މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބުރާ) އިސްލާމްދީނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަައަށާއި އެކަލޭގެފާނުގެ ޞަހާބީންނަށް ފުރައްސާރަކުރުމުން، ދާތީ އޭނާ އާއި ދެކޮޅު ހެދުމުގެ ގޮތުން ޞުލްޙަވެރިކަމާއެކު މަންދު ކޮލެޖް ކައިރީ މަޑުކޮށްލި ތިން ޒުވާނުން ހައްޔަރު ކޮށްފިއެވެ.

އެއްވެސް ވަރަކަށް އަޑު އުފުލުމެއް ނެތި މަންދު ކޮލެޖް ކައިރީ މަޑުކޮށްލި ތިން ޒުވާނުން ފުލުހުންގެ ވެހިކަލަށް އަރުވައިގެން މިހާރު ވަނީ ގެންގޮސްފައެވެ.

އެމީހުން ހައްޔަރު ކުރި ސަބަބު ހޯދަން ތަކުރާރުކޮށް ފުލުހުންގެ މީޑިއާ އޮފިޝަލުންނަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އެހެންކަމުން ފުލުހުންގެ ބަހެއް މިކަމާއި ގުޅިގެން ނުލިބުނެވެ.

އިބުރާ ފަހަކަށް އައިސް ދައްކަމުން އަންނަ ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިބުރާ އަށް އަމާޒުވެފައެވެ. އަދި އޭނާ އާއި މެދު ދައުލަތުގެ އިދާރާތަކުން ފިޔަވަޅު ނާޅާތީ ސަރުކާރަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

 1. މުހައްމަދު

  އޯގާތެރި ސަރުކާރު..ހެހެހެ

  • ޙސހސހ

   ނޫނޭ މިދިޔަފަހަރު 138000 މީހުން ވޯޓު ދިނެއްނުން. ޟިފަހަރު ވާނެ 200000 މީހުން އެބައިމީހުންނަށް ޔައުނީ ޔަހޫދީ ޕާޓީއަށް ވޯޓު ދޭން. ދިވެހިންނަކީ ހައްޤު ގޮތް އަމިއްލައަށް ނުބަލާ ލީޑަރުން ބުނާހާ ގޮތަކަށް ޖަހާހާ ބެރަކަށް ނަށާތީ ވާގޮތް. ފަހުޒަމާނުގައި އަންނާނެޔޭ ބުނޭދޯ ލީޑަރުންނަށް އަޅުކަންކުރާނޭ ޒަމާނެއް. މިހާރު މިފެންނަނީ އެތަން. މައުމޫނާއި ޤާސިމް ބުނެފިއްޔާ އަލިފާނަކީ ފެން.

