މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބުރާ) އިސްލާމްދީނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަައަށާއި އެކަލޭގެފާނުގެ ޞަހާބީންނަށް ފުރައްސާރަކުރުމުން، ދާތީ އޭނާ އާއި ދެކޮޅު ހެދުމުގެ ގޮތުން ޞުލްޙަވެރިކަމާއެކު މަންދު ކޮލެޖް ކައިރީ މަޑުކޮށްލި ތިން ޒުވާނުން ވަރަށް އަނިޔާވެރިކޮށް ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެއެވެ.

މިއަދު ހެނދުނު އެއްވެސް ވަރަކަށް އަޑު އުފުލުމެއް ނެތި މަންދު ކޮލެޖް ކައިރީ މަޑުކޮށްލި ތިން ޒުވާނުން ހައްޔަރު ކޮށްފައި ވަނީ އެސަރަހައްދަށް އެސްއޯ ފުލުހުން ވެސް ގޮސްގެންނެވެ.

މަންޒަރުދުއް މީހަކު "ވަގުތު" އަށް ބުނީ ތިން ޒުވާނުންގެ ތެރެއިން އެއް ޒުވާނަކު ފުލުހުންގެ ވެހިކަލް ތެރެއަށް "އެއްލާލި" މަންޒަރު ފެނުނު ކަމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ވެސް ފުލުހުން އެކަކު ފުލުހުންގެ ވެހިކަލަށް އެރުވުމަށް ބާރުގެ ބޭނުން ކޮށްފައިވެއެވެ.

https://www.facebook.com/FansofSiruArts/videos/2243501292638243/

އަނިޔާވެރިކޮށް އެމީހުން ހައްޔަރު ކުރުމުން މީސް މީޑިއާގައި ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ތިން ޒުވާނުން ހައްޔަރު ކުރި ސަބަބު ހޯދަން ތަކުރާރުކޮށް ފުލުހުންގެ މީޑިއާ އޮފިޝަލުންނަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އެހެންކަމުން ފުލުހުންގެ ބަހެއް މިކަމާއި ގުޅިގެން ނުލިބުނެވެ.

އިބުރާ ފަހަކަށް އައިސް ދައްކަމުން އަންނަ ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިބުރާ އަށް އަމާޒުވެފައެވެ. އަދި އޭނާ އާއި މެދު ދައުލަތުގެ އިދާރާތަކުން ފިޔަވަޅު ނާޅާތީ ސަރުކާރަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

69 ކޮމެންޓް

  1. ނަސީދު

    ގޯސްވަނީ އެކަމާބަސްބުނާމީހުން ކީއްކުރާނީ

  2. ޝަމްއޫނު

    މަވެސް އިބުރާޔާ ދެކޮޅު.. ދެކޮޅުހަދާނަން .

  3. ފާއިޒް

    މީ އަނިޔާވެރި ސަރުކާރެއް ނޫނޯ މަނޒަރު ބަލަން ތިބިމީހުން ކީއްވެ ތިބީ މިފުރުސަތު ދީގެން.....

  4. ޞިރާޠު

    މާތްﷲގެ ކޯފާއަކީ އެކި ސިފަސިފާގައި އަންނަ ކަމެކެވެ. ވޯޓުން ވައްކަންކޮށް ނަހީކުރެއްވިހައިކަމެއްކޮށްގެން ( ދޮގު ، މަކަރު ، ފިތުނަ ، ފަސާދަ ، ރިޝްވަތު )ން ވެރިކަން ފޭރިގަތްމީހުނަށް ޢިބުރަތަކަށް ފުދޭހައި ކަންކަން މިދަނީ މަތިމައްޗަށް ފެންނަމުންނެވެ.

