މާލޭގެ ގެއެއްގެ ފަސްވަނަ ބުރިން ވެއްޓި އަނިޔާވި 14 އަހަރުގެ އަންހެން ކުއްޖާގެ ހާލު ސްޓޭބަލްކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަލު "ވަގުތު" އަށް ވިދާޅުވީ، މިހާރު ޕޭޝަންޓްގެ ހާލު ސްޓޭބަލް ކަމަށާއި، ސީޓީ ސްކޭންތަކެއް މިހާރު ހަދަމުން އަންނަ ކަަމަށެވެ.

"އެ ކުއްޖާގެ ހާލު ސްޓޭބަލް، އަނިޔާތަކުގެ މައުލޫމާތުތައް ސްކޭންތައް ކުރިއަށްގެންދިޔައީމަ އިނގޭނީ". އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ވެއްޓިފައިވަނީ ގ. ކޮލަމްބިއާގެ ފަސްވަނަ ބުރިންނެވެ. އެކުއްޖާ ވެއްޓި ޖެހުނީ ކައިރީގައި ހުރި ގެއެއްގެ ފުރާޅު މައްޗަށެވެ.

އެ ކުއްޖާ ފުރާޅު މައްޗަށް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:10 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޯކ

    ވެއްޓުނީ އެއްނުން. ފުންމާލީ.. ކަމުގެ ހަގީ ގައި ބެލުން އެދެން.

  2. އޯޕެން ޔޫއާ މައިންޑް އެންތިންކް

    މިއަދު މާލެއިން ފަސް ވަނަ ބުރިން ވެއްޓުނު އަންހެން ކުއްޖާގެ
    މިކަމާ ގުޅުމެއް ވޭތ،ޯ އިންވެސްޓިގޭޝަން ކުރަންޖެހޭ