ހުވާކޮށްގެން ތިބި އެއްވެސް ފުލުހަކާއި ސިފައިންގެ މީހަކު ބަރުދަނާއި އެއްވަރަށް ރަން ދިނަސް އެމްޑީޕީއާ ނުގުޅޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، ހުވާކޮށްގެން ތިބި އެއްވެސް ފުލުހަކާއި ސިފައިންގެ މީހަކު އެމްޑީޕީއާ ނުގުޅޭނެ ކަމަށެވެ.

ނިހާން ވިދާޅުވީ، ފުލުހުން އެމްޑީޕީއާ ގުޅޭނެކަމަށް ވިދާޅުވެ މީގެ ކުރިންވެސް ނެރުނު ވީޑިޔޯތަކަކީ ރާއްޖެ ޓީވީން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އަދި އެކަމަކީ ހާއްސަކޮށް އަކްރަމް ކަމާލުއްދީން އިސްވެ ހުރެ މި ޖަރީމާ ހިންގިކަމަށް ގަބޫލުކުރެވޭކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެއިރު އެ ވީޑިޔޯތަަކަށް އަޑުއެޅުމަށާއި، އެ ނޫން ބޭނުންތަކަށް ބޭނުންކޮށްފައި ވަނީ ރާއްޖެ ޓީވީ ކަމަށް ނިހާން ވިދާޅުވިއެވެ.

އަދި މީގެ ހުރިހާ ކަމެއްކޮށްފައި ހުންނަނީ ރޭވުމެއްގެ ތެެރެއިން ކަމަށް ނިހާން ވިދާޅުވިއެވެ. އަދި މިހާރުވެސް ތައްޔާރުކުރަމުން ދަނީ މިޒާތުގެ ވީޑިޔޯތައް ކަމަށާއި، މީގެ ބޭނުމަކީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފައްދައި ފުލުހުންގެ ސަފުތައް ރުޅާލުން ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، އެކެއް ފެބްރުއަރީގެ ބަގާވާތައް ފަހު އިދިކޮޅު ފަރާތްތަކުގެ އަމިއްލަ ނިންމުންތަކަށް އަރައިނުގަނެވިގެން އުޅެނިކޮށް ދެން ފެއްޓިގެން ދިޔައީ ސަލާމަތީ ބާރުތަކާއި ކުރިމަތިލުން ކަމަށެވެ. އެގޮތުން ޒުންބާ ކްލާސްތަކެއް ކުރިއަށްގެންދިޔަ ކަމަށާއި، އެ ކްލާސްތައް ވަރަށް ފަހަކާ ޖެހެންދެންވެސް ކުރިއަށްގެންގޮސް، އެކަން ހުއްޓާލީ ޕީޕީއެމްގެ ފަރާތުން އެ ވާހަކަތައް ދައްކަން ފެށުމުން ކަމަށް ނިހާން ވިދާޅުވިއެވެ.

"ވަރަށް ފަހަކާޖެހެންދެންވެސް އެ ކްލާސްތައް ކުރިއަށްދިޔަ. އަޅުގަނޑުމެންް އެ ކްލާސްތަކުގެ ވާހަކަދައްކަން ފެށީމަ ކޮންމެވެސް ވަރަކަށް ލަދުން ނަމަވެސް ހުއްޓާލާފައި މިހާރު ކޮންމެވެސް ވަރަކަށް ހަރަކާތުގެ ބަޔަށް ނުކުމެ މި އުޅެނީ. ނަމަވެސް މެންދުރު ފަހުންވެސް މި ފެނުނީ 16 ވަރަަކަށް މީހުން. އެއްކުރަން ބޭނުންވި ދިމާލަށް އެކެއް ނުވި" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، މިރޭގެ މުޒާހަރާއިންވެސް ފެނިގެން ދަނީ އިދިކޮޅު ފަރާތްތަަކުން ކުރަމުން އަންނަ މަސައްކަތް ވަރަށް ފަސޭހައިން ހުއްޓުމަކަށް ގެންނަތަން ކަމަށެވެ.

"ދެން އޭގެ ފަހުން ފެނިގެން މިދިޔައީ މިރޭގެ މަންޒަރުތައް. ވަރަށް ފަސޭހައިން ބަށި ބޯޅަ ހިފާ ބީދައިގެން މި ފެންނަނީ ފުލުހުން ހިފަމުންދާތަން. ފެއްޓުމާއެކު އަޅުގަނޑުމެންނަށް މި ފެންނަނީ ހިފާ ހައްޔަރުކުރާތަން"ނިހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދިސްއިޒްއިޓް

    އިހަވަންދޫ ދާއިރާގެ މަޖްލީސް މެމްބަރެއް މިހާރަކު ނުހުންނާނެއެވެ. އެހެން ކަމުން ނޫސްވެރިން ވެސް ވަކި ފަރާތަކަށް ނުޖެހު ގަވާއިދުން މަޖްލީހުން މެމްބަރު ކަމުން ވަކިކޮށްފައިވާ މީހުން ނަށް އަލުން މެމްބަރު ކަން ނުލިބެނީސް ނޫސްވެރިން އަމިއްލަ އަށް އެމެންނަށް މެމްބަރު ކަން ދީގެން ނުވާނެއެވެ. ޚަބަރު ތައް ގެނެސްދިނުމުގައި އިޚްލާސް ތެރި ވާން ޖެހޭނީ ގައުމަށް އެމްޑީޕީ އަށް ނޫން މިހާރު ނޫހުގެ ނޫސް ވެރިން. ދިސް އިޒް އިޓް.

  2. ާއަހަރެން

    އަދުރޭއަށް ހީވާއެއްޗެއް ތީ މިހާރުވެސް ޕޮލިހުން އަދި ސިފައިން ތިބީ އެކަހަލަ ފުރުސަތަކަށް .

  3. ާސާން

    ތީ ކަލޭ އަށް ހީވާގޮތް.... ކާކުނުދާނީ ރަން، ރިއްސަށް، އަދި ފައިސާ އަށް...

  4. ޟޮކް

    ކަލެޔައް ހީވާގޮތް ތީ!! ދާނެ ގައިމުވެސް މަގޭ ފިރިމީހާ ... ކަލެއައް ފުލެޓް ދީފަ ފުލުހުންނާ ސިފައިންނައް ކޯޗެއް ލިބުނީ؟؟ މުސާރަ މިމަހު ބޮޑު ކުޜާކަމައްވަނީ އެވެސް އެންމެ 1300ރ

  5. އިހްޒާޒް

    ދންތިބުބަނީ ފުލުހުންނާ ސިފައިން ތިބީ ޕީޕީއެމް ގައޭތޯ؟ އަސްލަކީ އެޔަނުގައި ކިޔަވައިގެން ހިދުމަށް ކުރުމުގެ މާނައެއްނެތޭ މަގާމުގެ ކުރި އެރުން ލިބުނަސް ބާކީ ކޮއްލަންވީމާ ހަަމަ ބޭރު.

  6. ހަސަނު

    ބަލަގަ ޕީޕީއެމް އާއި ވެސް އެމީހުންގެ ވަޒީފާގައި ތިބެގެން ނުގުޅެވޭނެ އެންނު