  5. ތަހުތު

    މީޑިޔާތަކުންއަދިމިސަރުކާރުކުރިޔަށްޖަސާ

  6. ނުޒޫ

    މަވެސް އިބުރާޔާ ދެކޮޅު... ނުކުންނަން ތައްޔާރަށް މިހުރީ

  7. ދޮންކަލޯ

    މިގައުމުގެ ވެރިމީހާ އަކީ ކެނެރީގޭ ބުއްޅަބޭ ތޯ ނޫނީ ނޫރާނީވިލާ ކިނބޫތޯ.

    • ކ

      ރީތި ބަސްބޭނުން ކުރަންވާނީ

  8. ދީނައްޓަކާ

    ކޮބާތޯ ދީނައްޓަކާ އައިި ހޯމް މިނިސްޓަރު އިމްރާން

  9. ގިޔާސް ޔޫސުފް

    އެއްވެސް ހާލެއްގައި އަނިޔާ ވެރިވުމަކީ އަހަރެން ދެކޮޅު ހަދާނެ ކަމެއް ، އެތަށް އަނިޔާއެއް ލިބި ، އެތަށް ބައެއް ޖަލު ތައް ފުރާލައި ގެނާވެރިކަމެއް މީ ، އަނިާކޮށްގެން ނުވާޏެ! އަނިޔާވެރިކަން ހުޓުވާ އަނިޔާ ކުރާ ފުލުހުން ބޭރުކުރޭ!

  10. ސަބު

    ޔާﷲ އަންނިއާ އިބުރާ ކަހަލަ ލާދީނީވެރިންގެ
    އަތްދަށުން މިގައުމާއި މުސްލިމުންސަލާމތްކޮން
    ދެއްވާންދޭވެ އާމީން

  11. އެދުރުބެ

    މަންދު ކޮލެޖްގައި ކިޔަވާދެނީ ކޮން ދީނެއްގެ ކިޔެވުމެއްބާ މިސްމިސް މިކަހަލަ މީހުން..................

  12. ނަމަ

    ތިޔަގޮތައް އިބުރާ ހައްޔަރު ނުކުރީ ކިހިނެން ވެގެންބާ!

  13. މަރީނާ

    ފުލުހުންނޭ އެތިންޒުވާނުން އަޑުއުފުލަނީ އިސްލާމްދީނާއެއްކޮޅަށް އެކުދިންނަން އަނިޔާ ނުކުރޭ ހުއްޓާލާ

  14. އަލީ

    ފުލުހުން ތިއުޅެނީ އަހަރަމެން ލައްވާ ގޯސް ހައްދަން

  15. ޙައްދު ފަހަނައަޅާފަ

    ކުރިސްޓިއަން ޑިމޮކުރަސީ އަކީ ޙައްދު ފަހަނައަޅާފައިވާ އެއްޗެއް.ޭ ަޭ އޭގެ އެއް މިސާލަކީ އިބްރާ. އެބައިގަނޑަކަށް އިސްލާމް ދީން ޓޮލަރޭޓެއް ނުކުރެވޭނެ.

  16. ދޮންބެ

    ލާދީނީ ފިކުރަށް ތަބާވާ މިހާރުގަ މިޚަބަރެއްނެތް. އޮތީ ލާދީނީ އިބުރާ ހައްޔަރުކުރިވާހަކަ.

  17. އަޙްމަދު

    އަނެއްކާ ފުލުހުންނަށް މިވަނީ ކީއް؟ ތިހެން ބަރުގަދަވެގެން އަބަދަކު ނޫޅޭވެނޭ. ﷲ އީ ހުރިހާކަމަކަށް ކުޅަދުންވަނަތަ ރަސްކަލާނަގެ!

  18. ދީންނަތްލޯބެއްހުރިއްޔާ

    ދިވެހި ލޮބުވެތި ރަތްޔިތުން ގައުމުގެ ހާލަތު މިދަނީ 1800 ގަރުނުގެ ވެސް ނުދާހާ ފަހަތައް .. ވިސްނަވާ މާދަމާ އަޅުގަނޑުމެންގެ ދަރިން ސުވާލް ކުރުމުން ދޭނެ ޖަވާބެއް އެބައޮތްތޯ.. ހެޔޮނުވާނެ އެއްވެސް މީހަކަށް ރައްކާތެރި ކަމެއްނެތް..

