ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ލާދީނީކަން އިންތިހާއަށް ދިއުމުން އެހެން ގޮތަކާއި މެދު ވިސްނީކަމަށާއި، އެއީ އެ ސަރުކާރު ބަދަލު ކުރުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެެއެވެ.

މިގޮތަށް ޑރ. އިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާ ދެމީހުން ޓްވިޓާގައި ހިންގި ކޯޅުމެއްގެ ތެރޭގައެވެ.

"ލާދީނީ ބައިގަނޑު ހިލިގަތީ އިޔާޒް އިސްވެ ހުރެ ގެނައި ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ދަށުން" މިގޮތަށް ނިހާން ވިދާޅުވި ވިދާޅުމަށް ރައްދުދެއްވަމުން އިޔާޒް ވިދާޅުވީ، އެކަން ކުރީ ނިހާންއަށް ބާރުލިބުނު ދުވަހު ގައުމީ މަސްލަތަހަށްވުރެ އަމިއްލަ މަސްލަހަތު ބޮޑުކޮށް، އިހްލާސްތެރިކަމާއެކު ދެވުނު އިރުޝާދުތަކަށް ބީރުކަންފަތެއް ދިނުމުން ކަމަށެވެ.

މިގޮތަށް އިޔާޒް ވިދާޅުވުމުން ނިހާން ވަނީ، އެކަމުން ރެކި ގަންނަން ނޫޅުމަށާއި، މިހާރު މިއޮތީ ބޯން އުޅުނު ބޮޑި ބޮވިފައިވާކަމަށާއި، ލާދީނީ ބައިގަނޑު އުތުރި އަރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެއަށް އަނެއްކާވެސް ރައްދުދެއްވަމުން އިޔާޒް ވިދާޅުވީ، އެއްވެސް މީހަކަށް ރެކުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. ކޮންމެ މީހަކުަވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ޖެހޭނެކަމަށް އިޔާޒް ވިދާޅުވިއެވެ.

"ހޭވުނު ހަޑިތަކަށް ތައުބާވެ ގައުމުގެ ކުރިމަގު އުޖާލާ ކުރަން މަސައްކަތް ކުރައްވާ". އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ވިދާޅުވީ، ރައީސް އަބްދުﷲ ޔަމީން ސަރުކާރުގެ ލާދީނީކަން އިންތިހާއަށް ދިއުމުން އެހެން ގޮތަކާއި މެދު ވިސްނި ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ނައިބް ރައީސް ފައިސަލް ނަސީމުގެ ގިޔާދަތުގައި މި ގައުމު ސަލާމަތް ކުރާނަން. އަހުމަދު ނިހާންއަށްވެސް ވެވުނު ހެލްޕެއް ވެދެއްވާ". ޑރ. އިޔާޒް ވިދާޅުވިއެވެ.

އިޔާޒް މިހެން ވިދާޅުވެފައިވާ އިރު، ރާއްޖޭގައި މީން ޒަމާނަކުވެސް ލާދީނީ މީހުން ފާޅުނުވާ ވަރަށް މިހާރު ވަނީ ފާޅުވެފައެވެ. ހާއްސަކޮށް ދީނުގެ އެކިއެކި ކަންކަމަށް ފުރައްސާރަކޮށް، ރަސޫލާގެ ހަޔާތްޕުޅާ ބެހޭ ގޮތުން ދޮގު ވާހަތައްވެސް، ކުރީގެ އެމްޑީޕީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ފަދަ ބޭފުޅުން ދަނީ ދައްކަވަމުންނެވެ. އަދި އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅިފައިނުވާތީ އެކަމަށް ގިނަ ބަޔަކު ދަނީ ސަރުކާރުގެ އިދާރާތަކަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

 1. ހައިދަރު

  އިޔާޒު އަށް މިހާރު އޯކޭ ވާނެ ކޮންމެ ކަމެއްވެސް

 2. އަޑުބަރޭ

  ލާދީނީ އިޔާޒު

 3. ސޯލް

  ޜަގަޅު ވާހަކައެއް. ޢެކަމަކު އެސަރުކާރުގައި އެމީހުންނާއި ދޭތެރޭ ފިޔަވަޅު އެޅި. ކޮން ފިޔަވަޅެއް އެޅީ މިސަރުކާރުގައި؟

 4. ޢަބުދައުދު

  ދެން ތިހެން ކިޔާ.

