ފެބްރުއަރީ ހަތް ވަނަ ދުވަސް ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފި އެވެ.

ފެބްރުއަރީ ހަތް ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އެ ދުވަހު ބާއްވާތީ އެވެ.

މި ޖަލްސާ ދަރުބާރުގޭގައި ބޭއްވުމުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރަމުންދާއިރު މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ފެބްރުއަރީ ހަތް ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅި އިރު މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރު ފެބްރުއަރީ ހަތް ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދީފައެވެ.

ވެރިކަމުން އިސްތިއުފާ ދިނުމަށް ފަހު ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަން ބަދަލުކުރުމަށް "ބަޣާވާތް" ކުރި ކަމަށް ތުހުމަތު ކުރައްވާ ޖެހިގެން އައި ދުވަހު އެމްޑީޕީ ސަޕޯޓަރުންނާއި އެކު މުޒާހަރާ ކުރައްވާ ދައުލަތުގެ އެތައް މިލިއަން ރުފިޔާއެއްގެ މުދަލެއް އަންދާލާފައެވެ.

ނަޝީދުގެ ވެރިކަން ފެބްރުއަރީ، 7، 2012 ވަނަ ދުވަހު ބަދަލުވީ، ގާނޫނީ ހަމަތަކުގެ މަތީން ކަމަށް އެކަން ބެލުމަށް، އުފެއްދި ކޯނީ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަހުމަދު

  100 ދުވަހަށް އެއް ދުވަސް އިތުރު ކޮށްލީ އަދި މިދަނޑިވަޅުަގައި މުވައްޒަފުން ހިންހަމަ ޖައްސާލުމަށް ހެދި ގޮތެއް އަދި އެމް ޑި ޕީގެ ވެރިކަން ވެއްޓުނު ދުވަސް އަންނި އަށްޓަކާއި ބަންދު ކޮއްލަ ދިނީ

 2. ޚިޔާލާ

  ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ 7 ޖެހޭނެ ބަންދުކުރަން...

 3. ޖިންނި

  ކިނބޫ ކަލެއަށް ވެރިކަމެއްވެސްނޫން ތި ކުރެވެނީ

 4. ވޯޓުވަގު

  ތިޔަކީ ރައްޔަތުންގެ މަޖިލިހެއްނޫން ތީ އިންސާނީ ޓުރެފިކުމަޖިލިހެ

 5. ޢަލިފުޅުބެ

  ކިތައްމެ ވަރައްއެންދިއަސް އެމްޑީޕީ ވަރެއް ދިވެހިންނަކަށްނެތެއްނު.