ފާއިތުވެގެން މިދިޔަ 13 ދުވަހަކީ ފަހަކަށް އައިސް ރާއްޖޭގައި ކުއްލި މަރުތަކުގައި އެންމެ ގިނައިން މީހުން މަރުވި ދިހަ ދުވަހަށް ވުން ގާތެވެ. މީޑިއާއަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ފާއިތުވި 13 ދުވަސް ތެރޭގައި ކުއްލި މަރުގެ 19 ހާދިސާއެއް ރާއްޖޭގައި ވަނީ ހިނގާފައެވެ.

ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު

ތާރީޚް: 22 ޖަނަވަރީ 2019

ތަފްސީލް: ފިހާޅޮހި އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަތުރުވެރިއެއް. މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ކޮޓަރިން

ހަދަމުންދާ ރިސޯޓެއްގައި މަސައްކުރި މީހަކު

ތާރީޚް: 21 ޖަނަވަރީ 2019

ތަފްސީލް: އިންޑިއާއަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެއް. މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުން މައުލޫމާތު ދޭ.

ރަޝިޔާގެ އަންހެނަކު

ތާރީޚް: 20 ޖަނަވަރީ 2019

ތަފްސީލް: ފީނަން ފައިބާ އުޅުމުގެ ތެރޭގައި

ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ތާރީޚް: 20 ޖަނަވަރީ 2019

ތަފްސީލް: މަރުވެފައިވަނީ 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް. ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް. މީހާއަކީ ހުޅުމާލޭގައި ބިދޭސީން އުޅެމުންދާ ތަނެއްގައި އުޅެމުންދިޔަ މީހެއް.

ހުޅުމާލޭގައި ދިވެއްސަކު

ތާރީޚް: 20 ޖަނަވަރީ 2019

ތަފްސީލް: ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 80 އަހަރުގެ ދިވެއްސެއް. ނިޔާވެފައިވަނީ ހުޅުމާލޭ ރޯ ހައުސްއެއްގެ ތެރޭފައި.

އެކްސިޑެންޓެއްގައި ނިޔާވި ކުއްޖާ

ތާރީޚް: 19 ޖަނަވަރީ 2019

ތަފްސީލް: ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހި. ނިޔާވެފައިވަނީ މާރުކޭޓް ސަރަހައްދުގައި އުމުރުން 17 އަހަރުގެ ކުއްޖެއް.

ބަގްލަދޭޝް ފިރިހެނެއް

ތާރީޚް: 17 ޖަނަވަރީ 2018

ތަފްސީލް: ކ، މާފުށީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ 38 އަހަރުގެ ފިރިހެނެއް

ޖުމެއިރާ ވިއްޓަވެލީގެ ފަޔާ ޑާންސާ

ތާރީޚް: 16 ޖަނަވަރީ 2019

ތަފްސީލް: ޕިލިޕީންސް މީހެއް. ހުށަހެޅުންތައް ހުށަހަޅައިދީ ޝޯވ ނިންމާލާފައި ދަނިކޮށް ކުއްލިއަކަށް މަރުވެގެން ވެއްޓުނީ.

ސްނޯކްލިންއަށް ގޮސްއުޅުނެނިކޮށް މަރުވި ބިދޭސީ މީހާ

ތާރީޚް: 16 ޖަނަވަރީ 2019

ތަފްސީލް: މަރުވީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ގެނބުނު މީހެއް. މަރުވެފައިވަނީ 66 އަހަރުގެ ބިދޭސީ ފިރިހެނެއް.

ފުލުހުންގެ ހައްޔަރުގައި ހުރި އަންހެނަކު

ތާރީޚް: 15 ޖަނަވަރީ 2019

ތަފްސީލް: އުމުރުން 23 އަހަރުގެ ދިވެހި އަންހެނެއް. ނ. މަނަދޫ މީހެއް ނިޔާވީ މިއަދު ދޫނިދޫގައި

ރިސޯޓެއްގައި ދަންޖެހިގެން

ތާރީޚް: 15 ޖަނަވަރީ 2019

ތަފްސީލް: ސަން އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރަމުން އައި މީހެއް. މަރުވީ ދަންޖެހިގެން. މަރުވެފައިވަނީ 40 އަހަރުގެ ބަންލަދޭޝް މީހެއް.

ވިހޭތާ 19 ދުވަސް ތެރޭގައި ނިޔާވި ކުއްޖާ

ތާރީޚް: 15 ޖަނަވަރީ 2019

ތަފްސީލް: ނިޔާވެފައިވަނީ ހއ.އިހަވަންދޫ އައިޝަތު އަލީޝާ ނަމަކަށް ކިޔާ ކުއްޖެއް. ކުއްޖާ ނިޔާވީ ކުއްލިއަކަށް.