 5. ނުރަބޯ

  ޔާމީން ސަރުކާރުގެ ފަސް އަހަރު ފެށިގެންގޮސް ނިމުނު އިރުވެސް އެސަރުކާރަށް ނިސްބަތްވާ މީހަކު ނުވަތަ ޕީޕީއެމަށް ނިސްބަތްވާ މީހަކުވެސް ލާދީނީވެ އިސްލާމް ދީނަށް ކުޑައިމީސް ބަހެއްވެސް ބުނިއަޑެއް ނާހަން. އެކަމަކު ސޭކުއިޔާޒުމެން ތާއީދުކޮށްގެން ގެނައި ލާދީނީ ވަގުސަރުކާރު ހަމަ އައުމާއެކު ފުލުފުލުގަ ކެނޑިނޭޅި އެދަނީ އިސްލާމްދީނަށް ފުރައްސާރަކުރަމުން ނަބިއްޔާ ޞ.ޢ.ޥ އަށް ބަދުބަސް ގޮވަމުން. ސޭކު އިޔާޒަކަށް އެކަން ގޯހެއްވެސް ނުވި. ކުރެވޭހާވެސް ކަމަކީ ރައީސް ޔާމީނާ ޒާތީވެ އޭނާއަށް ހަސަދަވެރި ކަމާއެކު ބަހުގެ ޙަމަލަދީ ދޮގުހެދުން. ސޭކޫ ﷲ އަށް ބިރުވެތިވޭ...!!

 6. Miadhu

  ޔާމީނުސަރުކާރުގެލާދީކަމުގެވާހަކަތިއީ އިއާޒުގެ ބުނުން ފެންނާކަށްނެތް އިއާޒުއަކަށް ނުދެއްކުނު މިސަރުކާރުގެ ލާދީނީ ކަމުގެޢަމަލުތައް މިހިރަދަނީ ފެންނަމުން އައާޒުވެސް ތިދަނީ އެވާހަކަ ދައްކަމުން ރުޅިގަދަވިއަސް ބުނަންއޮތީ ބޯންއުޅުނުބޮޑި ތިއޮތީ ބޮވިފައޭ ފޭހުނު އިލޮށި ތިތިބީ ލޮލަށްހެރިފައޭ

 7. Anonymous

  ގެއްލިހަލާކުވެފަ ހުރި ޝޭހެއް

 8. ވަހީދު

  އިޔާޒާއި އިލިޔާސު މެންގެ ވާހަކަތައް ދެން ނުވިކޭނެ. ދެފަހަރު އެކައްޗެއް ނުކިޔާ މީހުންގެ ބަހަށް ދެނެއް ނުހެއްލޭނެ.

 9. Anonymous

  އިޔާޒު ހަމަ ޖެލަސްވީ ހެހހހެ

 10. މޮޔަ

  ބަލަ އިޔާާޒު ކަލޭ ހީކުރަނީ މިޤައުމުގަ ކަލޭ ނޫނީ ތިބީ ހުސް މޮޔައިން ކަމައްތަ

 11. ވަޙިދު

  އިޔާޒުމެންނަށް އެނގޭނެ ޔާމީން ސަރުކާރުން ގޯސްކޮށް ކަންކަން ކުރިއަސް އަގީދާގެ މައްސަލައެއް ނޫޅޭކަން. އަގީދާގައި މައްސަލަ އުޅޭ މީހުންނަށް ގައުމުގެ ބާރުވެރިކަން ހޯދައިދޭން ކުރި މަސައްކަތް ދިފާއުކޮށް ތިދެއްކި ވާހަކަތައް ބަލައި ނުގަނެވޭ.