  19. އާނިޔާ

    އަނިޔާވިކަން ނިމުމަކަށް ގެނައި ވެރިކަންމޯ މީ... ދެން އެހެންވީމަ އަނިޔާއޭ ނުކިޔޭނެ..

  20. ށަދގެ

    ހާދަ ވަރެކޭ އެމީ ހުނަށް އެއަރުވާލަނީ.. ހާދަ އަނިޔާވެރިޔޭ. އިބުރާ ކަލޭގެ ފުލުހަށް ގެން ދިޔައީ މިހެންތައް ނޫނީ އުރާލައިގެންތައް؟

  21. ޫައައިބ

    މަވެސް އިބުރާޔާ ދެކޮޅު.. ދެކޮޅުހަދާނަން

  22. ޑސގެކގ

    ތިހެން ހައްޔަރު ކުރާ މީހުންގެ ބަދަލުގައި އެތައް މީހުންނެއް ނުކުންނާނެ ކަން ހަނދާން ކުރާ ޕޮލިސް...

  23. ހަމީދާ

    ރުޅި އިންތިހާ އަށް ނުދަނީސް ޕޮލިސް ސެކިއުލަރ ހަމީދުބެ އާއި ދީން ވިއްކާލި ސޭކް އިމްރާމް އިސްތިއުފާ ދީ. ހުރިހާ ރައްޔިތުން މަގުމަށްޗަށް ނުކުންނަން ގޮވާލަން.

  24. އަލީ

    މީބޭނުންވިގޮތް

  25. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މިޔޮތީ ރައްޔިތުންނަށްޓަކާ އިހުލާސްތެރިކަމާއެކީ ރައްޔިތުންގެނޭ ސަރުކާރު. ރައްޔިތުންނަށް އަނިޔާވެރިނުވާ ސަރުކާރު. ވޯޓުދިންމީހުނާ، އެއްކަލަ ޔާމީނުގެ އަނިޔާވެރިކަމަށް ޓްވީޓްކުރަންތިބޭ އެމްޑީޕީ ބައިގަނޑުކޮބާހޭ؟ ކީއްވެހޭ މިހާރު އެއްޗެކޭ ބުނަންނުކެރިފަ ތިތިބެނީ؟

  26. ޏިމެނި

    ﷲގެ ރަހުމަތުން މި ވެރިކަން މާކަ ގިނަދުވަހަކު ނޯންނާނެ

  27. މަޚުލޫފު

    އިބުރާ ފުރައްސާރަތަކަށާ އެކަމަށް ހިމާޔަތްދޭ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ މުޒާހަރާއެއް ކުރުމުގެ ދަނޑިވަޅު އަތުވެއްޖެ! އަދި ހަމީދު މަގާމުން ދަމާބައިލާން ރައްޔިތުން ނުކުންނަންޖެހޭ ދަނޑިވަޅުވެސް މިއޮތިޖެހިފައި! މުސްލިމުންގެ ދީން މުސްލިމުން ހިމާޔަތްކުރާނީ މާތް ﷲ ގެ ދީނަށް ނަޞުރުދޭ މީހުނާއެކު ﷲ ތަޢާލާ ވޮޑިގެންވަނީ!

  28. އަލީ

    އިސްލާމްދީން ހިމާޔަތް ކުރުމަށް ﷲ ގަންދީ ހުވާކޮށްގެން ތިބި ފުލުހުން، އިސްލާމްދީނުގެ އަދުއްވުންގެ ހިމާޔަތުގައި މިއުޅެނީ ކީއްވެބާއޭ ހިތަށްއަރާ. ފުލުހުންގެ ވެރިޔަކަށް ހުރި އެމްސީ ހަމީދަކީ މި ލާދީނީ ބައިގަނޑަށް މަދަދުދޭ އެކަކު. އޭނާ ބޭރުކުރޭ!

