ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ރައީސް ޔާމީން ކުރިން ބޭއްވެވި ބައްދަލުވުމެއް – ފޮޓޯ: ރައީސް އޮފީސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ރައީސް ޔާމީން ކުރިން ބޭއްވެވި ބައްދަލުވުމެއް – ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދަބަހެއްގެ ތެރެއިން 3 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމުގައި ފުލުހުންގެ އިދާރާގެ ސްޕޯކްސްޕާސަންގެ މަގާމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ މައްސަލައާ ގުޅިގެން ހައްޔަރުކުރި އަށް މީހުންގެ ތެރޭގައި ހިމެނޭ އަލީ ހަމީދުގެ ދަބަހަކުން ފެނުނު ފައިސާގެ ޖުމްލަ ޢަދަދު 3،465،300 (ތިން މިލިއަން ހަތަރު ލައްކަ ފަފސްދޮޅަށް ފަސް ހާސް ތިންސަތޭކަ) އަށް އަރާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 215،000 (ދެލައްކަ ފަނަރަ ހާސް) އެމެރިކާ ޑޮލަރާއި 150،000 (އެއްލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއެވެ.

ޝިފާން ވިދާޅުވީ، މި މައްސަލާގެ ތަހުޤީޤަށް 30 މީހުނާއި ސުވާލުކޮށް 15 ތަނެއް ބަލައި ފާސް ކޮށްފައިވާކަމަށާއި، އަދި މައްސަލައާ ގުޅޭ ޑޮކިޔުމެންޓް ހެކިވެސް ލިބިފައިވާކަމަށެވެ.

ޝިފާން ވިދާޅުވީ، ފުލުހުން ހިންގި ތަހުޤީޤު އަލީ ހަމީދުއަށް ނިސްބަތްވާ ދަބަހަކުން ދެލައްކަ ފަނަރަ ހާސް ޔޫއެސް ޑޮލަރާއި، އެއްލައްކަ ފަންސާސް ރުފިޔާ ފެނިފައިވާއިރު، އަލީ ހަމީދުގެ އާއިލާއަށް ތަފާތު އެކި ގޮތްގޮތުން ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް އެހީތެރިވަމުން އަންނަކަމަށް ތަހުޤީޤަށް ޔަގީންވެފައިވާކަމަށެވެ.

"މީގެ އިތުރުން އަލީ ހަމީދު ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން ފްލެޓެއް ގަނެފައިވާކަމުގެ ޑޮކިޔުމެންޓް އެވިޑެންސް އެކަންކަން ޔަގީން ކުރެވޭ މިންވަރަށް ވަނީ ލިބިފައި،" ޝިފާން ވިދާޅުވިއެވެ.

އަލީ ހަމީދުގެ އިތުރުން މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޑީޖޭއޭ އެޑްމިނިސްޓްރޭޓަރު، ހަސަން ސަޢީދާއި ދެކޮޅަށްވެސް ވަނީ ޑޮކިއުމަންޓްސް ހެކި ލިިބިފައެވެ. ފުލުހުން ވިދާޅުވީ، ޤާނޫނީ ސަރުކާރެއް ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކި ބޭފުޅުންގެ ނަމުގައި ރާއްޖެއިން ބޭރުން ފްލެޓްތަކާއި އެޕާޓްމަންޓްތައް ގަނެފައިވާކަމުގެ ހެކި ލިބިފައިވާކަމަށެވެ.

އަލީ ހަމީދަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ހެކި ހޯދާފައިވާއިރު، ގައުމަށް ހިޔާނާތްތެރިވުމާއި ރިޝްވަތުހިފުމުގެ އިތުރުން ގާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން މަސައްކަތް ކުރިކަމުގެ ސާބިތު ހެކި ލިބިފައިވާތީ ޖޭއެސްސީ އިން ވަނީ އޭނާ ސަސްޕެންޑުވެސް ކޮށްފައެވެ.

