑުން "މާގަލު އަންހެއްކުއްޖާ" ގެ ރޫހު އައްޔެއްގެ ސިފައިގައި އެކި ޒާތައް ފެންނާތީ.މިހާރުވެސް ފެނޭ.ހުދު އަޅުގަނޑައް ވެސް ފެނިފަ ވަނީ.
    އެހެން ވަީމާ ބްރިޖައް ކިޔާވަރު ވެއްޖެ ކުއްޖާ ހުރަސް ބުރިޖު.

  69. ޔާމީން

    މަގޭ ފަހަތަށް މިރޭ އޭގެ ފިރިހެން ޖިންނި އަރާ ބުނަނީ މަގޭ ބިޓު ޖިންނި ފުލުހަކު ރޭޕް ކޮއްފިޔޯ، ޕޮލިހަށް ރިޕޯރޓް ކޮއްލަން ފޯނު ދީ ބަލާށޯ!

  70. ޙުޅުލޭ ބޮޑުމީހާ

    ޢަޅުގަނޑުގެ އަންހެނުންގެ އަމަލުތަކަށް ނިހާޔަތައް މާފައްއެދެމެވެ.

  71. ޙުލުލެ

    ހުޅުލެ ބޮޑުމީހަ އައީ

  72. ހަހުރަ

    އަވަހަށް ދާންވީ ބުރިޖަށް!!! ޖިންނިއެއް ލިބޭތޯ!!!!

  73. ޓަވަރު

    ޖިންނި ބުނީ ބާރަށް ދުއްވާށޭ!

  74. ކާސިމް

    މިކަންކަން މިއީ ހިނގާ ކަމެއްނަމަ އެކަމުން ސަލާމަތްވުމަށް ދީން ދަސްކޮށްދެއްވާފައިވާ ދުޢާތަކާއި ޒިކުރުތަކާއެކު ގެއިން ނިކުންނަންވީ. ދަންވަރުވެސް. މިފަދަ ކަންކަމުގައި ޝޭހުންނަށް ގުޅާންޖެހެނީ އެދުޢާތައް ދަސްކޮށްފައި ނެތުމުން. އެމީހަކުން އެދުޢަތައް ދަސްކޮށް ބޭނުން ހިފުމުން އާދަކޮށްފައިވާނަމަ، ދަންވަރުވެސް ޝޭޙުންނަށް ގުޅާކަން ނުޖެހޭނެ!

  75. ނޫރާ

    ފުލުހުން ފޯރިމަރަން ވަރަށް ބޮޑު ސަރަހައްދެއްޖެހިފައިވަތީ ހަދާމަކަރުދޯ މުޙައްމަދު ސޯލިހުގެ ޅިޔަނަށް ރައްޔިތުން ބަލަހައްޓަން ދަތިވެއްޖެ ނޭބާފުލުހުން ކޮބާ

  76. ވަތަނަބެ

    އިހަށް އެސޮރުކައިރީ އަހާބަލަ އެ ޖިންނި އިނީ ފުލުސް ޔުނީފޯމުގައިތޯ އެހެންކަމަށްވާނަމަ ތިޔައީ ޢިމްރާނު ފޮނުވި ޖިއްނިއަކަށްވާނީ.

  77. މޯޑު

    ފަހަތަށްއެރި މަންޖެ ގޮވައިގެން ދިޔަނަމައެއްނު ގެއްލުމެއް ނުދެންޔާ ކޮބާ މައްސަލައަކީ

  78. ފަސީޚް

    އެމަންޖެ ރީތިތަ

  79. ސަމްމާހު

    މަށައް މިސް ކޯލް އެެއް ޖަހާބަ ތި ޖިންނި އެއް ފެނިއްޖެއްޔާ ކުޅި ކުޅެލާނަމޭ..

