ރަޝިޔާގެ އަންހެން ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މަރުވި މީހާގެ ހަށިގަނޑު މިހާރު އޮތީ ފީނަން ފޭބި ސަފާރީގައި ކަމަށެވެ. އަދި ޕޮލިހުންގެ ލޯންޗު މިހާރު ދަނީ އެ ދިމާއަށް ދަތުރުކުރަމުންނެވެ.

މިއަދު ރަޝިޔާގެ ފަތުރުވެރިއަކުވެސް ގެނބިގެން މަރުވެފައިވާއިރު، ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު ޕާކިސްތާނު ފިރިހެނަކަށްވެސް ވަނީ ގެނބިގެން ފަރުވާ ދީފައެވެ. އެހެންނަމަވެސް، އެމީހާގެ ހާލު މިހާރު ވަނީ ރަނގަޅުވެފައެވެ.

މި ފަހަކަށް އައިސް ފަތުރުވެރިން ގެނބުމުގެ ގިނަ ޙާދިސާތަކެއް ރާއްޖޭގައި ދަނީ ހިނގަމުންނެވެ. އެގޮތުން، ކ. ދިއްފުއްޓާއި މީރު އައިލެންޑް ރިސޯޓާ ދެމެދު މޫދަށް އެރި އުޅުނު ފިލިޕީންސްގެ ދެމަފިރިއަކުވަނީ ގެނބިގެން މަރުވެފައެވެ. އެއީ ހަނީމޫނަށް ރާއްޖެ އައި ދެ މީހުންނެވެ.

އެއަށްފަހު، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ދެ މީހަކު މަރުވިއެވެ. ގެނބިގެން ކޮރެޔާ މީހަކު މަރުވިއިރު، އިއްޔެ ވަނީ މޫދުގައި މަރުވެފައި އޮތް ޗެކް ރިޕަބްލިކްގެ މީހެއްވެސް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Miadhu

    މިއީ ވ ހިތާމަހުރިކަމެއް މަރުވުމަކީ ގުދުރަތީކަމެއް ނަމަވެސް ރައްކާތެރިވުމުގެގޮތުން ކުރަންޖެހޭކަންޔައް ކުރުމަކީ އިންސާނީކަމެއް މިފަހަކަށްއައިސް ރާއްޖޭގައި އެކުސިޑެންޓުގައިނުވަތަ ގެބިގެން 1،2 މީހުންމަރުނުވާ އެއްމެދުވަހެއްވެސްނުދޭ މިކަމުގައި ސަރުކާރުން ބަހެއްނުބުނަނީ ކީއްވެބާ ގޮތް ހުސްވެއްޖެއްޔާ އިސްތިއުފާދީފަ ދިޔައިމަ ނިމުނީނު

    3
    1
  2. ބޭބީ

    ތިޔަވާނީ އިންޑިޔާ މީހުން ކުރާ ކަމެއްކަމަށް. އެރިސޯޓް ގައި އިންޑިޔާ ކިތައްމީހުން ތިބިތޯބަލައްޗޭ

    • އޭޖޭ

      @ބޭބީ... މިތާ ކޮން ރިސޯޓެއްގެ ވާހަކަ ތޯ ތި ދަންނަ ވަނީ..؟ ބައެއްގެ ބޮލުގަ މަރުގެ އިލްޒާމް އަޅުވާކައް ނުވާނެ ދެއްތޯ!

  3. ސ ފ

    ޓޫރިޒަމް މިނިސްޓަރ އިސްތިއުފާ ދިނުމަށް ގޮވާލަން

  4. ވިސްނަނީ

    މިހާރު ހާދައެކްސިޑެންޓް ގިނައޭ...މިކަމުގައި ޒިންމާ ނަގާނީ ކޮންފަރާތަކުންބާ؟

  5. ދައްތަ

    ދަ ބިޓާ ޓްރުތު. މިޔަކީ ސިހުރުގެ ބާވަތެއް، ވިސްނާލި މީހަކައް އިނގޭނީ. މަ ވެސް އުޅެނީ ފަތުރުވެރިން އުޅޭ ސަރަހައްދެއްގަ. މީގެ ހަފްތާއެއް ކުރިން އެކަހަލަ ހާދިސާ އެއް ހިނގި. އެކަމް އެކަން ސިއްރު ކުރީ. ހަތަރު ފިރިހެން ފަތުރުވެރިން ގެނބުނީ. ހިތަމަ ހުރި ހާދިސާ އެއް. ދެން ދޯނިން ގޮސްސަ ނެގީ