އަލީ ހަމީދު ހައްޔަރު ކޮށްފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނިކޮށް މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށެވެ. އަލީ ޙަމީދާއި އެކު އޭނާއަށް ކުރާ ތުހުމަތުތަކުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުވެސް ހައްޔަރު ކުރީ އެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޑީޖޭއޭގެ ތަރުޖަމާން ހައްޔަރުކޮށްފި ނަމަ ދެން މީގެއިން އެގިގެން ދާނެ 1 ފެބްރުއަރީ ގައި ދަ ކޮރަޕްޓް ވަގު އުއްތަމައޭ މެން ނެރުނު ދަ ނަހަލާލު ކޯޓް އަމުރަކީ އެއީ ސީދާ އުއްތަމައޭ މެން ގައުމަށް ގައްދާރު ވެތިބެ އެމެން ކުރާ ކަމެކޭ އެއީ ހަމަ ޔަގީން ކަމެކޭ އެކަން މިދަނީ އެނގި ސާބިތު ވަމުން ނޫންތޭ.

  2. ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ސޯމާލިޔަން މީހަކާއި މޫނު ވައްތަރު ބަދައްވާ ތަމެންނަށް ފެނޭތޭ ތަމެންގެ ރަށު ކުއްޖާ މެން ގައުމަށް ގައްދާރުވާ ބޮޑު ވަރު. އެހެންވެއޭ މަމެން ބުނަނީ ތަމެން ހެޔޮ ނުވާނެއޭ ފަނޑިޔާރު ގެއަށް ވައްދަން. އެތަން މިފެނިގެން ދަނީ. ފަސް މާމުލު ފަސްވަގުން ދޯ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިބި މީދޫ ދެމީހުންނަކީ އޭ މަމެން ބުނަން ނެތީމު ދޯ.

  3. ހަމަ ހިނި އަންނަނީ....

  4. ދަބަހަކުން؟ ބޭންކަށް ޖަމާކޮށްލަން ނުކެރުނީކަންނޭގެ!

  5. މީ ފަހުގެ ޓެކޮނޮލަޖީ ގެ ކުރިއަރާފާވާ މިންވަރު. ފުލުހުން މިކުޅެނީ ގޮނޑިކޮށްކޮ..

    • ސަހަރޯ އަދިވެސް ހެކި ހޯދި މީހުނާ، މަސަލަ ސާބިތު ކުރަން މަސައްކަތް ކުރާ މީހުން ގޯސް ކުރެވޭތޯ ދޯ ތި މަސައްކަތް ކުރަނީ؟

  6. އަހަރެމެން ކުޑައިރު ކުޅުނިން ތިކަހަލަ ގޭމްތަށް، މިހާރު ހިނިއާދޭ އެކަމާ... މީދިވެހި ފުލުހުންގެ ފެންވަރު؟

  7. ބަލަ ފަނޑިޔާރުކަން ކުރާތާ ވީ ކިތައް އަހަރު؟ މުސާރަޔަކީ ކިހާވަރެއް؟ ކޮބަ މައްސަލަޔަކީ؟

  8. ފުލުހުން އެއްފަހަރުން މުއްސަނދިވީނު<<<

  9. ޢަލީ ހަމީދުގެ ދަބަހަކުން ހަނގުރާމަ މަތީ މަނަވަރެއް ނުފެނުނިއްޔާ ދެރަ މިފަހަރު

  10. އަލީ ހަމީދު އަށް ދިވެހި ވިޔަފާރި ވެރިއެއް ލޯނު ދިނެއްނު... އެހެންވީމާ އެއީ މައްސަލައެއް ނޫނެއްނު.... ދެން ކީއްވެތަ ހާމަ ނުކުރީ އެއީ ކޮން ވިޔަފާރިވެރިއެއްތޯ... އެ ވިޔަފާރި ވެރިޔާ ވެސް ބައްދާލަން....

