ލާދީނީ ވާހަކަތައް ފަތުރަމުންދާ އިބްރާހީމް އިސްމާއީލް (އިބުރާ) ފުލުހުންގެ އިދާރާއަށް ހާޟިރުކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޟިރުކޮށްފައިވަނީ މިރޭ 20:30 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ އިބުރާ ހާޟިރު ކޮށްފައިވަނީ މިހާރު މީސް މީޑިޔާގައި ފަތުރަމުންދާ ނަފުރަތު އުފެދޭ ވާހަކަތަކާއި އިންޒާރު ދިނުމާ ގުޅިގެންކަމަށެވެ.

އިބުރާ ފުލުހުންގެ އިދާރާ އަށް ހާޞިރު ކުރި ނަމަވެސް އޭނާގެ މައްސަލައެއް ތަޙްޤީޤު ކުރަމުން ގެންދާ ކަމަކަށް ފުލުހުން ވިދާޅެއްނުވެއެވެ. މައްސަލައެއްގައި މީހަކު ފުލުހުންގެ އިދާރާއަށް ހާޞިރު ކޮށްފިނަމަ އޭނާގެ މައްޗަށް ކުރާ ތުހުމަތެއް އަންގާ، އޭނާގެ މައްޗަށް ކުރާ ކުށެއް ބަޔާން ކޮށްފައި އޮންނަ ޤާނޫނުގެ މާއްދާ ވެސް ބުނެދޭން ޖެހެއެވެ.

އިބުރާ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ރައްދުކޮށް ދައްކަމުން ގެންދާ ވާހަކަތަކުގެ ސަބަބުން އޭނާ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އިބުރާގެ އިތުރުން މީގެ ކުރިން ބައެއް އެހެން މީހުން ވެސް ވަނީ ނަފްރަތު އުފެދޭ ގޮތައް ވާހަކަ ދައްކާ ކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ހާޞިރު ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްސަލަ ވެސް ފުލުހުން ތަޙްޤީޤު ކުރާކަމަށް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ވިނިވިޑިވިސި

    ދެން އިކޮނޮމިކް މިނިސްޓަރަކަށް ހުރި މީހާ ލޭހޫނުވެގެން މިނިސްޓްރީ ފުނޑާނުލާފިއްޔާ ރަނގަޅު. މޯލްޑިވްސް ޕޮލިސް ކޮމްޕަނީގެ ވިޔަފާރި ހުއްދަ ބާތިލް ކޮށްލަން ޖެހިދާނެ ކަމަށް އަންގަފާނެ

  2. ދދދދ

    އޭ ބުނަން ވާހަކައެއް. އަހަރުންނަށް ޑްރާމާ ކުޅެދޭނެ ކަމެއް ނެތް. އަހަރުން ބަލާ ހިތެއް ނުވޭ.

  3. އައްޔު

    ދެން ކޮފީދީފަ ފޮނުވާލާ

  4. ދޮގެއް؟

    ނުވިހާ އޮޕަރޭޝަން ކޮށްގެން ޒިިނޭ ކުރަމުން ގެންދަންވީ ކަމަށް ބުނާ މީހާ ހާޒިރު ކުރަން ކެރޭނެ؟ މަ ހުވާ ކޮށްފަ މި ބުނަނީ ނުކެރޭނެ.

  5. ޖަޒީރާމަނިކު

    ދެންއެހެންފަހަރަކުންނޫނީ އެކަހަލަވާހަކަ ނުދެއްކުމަށް ނަސޭހަތްދީފާ ފޮނުވާލ؛ާ. އޭނާ ބަންދުކުރާކަށްނުޖެހޭ. އޭނާ ސަރުކާރަށް ފާޑެއްނުކިޔާ. އެހެންވީމާ އަވަހަށްދޫކޮށްލާ.

  6. ރައްޔިތުން

    ހައްޔަރުކުރޭ ހަރުކަށިއަދަބުދޭ

  7. އިބުރާ

    ދޮގެއް ތިއާާ. ތިޔާހެނެއް ނުކިޔޭނެ.

  8. ވާފިރު

    ފުލުހަށް ހާޒިރު ކުރިއިރު މަޑުން ހުރިތޯ އަހާލާ ހިތްވޭ. އޭނަ ބުނި ދެން މަޑުން ނުހުންނާނެކަމަށް.