 12. އެލެކްސް

  ކާކު ބުނީ އިޔާޒަކީ ދީނީ މީހެކޭ؟ އޭނާއަކީ ސޭކު އިމުރާނު ކަހަލަ ސޭކެއް. ގައުމު ހަލާކުކުރަމުން މިހާރު ދަނީ ދީނީ ތާޖު އަޅައިގެންތިބި ނުބައި ނުލަފާ ސޭކު ްތަކެއް

 13. ޢަލީ

  ތިޔަ ބުނާ ރައީސާ ނައިބު ރައީސް އެންމެ ކުޑަމިނުން ކުއްވެރިވެސް ކޮށްނުލައި..

 14. ފާތުމަ

  މިހާރު ދީނަށް ވުރެވެސް އިމްރާނު ގެ ވަޒީރުކަން މާމުހިއްމު އިޔާޒް އަށް. އަދިވެސް ރައީސް ޔާމީނު ބޮލައް އަރަން ތިއުޅެނީ. ކަލެޔަށް ފެނޭތަ އަޑުއިވޭތަ. މިހާރު އިބުރާ މިދައްކާވާހަކަ. މިގޮތައް ޔާމީނު ސަރުކާރުަގަ މީހަކު އަދި ބަޔަކު އުޅުނު ތަން ކަލޭދުށިންތަ.

 15. ދެފައިގަނޑު މިލަ ޝޭޚު

  ކޮންމެ މީހަކުަވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ޖެހޭނެކަމަށް އެހެން މީހުންނަށް ބުނެދޭއިރު ކަލޭމެންގެ މަސައްކަތުން ހިތްވަރު ދީގެން ނެރެގެން ތިއުޅޭ ލާދީނީންތަކުން ގައުމު ތަޣައްޔަރުވެ މުޅަވެ ފުޅަ އަޅާފައި ވާއިރު ބާރަށް ނޭފަތް ދަމާ ވަސް ބަލަމުންނެއްނު ތި ދަނީ. ލަދެއް ނުގަނޭނު މީހުންނަށް ރައްދު ދޭން.

 16. ައަސްލު

  ﷲ އިބްރާއަށް ލައުނަތް ލައްވާށި

 17. ދހ

  ލާދީނީ އިޔާޒް

 18. ޥާނުވާ

  ކަލޭ ވާހަކަ ދައްކާނެ ކަމެށް ނެތް މިހާރު ދީނާ ހިލާފަށް މިކުރާކަންކަމުގެ ޒިންމާ ކަލޭވެސް އުފުލަން ޖެހޭ ޔާމީނުގެ ސަރުކާރުގަ ނުދުވޭ ތިބައިންގަނޑު ކަލޭ އަދިވެސް ތިހިރީ އަތް ޖަހާކަށް ނޫންތަ ކަލެ އާ އިމްރާން އާއި އިލްޔާސް ތީ އެންމެ ބޮޑަށް މިކަމުގެ ޒިންމާ ނަގަން ޖެހޭ މީހިން ކަލޭމެން ވެސް ކުރަނީ ފުރައްސާރަ

 19. ގޯނިބޭ

  ޔާމީނުސަރުކާރުގައި އިންތިހާއަށްދިޔަ ލާދީނީ ކަންތައް އިޔާޒަށް ބުނެދީބަލަ.

 20. މޫސާ

  ދީނަށް ފުރައްސާރަ ކުރުމާ އެއްކޮޅަށް އިޔާޒް ތިހުންނެވީ.

 21. އައްޔު

  މިޝްޓަރ އިޔާޒު އޭރުވެސް މިހާރުވެސް ބުނެނުދެވޭ ރައީސް ޔާމީން ސަރުކާރުގެ ލާދީނީ ކަމުން ކުރި ކަންތައްތަކެއްގެ ވާހަކަ އިޔާޒުވެސް މައުމޫނު ހެދިހެން އަންހެނުން ރުއްސަންވެގެން ވާހަކަ ބަދަލުނުކުރޭ އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް އެނގިފައިވާ އިލްމަކާއި އެއްގޮތަށް ސިޔާސީނުވެ އަންހެނުން ރުޅިއައިސްދާނެތީ ނުވިސްނާ ލޮބުވެތި ރައްޔިތުންނަށް ކިޔައިދެމުން ދާނެކަމުގައި އުންމީދުކުރަން