  11. ޔާމީން އެކައުންޓަށް 15 މިލިއަން ރުފިޔާ ޖަމާކުރި. މިހެން ބުނީ ޔާމީން

  12. މޑޕ ބައިގަނޑައް ރަގަޅުވާނެ ކުއްވެރިވާ ކޮންމެ މީހެއް އަލީހަމީދުގެ ހުދު ޖަގިޔާ ޢޭކިޔާފަ ހެއްދެވި ނުހެއްދެވިޔައް ގޮވާަފަ މިއަދު އޭނަ ކުއްވެރިވީމަ ރީދޫޖަގިޔަލައްވެފަ

  13. މަވެއްޖެ ދެން ތިކަހަލަ ކަމެއް ހިނގާއިރަށް ބޮއްތާކިހާ އަޅައިގެން އެގެއަކަށް ވަންނަން، ފައިސާ ދަބަހެއް ހޯދަން.

  14. ފެންނާނެ.. ތިކަހަލަ ކިތަންމެ އެއްޗެއްވެސް ފެންނާނެ ނެތަސް... ހަމަ ހިނި އަންނަނީ......

  15. މޑޕ މީހުނަށް އަލީހަމީދު މިހާރު ހުދުފޮތިކޮޅެއް

    • ހުދު ޖަންގިޔާ އަލީ ހަމީދުއަށް ބަދަލުވެ، ގޮޅާބޯ ރައީސް މަޢުމޫން އަށް ބަދަލުވުންވެސަ މީ ކިހާ ހެއްވަ ކަމެއް.؟

  16. އަލީހަމީދުގެ ދަބަހަކުން 3 މިލިއަން ޑޮލަރު ފެނުނީތޭ ތިޔާއީ އެމެން ކޮން ތާކުން ދަމައިގަތް ފައިސާ ތަކެއްތޭ ތިޔާއީ ހާދަ ގިނަ ފައިސާ ތަކެކޭ. އަލީހަމީދު އަދި ރަންރީނދޫ ޓްވިޓަރޭ މީ ހަމަ އެއް ރަށެއްގެ ދޭތި ނޫންތޭ. ރަންރީނދޫ ޓްވިޓަރޭ މެން ވެސް އަތުން ފައިން އެެއްވެސް މަސައްކަތެއް ނުކޮށް ތަނެއްގައި ވަޒީފާ އަދާ ނުކުރާއިރު މާލޭގެ އެންމެ އަގު ބޮޑެތި ބިލްޑިންގްސް ތަކުން އެޕާރޓްމެންޓްސް ކުއްޔަށް ހިފައިގެން އަދި މާލޭން ދެތިން ހަތަރު ކޮމާރޝަލް ފްލެޓްސް އެމެން ގަންނަނީ އެއީ އެމެން ވެސް ކޮން ތާކުން ހޯދާ ފައިސާ އެއްތޭ އެއީ ޔަގީނޭ ހަމަ އަލީ ހަމީދު މެންގެ ފަރާތުން އެމެންނަށް ލިބޭ ފައިސާ ތަކޭ މަމެން ބުނަން ނެތީމު ދޯ. ދިސް ގާރލް އިޒް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ޝީ އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖެރެސް..

  17. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ މިވަމުންދާ ގޮތެއް އަދި މިތާނގައިވާ އެއްޗެއް އަދި ނުވާ އެއްޗެއް އެއީ ކޯއްޗެއްތޭ. އެއީ ކޮރަޕްޓް ހުކުމޭ މެން ގައުމަށް ގައްދާރުވެފައިވާ އިރު އެމެން ގައުމަށް ގައްދާރުވާން ޖެހުނު ސަބަބު މިއޮތީ އެއް ނޫންތޭ ފެންނާން މިހާރު. މިއީ ނުރައްކާ ކަމެކޭ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް.

  18. ހަމިއްޓެ އަށް ލިބިފައި ހުރި ލޯނަކީ މުއްސަނދި މަހުޖަނަކު ދިންލޯކެވެ. އެކަން ލިޔެކިޔުމުން ހަމަޖެއްސީ މިބުނާ މަހުޖަނުގެ ދަރިއެކެވެ. މިލޯނު އަދާކުރަން ހަމަޖެހިފައި އޮތްގޮތަކީ ހަމިއްޓެ މަހުޖަނު މިނިވަން ކުރުމާއި އޭނާ ސަރުކާރަށް އެއްވެސް އެއްޗެއް ދޭން ނުޖެހޭ ގޮތަށް ހުކުމެއް ކުރުން ކަމަށް ވިސްނޭ އެބަ. އެކަމަކު ވެރިކަން ބަދަލުވެއްޖެ ކަމުގައިވާނަމަ..

