މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން މިނިސްޓަރ އޮފް ހޯމް އެފެެއާޒް އައްޝައިޚް އިމްރާން އަބްދުﷲ ގެ އިސްތިއުފާ އަށް ގޮވާލައިފިއެވެ. އެޕާޓީގެ މެންބަރުން، މިނިސްޓަރު އިމްރާނުގެ އިސްތިއުފާއަށް ގޮވާލާ އިހުތިޖާޖު ކޮށްފައިވަނީ ވެލާނާގެ ސަރަޙައްދުގައެވެ.

އެޕާޓީން، މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވާލާފައިވަނީ ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަޙުމަދު އަދީބުގެ ފަރުވާއަށް ހުރަސް އަޅާ، އަނެއްކާވެސް އެމަނިކުފާނު ޖަލު ބަންދަށް ބަދަލުކޮށްފައިވަނިކޮށެވެ.

މިއަދު އެމްޓީޑީ އިން ވެލާނާގެ ސަރަޙައްދުގައި މުޒާހަރާ ކޮށްފައިވާއިރު އެސަރަޙައްދުން އެމްޓީޑީގެ މެންބަރުން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކޮށްފައިވެއެވެ.

ރޭވެސް އެޕާޓީގެ މެންބަރުން ވަނީ އިމްރާނު ޖަލަށް ލުމަށް ގޮވާލާ މާލޭގައި އިހުތިޖާޖު ކޮށްފައެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ އިއްޔެއެވެ. އިއްޔެ، އެމަނިކުފާނުގެ އާއިލާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަދީބުގެ ފަރުވާއަށް ހުރަސް އެޅުމަށް އައިޖީއެމްއެޗްގެ އިސްވެރިންނާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން މަސައްކަތް ކުރައްވަމުންދާކަމުގައެވެ.

ހަމައެހެންމެ، މެޑިކަލް އެތިކްސްއާ ޚިލާފަށް ޑޮކްޓަރުންނަށް މަޖުބޫރުކޮށްގެން ޑިސްޗާޖް ސަމަރީ ކުރިއާލާ ތައްޔާރު ކުރިކަމަށްވެސް އާއިލާއިން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަޖު

    އިމްރާން މަގާމަށް ދަހިވެތިވެފަ. ދީނާށް ފުރައްސާރަ ކުރާއިރު ޗުއްޕު ބުނެނުލށ

  2. އިމްރާނު

    ތިޔާހެނެއް ނުކިޔޭނެ. އަހުންނަށް މި މަގާމު ދިނީ ބުރޯތަ؟

  3. ބީވާސް

    އަދީބު ޖަލަށް ގެންދިޔައީ ފަނޑިޔާރު އަބްދުﷲ ސައީދު ގެއަށް 16 ގޭންގް މީހުން ފޮނުވައިގެން ބަޔާނެއްގަ ސޮއެކޮށް ފިންގަރ ޕްރިންޓް ޖަހަން މަޖުބޫރު ކުރަން އުޅުމުން. އަދި އެހެނިހެން ފަނޑިޔާރުންނަށް ބިރު ދައްކައިގެން އޭނަ ސާފުވާން ކޯޓުން އަމުރު ނެރެން އުޅުމުން.

    ކޮންމެވެސް ކުއްޖަކު މިވާހަކަ އޭނަ އަންހެނުން ކައިރީވެސް ބުނެދީބަލަ. ގޮތް ކުޑަވިޔަސް ބޮޑުވަރު.

  4. ވޮއިސް އޮފް ހުވަދޫ

    ކޮބާ ޅާދީނީ ޕާރޓީގެ ރޫހީ ދީނީ ލީޑަރު ސޭކު އިލިޔާސް ކަލޯ ކަލޯގެ ދީނަކީ މިދީނެއް ނޫން ތަ؟ މަދު ލާދީނީ ލާރި ކޮޅަކަށް ދީން ވިއްކާލީތަ؟ މި އުޅޭ މޮކޮސް ސޭކު އިމުރާން ގޮތަށް ، އިމުޜާން ކަލޭ ފެއިލް ވެއްޖެ ، ރަށަށް ދޭ ، ކަލެޔަށް މިދީނެއް ހިމާޔަތެއް ނުކުރެވޭނެ ، އިޔައީ މަދުލާރި ކޮޅަކަށް ދީން ވިއްކާލާ މީހުން ކަލޭތިއީ އިސްލާމެއް ނަމަ ތިޔަ ކޮރު އިބުރޭގެ އަނެއް ފައި ބިންދާލަ ބަލަ ނޫނީ ރޫހީ ލާދީނީ އައްޕަނުވިހާ އޮޕަރޭޝަން ކޮށްގެން ޒިިނޭ ކުރަމުން ގެންދަންވީ ކަމަށް ބުނާ އައްޕަ ހިފާ ހައްޔަރު ކޮށްބަލަ.

  5. ދަތްދޫނި

    ޔަޤީން މިހާރު އަދުރޭ އާއި ނިހާނު މެން ފަދަ މީހުން ތިބޭނެ ބްރޯ އަށް ތިހާލު ޖައްސާފައި ހޭން.

  6. ޓެޑް

    ރޭވެސް އެޕާޓީގެ މެންބަރުން ވަނީ އިމްރާނު ޖަލަށް ލުމަށް ގޮވާލާ މާލޭގައި އިހުތިޖާޖު ކޮށްފައެވެ. ?

  7. ހެހެހެ

    ޥަގަށް ނެގި ރައްޔިތުންގެ ފައިސާ އިން ބައި އެޅުނު މީހުން

  8. Anonymous

    އަހަރުން ހަމަ ހިނި އަންނަނީ