  29. މަރީ

    އަނިޔާވެރިކަމާ ދެކޮޅު ސަރުކާރު މީ. ރަސުލާއަށް ފުރައްސާރަ ކުރާ މީހާ އަރާމުގަ. އެކަމާ ބަސްބުނާ މީހާ އަނިޔާވެރިކަމާއެކު ހައްޔަރުކޮށް ޖަލު ގޮލިއަށް. މީ އިންސާފް

  30. ކާނަލް

    ދީނޭ ކިޔާފަ އިމްރާންމެން އަނގަ އަރުވާތީ މަށަޢް ދެރައީ

  31. ޝިޔާމު

    އިބޫ ހޮވުމާއި އެކު ބޭރުގެ ފަރާތްތަކުން ބަޔާންތައް ނެރި ބުނަމުން ދިޔައި ރާއްޖޭގައި އެހެން ދީންތައް ފަތުރަށް އޮތް ހުރަސް ނެތިގެން ދިޔަކަމާއި ކުރިއަށ ްދުވަސް ތަކުގައި އެކަން ކުރަން ފަސޭހަ ވާނެ ވާހަކަ ކްރިސްޓިއަން މިޝަނަރީ ތަކުން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ފައިސާ އަޅަމުންދާނެ އަދި ފާޅުަގައި ދީނަށް ގޮވާލުމާއި އެމީހުންނަށް ހިމާޔަތް ދޭނެ އަދި އޭގެން މީހަކަށް މީހަކު ގޯނާ އެއް ކޮށްފިނަަމަ އިންސާނި ހައްގުތަކުގެ ނަމުގައި ބަޔާން ނެރޭނެ. ފިއްތުންތަށް ފިއްތާނެ. އެންމެ ފަހުން ސަރުކާރުން ހިފާ ހައްޔަރު ކުރާނީ އެކަމާއި ދެކޮޅަށް ތެދުވާމީހުން .

  32. Anonymous

    ﷲ ތިޔަ ކުދިންނަށް ހެޔޮރަޙްމަތް ލައްވާށި. އާމީން. އިންޝާ ﷲ ތިނުބާ ނުލަފާ ކަލޭގެއާ ދެކޮޅަށް ނުކުން މީސްތަކުން ދުވަހެއް ދުވަހެއް ދާނީ ގިނަވަމުން.

    • އިމް

      އާމީން

  33. ޚާޗުސް

    އާންމުވެއްޖޭ ބުންޏަކަސް ފަރަކު ނުޖެހޭނެ އެވީޑިއޯ ވައިބަޔައްވެސް ލާންޖެހޭނެ

  34. މިފްރާ

    މީނާ ކޮމެވެސް ގައުމަކުން ހިމާޔަތް ހޯދަން ވެގެން ހެން ޙީވަނީ

  35. ަަައަބުﷲ

    މިއަދުގައުމަންޓަކާ ދީނަންޓަކާ މިތެދުވިތިން
    ޒުވާނުންނަށް މަރުހަބާސުކުރުރަންދުކުރަން
    އެގުންނަމަ މިމުސްކުަޅިއާވެސް ޖިހާދުގަބައިވެރި
    ވެވުނިސް

  36. ާއަބޫ ޒާކިރު

    ފުޅުހުން މިވަރަކަށް ގުއިނުދޮންނަ އިބުރާގެ ހިމާޔަތުގަ މި އުޅެނީ ޕޮލިސްކަމިޝަނަކަށް ހުންނަނީވެސް ގުއިނުދޮންނަ ގުރޫޕުގެ މީހަކަށްވީތީތަ؟

  37. ރައިވެރިބެ

    އެޔޮތީ ހިޔާލުފާޅުކުރުގެ މިނިވަން ޕޮލިސް ޖިޕަށް ގަންނަވާލާފަ. މަޑުމައިތިރި އޯގަތެރި ބަސް މަދު، ވަރަށް ވިސްނަވާފަ އެއްޗެއް ވިދާޅުވާ ބޭފުޅުންނަށް ވޯޓު ދޭތި.