  19. ތިއީ ކަރުދާސް ބާ ނޫނީ ދިވެހިރުފިޔާ ބާ، ސީރިއަލް ނަމްބަރ ދައްކާލަބަލަ.

  20. ބޮޑު ހުކުމޭ އެއޮތް އަންނަނީ އޭ ޓޫ މިލިއަން ޑޮލަރ ކޮރަޕްޓް މަނީ ދަބަބަކަށް އަޅައިގެންނޭ ގައުމަށް ގައްދާރުވާން ވެގެންނޭ. އޭނާ އެއައި ގޮތަށް އައިސް ކޯޓަށް ވަދެ އޭނާ އަށް 2 މިލިއަން ޑޮލަރުގެ ކަޓް ދިން މީހުން ނަކީ އެއީ 13 އަހަރުގެ ޖަލު ހުކުމް ކޮށްފަިއވާ މީހުންނަށް ވިނަމަވެސް އެމެންނަކީ އެއީ ކުށްވެރިން ނޫން ކަމަށް ނިންމާ ކޮރަޕްޓް މަނީ ބޭނުން ކޮށްގެން ހުރިހާ ކުށްވެރިން ދޫކޮށްލައިފިއޭ، ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ ގައުމަށް ގައްދާރުވުމޭ އެންމެ ރަނގަޅު ވާނީ. ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ. އައި ރިއަލީ ހޭޓް ކޮރަޕްޓް މަނީ ކޮރަޕްޓް މަނީ އޮން ދަ ޑާންްސް ފްލޯރ ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ އިޓްސް ޑާާރޓީ މަނީ ހޯއް ހޯއް ހޯއް ޑާންސް ޑާންސް ޑާންސް ވިދް ރެޑް ޑްރެސް..

  21. ކުރިންވެސް ހަމަ ހުދުފޮތި ނޫންތަ.......

  22. ކީއްވެބާ ދިވެހި ފުލުހުން އެހީއައް މެލޭސިޔާއިން ނޭދުނީ އެމް އެޗް 370 ހޯދަން

  23. އެހެން ވީމާ ކޯޓް'ސްޕްރީން ކޯޓެއަ މިރާއްޖެއަކަށް ބޭނުމެއް ނޫ ބޭނުން ވަނީ ވަން އެނަ އޮންލީ ޔާމިން ކޯޓް

  24. ޢުމުރު ދުވަހުމަސައްކަތް ކުރިޔަސް ކުއްލިއަކަށް ދަބަސްތެރެއަށް އަޅާނެ ތިހާގިނަ ޢަދަދެއްގެ ފައިސާއެއް ނުލިބޭނެ، ކޮންމެގޮތަކަށްވިޔަސް ރިޝްވަރުތެ ހޭކިފަ ތިތިބީ، ދެން ތިކަމުން ބަރީއަ ވެވޭނެއެއްވެސް ގޮތެއްނެތް.

  25. މީހެއްގެ އަތުން ގިނަޢަދަދަކަށް ފައިސާ ފެނުން އެއީ އެމީހާ ކުށްވެރިވާނެ ކަމެއްނޫން. އެހެންވިއްޔާ ހުރިހާ މުއްސަނދިން ތިބެންޖެހޭނީ ޖަލުގައި.

  26. ހިނިއަންނަނީ އޭބުނެ ނިންމައެއްނުލެވޭނެ. ހާއިނުންހަމަވާނީ ހާއިނުންނަށް.

  27. ތަފާތު އެކި ގޮތްގޮތުން މައުމޫނުގެ އެހީ އެންމެ މަތީ ދަރަޖައަށް ލިބުނު މީހާ އެހެރީ ވެރިކަމުގައި. ޝުކްރުވެރު ވުމާއި، އިހްސާނތެރިކަން ނެތުމާއި، އިންށަނިއޔަތުކަން ނެތް ކަމަކީ އެހެން ވާހަކައެއް.