 22. ަެއެދުރު

  އިޔާޒޫ

  ކަލޭ އަބަދުވެސް ބަލާތި އެހެން މީހުންގެ ބޮލަށް ކަންތައްތއް މަހާލެވޭތޯ

  މިއީ ކަލެޔާ އިލްޔާސް އާ 2 މީހުން ވެގެން ހޭވި ހަޑީގެ ނަތީޖާ

 23. ހުސޭނުބޭ

  ވީމާ މީނާ ވައްކަންކޮށްފައިވެސް އެކަމުން ބޯދަމާގަންނަން ބުނާނެތާ އާދަނުއްގޯތި ހުސޭނުވެސް ވައްކަންކުރެއޭ! މިވަރު ނުބައިކަމެއް ހިނގާއިރު އެހެން މީހުން މަތިކޮށްފައި އެކަން ދޫކޮށްލާނީ ވަރަށް ޖާހިލު ނުބައި އިޚްލާޞްތެރިކަމެއް ނެތް މީހުން! މިއީ މީނާއާއި އިލްޔާސާއި އިމްރާނާ އިބުރާ އާއި އަންނިއާ ގުޅިގެން ހިންގާ ކަންތައްތަކެއް!

 24. Anonymous

  ތީ ދީނީ ޢިލްމުވެރިއެއްތޯ ސުވާލުއުފެދޭ، މިހެން މިބުނީ ދެއިރު ދެ އަނގައިން ވާހަކަދައްކާތީ، މާތްވެގެންވާ އިސްލާމްދީނަށާ މިއުއްމަތުގެ ނަބިއްޔާއަށް އިހާނެތި ބަސްތައް ބުނާމީހުންނާ ދިމާއަށް ވާހަކަދައްކަން ނުކެރިގެން އުޅެނީ ކީއްވެގެންތޯ ސުވާލު އުފެދޭ، އެމީހުން ހެޔޮމަގަށް އެޅުވުމަށް މަސައްކަތް ކުރުމަކީ ޝޭޚްގެ ފަރުދީ ޒިންމާއެއްނޫންތޯ؟ތިބޭފުޅުންނަށް ލާޒިމު ކުރުވާކަމެއް، އެހެންނޫންނަމަ ދީނީ ޢިލްމްވެރިންނޭ ނުކިޔާނެ. ހިތާމަޔަކީ މިގައުމުގެ ތިބި ދީނީ ޢިލްމްވެރިން މިކަމާ ދޭތެރޭ އުއްޕުވެސް ނުބުނާކަން، ޔާﷲ،، އަޅަމެންނީ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާބައެއްކަމުގައި ލައްވާނދޭވެ.

 25. މުހައްމަދު

  އޭ މިހިރަ އިންސާނާ މިވަގުތަކީ ދެސަރުކާރު ދެމެދުގެ ތަފާތުކިޔާދޭންޖެހޭވަގުތުތަ ތިވާހަކައަކީ މިހާރު މާޒީ މިހާރުގެކަންތައް ތިޔަބައިގަނޑު އެހަށް ރަގަޅުކޮށްބަލަ މީކަލޭމެންގެ ސުންޕާދުލާއެކު ކުރި ލާދީނީ ވިޔަފާރި ގަނޑެއްކަން މިހާރު ހަމަޔަގީންވެއްޖެ ދެންކޮން ކަމެއް ފޮރުވާކަށް ފުރަތަމަ ތިމާމެންގެ ދީންވެރިކަންކޮބާތޯ މިހާރު މީހަކަށްފަހު މީހަކު ދީނާބެހޭގޮތުން ބަދުބަސްތައް ބުނަމުންގެންދާއިރު ސުވާލަކީ ތިހުރީ ކިހިނެއްވެފައިހޭ؟

 26. ???