  38. ގަރާގު

    ބަލަ ތިޔަލާދީނީ ކެނެރީގޭ ނަޝީދު މެން ވެގެން ތިޔައުޅެނީ މި ދިވެހިރާއްޖޭގާ އިސްލާމްދީނުގެ ހައްގުތައްނިގުލަން ވެރިކަމަން އިންޑިޔާ އަދި އިޒްރާއިލުން ވާގިވެރިވެގެ މިހާރު މަޖްލީސްގެ އަގުލަބިޔަތުލިބުނީމާ ނަޝީދު ދެންވާނީ ބޮޑު ވަޒީރަކައް ދެން ގާނޫނު އަސާސީ ގާލިޔާނީ މިގައުމުގާކޮންމެދިނަކައްއުލުމުގެ ފުރުސަތުލިބޭނެކަން އެހެންވެގެ އިބްރާ ނަޝީދު ދިޔާނާ އާނިޔާ ސަހިންދާމިކަހަލަ ބައިގަޑު މިހާރު ވަރައް ބާރައް ދީނައްފުރައްސާރަކުރަމުން ތިޔަދަނީ ދެން ރައީސް މީހާ ތިހިރީ ކެނެރިގޭ ލާދީނީ ކަލޭގެޔާ ލާފިތިފައި މިވެރިކަން ދަމަހައްޓާކަން މަވެސް މަސައްކަތެއްނުކުރާނަން؟؟

  39. ޒާ

    ފުލުހުން މިވަނީ މުސްލިމުންނާއި ދެކޮޅަށް ތެދުވެފައިހެން ހީވަނީ ވީޑިއޯ ބެލީމާ. އިޒްރާއީލްގެ އަނިޔާވެރިންހެން ހީވަނީ. މުޅި ފުލުސް އޮފީސް އެލާޓަށް އައިސް ހުރިހާ ފުލުހުން ހަތިޔާރާއެކު ގޮސް މަޑުމަޑުން ތިބި އެންމެ 3 މީހުންނަށް އަނިޔާކުރީ. މިހިރީ ފުލުހުންގެ ހާލަތު ހުރިގޮތް.

  40. ބެއްޔާ

    80% ދީފަ އަދިވެސް ހޮވާތި، އިބޫ ދީން ހިމާޔަތްކޮށްދޭނެ ކަމަށް ޔަގީންކަންދިން ޝޭހު އިލިޔާސް އަށާއި އިޔާޒުއަށް ވަރަށް ސަލާމް. ދެންތިބޭ ޓުވީޓްކޮށްލަ ކޮށްލަ

  41. ހުސޭނުބޭ

    އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން ހިމާޔަތްކުރުމަށް ފޫގަޅާފައި އޮތް ސަރުކާރެއް! ތި ފެންނަނީ އިބޫގެ ޚުދުމުޚުތާރުކަމާއި އަނިޔާވެރިކަން! އިބޫ އެބަ ހުރި މައުމޫނަށްވުރެ އެއް ފޮނު އިތުރަށް އަރާފައި! މައުމޫނުވެސް ތީމުގޭ ކައިރިޔަށް މަޑުކޮށްލިޔޭ ކިޔާފައި މީހަކު ހައްޔަރެއް ނުކުރާނެ!

