ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވާ މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ މ. ރިހިވިދުވަރުގެ/ މުޙައްމަދު މިޒްނީން (30އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

މުޙައްމަދު މިޒްނީން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖަނަވަރީ 23ވަނަ ދުވަހުގެ 11:15ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.