  80. ވިސާ

    މި އަހަރު ފްރީ ވިސާ ދީފަ އިނީމަ.
    ޖިންނީން ގެ އޮކިޔުޕަންސީ ހައި ވަނީ ??

  81. ބޮޑުމީހާ

    އެއީ، ހުޅުލޭ ބޮޑުމީހާގެ ދޮށީ އަންހެންދަރި. ނޫނީ ގާދޫކޮލަށް ފެއްތި ރަންނަމާރީގެ ކާފަދަރި.

  82. ޖިންސ

    މަވެސް އެރިން ބުރިޖު މަތިން ދުއްވާފަ ދިއަ ޖިންނިއެއް ގެފަހަތައް

  83. ކިއިން

    ތިޔައީ ހީއަކަށް ވުން އެކަށީގެންވޭ

  84. މޯޑް

    ބުރިޖުނ ފެންނަނީ ގާސިމްބެގެ ހަގު އަނބި ?

  85. ނައިންޓީ

    ތީ އެއްވެސް ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން. މީހަކު މޮޅު އެއްޗެއް ކީމަ މިހާރު ދެން އެކި ގޮތްގޮތަށް ފޮނިތޮށި ކާފޫތޮޅި އަޅައިން ދައްކާ ހުސް ފުލޯކުތީ.
    ބޭނުމަކީ މީހުން ބުރިޖުން ދަތުރުކުރުން މަދުކުރުން.

  86. ޗިންތޮން

    ޗައިނާ އެމްބަސީއަށް ސިޓިއެއް ފުނުވާފަބުނޭ ‘ވީ ވޯންޓް ވިތައުޓް ޖިންނި’ ޕްލަީޒް

  87. ބޮޑާބެ

    ވެދާނެ ކަމެއް. ހައިރާން ވާކަށް ނުޖެހޭ. ތިއީ ބައެއްފަހަރު ހިނގާކަންކަން. ޖިންނިއަކީ އުޅޭ އެއްޗެއް. އަދި މީހުންނަށް އުނދަގޫވެސް ކުރާ އެއްޗެއް. މިއީ ދެން މާބޮޑުކަމަކަށް ހަދަންވީ ކަމެއް ނޫން.

  88. ހަސީން

    މާތްﷲ ކުޅަދުންވަންތަކަން ފެނިފަ އެކަކުވެސް ބިރުގަން ހެނެއް ހިއެއް ނުވޭ. މާތްﷲ މި ދުނިޔޭގައި ލެއްވިކަމަށް ވަހީ ބަސް ފުޅު އިއްވެވި މަހުލޫގުން ތެރެއިން ޖިންނީން އުޅޭ ކަމުގެ ހެކި ދައްކަވާ ހިނދުވެސް މަޖާ ކުރަންވީ ބާއޭ ހިތައްއަރާ. އަހަރުމެން އިންސާނުންނަކީ ހާދަ ނުވިސްނޭ ބައެކޭ. ޢަޅަމެންނަށް ތެދުމަގު ދައްކަޥާށި.

  89. ރަންނާމާރި އިޒް ބެކް

    ވީ ގޮތަކީ ޗައިނާ ޢިން ބްރިޖް ޕްލެޓް ފޯމް ދަނގަޑު ތަށް ނެއްޓުމުގެ ތެރޭގައި އެ ކަނޑު ޢޮޅީގެ ތެރޭގައި އޮތް ރަތްނަމާރި ބަންދު ކޮއްފައި އޮތް ފުޅި ފާޅާެއިގެން ގޮސް ރަންނަމާރި އޭގެން ނިކުތީ

  90. Anonymous

    މިި ސިހުރު

  91. ދާންދޫ

    އެހެންވާނެތާ ! ރަންނަމާރި ފައްތާލި ތަނުގެ އަގަމަތީގައި ތި ބުރިޖެއް ތިއޮތީއަޅާފަ.

