ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުން އުމުރަށް ޖަލަށްލެވޭ ގޮތައް ޤާނޫނު އިސްލާޙު ކުރަން ޖެހޭކަމަށް ކުރީގެ ނައިބު ރަައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ ރޭ ވީޓީވީ އިން ގެނެސްދިން ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ، ހިފެހެއްޓުމެއްނެތި މިނިވަންކަން އޮންނަ ޤައުމެއް ދުނިޔޭގައި ނޯންނަ ކަމަށެވެ. އެކިއެކި ދީންތައް އޮންނަ، ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް އެގޮތަށް ދީނަށް ފުރައްސާރަކޮށް އުޅޭނަމަ އެ ޤައުމުތަކުގެ މުޖުތަމަޢުން ވެސް ދެކޭގޮތް ވަރަށް ތަފާތު ކަމަށެވެ. އެކަން ހުއްޓުވުމަށް އެ ޤައުމު ތަކުގައިވެސް ޤާނޫނުތައް ހުންނަ ކަމަށް ކުރިން ފަނޑިޔާރުކަމާއި ޖަސްޓިސް މިނިސްޓަރު ކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީގައި ރާއްޖޭގެ ދީން ކަމުގައި ބަޔާންކޮށްފައި ވަނީ އިސްލާމް ދީން ކަމަށާއި، ޤާނޫނާ ޚިލާފަށް ކަމެއް ކުރާތަން ފެންނަ ނަމަ ފުލުހުންވެސް އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

"ފުލުހުން ބަޔާން ނެރެވިދާނެ ދެއްތޯ. ފުލުހުންގެ ތެރެއިންވެސް ކަންތައްތައް ނުކުރާ ވާހަކައެއްވެސް ނޫން އިނގޭތޯ. އެހެންނަމަވެސް މާނަވީ ގޮތެއްގައި ކަންތައްތަކަށް ފިޔަވަޅު އަޅަން ޖެހެނީ އެ ކަންތައްތައް ހުއްޓުވަން. ސުވާލުކޮށްފައި މިމީހާއާ ސުވާލުކުރަންވެގެން ކޮންމެވެސް ޝޭހަކުވެސް އެތަނަށް ގެންގޮސްފައި ހަމަހަމަކަން ދައްކާލަން. މި ސަކަރާތް ޖެހުން ހުއްޓާލަން ޖެހޭ،" ޖަމީލް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވެފައި ވަނީ މިހާރު ދީނީ ފުރައްސާރަކުރުން ގޮސްފައި އޮތް ހިސާބުން އެކަން ހުއްޓުވުމަށް އެފަދަ ފަރާތްތަކާ މެދު ދަޢުވާކޮށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި، ކޮންމެ ސަރުކާރެއް އައިސްވެސް ފުލުހުންގެ މުއައްސަސާ އަލުން ޒިންމާދާރުވާނެ ކަމަށްބުނެ ބަޔާންތައް ނެރޭ ކަމަށާއި އެހެން ނަމަވެސް މިހާރުވެސް އެ މުއައްސަސާތައް ފެނިގެން ދަނީ ގޮނޑި ކޮއްކޮއެއް ގޮތައް ކަމަށެވެ.

އަދި ރާއްޖޭގައި ފަށަން މިއުޅެނީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މިހާރު އެ މަސައްކަތް ކުރަނީ ވަކި މިންވަރަކަށް ދީނީ ފުރައްސާރަ ކުރުން ފަދަ ކަން ކަން ޖައްސައި އެކަން އެއްވެސް ކަމެއް ނޫން ކަމަށް ހަދައި އެކަމަށް ދިވެހިން ހޭނުވުމަށް ކަމަށާއި، ކުރިއަށް އޮތް މަރުހަލާގައި ރާއްޖޭގައި ފާޅުގައި އެކި ދީންތަކަށް ގޮވާލާނެ ކަމަށް ޖަމީލް ވިދާޅުވެފައި ވެއެވެ.

އިސްލާމް ދީނަކީ ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމަށް ވީ ހިނދު ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އެކަން ނުވާ ނަމަ މަޖިލިސް އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސެރޯން

    ނުޖެހޭނެ ޖަލައްލާކަށް

  2. މޫސާ

    އެމީހުން ޖެހޭނީ މަރަން.

  3. ހަމީދާ

    ލާދީނީ މީހުން ވެރިކަމަށް ގެނެސް ކަލޭވެސް ތިޔަ ގޮވާ ކޮހެއް ދޯ.

  4. 3 ވަނަވސްނުން

    ނަމުގައި އިސްލާމް ދިން .ކަމުގައި ދުނިޔޭގެ ލެއްވި އެންމެހާ ނުބައި އަމަލު ހިންގުން! މީ ހިތާމަކުރަން ޖެހޭ ކަމެއް؟ ޖަމީލުމެންގެ ވިންނުން ރަނގަޅު ކުރަން ޖެހޭ ވާހަކަ ދައްކާއިރު !

  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮންހާ ބޭކާރު ވާހަކައެއްދައްކާކަށް.. މި ލާދީނީ ބައިގަނޑު ވެރިކަމަށް ގެނައީ ކަލެޔާ، ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބޭނުންވެގެން.. މިގައުމުގަ ގިނަބަޔަކު ތާއީދުކުރަނީ ލާދީނީއަށްކަން މިއޮތީ ހާމަވާން.. ދެން ކޮންވާހަކައެއް ދައްކަާކަށް!