  9. ވެބްކެމް

    ސެކިއުރިޓީ ދޭންވެގެން ގެންދިޔައީ

  10. ޑުއްރަ

    ޓިޔަހެނ ހަޒިރު ކުރަަނެ މީޑިޔާަ ކެކޭތީ ހަރާމުން ހަރާން އަޅާނެ ފިޔަވަޅެއް

  11. ނިކަނެތި

    އިބުރާމެން ފަދަ ނުބައި މީހުންގެ ސަބަބުން މިރާއްޖެއަށް ދުވަހަކުވެސް ދެރަކަންކަން ދިމާ ނުވާވަރަށް އެބަ ދެރަކަން ކަން ދިމާވޭ. ޔާ ﷲ މި އިސްލާމީ މުޖުތަމައުއިން މިފަދަ ނުބައި މީސްތަކުންގެ ކިބައިން ސަލާމަތް ކުރައްވާށިއެވެ. ޢާންމުވެގެންވާ ކޯފާއަކުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ. ޢާމީން.

  12. ސާމް

    މީހުން އެއްޗެހި ކިޔާތީ ގޭމެއް ޖެއްސީ

  13. ޗިއްލޫ

    ނުވިހާ އޮޕަރޭޝަން ކުރަން އުޅޭ ބޯބުރާންތި ގެންނަން ނުކެރިގެން އުޅެނީޔޯ؟؟؟؟؟

  14. ބެއްޔާ

    ތިވަނީ ކޮފީއެއް ބޯލަން. 9 ޖަހާއިރު ކޮފީތަށި ބޯލައިގެން ނުކުމެގެން ދާނެ

  15. ސައީދު

    ނަފްސާނީ ބަލީގެ މީހަކަށްވާނީ! އިރަށް ކުޅު ޖަހަންވެސް އުޅޭނެމީހެއް!

  16. ދޮންބެ

    މިހާތަނައް އެއްމެ ކުރުމުއްދަތެއްގަ އެއްމެ ގިމަ ލާދީނީ މީހުން ގެންދިޔަ ވެރިކަން

  17. ސައްތާރު

    ރައްޔިތުންލޮލުގަ އަދުން އަޅުވަންއުޅޭނެ ކަމެއްނެތް، ފިޔަވަޅު އަޅަންނާ ތިޔަ ޖައްބާރު ކަލޭގެ ހިންގާ ކޮލެޖެވެސް ބަންދުކުރަންޖެހޭނެ!

  18. ޙަހަހަހަހ

    ޝޯކޮށްލަނީ. ހަރާންވާނެ އޭނަ ހައްޔަރު ކުރަން ކެރިއްޖެޔާ.

  19. ޢަލިތަކުރު

    ދެން ނަސޭހަތް ދީފަ އަވަހަށް ރައީސް އޮފީހުން މިނިސްޓަރުން ފެންވަރުގެ މަޤާމެއްދީ.. ކޮބާތަ އެއްކަލަ އިމްރާނު،އަލީޒާހިރު،އިލްޔާސް،އިޔާސް. ހަމަ ފިތިފަ ދޯ؟

  20. މާމިގިލީ މީހާ

    ކޮންމެހެން އިބުރާ ފުލުސް އޮފީހަށް ހާޒިރުކުރާކަށް ނުޖެހޭ.. ހާޒިރު ކުރާންވީ ދީނުގެ ނަމުގައި ސިޔާސީ ފަތުވާ ދޭ މީހުން.. އިލިޔާސު މެން ނަކީ ސީދާ އިސްލާމުދީނުގެ ނަމުގައި ަސިޔާސީ ފަތުވާ ދީގެން މީހުންނަށް ދީން އޮޅުވާލާ ބައެއް.. ސަރުކާރުން އިބުރާ އެއް ނޫން ހާޒިރު ކުރާންވީ..މިކަންކަން ހުއްޓުވާ ބަލަ.

  21. ޤައުމު

    ސުވާލެއް ކޮށްލާފަ ގެ އަށް ފޮނުވާލާ. އެއްވެސް ފިޔަވަޅެއް އަޅާނެ ކަމެއްނެތް. ދެން އަޑުއިވޭނީ އިބުރާއަކީ ނަފްސާނީ ބަލި ހުރި މީހެކޭ ކިޔާ އަޑު. ވެލެޒިނީއަށް ހެދިހެން ހަދާފަ ދޫކޮށްލާ.