  92. ސިނަމަ

    ތިޔައީ ހަމަ އަސްލު ބްރިޖެއްތޯވެސް މިހާރު ބަލާލަން އެބަ ޖެހޭ

  93. ާަމޭން

    އަންހެން ކުއްޖެއްގެ ސިފައިގާ ދޯ ޖިންނި އިންނަނީ ،އެހެން ވިއްޔާ އޯކޭ. ފިރިހެނެއްގެ ސިފަގައި އިނދެފިއްޔާ ސައިކަލު މަޑުކޮށްފައި ފައިބާން ބުނަން ޖެހިދާން ޖިންނި އަކަސް.

  94. ނަންނެތް

    އަސްލު އަންހެނެއް ކަންނޭގެ އަރައި އިދެފަ ވެއްޓުނީ ކަންނޭގެ

  95. ސަލްމާން

    މަވެސް ކުރީ ދުވަހު ސައިކުގަ ހުޅުމާލެއަށް ދަނިކޮށް މާ ބާރަކަށް މަގޭ ނަމުން ގޮވާލީމަ ބަލައިލި އިރު ހިނގާފަ ދާ މީހެއް. މަ ދަންނަ މީހެއް ވެސް ނޫން. އެހެންވެ އަޅާނުލާ ދިޔައީ. އިރުކޮޅަކުން ަނެއްކާ ވެސް ގޮވާލައިފި. ބަލައިލިއިރު ހަމަ މަށާ އެއްހިސާބެއްގަ މި މީހަކު އެބަހުރި. އެކަމަކު އޭނަ އަންނަނީ ހިނގާފަ. މަ މިދަނީ ސައިކަލު ހުރިވަރަކަށް ދުއްވާފަ. ދެން އަނެއްކާވެސް ބާރަށް ދުއްވާފަ ތަންގަނޑަކަށް ގޮސް ބަލައިލި އިރު އެމީހާ އެބަހުރި ހަމަ މަށާ އެއް ހިސާބެއްގަ. ދެން ވީ އަޖައިބެއްގެ ބޮޑުކަމުން ހަދާނެ ގޮތް ހުސްވެ ބިރުގަނެ ގޮތް ހުސްވެފަ އިންދާ ފަހަތުން އައި ރައްޓެއްސަކު ބުނެފި ކީއްވެހޭ ބުރިޖުމަތީ ހުއްޓުން އަރާފަ ތީނީ. ދެން މަ ބަލައިލި އިރު ކުރިން މަ ބުނި މީހާއެއް ފެންނާކަށް ނެތް. ދެން ދެކޮޅު ބަލާލާފަ ދުއްވާފަ ދިޔައީ. ފަހުން ނުފެނޭ. އެއީ ހަމަ ޖަގީނުން ވެސް ޖިންނި އެއް.

  96. ދެން މަކީވެސް މީހެއް

    ޖިންނި ވެސް ސައިކު ބުރެއް ޖަހާލަން އަރާލީ

  97. ހަސީނާ

    ހިއްހީ މި ކޮންކަހަލަ އަޖާބެއް މީގެ ކުރިން ޖިންނި ނުފެނޭތަ.... ޖިއްނި ފެއްނަނަމަ ކުރިން ފެރީގެ ހިދުމަތް ދިންއިރުވެސް މީހުނަޖިންނި ފެއްނާނެ ދޯ.... ދޮގު ވާހަކަ ފޯރުވިޔަސް ތަންފުކެއް ބޮޑު ވަރު ދޯ ދެން ަ.....

  98. ޗުއްކީ ބޯ؟؟؟؟

    ބަލަ ޕޮކޮމޯން ވެސް އަރާނެއް . ހާއްސަކޮށް ޕިކަޗޫ އެއީ އެކަނު ދަންޏާ ކަރަންޓް ޖައްސަން

  99. ވގ

    ހިލޭ އަންހެނުން ގޮވައިގެން ދުއްވާފަ ފަޅާ އެރީމަމިބުނަނީ ޖިންނިޔެކޯ ގަދަ ކަލޭ

  100. ރިއާލިޓީ

    ޖިންނި ޑަޒަންޓް އެޒިސްޓް.

