ހިލޭ ބަހަން ސަރުކާރުން ނިންމާފައިވާ ހެލްމެޓް ޓްރާންސްޕޯޓް އޮތޯރިޓީއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީ އިން އިއުލާން ކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ސައިކަލު ދުއްވާއިރު އަޅާ ހެލްމެޓް ގަންނަން ޓްރާންސްޕޯޓް މިއޮތޯރިޓީ އިން ބޭނުންވާ ކަމަށެވެ.

ހެލްމެޓް ޓްރާންސްޕޯޓް އޮތޯރިޓީއަށް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުމަށް އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ވެސް އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5000 ހެލްމެޓް ހިލޭ ބެހުމަށް ވަނީ ނިންމާފައެވެ.

މާރޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖުގައި ސައިކަލުގައި ދަތުރުކުރެވޭނީ ހެލްމެޓު އަޅައިގެންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ބުރިޖުގައި ހެލްމެޓް އެޅުން މަޖުބޫރު ކުރާއިރު ބުރިޖާއި، ބުރިޖާއި ގުޅިފައިވާ މަގުތަކުގައި އާދަޔާއި ހިލާފަށް ގިނައިން އެކްސިޑެންޓް ހިނގާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ވޮއިސް އޮފް ހުވަދޫ

  ލާދީނީ ސަރުކާރުން ދޭ ހެލްމެޓެއް ބޭނުމެއް ނޫން ، ހެލްމެޓެއް ނޫން މުހިއްމީ ، މުހިއްމީ އިސްލާމް ދީން

 2. ދުވާރު

  ހެލްމެޓު އެކަންޏެއްނޫން، ދައުލަތުގެ ހަޒާނާވެސް ދޭތެރެ ދޭތެރެއިން މާލެތެރެއަށް ބަހަންވީ ހަމަ. ގައުމޭ ކިޔަނީ މާލެއަށް.

 3. ތަަލަ ހަރު

  ކޮބާ ޗައިނާ ސަރުކާރުން މިދިޔަ އަހަރު ހަދިޔާކުރި ހެލްމެޓްތައް؟ ޢެތަނުން 5000 ހެލްމެޓް ބަހާލާ.. ކިހާ ފަސޭހަ އޭރުން

 4. އިބޫ

  ތިޔައީ ޗައިނާ ސަރުކާރުން ރައީސް ޔާމީނަށްޓަކާ ބަހަންދިން ހެލްމެޓު ތަކެއް ރައްޔަތުން ވާވައްދަންވެސް ލާދީނީ ސަރުކާރު ވަރެއް ހަމަނެތް .

 5. ބުރިޖު ޖިންނި

  ސަޕްލައި ކުރާނެ ފަރާތެއްވާއިރަށް.......؟؟؟؟ ދެން ބުނާނީ ސަޕްލައި ކުރާނެ ބޯޓެއް ހަމައެއް ނުޖެހުނޭ.............