ލާދީނީ ވާހަކަތަކެއް ޓްވިޓަރ ގައި ފަތުރަމުން އަންނަ އިބްރާހީމް އިސްމާއީލް (އިބުރާ) އަށް، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ފާޑު ވިދާޅުވެއްޖެއެވެ.

އިބުރާގެ ނަން ވިދާޅުނުވެ، މުހުތާޒުވަނީ ނުސީދާކޮށް އިބުރާ އަށް ފާޑު ވިދާޅުވެފައެވެ. މުހުތާޒު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކުގައި ކުރެއްވި ފޯސްޓެއްގައެވެ.

"ޤާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމިޓީގައި އިނީމަ ގާނޫނު އެންމެ މޮޅަށް ދަނެ، އެމާނަކުރަންވެސް އެނގޭ. މުސްލިމަކަށް ވީތީ ދީނުގެ ހުރިހާ ކަމެއް އެނގި ދީނީ ދަންނަ ބޭކަލުންނަށް ގޮން ޖަހާ ވަރަށް ދީނީ އިލްމު އެނގޭ. ހިތާމަ ހުރިކަމެއް. ހެޔޮ ވިސްނުން ދެއްވާށި." މުހުތާޒު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ގިނަ އަދަދެއްގެ އާއްމުންނާއި، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންވެސް ދަނީ އިބުރާ ދައްކަމުންދާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އިބުރާ ވަނީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އިޙުތިރާމެއް ނެތި ވާހަކަ ދައްކާ، ދީނުގެ ބައެއް ހައްދުތަކާ ދެކޮޅަށްވެސް ވާހަކަ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 3 ވަނަ ވިސްނުން

    މަތީ މަޤާމް ތަކަކީ އިމްތިހާނެން ! މަނިކް ފާން އަމިއްލަ ފުޅަން އެކަން ގިނަ ގިނައިން ހަދުމަ ފުޅު ބަހައްޓަވާ! ދެންވެސް ﷲ އަށް ބިރުވެތިވެ ގިނަގިނައިން ޒިކުރުކޮށް ހަދާ.އެއިރުން ތިމާގެ ނިންމުން ބާއްޖަ ވެރިބާނެ .އިޅްމު ހުއްޓަސް ހިލްމުނެތިއްޔާ ކީއްތޯ ކުރާނީ.؟އަމިއްލަވިސްނުމަން ގެންނަވާ.

  2. އަބްދުއްލާ

    އިބުރާ ވަނީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އިޙުތިރާމެއް ނެތި ވާހަކަ ދައްކާ، ދީނުގެ ބައެއް ހައްދުތަކާ ދެކޮޅަށްވެސް ވާހަކަ ދައްކާފައެވެ.

    މީއްޗަކުގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި.

  3. ކިނބޫ

    ރީނދޫ ބާގައި ސަރުކާރެއް ގެންނާކަށް ވަރެއް ނުދައްކާނެ އަދި ތާއީދެެއްވެސް ނުކުރާނެ މި ހިނގާ ކަންކަމާ ދެކޮޅު މީހަކު. ކުރީގެ ޕީޖީއަކަސް ސީދަލަށް ބުނަން ނުކެރެންޏާ މަޑުން ހުރޭ. ކަލޭމެން އެންމެން ވެގެން މި ގައުމު އަންދަލުސް އަށް ހަދާފަ ދެން ކޮންމެހެން ނުސީދާކޮށް އެއްޗިހި ބުނާނެ ކަމެއް ނެތް.