    2
    1
  101. ކަމަނަ

    ތި ޕޮލިސް ސޮރު އަންހެން ޖިންނިއަށް މާ ރީތިވީ ކަން ޔަގީނޭ... ސޮރާ ދެން ވެސް ދުއްވާ އުޅަނދަކަށް އަރަންޔާ ދަތުރު ދުޢާ ކިޔަން ހަނދާން ކުރަށްޗޭ.

  102. ދިރާސާ

    އެއީ ޗައިނާގައި އުޅޭ ޖިންނީންގެ ގަބީލާއަކުން އައިސް ތިބި ޖިންނީންގެ ތެރެއިން ޒުވާން ޖިންނިއެއް އަދި އެޖިންނި ކައިވެނި ކުރާ އުމުރަށް ނާރާ

  103. ދެރަ

    ޙައްލަކީ އެކަނި ދަތުރު ނުކުރުން 😌

  104. މުކި

    ސަންތިމަރީ ރީބޯން... 🧞‍♀️🌙🌘🌗🌖🌕

  105. ރަންނަމާރި

    މަ އަރަން މިއުޅެނީ އެހެންވެ އެކަހަލަ އެއްޗެހި ދެން ފެންނާނެ.

  106. Anonymous

    ފުލުސްމިިީހީއިނީ މަސްތުގެ ހާލުގަ ކަން ނޭގެ

  107. ކިންގު

    ރަޔިތުންނަ ހިދުމައި ކޮދޭން ﷲ ގަންދީ ހުވާ ކޮށް ބާރެއް ލިބުމުން ބޮޑާ ވާ މީހުން އައް ކަމެއް ނުވީޔާ ދެރަ

  108. އޮޅުވާލި ވޯޓު

    ބުހުތާނުދޮފު ތިވާނީ މިސަރުކާރައް ވާގިވެރިވާމީހަކައް ރެޔާދުވާލު އަހަރުމެން ދަތުރުކުރާ ތަނެއްގެ ވާހަކަ ތިބުނަނީ ކަޑައެޅިގެން މީހުންގެ ސަމާލުކަންހޯދަން ދައްކާ ބުހުތާނު ދޮގުވާހަކައެއް

  109. ސިފޫ 800އ

    އަދިވެސް އަރާނަން... މާފުއްޕަންޏާ ކަންފަތް ކާލާނަން.

  110. އަންހެންޖިންނި

    ދިގުމަގުތަކާއި މީހުންފެންނަންނެތް ތަންތަނުން އަންހެނުންގެ ކަންކަން އިހްސާސްވަނީ ، އެފަދަ ކަމަކަށް މީހާގެ ސިކުނޑި ޢަރަގުވެފައިވާލެއް ބޮޑުވުމުން.
    އަދި މިނޫނަސް ކައިބޮއިހަދާ ތަކެއްޗާއި ގުޅިގެން ސިކުޑިންތަފާތު ފިލްމްދައްކަދޭ

  111. ިިމުހައްމާ

    އާޓިކަލް ކިޔަން ހޭދަވި ވަގުތަށްވުރެ، ކޮމެންޓް ކިޔަން ހޭދަކުރަން ޖެހުނު ވަގުތު ގިނަވެފަ މިވަނީ

  112. ލޮލް

    އަނެއްކާ ޖޫރިމަނާ ނުކުރަން ތަ

  113. ހުޅުލޭ ބޮޑުމީހާ

    އަދިވެސް ބަހައްޓާ ނިދާބޮކިލާފައި ބެންޑްގައި، ރޭވެސް ހައިވޭ އެއްލޭނު ލައިޓްތައް ނުޖައްސާ

  114. Anonymous

    ކަރާ