 2. މޫސަ

  ލާދީނީ ސަރުކާރު

  • ޙައްގުބަސް

   ވަރަށް ދެރަކަމެއް!! ދީނަށް ފުރައްސާރަކުރުން އިތުރުވެފައިމިވަނީ ކަންބޮޑުވާންޖެހޭ ދަރަޖައަށް!! ގައުމު ކުރިއެރުމާ ތަރައްގީ މަޑުޖެހިއްޖެ!! އިޖްތިމާޢީ ފޭރާން އަނެއްކާވެސް ކުދިކުދި ކޮށްލަން ފަށައިފި!! މިއީ މިރާއްޖޭގެ ގިނަ ރައްޔިތުންނާ ސިޔާސީ ބައެއް މީހުނާ ދީނީ ބައެއް މީހުންނާ ފަނޑިޔާރުގެތަކުންވެސް ބޭނުންވި ގޮތް ނޫންތޯ؟ ރައިސް ޔާމީންގެ ސަރުކާރުގައި މިކަހަލަ ކަންތައްތަކަށް ފުރުސަތު ނުދީ ދީނާ ގައުމުގެ މިނިވަންކަމާ ، ގައުމުގެ ސިޔާދަތާ ، ހަމަޖެހުން ގާއިމުކޮށް ކުރިއެރުންތަކާއެކު ގައުމު ތަރައްގީ ކުރަމުން ދިޔައީ!! އެމަނިކުފާނުގެ ސަރުކާރަށް އެތެރެއިންނާ ބޭރުން އެތައް ދުއްތުރާ ތަކެއް ކުރަމުން ދަނިކޮށް އެހުރިހާ ގޮންޖެހުމަކުން އަރައިގަންނަމުން ގައުމަށް އެތައް ކުރިއެރުން ހޯއްދަވާ ދެއްވާފަ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިންމާ ދެވަނަ ދައުރަކަށް ކުރިމަތި ލެއްވީ!! ކީއްކުރާނީ ގައުމުގެ ދުޝްމަނުންގެ ބަހަށް ހެއްލި ރައްޔިތުން މިވަނީ މުޅިން އެހެން ބަޔަކު ވެރިކަމަށް ގެނަސްފަ!! އެމްޑީޕީގެ ސަރުކާރެއް 2008 ގައިވެސް ރާއްޖޭގައި އޮތް!! ކިހިނެތްތޯ ކަންތައްތައްވީ؟ ހަމަ މިހާރު މިތަޖުރިބާ ކުރަމުންދާ ކަންތައްތައް ކުރަމުން ދިޔައީ!! ދިވެހިން ހަނދާން ނެތެއް ނޫންތޯ؟ ކުރާނެ ކަމެއް ނެތް! އަމިއްލަ އެދުމުން ފޯވެފައިތިބި ސިޔާސީ މަދު ބަޔަކު އެމީހުންގެ އަމިއްލަ މަގުސަދު ޙާސިލް ކުރުމަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާ މިއަދު މިގައުމުން މިފެންނަނީ!! ޙަގީގަތަކީ ރައިސް ޔާމީން ވަރުގެ ވެރިއަކު މިފަހުގެ ތާރީޚެއްގައި މިރާއްޖޭގެ ވެރިކަމަކަށް ނާދޭ!! ގައުމަށް މިހާލު މިޖެއްސީ އަހަރެމެންގެ ބަޔަކު އަމިއްލަ އަތުން މާއްދިއްޔަތަށް ހެއްލިތިބެ!!

 3. Anonymous

  އިސްލާމްދީނަށް ފުރައްސާރަކުރާ ކޮންމެ މީހަކަށް ފުލުހުންގެ ހިމާޔަތްދޭނެ.

  • ކުނބޯލި

   ދޭންވެސް ޖެހޭނެ. މިހާރުގެ ޕޮލިހުންގެެ ވެރިޔަކީ އޭގެމީހެއް.

 4. އިބްރާހިމް

  ލާދީނީ މީހުން މިދަނީ އުތުރިއަރަމުންނެވެ.ބާރުތައްވަނީ އެމީހުންގެ ހިމާޔަތުގައެވެ.

 5. ޙހހހ

  ވަރަށް ހެއްވާ ބައެއް ތި ފުލުހުންނަކީ

 6. ހައިރާން

  ތިވާނެވަރަކީ،.... ހިނގާބަލަ އެންމެން ނިކުންނަން،.... ހަމަ ގައިމުވެސް ފުލުހުންނަކަށް އެންމެންނެއް ނުގެންދެވޭނެ އެއްނު،....

 7. Anonymous

  މިގައުމުގެ ސަލާމަތީ ބާރުތަކުން މިހާރު ކުރަންޖެހޭ ހަމައެކަނި ކަމަކީ، އިސްލާމްދީން ހަލާކުކޮށްލުމުގައި އެހީތެރިކަމާ އެފަރާތްތަކަށް ރައްކާތެރިކަންދިނުން

 8. ޖަލީލު

  ގައްޑާ ހޯމްމިނިސްޓަރެއް! އިސްލާމްދީނުގެ ކަންފުޅެއްވެސްނެތް މަޤާމެއްލިބުނީމާ!

 9. Anonymous

  މިގައުމުގެ ރައްޔިތުންގެ ފައިސާއިން ބަޖެޓުދިނީމަ ކުރަންވީ ކަމަކީ، ﷲ ގެ ދީން ހަލާކުރާ މީހުންގެ ހިމާޔަތުގައި ތިބުންތަ؟ މިއަދު ކަލޭމެންގެ ވެރިއަކަށް ހުރި މީހާގެ އަމުރަށް ތި ނުބައިކަންކަން ކުރެވިދާނެ. އެކަމަކު، މަރުވުމުން ތިވެރިމީހާ ކަލޭމެންނަށް ހިމާޔަތް ދެވޭނެތަ؟ އޭނާވެސް ބުނާނީ ޝައިޠާނާ ބުނާހެން، "ކަލޭމެނަށް އެނގޭނޫންހޭ ތިމަންނަައަށް ތަބާވުމަކީ، ނަރަކައަށް ދިއުންކަން"

 10. ހައްހައްހާ

  ސަބަބު ވަރަށް ސާފް. އެއީ ޖަޒީރާވަންތަ ހައްޔަރު

 11. ޝިޢުބު

  ބޯގޯސް ފުލުސް

 12. ހަމިސް

  މަތީ އޯޑަރަށް ހައްޔަރު ކުރަންތާ ޖެހޭނީ ހިތާމަހުރި. އިބްރާވެސް ކޮލެޖްވެސް ބަންދުކުަރަންވި

 13. ރަނޭޝް

  މި ޤައުމުގަ އިސްލާމް ދީނައް ފުރައްސާރަ ކުރާބަޔަކު ފުލުހުން ނަކަށް ހައްޔަރެއް ނުކުރެވޭ. އެކަމަކު އިސްލާމް ދީނައް ފުރައްސާރަ ކޮއްހަދާ މީހުންނާ އާމުންގެ މީހަކު އެމީހުން ނާކުރިމަތި ލައިފިނަމަ އެކުރިމަތިލީ މީހަކު ފުލުހުންނައް ހައްޔަރު ކޮއްގެން ގެންދެވޭ. އެއީ ދޯ މި ސަރުކާރުން ގެ ބޮޑުން އަންގަވާފައި ވާގޮތަކީ.. ނޫނޭ މި އޮތީ ސަރުކާރެއް ދިވެހިރައްޔިތުން ހޮވާފައިވާ ... މަވެސްް މީ މިޤައުމުގެ މީހެއް .. އިސްލާމް ދީނައް ފުރައްސާރަ ކުރާ މީހުން ހިފާ މިހާރުން މިހާރައް ހައްޔަރުކުރަން މި ދިވެހި ޤައުމުގެ ހުރިހާ ވެރިންނަށް ގޮވާލަން .. މިޤައުމުމީ 100% މުސްލުމުން ގައިމަކައް ހަދަން

 14. މޯދީ

  މިހާރު ސުލްހަވެރިކޮށް އެއްވެސް ކަމެއް ނުވާނެ. ޕޮލިހާ

  ސިފައިންގެ ވެރިންނަށް ތިބީ އޭގެ ދެ މީހުން. ހޯމް

  މިނިސްޓަރު ހުރީ ވަޒީފާ ގެއްލިދާނެތީވެ ބިރުން ދީން

  ވިއްކައިގެން. މި ހުރިހާ ދުވަހު މަގުތަކަށް ނިކުތީ

  ސިޔާސީ މީހުން. ދުނިޔޭގެ މުދަލާ އެދުން ހޯދަން.

  މިހާރު ދީނަށް ލޯބި ކުރާ އެންމެން ނިކުންނަން ވެއްޖެ

 15. ވަސީމު

  ތިޔަ ފުލުހުންނަކީވެސް ލާދީނީބައެއް ފުލުހުންނާ ދެކޮޅަށް މުޒާހަރާ ކުރުމަށް ނުކުތުމަށް ރައްޔިތުން ގޮވާލަން!

 16. ބޮލި މުލައް

  ގިނަ ބަޔަކު ނުކުމެގެން މި ސަރުކާރަށް އަޑު އިއްވޭނީ

 17. އަލީ

  ހައްޔަރު ކުރި ކުދިން ދޫކޮއްލާ. އިބްރާ ހައްޔަރުކުރޭ. ހަމީދާ ދެކޮޅަށް އިޖުތިހާދުކުރޭ

 18. އިންސާނާ

  ރަނގަޅު އިސްލާމްދީނައް ފުރައްސާރަކުރާމީހުންނައް ހިމާޔަތާ ރައްކާތެިކަން ހޯދާދީފަ ދީންދެކެލޯބިވާމީހުން ހިފާ ހައްޔަރުކޮށް އެފަދަމީހުންގެ ބުރިން ހަންވެސް ދަމާ އޭރުން ފަސޭހައިން ލާދީނީ ބައިގަނޑު އިތުރުވެގެންދާނެ

 19. ހަމީދާ

  ކޮބާ ފެނޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން. މިބުނަނީނު ޕޮލިސް ސެކިއުލަރ ހަމީދުބެ ހުއްޓަ ލާހިކެއް ނޫނޭ ލާދީނީ މީހުންނާ ބެހޭކަށް.

 20. ޚޮރެ

  އަހަރެންގެ ދަރި އަހަރެން މަންދު ކޮލެޖުން ކަނޑުވައިފިން. ގައިރު މުސްލިމުންގެ ކޮލެޖަކަށް ފޮނުވަން ޖެހުނަސް މުސްލިމެއްގެ ނަމުގަ ހުރެފަ ރަސޫލާ އައް ހަޖޫ ޖަހާ މީހަކަށް ލާރި ދޭކަށް ބޭނުމެއް ނޫން. ދިވެހި ހުރިހާ މުސްލިމުން މަންދު ކޮލެޖް ބޮއިކޮޓް ކުރަން ޖެހޭ

 21. ކިނބޫ ރައީސް

  އެމީހުންނާ ދެކޮޅު ނަހަދާ. މި ވެރިކަން ދެމިއޮއްހާ ދުވަހު ޖަލުގަ ބައިންދަފާނެ. މީ ލާދީނީންގެ ގައުމު. އެމީހުންގެ ބާރު ހިނގާނީ މިތާ. އެމީހުންނާ ދެކޮޅަށް ޗުއްޕުވެސް ނުބުނާތި. ދުވަސް ދުއްވާލާނެ. އެބުނީނު މަޑުން ނުތިބޭނަމޭ.

 22. ރުޒާނާ ޗޮއްޕަޓު

  އެތަނުން ކިޔަވާ އެންމެން ތަން ދޫކޮށްލާ. އޭރުން އެމީހުންވެސް ލާނީ ޖަލަށް ތޯއްޗެ.

 23. ޖޮބޭ

  ހޯމް މިނިސްޓަރ އަވަހަށް އިސްތިއުފާ ދެއްވާ

 24. ބޯގަންވިލާ އަހުމަދު ބެ

  އިބްރާ ހައްޔަރު ކޮއްބަލަ

 25. ވިސްނާ

  މިގައުމުގައި "ހޭޓް ސްޕީޗް" ފަތުރަނީ ލާދީނީ މީހުންނެވެ. ނަމަވެސް ލާދީނީ މީހުން އެހެން މުސްލިމުންގެ ލޭ ކައްކުވަން އިސްލާމްދީނަށް ބަދުބަސްތައް ބުނުމުގެ ސަބަބުން އޭގެ ރައްދު މުސްލިމުން ދިނުމުން އާޚިރުގައި "ހޭޓް ސްޕީޗް" ފަތުރާބަޔަކަށް މިވަނީ ކުށެއްނެތް މުސްލިމުންނެވެ. ލާދީނިއްޔަތާ ދެކޮޅަށް އަޑު އުފުލަން މިހާރު މިވަނީ މަޖުބޫރު ވެފައެވެ.

 26. އަހްމަދު

  ތިޔަދަނީ ރަނގަޅަށް . ކީރތިރަސޫލާއަށް ނިސްބަތްކޮށް ދޮގުހަދާ އިސްލާމްދީނަށް ފުރައްސާރަކުރާމީހާ ހައްޔަރުކުރަން ނުކެރި ދީނުގެ އަދުއްވުންނާ ދެކޮޅަށް ތެދުވާމީހުން މި ހައްޔަރުކުރަނީ. ކިހާރަންގަޅު. ޕޮލިގުހެ ބޮޑުމީހަކަށް މިހާރު ތިޔަހުރި ޖީޕީ އެއްތޯ ސީޕީއަކީވެސް އިސްލާމްދީން ގަބޫލުކުރާ މީހެއްނޫން. ލާދީނީ މީހުނަށް ހިތްވަރުދޭމީހެއް.

 27. ޢަލީ

  ފެނޭ ހީވޭކަމެއް ހެން

 28. އިލްހާމް

  ލާދީނީ އިމްރާން

 29. ކޮރޭ

  ސާބަހޭ ތިޔަ ތިން ޒުވާނުން. ސެލިއުޓް ޔޫ ބްރަދާރސް. ޕޮލިސް ސެކިއުލަރ ހަމީދުބެ އަށް ޖެހޭނީ ހަމަ ދޫކޮށްލަން.

 30. ނަމަ

  މަންދު ކޮލެޖް އަށް ކިޔަވަން ދިޔުން ހުއްޓާލަންވީނު

 31. ފަލަކް

  އޯގާތެރި މަޑުމައިތިރި ސަރުކާރެއް މިއޮތީ މާތްވެގެންވާ އިސްލާމްދީނާއި ދެކޮޅަށް

  މި އުންމަތުގެ މާތްނަބިއްޔާ އަށް ފުރައްސާރަކޮށް އުޅޭ މީހުންނަށް ފިޔަވަޅުއެޅުމުގެ

  ބަދަލުގައި އިސްލާމްދީން ޙިމާޔަތުގައި ނިކުންނަ މީހުންނަށް ފިޔަވަޅުއަޅައި ބިރު

  ދައްކަމުންދާތަން މިއަދު ފެންނަމުންމިދަނީ

  ލާދީނީ އޭ ކިޔަންވީ ގިނަގިނައިން މީ ހަމަ ލާދީނީ ވެގެންގޮސް ހުސްވެފައިވާ

  ބައެއް ހޯމް މިނިސްޓަރ އިސްލާމްދީނުގަ ހުންނެވީ ނަމެއްގައި

 32. ޒާ

  ލާދީނީ ކަންކަމަށް ފުލުހުން ކިހާވަރެއްގެ އެއްބާރުލުމެއްބާ ދެނީ. ލާދީނީ ސަރުކާރު.

 33. ބޮލި މުލައް

  މިކަމުގަ ފޮރުވިގެންވާ ސިއްރުތަކެއް ވޭ. ކޮބާ ދީނީ ޢިލްމުވެރިން ކޮބާ އިމުރާނު. މަޤާމާ ފައިސާއަށްޓަކާ ވިކި ހުސްވީ.

 34. ގާޒީ

  ދިމަކުރަސީ ކޮބާއަޑުއުފުލިފަ?

 35. ސަރުކާރު

  ވަގު ސަރުކާރު

 36. ހަސަން

  ލާދީނީ ސީޕީ މިހާރުން މިހާރައް އުސްތިފާ ދިނުމާށް ގޮވާލަން

 37. ރާގޮނޑި

  ސުލްހަވެރިކަމާއި އެކު ހިޔާލުފާޅުކުރުން މެކުހަށް ޖަހާފަ. ކޮބާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވައުދު؟ ޑިމޮކްރަސީ އުތުރި އަރަނީ؟

 38. علي وحيد ٢٠١٩

  ٢٠١٩ إسلامي أمة އަށް ލޯބިކުރާ އެއްވެސް ދިވެއްސަކަށް ހިމާޔަތް ދޭނެ ފުލުހެއް،ސިފައިންގެ މީހަކު މިދިވެހި قومގަ ނެތްކަން ވަރަށްސާފުކޮށް އެނގިގެންދިޔަ އެއްކަމެއް މަންދުކޮލެޖު ކައިރިން ތިހައްޔަރުކުރި 3 މީހުން ހައްޔަރުކުރި ކުރުމަކީ، إسلام دين އަށް ލޯބިކުރާ ހުރިހާ ދިވެހި ރަށްޔިތުންގެ( މަންދުކޮލެޖުގަތިބިދަރީން )މަންދުކޮލެޖުން ކަނޑާލުމަށް إلتماس ކުރަން

 39. ދޮންބެ

  ހައިރާނެއް ނުވޭ! ބޭނުން އެއްޗެއް ކިޔައި ބޭނުން ގޮތަކަށް އުޅެވޭނީ (މި ދައުރުގައި) ހަމަ އެންމެ ބަޔަކަށް. ދެން އަތްޖަހަން ތިބޭ.

 40. އިބުރާ

  ތިދަނީ އަނިޔާ ވެރިވަމުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން ދީނާ އަގީދާ ތަކާއި ހިލާފުވަމުން ގޯސްވަނީ ގޯސްވަނީ

 41. ގައުްމުދެކެ ލޯބިވާ ރައްޔިތެއް

  ހެހެހެހެ ވަރަށް އޯގާތެރި ސަރުކާަރެއް އެވެސް ވިކަބަޔަކަށް އަދި މި ފެންނަނީ
  އިމްރާން އަށް ގޯނާ ކުަރަން މިސްިޓްރީ ކައިރީ ބަޔަކު އެއްވެ ގަނޑުގަތް އިރު އޯކެ އެކަމަމު މަންދު ކޮލެޖް ކައިރީ މަޑުކޮްށް؛ލީ އެގްދިަޔައީ ކިހާ މަޖާ ހެހެހެހެހެހެހެހެހެ

 42. ސަމާ

  ހަޖަމް ކުރަންދަސްކުރަމާތޯ.

 43. މުހަންމަދު

  އެމްޑީޕީ ސަޜުކާޜެއްގަ އެމްޑީޕީ ގަ ތިބި އިސްލާމް ދީނައް ފުރަސާރަ ކުރާމީހުން ހިމާޔައް ކުރާނެ ދޯ...

 44. ކްރިލްގާާޓް

  މިގައުމުގަ ތިބި އެންމެލާދީނީ ބައިގަޑު ފުލުހުން ނަކީ...

 45. ލާދީނީ

  ކުރިންވެސް ބުނިން މިހާރު ވެސް މި ބުނަނީ ހަމަ އަޅާނަން ފައްޅި އަޅާނަން.

 46. ފުލުސްމީހާ

  ފުލުހުންގެ އިދާރާ މީގެ 10 ކުރިންވެސް ނުވާހާ ސިޔާސީ ހަރުގެޔަކަށް ވެއްޖެ. މެޑަމްގެ ކޮއްކޮ ފިރިމީހާ އަށް ފުލުސްއޮފީސް ހިންގަން އުޅޭގޮތުން ކޮންޓްރޯލް ނެތް..

 47. އިބިލީސް

  ބައިބަލް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގައި އިބްރާގެ މުޅި ޢާއިލާ މަސައްކަތް ކުރި. ޒަމަނުއްސުރެ މިއީ އިބްރާގެ ހުވަފެނެއް. މިހާރުގެ ސަރުކާރު ހުވާކުރުމުގެ ކުރިންވެސް ބޭރުގެ ނުފޫޒު ގަދަ ފަރާތަކުން މީޑިއާގައި ބުނި ދީނީ މިނިވަންކަން ރާއްޖޭގައި މީގެފަހުން އޮންނާނެޔޭ.

 48. ދަތްދޫނި

  ނިމިދިޔަ ސަރުކާރުގެ ހާލަތަކީވެސް މިއީ. އަދި ނިމިދިޔަ ސަރުކާރުން ހިސާބައްވުރެ ބޮޑަށް ރައްޔިތުން ނަށް އަނިޔާ ވެރި ވުމުގެ ސަބަބުން ވެރިކަން ބަދަލުވީ.

 49. Miadhu

  މިސަރުކާރުން އިސްލާމްދީންހިމާޔަތްކުރާފެންވަރަކީ ދީނީގޮތުން ބަތިލުބަސްބުނާމީއަކީ މިނިވަނެއް ހައްގުބަސް ބުނާމީހާއަކީ ކުއްވެރިއެއް

 50. އިބުނު ބަތޫތާ

  ދީން ހިމާޔައް ކުރުމަށް. އެންމުން އެބަޖެހޭ ކޮރު އިބުރާއާ އިދިކޮޅަށް ނުކުންނަން. މަންދޫ ކޮލެޖް ބަންދު ކުރާ ވަރު ކުރަން.

 51. އެދުރު

  މީ އަނިޔާވެރި ލާދީނީ ސަރުކާރެއް

 52. ޟުއާ

  މަޑުކޮއްލާފަ ޖަހަނީ ވަޅި ތޯއްޗެއް.

 53. ޢަނީމް

  ޢަނިޔާގެ ލަފްޒަކީ ވަކި މީހަކަށް ވަކި ވެރިކަމަކަށް އަމާޒުކޮށް އުފެއްދި ބަހެއް.

 54. މެކް

  މަންދު ކޮލަޖަކީ ބަންދު ކުރަންޖެހޭތަނެއް

 55. ޙައްޤުވާނީ ހަމަ ޙައްގަށް

  ރާއްޖޭގެ މަދުބަޔަކު ގުޅިގެން ހުރިހާރައްޔިތުންގެ
  ޙައްޤުތަށް ނިގުޅައިގަތް މިދުވަސް އަންނާނެކަން
  ކާބައިން ބުނެފަވާކަން ނުއެގެނީ ހެއްޔެވެ. ތެދެއް
  ގިތެޔޮއެޅި ގުޅިޔަކުން ވަހެއް ނުފިލާނެ، އެއް ފުޅަށްމަތިން ފުއްމާލި ބަކަށި 7 ފުޅަށްމަތިން ފުއްމާލާނެ !!!!!!؛!؛