  22. ނަން

    އިބުރާ ކުރި ސުވާލަށް ޖަވާބު ނުދެވުނީމަ ފުލުހަށް ގެންގޮސް ކަސްތޮޅު އަޅުވަންވީތަ؟ އޭނަ ކުރީ ސުވާލެއް. އެ ސުވާލުގެ ޖަވާބު ދޭންވީނު. ޖަވާބު ނުދެވެންޏާ ޖަވާބެއް ނެތޭ ބުނަންވީނު.

  23. ޖޮއްބެ

    އަލަށްގެނައި ކޮފީއެއްގެ ރަހަ ދައްކާލަން ގެންދިޔައީ.

  24. މިޔަރު

    ދެން ވެރިކަމަށް ކުރިމަތިލާ. އޭރުން ހޮވޭނީ

  25. އަޙުމަދު ޙަމީދު

    ސަރުކާރަށް ފާޑު ކިޔާ ވަރުން ގޭސްގަނޑެއް އެނބުރީ. ހޯމް މިނިސްޓަރަށް ޗުއްޕު ވެސް ކިޔާކަށް ނުކެރުނެއްނު ވަޒީރުކަން ގެއްލިދާނެތީ. ދީން ވިއްކައިގެން ކައިގެން އުޅޭ މުނާފިގުން ގިނައީ. އަބްރާގެ މައްސަލަބަލާނެ އިދާރާއެއް މިރާއްޖެޔަކު ނެތް. އިސްލާން މިނިސްޓަރާ ހޯމް މިނިސްޓަރު ހަނު. މަންދުކޮލެޖް ބޮއިކޮޓްކުރުމަށް ގޮވާލަން.

  26. އެންސީ

    އެމްސީ ހަމީދު އާއި އެކު ކޮފީއެއް ބޯލަންދިޔައީ ނުކެރޭނެ އޭގެން މީހަކަށް ކަމެއްކުރާކަށް. ހުސް ޕަޕެޓުން މިއުޅެނީ.

  27. ޟުހައްސިސް

    އިބުރާގެންދިޔައީ އެކަމުގެ ހަނދާނީ ލިޔުން ދޭން ކަންނޭގެ ވ ވައްތަރު

  28. މުސްލިމް

    އެފަދަ މީހުންނަށް ހަލާކާގެއްލުންހުރި

  29. އާއްހާއް

    ދީނަށް ފުރަައްސާރަ ކުރާ މީހުން އެމެން ޖެހޭނީ ރާއްޖޭގެ ސިޔާސީ މައިދާން ދޫކޮށް ރަށުތެރޭން މުޑި ކާށި ހޮވުން ފަދަ ކަމަކާއި ގެން އުޅެންއޭ މީ ވަރަށް ނުރައްކާތެރި ބަޔެކޭ ސިޗުއޭޝަން ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް އާއްހާއް އާއްހާއް...

  30. ހުރިހާ

    މަޖިލިސް އިންތިހާބު ނިމެންދެން ހަގީގީ ސޫރައެއް ނުފެންނާނެ

  31. ޢިބުރަަ

    ދެންއެހެންފަހަރަކުންނޫނީ އެކަހަލަވާހަކަ ނުދެއްކުމަށް ނަސޭހަތްދީފާ ފޮނުވާލ؛ާ. އޭނާ ބަންދުކުރާކަށްނުޖެހޭ. އޭނާ ސަރުކާރަށް ފާޑެއްނުކިޔާ. އެހެންވީމާ އަވަހަށްދޫކޮށްލާ.

  32. ކޮރުޖިއްނި

    މިސޮރު ބޮލުގައި މުދި އަޅާއިގެއްތަ އެހުރީ

  33. އިބުރާ

    އާމު ރައްޔިތެއްނަމަ ދައުވާކުރާނެ މުއްސަދިމީހާ ގެއައް

  34. ކޮތަރު އިމްރާނު

    #ބޮއިކޮޓް މަންދު ކޮލެޖް

  35. ކޮރު އިބުރާ

    މިހާރުން މިހާރަށް އިސްތިއުފާދީފަ ގެއަށް ދޭ
    ހީކުރަނީ ބޭނުންހާގޮތަކަށް ޒިންމާ އުފުލޭނެ ކަމަށްތޯ..