ގެބިގެން ދެ ފަތުރުވެރިން

ތާރީޚް: 13 ޖަނަވަރީ 2019

ތަފްސީލް: ކ.ދިއްފުއްޓާއި މީރު ފެންފުއްޓާއި ދެމެދަށް މޫދަށް އެރި އުޅުނު ދެފަތުރުވެރިން. މަރުވެފައި ވަނީ ފިލިޕީންސްގެ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެއް. މިދެމީހުންނަކީ ދެމަފިރިން.

މާލޭގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮއްވާ ފެނުނު ޒުވާނާ

ތާރީޚް: 12 ޖަނަވަރީ 2019

ތަފްސީލް: މަރުވެފައި އޮތް މީހާ ފެނުނީ މ. ރަމާގުލްޝަން ނަމަކަށް ކިޔާ ގޭގެ ތެރެއިން. މަރުވެފައި އޮތް މީހާގެ އުމުރަކީ 27 އަހަރު.

ހުޅުމާލޭގައި ނިޔާވެފައި އޮއްވާ ފެނުނު ޒުވާނާ

ތާރީޚް: 12 ޖަނަވަރީ 2019

ތަފްސީލް: ނިޔާވެފައިވަނީ "ޕާޓީ ޑްރަގް" ބޭނުންކޮށްގެން ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓް ކުރި. ޢާއިލާއިން މިކަންވަނީ ދޮގުކޮށްފަ.

ކަތިވަޅިން ހަމަލާދީ ފިރިހެނަކު

ތާރީޚް: 10 ޖަނަވަރީ 2019

ތަފްސީލް ސްރީލަންކާގެ ރައްޔިތެއް. ދެމީހުންގެ ދެމުގައި ހިނގި މާރާމާރީއެގައި ކަތިވަޅިން ހަމަލާދީ. މަރުވި މީހާއާއި ހަމަލާދިން މީހާވެސް ހުރީ މަސްތުގެ ހާލުގައި.

ސިފައިންގެ ކެޕްޓަން މުހައްމަދު ރާމިޒު އަވަހާރަވުން

ތާރީޚް 09 ޖަނަވަރީ 2019

ތަފްސީލް: ކެޕްޓަން ރާމިޒު އަވަހާރަވީ ސިފައިންނާއި އެކު ހަވީރު ދުވުމަށް ނިކުންނަވައިގެން އުޅުއްވަނިކޮށް.

ކުއްލި މަރުތަކުގެ އިތުރުން ބޮޑެތި ހާދިސާތައް ހިނގުން ވެސް މިދުވަސްވަރު ވަނީ އިތުރުވެފައެވެ. މަރަކީ ކޮންމެ މީހަކާ ވެސް ބައްދަލު ކުރާނެ އެއްޗެކެވެ. ފައިވާނުގެ ވަދަށް ވުރެ ވެސް އެމީހަކާއި ގާތުގައިވާ އެއްޗަކީ މަރެވެ. އެހެންކަމުން ކޮންމެ ކަމަކުން އިބުރަތް ލިބިގަނެ ކޮންމެ މީހަކު ވެސް މަރަށް ތައްޔާރުވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ތަފާތު

    ތަފާތު ގޮތްގޮތައް މަރު ގިޔާމަތުގެ އަލާމަތް

  2. ޢަލިބެ

    ރައީސް ސޯލިހު އޮންނާނެ މިކަން ބަލަން ކޮމިޝަނެއް އުފައްދާފަ. މައްސަލަތައް ބައްލަވާ ހަޤީޤަތް ހާމަކުރައްވާ؟

  3. ޤަބީލާ

    ޖަޒީރާވަންތަ މަރު!

  4. މަރޭ

    ﷲ ގެ ކުޅަދުންވަންތަކަށް ދެކިބަލަ ، ޔާމީނުގެ ސަރުކާރުގައި މީހުން މަރުވާތީ ކަންބޮޑުވެ ހަޅޭލެވިމީހުން ސަރުކާރާއި ހަވާލުވިފަހުން މިވަނީ ކީއް ، މަރުގައި ހިފެހެއްޓޭތަ ، މިއީ ވެރިމީހާ ގެ ބާރު އޮންނަ ކަމެއްތަ ؟ މިފަދަ ހާދިސާ ތަކުން އިބްރަތް ހާސިލް ކުރަންވީ

    • މީހުން މަރުވާނެ

      މީހުން އަބަދުވެސް މަރުވޭ! ހަބަރަށް އަރާވަރު މިހާރު ގިނައީ! އާ ސަހަރާގަ މަޑުކޮށްލީމަ ހަމަ އެކަނި މާލޭގަ މަރުވާވަރުވެސް އަންދާޒާ ކޮއްލެވޭނެ.