  އިޔާޒް ކަލޭ ތިހުރީ ރަނގަޅަށްވެސް ބޮނޑިބޮއެފަ އަދި ކަލޭބުނާނެ ލަހެއްނުވެ ތިމަންނަމެންނަށް މިވެރިކަން ގެންނަން މަސައްކަތްމިކުރެވުނީމަ މިހާރު ވަރަށް ހިތާމަކުރަމޭ ދިވެހިރައްޔިތުންކާރީބުނާނެ ލަހެއްނުވެ???

 27. އަބްދުއްލާ

  ޔާމީން ސަރުކާރުގެ ލާދީނީކަން އިންތިހާ - ޑރ އިޔާޒް

  ނިމިދިޔަ ސަރުކާގައި ހިންގި ލާދީނީ ކަމެއް ބުނެބަލަ.

  އެހެރީ އެންމެ ބޮޑު މިސްކިއް އަޅަން ފަށާފަ - ގަންޖާބޯ ސަރުކާރުގަ މުލިއާގޭގަ ހުރި

  މިސްކިއް ބޭނުން ކުރީ ކީއްކުރަންތ؟

  ތީއިސްލާމީ އިލްމު ވެރިން ނެއް ނޫން

  مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا ۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّـهِ ۚ وَاللَّـهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٥﴾

  މީގެ އަހުލުވެރިން .އިސްލާމީ ދައުލަތެއް ފަސާދަކުރި ފާސިދުން.

 28. ރައްޔިތުމީހާ

  އިޔާޒު ކަލޭ ލަދެއްނުގަނޭތަ ތިފާޑުގެ ވާހަކަ ދައްކާކަށް. ކޮބާ ކަލޭ ހަޔާތް.

 29. ފަޤީރު ކަލޯ!

  އިޔާޒަކީ ލާދީނީ މީހެއްކަން އަމިއްލައަށް އެ އިއުތިރާފުވީ! އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ދީނަށް ފުރައްސާރަކުރުން ހައްދުންނެއްޓޭ! އެކަމަކު ޔާމީނު ހައްދުން ނެއްޓުނީމާ އަނެއްކާ އެއްކަލަ އެއްކަލަ ލާދީނީ ޕާޓީއަށް ވެރިކަން މީނާ މިހަވާލުކުރީ! މީމީހުން ޝައިޚްކަން ކިޔަވައިގެން އައިމާ ޤައުމު މިއޮތީ ހައްދުންނެއްޓިފަ!

 30. ކިބޫ

  އިޔާޒް ހޮވި މިސަރުކާރު 100 ދުވަސް އަދި ނުވޭ.ކޮންމެ ދުވަހަކުވެސް ލާދީނީ ކަން ކުރާއިރުވެސް އިޔާޒް ހުންނަނީ އައްޖަހަން ދެން ކޮން ލާދީނީ ވާހަކަ ދައްކާނެ ކަމެއް ނެތް.

 31. ކައުންސެލަރު

  ދުލުގަހިފާ ދަމަންޏާ އެއްޗެކޭ ނުބުނެއެއްނުހުރެވޭނެ. އިޔާޒަށް ފެނޭބާ ލާދީނީ މީހުން، އެމީހުންގެ ގޮތާބާވަތާ؟ އާ ލޯމަރައިގެން އުޅެންޏާ ނުފެންނާނެ.

 32. ޙަސަން އަޙުމަދު

  އެއްޗެއް ނުބުނާންކަމަށް މިއޮތީ، ނަމަވެސް މިހިރަ ހައިވާނެއްކަހަލަ އިންސާނާގެ ލަދުމަދުކަމާއިމެދު ހަމަ ހައިރާންވޭ.

 33. ޙަސަން އަޙުމަދު

  ރައީސް ޔާމީނާއިމެދު ހަސަދައިގެ އަލިފާން ރޯވެ ފަޅައިގެންގޮސްފައިވާ މައްކާރެއް.