  6. އަހުމަދު

    މިސަރުކާރު އަތާ ބަރަަބަރު 2 މަހާ 1 ދުވަސް ތެރޭ ކޯލިޝަން ތެރޭގައި މައްސަލަތައް ޖެހި ފުޑުފުޑު ވަމުން މިދަނީ . އެންމެ ފުރަތަމަ ރައްޔިތުން ކީ ލަވަޔަކީ އަންނި އާއި އިބޫ އާއި އިޅެނީ މައްސަލަ ޖެހިގެންނޭ އިބޫގެ ބާރެއް ނޭތޭ . އެއީ ޖެއްސި ގޭމެއް 45 އަހަރުގެ ރަހުމަތްތެރި ކަމެއް ނުކެނޑެނޭ ދެމީހުން އެއްކޮށް ކައިބޮއި އެއް ގެއެއް ގައި އުޅެފައިވާއިރު މީ ރޭވިގެން ކުރާ ކަންކަން އިބޫ ހުންނާނި ބަހެއް ނުބުނެ ހުރިހާ ރޭވުމެއް ދެމީހުން ރާވާނީ މަޖިލީހުގައި ވެސް ހުރިހާ ނުބައެއް ހަދާފަ އޭނާ އިންނީ ގޮނޑީގައި މީހުންނަށް ހީވަނެ ވަރަށް ރަނގަޅު މީހެކޭ...މަޖިލިސް އިންތިހާބުގައި ވެސް މިފަހަރު ފުރަތަމަ އިބޫ ދެއްކީ އެހެން ކުަލަވަރެއް އެންމެ ފަހުރޭ ބުނީ އަންނި ބުނިހެން ފަހުވަގުތު ހުރިހަ ކަމެއް ހާމަ ވާނެ. ބަލަން ތިބޭ

  7. ލާދީނީ

    ކަލޭވެސް ޒިންމާ ނަގަން ޖެހޭ، ތީ ވެސް އެބައިގަނޑުގެ ވެރިކަން ގެނައި މީހެއް. ދެން ރައްކާވާކަށް ލާހިކެއްނޫން

  8. ފޯއްބެ

    އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން ޖެހޭނީ މުރުތައްދު މީހަކަށް ވީތީ މަރަން.. ޖަލުގައި އޮވެގެންވެސް ކުރާނީ ފުރައްސާރަ.. ހަމަ މަރަން ޖެހޭނީ.

  9. ާިއިބުރާހިމް

    ދީނަށް ފުރަށްސާރަ ކުރާމީހުން ވަގުތުން ހިފާ ހަށްޔަރުކޮށް މަރަންވީ

  10. ކަހުރަބު

    އެމީހަކު ކެނޑި ކަޑުލެއްގެ ހިތިފިލުވާނީ އެމީހެއް! ދެންކޮންމެ ހެން ބޮޑިބަތެ، ފޯކެއް، ބިލަތެއް ކިޔާނެ ކަމެއްނެތް ބޯންއުޅުނު ބޮޑި ތިޔައޮތީ ބޮވިފަ.

  11. އަހްމަދު

    ދެން މަޖިލީހަށް ގިނައިން އަންނާނީ ލާދީނީ ފިކުރުގެމީހުން. ކިހިނެއްތިބުނާ ގާނޫނެއް ފާސްކުރާނީ.

  12. ދިވެހިޒުވާނެއް

    ސިޔާސީ ގޮތުން މަންފާއެއް ހޯދަން ދައްކާވަހަކަޔާ ވައްތަރީ. މަޖުލިސް ގޮނޑިކާމިޔާބު ކުރަން ރައްޔިތުންގެ ރުހުން ހޯދަން ބުނާއެއްޗެހި. އެހެންނަމަ އިސްލާމް ދީނަށް ފުރައްސާރަ ކުރާ އިބުރާގެ ނަން ކިޔަން ކެރުނީސް

  13. ސްކޯރޕިއަން

    ޖަމީލު، މަނިކުފާނުގެ ޖަސްޓިސްމިނިސްޓަރުކަމުގެ ތެރޭގައި ތިޔަވިދާޅުވި ޤާނޫނު ކީއްވެތޯ ވުޖޫދަށް ނުގެންނެވީ. މަނިކުފާނުމެންފަދަ ޢިލްމީ ބޭފުޅުންނާއި ކުރީގެ 30 އަހަރު ތިބޭކަލުން ވިދާޅުވާ ޚުދުމުޚްތާރު ވެރިޔާ މަޤާމުތައް ޙަވާލުކުރީ ޤާނޫނުއަސާސީ އިސްލާޙުކުރެއްވި ދުވަސްވަރު. އެކަމާ ކުޑަކޮށްނަމަވެސް އެއިރު ވިސްނަވާލެއްވިނަމަ ރަގަޅުވީސް. މިހާރު މަނިކުފާނުވެސް ތިއިންނެވީ މިޤައުމަށް ތިޔަވިދާޅުވާ ލާދިނީކަންތައް ގެންނަން އުޅުއްވީ ބޭކަލުންގެތެރެއިން އަމިއްލަފުޅަށް ވެންނެވި ހޮރުން ނިކުމެ ވަޑައިގެން. ސަހަރޯހީވޭ!

  14. ޢަބްދުލް ވާހިދު

    ޢުމުރަށް ޖަލަކަށް ނޫން ލާން ވިޔަކީ އެއްމެންގެ ކުރިމައްޗަށް ނެރެ ރަޖަމު ކުރަންވީ