  42. ބުންގަރާސްބަދަވި

    މީލާދީނީ ސަރުކާރެއް. ލާދީނީ ސަރުކާރެއް. ލާދީނީ ސަރުކާރެއް.މިސަރުކާރު އައިފަހުން މިރާއްޖެއަށް މިވަނީ ބަލާވެރިކަމާ މުސީބާތް ތައް ވެރިވެފާ. މީހުންތައް މަރުވަނީ. ކަރަންޓްކެނޑެނީ. އެކްސިޑެންޓްތައް ގިނަވަނީ. އިސްލާމްދީނަށް ފުރައްސާރަކުރުން ގިނަވަނީ. ފާޅުގައި އިސްލާމްދީނުގެ މާތް ރަސޫލާއަށް މަލާމާތްކޮށް ދޮގުހަދަނީ. ކިނބޫ ރައީސް ދެނެހުރިކަމަށްވެސް ނަހދާ މަންމަންވެގެންހުރީ. އިސްލާމިކް މިނިސްޓަރު ނަގުލަށްފިތިފާ. މިނިސްޓަރުސޭކުއިމްރާނު ބޮލުރޮދި ކެނޑިފާ. ދެންވާނެ ހައެތި މިވަނީ.

  43. ޖޮއްބެ

    އަދިވެސް ލާދީނީ އެމްޑީޕީ އިން ބުނާނަންތަ ތިމަންމެން ނަކީ ޑިމޮކްރަސީގެ ޗެންޕިއަނުންނޭ އޭނ؟ ކޮބާ މިއަދު ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން؟ އޭނ މިތިބަ ލަދެއްނެތް ބައިގަނޑާ. ޑިކްޓޭޓަރު ސޯލިޙު ކޮބާ؟ ގަންޖާފޯސް ނެރެގެން ރައްޔިތުންނަށް އަނިޔާކުރާނެ ކަމެއްނެތް އިނގޭ.

  44. ޕޯލިސް މީހާ

    އެއިރެއްގައި އޮންނަ ސަރުކާރަކަށް ތާއީދު ކުރާ ޕޮލިހުން ވެސް ތިބޭނެ' ނަމަވެސް ދީން ދެކެ ލޯބިވާބަޔަކު ތިބިއްޔާ މިކަންތަކާ އަޑު އުފުލަންވާނެ. ރާއްޖެ މިދަނީ ހައްދުން ނެއްޓެމުން

  45. ގޮޅާބޯ

    ކޮބާތޯ ހިއުމަންރައިޓްސް އޭ މިކިޔާ ބައިގަނޑު މިހާރު ކަނުވެފަ ބީރު ވީތަ

  46. ކިނބުރާހިމް ޖައްބާރު

    އަނިޔާވެރި ސަރުކާރު ނިމިއްޖެއްނޫންތަ؟؟؟ މަ ހީކުރީ މީހުން މަރުވުމާއި، އެކްސިޑެންޓް ވުމާއި، ޑްރަގް ވިއްކުމާއި، ވައްކަން ކުރުމާއި މިކަހަލަ ހުރިހާ ނުބައި ކަމެއް އެއީ ޔާމީނު ހުރީމާ ހިނގާ ކަންތައްކަމަށް.

  47. އިބްރާހިމް

    ހަބޭސް. މިއޮތީ ޑިމޮކްރަސީ ދޮންވެ ފައްކާވެފައި. އިބްރާމެން މިހާރު އެބިންނަނީ ޑިމޮކްރަޓިކް މޭވާތަކެވެ.

  48. ރަންނަމާރި

    ފުލުހުންނަކީ ދުވަހަކުވެސް އިތުބާރުކުރާނެ ބައެއްނޫން އަނިޔާވެރިބައެއް ވެރިން ބުނާހާކަމެއްކުރާނެ ބައެއް އެއީ އިބުރާ އަކީ އެމްޑީޕީގެ ލާދީނީ އެޖެންޑާ ފަތުރާ މަންދޫބު އޭނާ ކުރާކަމެއް ގޯސް ނުވާނެ އެކަމާ ދެކޮޅިހަދާ ބަޔަކު ކުށްވރިވާނީ އަނިޔާވެރިކަން ނައްތާލަން އައި ވެރިކަން އަނިތާކުރީމަ ދެން ކިހިނެއްތޯ ވާނީ އަނިޔާވެރިކަމަކީ ﷲ ހަރާމް ކުރައްވާފައިވާ ކަމެއް

  49. ކެހި

    ކިހާދެރަ ކަމެއް، ހަމަ ކަމެއްނުކޮށް ހުއްޓައެއް އެގޮތަކަށް ނުގެންދާނެ، ކުށްކުރީމަ ވެހިކަލަށް އަރަންބުނީމަ ރީތިކޮށް އަރަން ނޭންގެންޏާ ވާނެވަރު ތީ،

  50. އާދަމްބެ

    ޢިބޫ . ޢިމްރާނު ވަގުތުން އިސްތިއުފާ ދޭން ޖެހޭ.

