މާލޭގެ ގެއެއް ފަޅާލައިގެން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ. ފަޅާލާފައިވަނީ ޖަމާލުއްދީން ސްކޫލް ކައިރީ ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާއެވެ.

އެގެ ފަޅާލާފައިވާކަން އެނގިފައިވަނީ އެގޭ މީހުން މިރޭ 11:30 ހާއިރު ބޭރަށް ގޮސްފައި އައިއިރުއެވެ. އެގެޔަށް ވައްކަން ކުރަން ވަދެފައިވަނީ ދޮރު ފަޅާލައިގެންނެވެ. މިހާރު ފުލުހުންދަނީ އެގޭގައި ހަރަކާތްތެރިވަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެގެއިން 3500 ޑޮލަރާއި ގިނަ އަދަދެއްގެ ދިވެހި ފައިސާއާއި 2 ފޯންވަނީ ވަގަށް ނަގާފައެވެ. ނަގާފައިވަނީ ކިހާ އަދަދެއްގެ ދިވެހި ފައިސާކަމެއްވަނީ ސާފުވާގޮތް ނުވެފައެވެ.

ފުލުހުން ވިދާޅުވީ މިރޭ 11:53 ހާއިރު ޖަމާލުއްދީން ސްކޫލް ކައިރީ ހުރި ގެއަކުން ވައްކަން ކޮށްގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވަނީ ފައިސާތަކަކާއި ފޯންތަކެއް ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

މިއަދު ހުޅުމާލެ އިން ވެސް ވަނީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ތުނިޔަ

    ކޮބާތަ ރައީސްމީހާ؟ ގަދަ ނިދީގަތޯ؟

  2. ހަސަންބެ

    ވަގަށް ނެގި ކަމަށް ވާނަމަ ތީ

    ހަމަޔަޤީނުން ޔާމީން ކަމަށް ވާނީ

    ވިލިނގިލި މާލެ ބްރިޖު އެޅުމުގެ ކުރިން

    ތި ފައިސާ ގަނޑު އަތުލަން ވާނެ.

  3. ސަޓޯ

    ހާދަ މީހުން ގޯސްވެއްޖެޔޭ ދޯ

  4. ވަހީދު

    ޕެރަލައިޒް ވެފައިވާ ސަރުކާރެއް އޮތް ތަނެއްކަން ވަގުންނަށް ވެސް އެނގޭ.

  5. ޢަލިތަކުރު

    ކޮބާހޭ ޝޭޙް ޢިމްރާން. ތިމާވެށި ރައްކާތެރިކުރަން މިނިސްޓްރީގަ އިނދެވޭކަށް ނެތެއްނު. މުޅި ޤައުމު މިއޮށް ހަލާކުވެ ދަނީ.. މެންޑޭޓުން ބޭރުގަ މުޅިން ތިއުޅުއްވަނީ.. މިހާެރު މި ހިނގައިގެން އުޅޭ ކަންކަމަކީ ޔާމީނު ވެރިކަމުގަ ހިނގައިގެން އުޅޭ ކަންތައް ތަކެއްނަމަ ފޯރިއެއް ހުރީސް. ކަރުނަ އަޅާ ރޮއެފަ މަޤާމް ދޫކޮށްލާފަ ގެއަށް ދާ ދުވަސް ވަރަށް ކައިރިވެއްޖެހެން ހީވަނީ..

  6. ދޮން

    ތީ ޔާމީނު ވެރިކަންކުރި ގޮތުން ވީކަމެއް.

  7. ިކޯބި

    ތިޔަ ގޭގެ މީހުންގެ އެއްވެސް ހައްގެ އޮންނާނެ ކަމަށް ނުދެކޭނެ. ހައްގު އޮންނާނީ ފަޅާލި މީހުންގެ. އަވަހަށް ޖަމާއަތްތަކުން ގެ ފަޅާލައިގެން އެގޭ މީހުންގެ ފައިސާކޮޅު ގެންދިޔަ މީހުންގެ ހައްގުގައި ތެދުވޭ. އޭރުން ހައްގު ލިބިއްޖެކަމަށްވާނީ. މިކިޔާ ހައްގެއް އޮތްހައި ދުވަހަކު މިކަމަކުން ސަލާމަތެއް ނުވާނެ.

    • އަލީ

      ރަގަޅު ވާހަކަ އެއްތީ

  8. ނޫރާ

    ނޭބަރ ފުލުހުން ޢާއްމުން ހައްދަނީ ގާތުން ބަލަމޭ ކިޔައިގެން މަސްތުވާ ތަކެއްޗާ، ވައްކަމާ ފޭރުން މާރާމާރީ އެހާގިނަވެއްޖެ ހުރިހާ ކަމެއް ފަނުފުލުން ލަނީތަ

  9. ވަގު

    މިހާރު ފޭރުމާ ވައްކަންކުރުން އާމުކަމަކަށް ވެއްޖެ

  10. ޕްރައިވެޓް

    އަދި ތި އަށްވުރެ ކުރިއަށް ދާނެ މި ހެޔޮ ވެރިކަމުގައި. ފުލުހުން އަޅާ ނުލާ ނެ ތި ކަމަކާ

  11. ޒާ

    ވައްކަން ކުރުން، ފޭރުން، ދީނަށް ފުރައްސާރަ ކުރުން. ރިސޯޓްތަކުގައި ގެނބިގެން ޓޫރިސްޓުން މަރުވުން އިބޫގެ ވެރިކަމުގައި މެކުހަށް ޖަހާފަ. ވެރިކަމާއި ހަވާލު ވީއްސުރެން ރައްޔިތުންނަށް ކޮށް ދޭ ކަމެއް ހަރާމް. ކީއްކުރަން ވެރިކަމާއި ހަވާލުވި ބައެއްކަންވެސްް ނޭނގޭ.

  12. ހި

    މިކަހަލަކަންކަން އާއްމު ނުވަނީސް ހުއްޓުވަން

  13. އިންސާނާ

    ގައުމުގަ ވެރިއަކަށް ހުރީވަގެއްކަމައް ބުނަމުންދިޔަ 5 އަހަރައްވުރެން ސާލިހުވެރިއެއްގެ 20 ދުވަސްތެރޭ ގައުމުގެ ހާލަތު ދަށޫގަ ގަބޫލު ކުރެވުނަސް ނުކުރެވުނަސް ހަގީގައް

  14. ޙުސެން

    ރައްޔަތުނގެ ސަލާމަތައް ބައިތިއްބާފައިވަާ ފުލުހުން ކޮބައިތޯ އެހުމުގެ ބަދަލުގައި ތިއައްސަވަނީ ރައީސް މީހާގެ ވާހަކައެވެ. ރައީސް މީހާ،އުޅުއްވަނީ ޔާގުންޑާ އެތަނަށް ވައްދާފައިވާ ގުންޑާއިންގެ ކިބައިން ސަލާމަތް ނުވެވިގެންނެވެ.

  15. މުހައްމާ

    ޅިޔަނު ބޮޑު މީހަކަށް އިސްކުރީ ކަމެއް ވެގެންނޭ. ދެން އަތްޖަހާ!

  16. ހަސަންބެ

    ބެންކުތަކަކީ ފައިސާ ރައްކާކުރަން ހަދާފަ ހުންނަ ތަންތަން އެތަންތަނުގެ ބޭނުން ހިފިނަމަ ތިކަހަލަ ހާދިސާއެއް ނުހިގީސް ކަންޔަގީން