 34. ހުވާ

  ލާރިހޯދަން މެކުހަން ޖަހާފަ ކަލޭމެމން ތިޔަދަނީ ހަލާކުވަމުން ފައިސާގެ އަވާގަޖެހިއްޖެއްޔާ ވަނީ ޝެއޚް ތިޔަހެން އަވަހަށް ރަގަޅުމަގަށް އަނބުރާލާ ޔާމީނުނ ދިޔައީ ބަރާބަރަށް ތިޔަބައި މީހުން ފައިސާގެ ދަހިވެތިކަމުގަ ނުތިބެވިގެން ވެރިކަން ބަދަލްކުރުމަށް މަސައްކަތްފެށީ މިވަނީ މިހާރު ކިހިނެއްތަ

 35. ހުސް ފޭކު

  މި ގައުމަށް މިހާރު ދިމާވެފަިވާ މުސީބާތުގެ ޒިންމާ އިޔާޒުމެން ފުރިހަމަޔަށް ނަގަން ޖެހޭނެ. ކޮންމެހެން ޔާމީނު ވެރިކަމޭ ލާދީނީއޭ ކިޔައިގެން ފަރުނުޖެއްސޭނެ

 36. ދެއުޅި

  މިކަހަލަ ދެއުޅިއެއްނުވާ މުނާފިގު ސޭކުންނާހެދި ގައުމުގެ މައުސޫމު ޅަދަރިން ހަލާކުވަނީ

 37. އާކާސް މުހައިމިނު ކުޅުދުއްފުށި

  އިޔާޒު އެހެންވީއިރު މިސަރުކާރު ގެންނަން ވޯޓު ދެއްވިން ނޫންތޯ؟ އެހެންވީއިރު މިސަރުކާރުން ކުރާ ކޮންމެ ފާހިޝް ކަމަކުން ތިޔަމާތް ވެގެންވާ ވެރިކަން ބޭނުން ޝޭހުގެ ނިއްކުރިފުޅުގައި ވެސް އެޅުވޭނެ ނޫންތޯ... އެހެން ނޫނަސް ތީކީ އެހާ އެހާ މީހެއް ވެސްނޫން

 38. ސޭޓުގެ އަންހެނުންގެ ފިރިމިހާ

  އިޔާޒު ބެއްޔާ މެން ގެނައި ލާދީނީ ސަރުކާރެއްގެ ސަބަބުން ވަހުޝީ އިބުރާ މެން އެއޮއް ކެކިއަރަނީ... ނަޝީދު ވެސް ކައިވެނި ނުކޮށް ނުވިހާ އޮޕަރޭސަންކުރަން ގޮވަނީ... ވެލެޒިނީ ރަސޫލުކަމަށް ދައުވާކޮށް ރާއްޖެ އައީމަ ދޫކޮށްލީ... އިޔާޒު ބެއްޔާ ގިޔާމަތް ދުވަހުން ކަލޭވެސް ޖަވާބު އަރުވަންޖެހޭނެ

 39. ހެހެ

  ތިކަން އެބަ އިގެއެއްނު ޔާމިން ސަރުކާރު ނިމޭ އިރައް އިބުރާ އަކާ އާނިޔާ އަކާ ކުއްލިޔަކައް ފެންމަތިވެގެން އުޅާއިރު އަދި ކުރިގެ ރައީސް ނަސީދު ދައްކާ ވާހަކަ ތަކުން ތީ ހާދަ މޮޅުވާހަކަ އެކޭ ދޯ

 40. ހެހެ

  މިވެސް ގިޔާމަތް ވުމުގެ އަލާމާތެއް މިކަހަ ދީނީ އިލްމް ވެރިން ފާޅު ކުރައްވާނެކަން މާކުރިންވެސް އިގޭ