  51. މާލޭމީހާ

    ﷲއަކުބަރު...އިބްރާ ޖަލަށް ގެންދަންޖެހޭ ތަނަކަށް ނުޖެހޭ ދީނަށް ހިމާޔަތްދޭ ބަޔަކު ގެންދާކަށް...ކޮބާ ރީތިވެއްޖެ؟؟؟މިހާރުން މިހާރަށް ރައީސް މިކަން ބައްލަވާ އިބުރާ އަށް ތައުބާވުމަށް އެންގެވުން އެދެން. ޢެހެންނޫނީ ރައީސްވެސް މި ލާދީނީ އިބުރާހެދި ލާދީނީ މީހަކަށް ހަދާފާނެ...

  52. އުންމަ

    ހަމަ ރީތިކޮށް ވެިހިކަލަށް އަރަނިކޮށްތަ ؟ ނޫނީ ނާރާން ގަދަ ހަދަނިކޮށްތަ ؟ އަމުރަށް ކިޔަމަން ތެރި ނުވާ މީހަކަށް އުންމަދީގެން ހައްޔަރު ކުރާނެ ގޮތް ކިއާދޭން އެބަ ޖެހެ

  53. ރާކޭސް

    ބަލަ ތިޔަލާދީނީ ކެނެރީގޭ ނަޝީދު މެން ވެގެން ތިޔައުޅެނީ މި ދިވެހިރާއްޖޭގާ އިސްލާމްދީނުގެ ހައްގުތައްނިގުލަން ވެރިކަމަން އިންޑިޔާ އަދި އިޒްރާއިލުން ވާގިވެރިވެގެ މިހާރު މަޖްލީސްގެ އަގުލަބިޔަތުލިބުނީމާ ނަޝީދު ދެންވާނީ ބޮޑު ވަޒީރަކައް ދެން ގާނޫނު އަސާސީ ގާލިޔާނީ މިގައުމުގާކޮންމެދިނަކައްއުލުމުގެ ފުރުސަތުލިބޭނެކަން އެހެންވެގެ އިބްރާ ނަޝީދު ދިޔާނާ އާނިޔާ ސަހިންދާމިކަހަލަ ބައިގަޑު މިހާރު ވަރައް ބާރައް ދީނައްފުރައްސާރަކުރަމުން ތިޔަދަނީ ދެން ރައީސް މީހާ ތިހިރީ ކެނެރިގޭ ލާދީނީ ކަލޭގެޔާ ލާފިތިފައި މިވެރިކަން ދަމަހައްޓާކަން މަވެސް މަސައްކަތެއްނުކުރާނަން؟؟

  54. ބަޗީ

    އިބުރާ ހައްޔަރުކޮށް ޙައްޤު އަދަބު ދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލަން.

  55. ޢިބުރާ

    ގޯސް މިވީ ފުލުސް މީހާ. ވޭނައް އެރުވި މީހާ ޖައްސާ ވައްތަރު ނުފެނުނު އެކަކަށް ވެސް. މި އަދުގެ ހާލަތު

  56. އާދަމް

    ސުބުހާނަﷲ މީ އިޒްރޭލު ސިފައިންތަ؟؟؟

  57. ހުހުހުހުހު

    ކޮބާ ޑިމޯކްރަސީ ސަރުކާރުގެ ހެޔޮކަން މިފެންނަނީ! ތައްޔާރުވޭ މިމީހުންނާ އިދިކޮޅަށް ވޯޓުދޭން މަޖިލިސް އިލެކްސަނުގައި