  36. ސަމީރު

    ތީ ގޮތްދައްކާލަން ރަތްއިތުން ގުނބޯހައްދަން ކުރިކަމެއް. ސޭކުން ހައްދާލަން ކުރިކަމެއް. އިބުރާގެ ބަޔާނެއްވެސް ނުނަގާނެ، މައްސަލައެއް ބަލާކަށްވެސް ނުކެރޭނެ. އިބުރާ ތިގެންދިޔައީ އޭނަ ރަސޫލާއަށް ފުރައްސާރަ ކުރީމަ އޭނައަށް އެއްވެސް މީހަކު ބިރުދެއްކިތޯ ބަލާ އޭނަގެ ދިފާއުގަ ޕޮލިހުންނަށް ކުރެވެން ހުރިކަންކަމާ މަޝްވަރާކޮށްލަން. ފަހަރެއްގަވެސް ދީނުގެ ދިފާއުގަ އޭނަ ސައިޒުކުރާކަށް ނޫން.

  37. ޙަޖަމުން،ހަޖަމް

    ﷲގެ ކުޅަދުން ވަންތަކަމާއި، ބެހި އެކާނގެ އެންގެވި ހުކުމްތަކާއި، ޤައުމުގެ ސިލްމާ، ސަލާމަތާބެހި ތިޔަހަނީ އުޅޭނެގޮތާއި، ކިޔާނެ އެއްޗެއްނެތި ހުސްވީދޯ ؟

  38. ޝޭހް

    މި ޤައުމުގައި ދިމާވަމުން މިދާ ހިތާމަވެރި ހާދިސާތަކަކީ

    ކޮންމެވެސް ބޮޑު ކަމެއްގެ އަލާމާތް. ޤައުމުގެ ވެރިޔާއިން

    ފެށިގެން ގޮސް މުޅި ހުރިހާ މުއައްސަސާ ތަކެއްގައި ތިބީ

    ކޮރަޕްޓު ވެރީން. ޢިލްމުވެރިންނޭ ކިޔާ މީހުންތައް ދީން

    ވިއްކައިފި. ދީން ގަބޫލު ނުކުރާ މީހުންނަށް ފާޅުގައި

    ދީނާއި ދެކޮޅަށް އަޑު އުފުލުމުގެ މިނިވަންކަން ދީފި.

    ހެޔޮ މީހުން މަދުވެ، ޖާހިލުންގެ ބަސް ޤަބޫލުކޮށް އެމީހުން

    ނަށް ތާއީދު ކުރާ މީހުން ގިނަވެއްޖެ. ހަމަ ޔަގީނުންވެސް

    އެމްޑީޕީ ވެރިކަމަށް އައުމުން ޤައުމަށް ބަދު ނަސީބު ކުރި

    މަތިވޭ. ހިތާމައާއި، ފިތުނަ، ..ހިތާމަ ހުރި. މާތް ﷲ

    އަޅަމެން ސަލާމަތް ކުރައްވާށި. އާމީން

  39. ބަފާ

    އޭނަގެ ސޫރަޔަށް ބެލީމަވެސް އެބައެގޭ ނުލަފާ ޔަހޫދީ އެއްކަން!

  40. ޖިންނި

    ނަމަކަށް ކުރާކަމެއްތީ ހަރާމްކޯރު ސީޕީ

  41. ހަމީދާ

    ތިޔައީ އާރޓް. ހަމަ ފިލްމެއް. ޕޮލިސް ހަމީދުބެ އަކީވެސް ސެކިއުލަރިސްޓެއް. މައްސަލަ ބެލޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ.

  42. ޢަމީން

    ޢިބްރާއާފުލުހުންސުވާލުކުރާނީ ކީކޭކިޔާފަބާ؟ދީނީކަންކަމާވެސްފުލުހުން ބެހެންޖެހޭބާ؟

  43. ޢމީން

    ޥަރިސާބިތުކުރުންވެސް ފުކުހުންނާ ހަވާލުކުރަންވީ އެއްނު.

  44. އަލި

    ޕޮލިސް ކަމިޝަރުގެ ކޮޓަރި ކޮޅުގައި ކޮފީ ދީގެން ދެއްކި ވާހަކަ އަކީ ރައީސް ވިދާލުވިއޭ މަޖިލިސް އިންތިހާބު ނިމެންދެން މަޑު މަޑުން ހުނާށޭ އެއަށް ފަހު ކުރާކަމެއް ކުރާށޭ އިންތިހާބަށް މިކަމުން އަސަރު ކުރާނެއޭ... ބުނެފަ ހީނ ސަމާސަ ކޮށްފަ ގެއަށް ފޮނުވާލީ ..... މީ ދޮގެއްތޯ ޕޮލިސް ސީނިއަރ މީހުން ގާތު އަހާލަ ބަލަ.......