      • ގަމާރު

        މީގަ މި ބުނަނީ ކުއްލި މަރުގެ ވާހަކާ

  5. Anonymous

    ވީވަރަކުން މީހުންމަރާ ބޮޑެތި ޖާހިލުން މަގުމައްޗައްނެރެ އުކާލެވޭތޯބަލާ. މަރުގެ ހުކުމާ ދެކޮޅަށް ވާހަކަދައްކާ އެއިރުން ޖަޒީރާ ވަންތަކޮށް މީހުން މަރުވާވަރު އިތުރުވާނެ

  6. ހާމުދުރު

    މީގެ ތެރެއިން ގިނަ މަރު އަދި ރާއްޖޭގައި ހިނގަމުން މިދާ ގިނަ އެކްސިޑެންޓް ތަކުގެ ފަހަތުގަވަނީ ދާދިފަހުން ރާއްޖެ އެތެރެވި ބަންގާލު މީހާ އަތުން ފެނުނު ވައްތަރުގެ މަސްތުވާ ބޭސް (ޕާޓީ ޑުރަގު) ކަމައް ވަރަހް ބޮޑައް ބެލެވޭ

  7. ރާއްޖެ

    ގައުމުގެ ކަންކަން ނުބެހެއްޓި ފާލުން ނެއްޓިފައި
    ވާކަމުގެ ހެއްކަކަށް މިރަތުތައް ފުދެއެވެ މިއީ
    އަންނަން އޮތް މުސީބާތުގެ ކޮޅުމަތިކަމަށް ވުން
    ގާތެވެ މިހާގިނަ މީހުން މަރުވަމުންދާއިރުވެސް
    ސަރުކާރުން މިކަމާ މާބޮޑު އަޅާލުމެއް ގެންގުޅޭ
    ތަނެއް ނުވަތަ ކަންބޮޑުވުމެއް ނުފެނެއެވެ މިސަރުކާރު އޮތީ ނިދާފަހޭ؟

  8. ޕޮފުބާ

    ނުބައި ޖައްބާރު ވެރިންނަށް ތާއީކޮށް އިންތިހާބު ކުރީ ބިރުވެރިކަން އުފެދޭނެ ރާބޯން ހުއްދަވަނީ ޒިނޭކުރަން ހުއްވަނީ ބިރަނުލާ މަޖާކުރުން ހުއްދަވީ

  9. މަނިކުފާނު

    ކިބޫކަނީ ،، ކޮމިސަނުން ބަލާނީ ކުރީގެމަރުތަށް .

  10. އަލިބެ

    ހުރިހާ ލޮބުވެތިންނޭވެ. މަރަކީ އަހަރެމެންނާއި އެންމެ ގާތުގައިވާ އެއްޗެވެ. ކުރާން އޮތްކަމަކީ ތައުބާވެ އެކަމަށް ތައްޔާރުވެ ތިބުމެވެ. އެއީ އުނދަގޫކަމެއް ނޫނެވެ. މާތްﷲ އީ ތައުބާ ޤަބޫލުކުރައްވާ އިލާހެވެ. އެކަލާންގެ އެންގެވި ކަންކަމަށް ފަރުވާތެރިވެ އަޅުކަން ބަރާބަރަށް އަދާކޮށް ކުށްތަކުން އަބަދުވެސް އެއްކިބާވެ އުޅެންވީއެވެ. ހިތް ކޮންޓްރޯލްކުރަންވީއެވެ.

  11. އައިލަމް

    މިއީ ޤިޔާމަތުގެ ޢަލާމާތްތަކެވެ. އަވަހަށް ތަޥްބާވެ ކޮންމެ މީހަކުވެސް މާތްﷲއަށް ބިރުވެތިވާށެވެ!.

  12. ގއ.މާމެންދޫ

    ނިސާ ސޫރަތުގެ 78 ވަނައާޔަތުގެ މާނާގައިވަނީ، އުސްވެގެންވާ ބުރުޖުތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބި ކަމުގައިވިޔަސް ތިޔަބައި މިހުން ތިބި ކޮންމެ ތަނަކަށް މަރު އައިސް ތިޔަބައި މީހުންނާއި ހަމަކުރާނެއެވެ. أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ ۗ

  13. ާއަލީ
  14. ޝާލިހް

    ކުއްލި މަރެއް ނޫން ބާރަށް ދުއްވާފަ ގޮސް ޕިކަޕަކައް އެރުމަކީ އަދި ދަނޖެހިގެން މަރު ވުމަކީ. އެއާ އަމިއްލަޔަށް މަރުވާމީހުން

  15. ޖާނޭ

    ކިއްވެތަ ލިޔަން ނުކެރުނީ ރާއްޖޭގަ ތާރީހުގައި ދުވަހަކުވެސް ދިވެހިން ގަސްތުގައި މަރާފައި ނުވާވަރައް ނިމިދިޔަ ފަސް އަހަރުގައި ދިވެހިން މަރާފަ ވޭ

  16. ލެވީނާ

    މީހަކު އައިސް މަރަނީއެއް ނޫނެއްނު... އެހެންނަމަވެސް ހުރިހާ އެންމެން ނަމާދުތައް ބަރާބަރަށް ކުރުމަށް ނަސޭހަތްތެރިވަން...