  58. ޥިންދު

    މިއީ އިބްރާ ހައްޔަރު ނުކުރުމުގެ ނަތީޖާ

  59. މުޖާހިދު

    މަމީ އެމްޑީޕީ އަށް ސަޕޯރޓް ކުރާ މީހެއް. އެކަމަކު މި ކަމެއް ތަޙައްމަލެއް ނުކުރެވޭނެ. އިބުރާ އާއި މެދު ފިޔަވަޅު އެޅެންވާނެ. އަހަރުމެންގެ ލޮބުވެތި ރަސޫލާ އަށް ހަޖޫ ޖަހާއިރު ބަލަހައްޓައިގެން ނުތިބެވޭނެ. އިބުރާހިމް މުޙައްމަދު ޞޯލިޙާއިމެދު އަހަރެން އުއްމީދު ކުރި ގޮތެއް ނޫން މި ފެންނަނީއެއް. މިކަމަކީ ތިހީކުރާހާ އާދައިގެ ކަމެއް ނޫން. ބަޔަކު މުރުތައްދުވެ މިލެވެލަށް އައީމަ ބަލަން ނުތިބެވޭނެ.

  60. ކަލޯބެ

    ކެ ކެ ކެ ކެ ..... ބަލަ ސަރުކާރަކީ އިސްލާމް ދީނަށް ލޯބި ކުރާ ސަރުކާރެއް ނޫނޭ! ދެން ކިހިނެއް ސަރުކާރުގެ މުއައްސަސާ ތަކުން ތި ކންތައް ބަލާނީ. ޢެންމެ މަތީން ފެށިގެން އެންމެ ދަށާއި ހަމައަށް އިސްލާމް ދީން މިޤއުމުން ފޮހެލަން މި މަސައްކަތް ކުރަނީ! ޢިސްލާމް ދީން ދެކެ ލޯބިވާ މީހުން ވެއްޖެ ނު. ނުކުންނަން.

  61. ހާމާނު

    އަނިޔާ ވަނީ ގަދަހެދީމަ. އެވުން ގޯހެއްނޫން. އެކަމު ފުލުހުންގެ ވާޖިބައްހުރަސްވެސް އަޅައިގެން ނުވާނެ.

  62. އިބުރާ

    މިއަދު ތިން މީހުން، މާދަން ކިތަކެއް ހައްޔަރު ކުރާނަމްބާ؟ޙައްޤާ ދެކޮޅަށް ބަސްބުނާ މީހުންބާ ރަނގަޅީ ނުވަތަ ޙައްޤާ އިދިކޮޅަށް ބަސްބުނާ މީހުންބާ ރަނގަޅީ؟
    ކުރީ ފަހަރުވެސް ވެއްޓެން ދިމާވި ސަބަބާއި މެދު ފުންކޮށް ވިސްނާލުން ބުއްދިވެރި.

  63. ޝަމީމް

    މަވެސް އިބުރާޔާ ދެކޮޅު... ނުކުންނަން ތައްޔާރަށް މިހުރީ. ޢަވަހަށް ހައްޔަރު ކުރޭ

  64. ޢަމީން

    ޢޭނަގެމުދާހަލާކުކޮއް އަނިޔާކުރަންވީކީނޫން ތައުބާލާދޭންވީ.

  65. ޒޫ

    އެވަރުކުރިއިރު ކޮބާ ކިނބޫ

  66. ޖޮބޭ

    ތިޔަ އިބުރާއަށާއި ޕޮލިސް ކޮމިޝަނަރ އަށް ބޮޑު އަދަބު ދިނުމަށް ގޮވާލަން އަދި ރައީސް އިސްތިއުފާދިނުމަށް ގޮވާލަން

  67. ސައްތާރު

    ލާދީނީ މީހުންގެ ހިމާޔަތުގަ ދެން މިގައުމުގެ ފުލުހުންނާއި ސިފައިންވެސް ތިބޭނީ!