ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް މިދިޔަ ހުކުރުދުވަހު ބޭއްވި ޕްރައިމަރީގެ ދެ ދާއިރާގެ ފޮށިތައް އަލުން ގުނަމަށް ނިންމައިފިއެވެ.

އެމްޑީޕީން ބުނީ، އެ ވި ޕްރައިމަރީގެ ފަހުން ހުށަހަޅާފައިވާ އަށް ޝަކުވާއެއް ބަލާފައިވާކަމަށެވެ. އަދި ދެ ދާއިރާގެ ފޮށިތައް އަލުން ގުނުމަށާއި، އެއް ދާއިރާއެއްގެ މައްސަލަ އިތުރަށް ބެލުމަށާއި، ފަސް މައްސަލައެއް ބަލާނެތަނެއް ނެތްކަމަށް ޕްރައިމަރީއާގުޅޭ ޝަކުވާ ކޮމިޓީން ނިންމާފައިވާކަމަށެވެ.

އަލުން ގުނުމަށް ނިންމާފައިވާ ދެ ދާއިރާއަކީ ތިނަދޫ ދެކުނު ދާއިރާ އާއި ހޮޅުދޫ ދާއިރާގެ ފޮށިތެކެވެ.

އެމްޑީޕީން ބުނީ، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގު ނުހަނު ހަނިކަމުން ހޮޅުދޫ ދާއިރާއާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނުމަށް ނިންމާފައިވާކަަމަށެވެ.

އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ދެ ކެންޑިޑޭޓުންގެ ދެމެދުގައިވާ ފަރަޤަކީ 24 ވޯޓުކަމުގައިވާތީ، ރީރެޖިސްޓްރޭޝަންގެ ކިތައް މައްސަލަ ކެންޑިޑޭޓުން ހުށަހެޅިތޯ ބެލުމަށްފަހު، ގޮތެއް ނިންމުމަށް ކޮމިޓީން ނިންމާފައިވާކަމަށްވެސް އެމްޑީޕީން ބުންޏެވެ.

މީގެ އިތުުރުން އެ ޕާޓީން ވަނީ ތިން މައްސަލައެއް ބެލުމަށް ތަނެއް ނެތްކަމަށް ކޮމިޓީން ނިންމާފައިވާކަަމަށް ބުނެފައެވެ. އެ ތިން މައްސަލައަކީ ވޯޓުލާން ނުދާމީހުން ވޯޓުލީކަމަށް ބުނާ ކެންދޫ ދާއިރާގެ މައްސަލަ އާއި، ވޯޓުލާން ނުދާމީހުން ވޯޓުލީކަމަށް ބުނާ ކަނޑިތީމު ދާއިރާގެ މައްސަލަ އާއި، ވޯޓު ކަރުދާސް ދެއްކިކަމަށް ބުނާ ފަރެސްމާތޮޑާ ދާއިރާގެ މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރރ

    ކަލޭނޭ މޑޕ އަކީ މޑޕ ކަން ދަންނާތި
    މަކަރާއި ހީލަތުގެ މަރުކަޒެއް ޕާޓީގެ މެންބަރުންނަށްވެސް އޮޅުވާލާނެ

  2. ނުރަބޯ

    ރިޔާސީ އިންތިޚާބުގެ ނަތީޖާގައި މައްސަލަ އުޅޭކަން އެނގުނީމާވެސް ވޯޓުފޮށިތައް އަލުން ގުނާގޮތައް ހަމަ ނުޖެއްސީ ކީއްވެ؟ އުޞޫލުތަކާ ޚިލާފަށް އީސީން ވޯޓު ކަރުދާސްތައް ނައްތާލީމާވެސް ތިމަންމެންނަށް ލިބުނު މޮޅެއްވީމާ އަނގައިން ޗުއްޕުވެސް ނުބުނެ މޮޅުކާލައިގެން ތިބީކީއްވެ؟