 41. ހެހެ

  ތިހިން ކިޔަސް ހިއެއްނުވޭ މިސަރުކާރުން މަގާމެއް ލިބޭނެ ހެނެއް

 42. މުހުސިނު

  ބަލަ މިހިރަ ލާދީނީ އިޔާޒު ޔާމީނުގެ ސަރުކާރުން އިސްލާމްދީން ނަގަހައްޓައި ދިރުވުމަށް ކުރި މަސައްކަތް ނުފެނިގެން ތިޔައުޅޭނީ ކީއްވެތަ! ނިހާނު ދައްކާވާހަކައަކާ ނުވަތަ ކު ޓުއިޓަކާ ޔާމީނާ ބެހެންޖެހޭ ސަބަބެއް ނުފެނޭ މިކަމުން ދޭހަވަނީ އިޔާޒުގެ ލާދީނީކަން! ތިޔަ ސަޕޯޓް ކުރާ ނަޝީދުގެ ވެރިކަމުގައި އުވައިލި ޢަރަބިއްޔާ ސުކޫލު އަލުން އަުއްވައި އަރަބި އިސްލާމް މަޖުބޫރު މާއްދާއަކަށް ހައްދަވައި އިސްލާމީ މަރުކަޒުގެ ވަށައިގެން މާބުލްޖަހައި ކޮންމެ ހުކުރު ދުވަހެއްގައި ދީނީ ހަރަކާތައް ހިންގޭނެގޮތް ހަމަޖައްސައި ރާއްޖޭގެ ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކޮށްދެއްވައި މާލޭގައި ހަ ފަންގިފިލާގެ ރީތި މިސްކިތެއް އެޅެނެގޮތް ހަމަޖައްސަވައި ހުޅަގުގެ ކާފަރުންގެ ކުރިމަތީގައި މަތިހަށިނަގައި ގައުމު ހިންގެވި މަންޒަރު ލާފީނީ އިޔާޒުއަށް ނުފެނުނީމައި ދެރަވޭ! އިސްލާމްދީން ކުރިއރުވުމަށް އިޔާޒު ތާއީދުކުރާ ސަރުކާރުން ކުރި އެއްކަމެއްގެ ވާހަކަވެސް ބުނެބަލަ!ހާދަހާވާ ލަދުހަޔާތްކުޑައޭދޯ!

 43. މަހުމޫދު

  މިހާރުއޮތް ސަރުކާރު އައިފަހުން ލާދީނީ މީހުން ފާޅުގައި ފާލުގައި ދިނާ ދެކޮޅަށް ކީރިި ރަސޫލާއާ ނިސްބަތްކޮށް ދޮގުވާހަކަ ދައްކަމުންދާ ޒަމާނެއް މިގައުގައި ފެނިފައެއްނުވޭ ކަންމިހެންއޮތްއިރު މިކަމާ ދެކޮޅަށް ނުނުކުމެ މިސަރުކާރަށް ހިމާޔަތްކުރަން އިޔާޒު މަސައްކަތް ކުރާއިރު މިފަދަ ލާދީނީ އެއްވެސް ކަމެއްނުހިގާ ސަރުކާރެއް ވެރިމީހާގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ އިޔާޒުގެ ފެންވަރު ހާމަކޮށްދޭކަމެއް! ތިމާ ދެކޮޅު ުވަތަ ނުރުހޭ މީހަކުވެސް ރަގަޅުކަމެއް ކޮށްފައިވާނަމަ އެކަމަށް ތައުރީފުކޮށް ބަސްބުނެވެންވާނޭ! ޚައްޞަކޮށް ދިނީ ޢިލްމު ލިބިވަޑައިގެން ތިއްބެވި ބޭފުޅުން މިސިފަ ހުންނަންވާނެ!

 44. އާންދު

  ޑރ ޢިޔާޒް ދެން ރައީސް ޔާމީނުގެ ވާހަކަ ދެއްކުގެ ބޭނުމެއް ނެތެން ނޫންތޯ؟މިހާރު ސަރުކާރަކީ އެހެން ބަޔަކު ހިންގުމަށް ގެނެސް ހިންގަމުންގެންދަވާ ސަރުކާރެއް ނޫންތޯ

 45. ކޮރޭ

  އިޔާޒު ހަމައިގަތޯ. ހަޖަމުކޮށްލާފަ ހޭވި ހަޑީގަ ތިބެލާ އަނގައަރުވަން. ޔާމީން ވެރިކަމުގަ މީގެ ލާދީނީ މީހެއް މިހެން ފާޅުގަ ކީ އެއްޗެއް ނާހަމު މަށެއް.