އިއްޔެ ހުޅުމާލޭގައި މޫނަށް ސްޕްރޭ ޖަހާ ފައިސާތައް ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާކަަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ބަންދަށް 15 ދުވަސް ހުޅުމާލެ ކޯޓުން ވަނީ ޖަހާފައެވެ.

އިއްޔެ ހުޅުމާލޭން ފޭރިގަތް ފައިސާތަކަކީ، އިސްލާމިކް ބޭންކަށް ޖަމާކުރަން ފިއުލް ސަޕްލައި މޯލްޑިވްސްއިން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެވެ. އެ ފައިސާތައް ފޭރިގެންފައި ވަނީ، ފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް ދެމީހަކު ވެގެން ސްޕްރޭ ޖެހުމަށް ފަހުއެވެ.

އެ މީހާގެ އަތުން ފޭރިގެންފައި ވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އަދި ސާފެއް ނުވެއެވެ.

މީގެ ކުރިން ވެސް ފައިސާ އުފުލާ މީހުންގެ މޫނަށް ތަފާތު ވައްތަރުގެ ސްޕްރޭ ޖެހުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު