ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް ޔާމީނާއެކު ކޯލިޝަނެއް ހަދައިގެން ވާދަކުރުމަށް އަދި މަޝްވަރާ ނުކުރާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ގޮނޑިތަކަށް ކުރިމަތިލާނެ ދާއިރާތަކާއި ގުޅޭގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެދުގައިވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދި ކޯލިޝަން ރޫޅިގެންދާ ހިސާބަށް ގޮސްފައެވެ. އަދި ކޯލިޝަންގެ އެއްބަްވުމެއް އޮތްތޯ ސުވާލު ކުރައްވާ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް ބޭނުންވާ ކޮންމެ ފަރާތަކާއެކުވެސް މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތްކަމަށް ޤާސިމް އިބްރާހިމް ވަނީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައެވެ.

"ވާހަކަ ދައްކަން އައިސްފިނަމަ އަޅުގަނޑުމެން މިތިބީ ތައްޔާރަށް، ވަރަށް ސާފުކޮށް މިދަނީ ކޮންމެ މީހަކާ އެކުގައި ވެސް ވާހަކަ ދައްކަން ތައްޔާރަށް އޮތީ، ގާނޫނު ހުއްދަ ކުރާ ބައެއް ނަމަ މަޖިލިސްއަށް އެކުގައި ކުރިމަތިިލައިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ މާހައުލެއް ހޯދަން ތައްޔާރަށް މިއޮތީ،" ގާސިމް ވިދާޅުވިއެވެ.

ޤާސިމް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީން އިސްވެހުންނަވާ އުފައްދަން މަސައްކަތްކުރައްވާ ޕާޓީ ޕީއެންސީން ވަނީ ޖުމްހޫރީ ޕާޓީ އާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އަދި އެޕާޓީއަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ޤާސިމަށް ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވެސް ވަނީ ގާސިމާއި އެކު މަސައްކަތް ކުރެވިދާނެ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވެފައި ވަނީ އަނެއްކާވެސް އެމްޑީޕީ ޖުމްހޫރީ ޕާޓީ މަގުމަތިކޮށްފި ކަމަށާއި އެމްޑީޕީ އިން ހެދި އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށެވެ. އަދި ގާސިމް ގެންދަވަނީ އެމްޑީޕީ އަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ފަހަކަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަސްވެިރިޔާ

    އޮނަރަބަލް ޤާސިމް އިބުރާހިމަށް އަބަދުވެސް ޕީޕީ އެމް ހުރިހާ މެންބަރުން ވަރަށް އިހުތިރާމް ކުރޭ ކުރާނެ. އެއީ އެމަނިކްފާނު އަހަރަމެންނާއެކީ ހުއްޓަސް ނެތަސް. މިއީ ލައްކަ ވާހަކަ.

    • ވަގުކަލޭގެ

      އެހެންވެގެންދޯ ރޔާމީން ގާސިމް ޖަލަށްލީމަ އަތްޖަހަންތިބީ..

  2. ލަބީބު

    މިހާރު ތިޔަ ދެބޭފުޅުން ގިހެއްލައްވައިލިޔަސް މި ވަގުވެރިކަން ވެއްޓޭނެ! ވޯޓުން ވައްކަންކޮށްގެން ވެރިކަމަށް އައިސް އެހުރީ ތަންދޮރު ނުފިލާހުރި ސޮހަލެއް! ޤަވްމު ދަރާވިކި ، މަރުތައްގިނަވެ ، ބަނގުރާޔަ މަސްތުވާތަކެތި ތިޔާގިވެ ، ވައްކަމާ ފޭރުން އިންތިހާއަށްގޮސް ، މާރާމާރީތައްގިނަވެ ، ޤާމު ނާމަންވެ ، ޤަވްމު އިޤްތިޞާދީގޮތުންނާ ޢުމްރާނީގޮތުން އިނދަޖެހި ، ރައްޔިތުން ބިކަވަމުންދާއިރު މަޑުން ނުތިއްބަވަ! މަޖްލިސް އިންތިޚާބުގެކުރިން މިކަން ނިންމަން އުޅުއްވާ!

  3. ނަސީދު

    އެއްވެސް މީހަކުމިހާރު މިގާސިމް ވާހަކަތައް އަޑު ނޭހުމައް ގޮވަން މީޖެހިފައި އޮތް މުސީބާތެއް

  4. ކަސަބު

    ގާސިމުމޮޔަފުޅުވީތޯއެވެ.ސަރުކާރަކައް ސަރުކާރުގެމަގާމުތައްފޮތިފޮތިކޮއްބެހިޔަކަސް
    ރައްޔިތުންގެމަޖިލިސްނުބެހޭނެ ސަރުކާރެއްވެސް
    މިހޮވަނީރައްޔިތުން ރައްޔިތުންގެމަޖިލިސްވެސް
    ހޮވާނީރައްޔިތުން ހިހޫތަނުންކާންނޫޅެ ގިނަގޮނޑިބޭނުމިއްޔާ ގިނަދާއިރާއަށް ކުރިމަތިލާންވީނު ގަޓެއްހުރިއްޔާ ރައްޔިތުންނިންމާނެގޮތް ކޯލިސަނުންއެއްބަސްވެފައޮތްގޮތަށް ސަރުކާރުން
    އެގެންދަނީބައިއަޅަމުން މަޖިލިސްއެއީވަކިބާރެއް
    ޢެއަކާސަރުކާރަކުންނުކުޅެވޭނެ ބީތާވިއަސްބޮދުވަރުތީ!

  5. ޔާނު

    ތި ދުވަހަކުވެސް ޔާމީނުފަހަތައްނާރާނަމޭބުނި މީހަ

  6. ނަސީބު.

    އަޅުގަނޑުގެ ނަސޭހަތަކީ ތިކަމަށް ލަސްނުކުރުން، އަވަހަށް ޔާމިން ކަިރިން މާފައް އެދިފަ މި ޤައުމަށް ރަނގަޅުހެޔޮ ގޮތް އެދޭނަމަ ޤާސިމް ޔާމިން އަރިހަށް ވަޑައިގަންނަވާ،
    މައުމޫންވެސް އަންނި އަށް ބައިއަތުހިފީ އަންނި އަކީ ކާފަރެއްކަން އެނގިހުރެ، މާފައްވެސް އެދުނީ މި ޤައުމު އަނދަވަޅަކަށް ވައްޓާލާ އަމިއްލަ އެދުމަށް ފެންބޮވައިގެންފައިވާ ވަރުން.

  7. ދަތްދޫނި

    މަނިކުފާނެވެ. މަސްވަރާ ތަމެން ކޮއްބަލާށެވެ. ﷲގެ ވާގިފުޅާއި އެކު އެއްވެސް ކަމެއް ނުވާނެއެވެ. މި ސަރުކާރެއްވެސް ބަދަލެއް ނުކުރެވޭނެއެވެ. މޯދީ ހުރީ އިއްބެގެ އެންމެ ފޯން ކޯލް އެއްގެ އިންތިޒާރު ގައެވެ. ބަޤާވާތް ކުރަން ހަދާން ނައްތާލާށެވެ.

  8. ޞޯގަޅިބެ

    އަވަހަށް މަޝްވަރާފަށާ އޭރަށް ޔާމީން ވަގަށް ނެގި ރައްޔިތުންގެ ފައިސާތަކުން ގާސިމަށްވެސް ބަޔެއް އަޅައިފާނެ

  9. ޤައުމު

    މިޤައުމަށްޓަކާ ޔާމީން އާއި ޤާސިމް ގުޅިގެން މަސައްކަތް ކޮއްދިނުމަށް ވަރަށް އާދޭހާ އެކީ ދަންނަވަން.

  10. ޙަސަނާ

    މޮޔަނުގޮވާ. ތީކާކުކަން އެގޭވަރަށް ރައްޔިތުން ތިފިލްމު ބަލައިފި. މަމިގިލީޣޮނޑިފިޔަވާ ދެން ލިބޭނެ އެއްޗެއް ނެތް. ރީތިގޮތަކީ ރައްޔިތުންގެ ވޯޓހޯދައިގެން މަޖިލިސް ގޮނޑި ކާމިޔާބުކުރުން. ޔަގީންކަން އޮތްނަމަ ބޮޑާހާކާކަށް ނުޖެހޭނެ.