އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ހާއްސަ ކެމްޕެއިންގައި ބައިވެރިވެ ހޯމް މިނިސްޓްރީން ވެސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން މަދު ކުރުމުގެ ޕްރޮގްރާމް ހޯމް މިނިސްޓްރީގައި މިއަދު ފައްޓަވާއިދެއްވީ މިނިސްޓަރު އިމްރާން ޢަބްދު ﷲ އެވެ.

ޕްލާސްޓިކްފުޅީގެ ބަދަލުގައި ހޯމް މިނިސްޓްރީގައި ދެން ބޭނުންކުރާނީ ބިއްލޫރި ފުޅިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށްޓަކައި ހޯމް މިނިސްޓްރީގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިކަމަކީ މުޅިރާއްޖޭގެ އިތުރުން މުޅިދުނިޔޭގެ ރައްކާތެރިކަމާއި ސަލާމަތާއި ގުޅިފައިވާ ކަމެއްކަމަށެވެ. އަދި މިކަމަކީ މުޅިގައުމުގެ އިގްތިސާދާ ގުޅިފައިވާ ކަމެއް ކަމަށާއި މިއަދު ދުނިޔޭގެ މާހައުލު އެކިގޮތްގޮތުން ތަޣައްޔަރުވެ ދިއުމުގެ އެންމެބޮޑު އެއް ސަބަބަކަށް ޕްލާސްޓިކް ވެގެންދާކަމަށާއި ޕްލާސްޓިކުން ރާއްޖެއާއި މުޅި ދުނިޔެ ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން މިކަމަށް ހޯމް މިނިސްޓްރީގެ އެންމެހާ މުވައްޒަފުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް މިނިސްޓަރ އިމްރާން އެދިވަޑައިގެންނެވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ފުރަތަމަ ހުއްޓާލީ އެންވާރްމަންޓް މިނިސްޓްރީންނެވެ. އެއީ މީގެ ތިން އަހަރު ކުރިންނެވެ. މިސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިންސާނާ

    ހޯމްމިނސްޓްރީގެ ޒިން،މާއަކީ ޕްލާސްޓިކް މަދުކުރުން ދެއްތޯ ?

  2. ބުނެލިިިީީ

    ނޫސްތައް ލިޔުއްވާ ފަރާތްތަކުން ޒިންމާދާރު ހަބަރުތައް ގެނެސް ދީބަލަ، ތިދެން އަޅެ ލިޔާވަރު އެއްޗެއް.

  3. އެލެކްސް

    ޕްލާސްޓިކް ފުޅިންތަ ގައުމިއްޔަތު ދިރުވަން ތިޔަ އުޅެނީ؟ ގައުމު ހަލާކުވަނީ ހޯމް މިނިސްޓަރު ކަސޯޓީގަ