ކުރީގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިންވެސް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) އަށް ފާޑު ވިދާޅުވެއްޖެއެވެ.

ފާއިޒު އިބުރާ އަށް ފާޑު ވިދާޅުވިނަމަވެސް، އިބުރާގެ ނަން ހާމަކޮށްފައި ނުވެއެވެ. ހަމައެހެންމެ، އޭނާ ފާޑު ވިދާޅުވެފައިވަނީ ސީދާ ކޮށެއްވެސް ނޫނެވެ.

"ކީރިތި ރަސޫލާ އަށް ނިސްބަތްކުރައްވައި މި ކިޔަނީ ކޮންފަދަ ނުރައްކާތެރި ވާހަކައެއް." ފޭސްބުކުގައި ފާއިޒު ވިދާޅުވިއެވެ.

މީސް މީޑިޔާގައި އިބުރާ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ގިނަ އަދަދެއްގެ އާއްމުންވެސް ދަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުޙުސިންވެސް ވަނީ އިބުރާގެ ވާހަކަތަކަށް ނުސީދާ ކޮށް ރައްދު ދެއްވާފައެވެ.

ފުލުހުން ވަނީ މިރޭ އިބުރޭ، ފުލުހުންގެ އިދާރާ އަށްވެސް ހާޟިރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަންޒަހާ

    ފާއިޒުމެންވެސް ހާދަ ލޮނުމަޑު ބަސްތަކޭ މިބުނެލަނީ ކީރިތި ރަސޫލާއައް ފުރައްސާރައިގެ ބަސް އިބުރާ ބުނުމުން..

  2. އަޙްމަދް

    ދުރުވިސްނޭ ލީޑަރު އިބްރާއަކީ އުނގައްނާދޭން ޖެހިފައި ޖާހިލެކެވެ.

  3. ޑެއިލް

    ކީއްވެތަ ދީނަށާއި ރަސޫލާއަށް ފުރައްސާރަ ފާޅުގައިކުރާއިރު އެމީހަކަށް ނިސްބަތްކޮށް ބުނަންނުކެރެންވީ. ޖާހިލުންދެކެ ބިރުގަންނާކަށް ނުޖެހޭ. ތިވަރުވަނީވެސް މަދުބަޔަކަށް. އީމާންތެރިކަންހުރީމަ. އަދާލަތު އިމްރާން ހަނުހުންނާތީ ވަރަށް ސުވާލުއުފެދޭ. މުހިއްމީ ކޯލިޝަނެއްނޫން.

  4. ދަހިމީހާ

    ދެން ވެރިކަމަށް ކުރިމަތިލާ.

  5. ޟމމ

    ނުސީދާކޮށް ބުނަނީކީއްވެ. ސީދާކޮށް ބުނަންނުކެރިގެން ތިއުޅުއްވަނީ ކީއްވެ

  6. ދުރުމި

    ފުލުހުއްނަށް ދައްނަވަނަށް އިބުރާ ހައްޔަރުކުރަން ދޫކޮއްފިނަމަ އިބްރާގެ ކަންތަށް ހައްދު ފަހަނަޅައި ހިގާދާނެ.

  7. ކިނބޫ

    ރީނދޫ ބާގައި ސަރުކާރެއް ގެންނާކަށް ވަރެއް ނުދައްކާނެ އަދި ތާއީދެެއްވެސް ނުކުރާނެ މި ހިނގާ ކަންކަމާ ދެކޮޅު މީހަކު. ކުރީގެ އުއްތަމަ ފަނޑިޔާރަކަސް މަޑުން ހުރޭ. ކަލޭމެން އެންމެން ވެގެން މި ގައުމު އަންދަލުސް އަށް ހަދާފަ ދެން ވާހަކަ ދައްކާނެ ކަމެއް ނެތް.

  8. ރަނގަބީލު

    މިހާ ބިރުގަންނަ މީހެއް އުއްތަމަ ފަނޑިޔާރަކަށް ޝަރުތު ހަމަވޭތަ؟ ދެންވިސްނާލާ މީނާ ކުރިމައްޗަށް އިބުރާ ހުކުމްކުރަން ގެންގޮއްސިއްޔާ ވާނެގޮތް؟ ކޮފީއެއް ދީފަ، ދުފަންދީފަ ދޫކޮށްލާނީ ތޯއްޗެ

  9. ކުޑަހުސޭނު

    ޝައިހު ޝަމީމް އަންދަލުސްގެ ވަރަށް ފުރިހަމަ ތަގުރީރެއް މީގެ އަހަރުތަކެއް ކުރިންދެއްވިކަން ހަނދާނުގައި އެބަހުރިތޯ އެދުވަސް މިއޮތީ އައިސްފަ ޔަހޫދީ ބަސްމޮށުންތެރި އަންނިއާ އިބިލީސް އިބޫ މި ގައުމު އަންދަލުސް އަށް ހަދާފަ ނޫނީ ދުލެއްނުކުރާނެ .

  10. ކާނިވާ

    ޓްވީޓެއް ކޮށްލުމަކުން އެއީ އަދި ކަމަކާ ދެކޮޅު ހެދުން ކަމުގައެއް ނުބެލެވޭނެ ދެކޮޅުހެދުމަކީ ފާޅުގައި ނިކުމެ ބަސްބުނުން