ފޯ ސީޒަން ކުޑަހުރާގައި މަސައްކަތް ކުރާމުންދާ އިންޑިއާ މުވައްޒަފަކަށް ތުނބުޅި މަތިމަސް ބެހެއްޓޭތީ، އެކަމާއި ދެކޮޅަށް އެ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހިން ނުރުހުން ފާޅުކުރަމުން އަންނަތާ މާގިނަ ދުވަހެއް ނުވަނީސް އިންޑިއާގެ މުވައްޒަފު ރިސޯޓުން ފޮނުވާލައިފިއެވެ.

އެ ރިސޯޓުގެ ގަވާއިދު އޮންނަ ގޮތުން އެތަނުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ތުނބުޅި ނުބެހެއްޓޭނެއެވެ. ނަމަވެސް ދާދި ފަހުން އެ ރިސޯޓުގައި މަސައްކަތް ކުރުމަށް އައި އިންޑިއާގެ ޕަންޖާބު ޝެފަކަށް އެ ފުރުސަތު ދިނެވެ. އެކަމާއި ދެކޮޅަށް އެ ރިސޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.

ބޭރު މީހާ ރިސޯޓުން ފޮނުވާލި ކަމަށް ރިސޯޓުގެ މުވައްޒަފުން ކަށަވަރުކޮށްދެއެވެ. ނަމަވެސް މިކަމާއި ރިސޯޓުގެ ރަސްމީ ބަހެއް ނުލިބެއެވެ.

އެ ރިސޯޓުން ވާހަކަދެއްކި މީހަކު ކުރިން ބުނިގޮތުގައި، އެ ރިސޯޓުގެ ގަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ މުވައްޒަފަކުވެސް ޑިއުޓީއަށް ނުކުންނައިރު، ތުނބުޅި މަތި މަސް ބާލަން ޖެހެއެވެ. އަދި ބޯވެސް ހުންނަން ޖެހޭނީ ރަނގަޅަށް ކޮށާފައެވެ.

ނަމަވެސް އެ މީހާ ރިސޯޓުގައި ހުރި ދުވަސްވަރު އޭނާއަށް ތުނބުޅި މަތިމަސް ބެހެއްޓުން އެޗްއާރް އިން ވަނީ ހުއްދަ ދީފައެވެ. އަދި އެކަމާއި ނުރުހުންގެ އެ ރިސޯޓުގެ މަސައްކަތް ކުރާ މުވައްޒަފުން އެ މީހުންގެ އެޗްއާރް ޑައިރެކްޓަރާއި ވާހަކަދެެއްކުމުން ދިވެހި މީހާ ވަޒީފާ އަދާ ކުރަން ނުކުންނަން ޖެހޭނީ ތުނބުޅި މަތިމަސް ކޮށައިގެންކަން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢޖެނޓ

    އިންޑިޔާ ހރ ޑައިރެކްޓަރ ގަވައިދާއި ޚިލާފްވެ ވަކި މުވައްޒަފެއް ބޭނުންވާގޮތަށް ކަންކަން ކޮށް އަމުރުނެރުނުކަން ރިޒޯޓްގެ އޯނަރާއި ހިސާބަށް ގެންދަންޖެހޭ. ޢޭނާޔަށް ފިޔަވަޅުވެސް އަޅަންޖެހޭ.

  2. ކޮރު އިނބިލީސް

    މިގޮތަށް އެކަތިގަނޑަކަށްވެ އިންޑިޔާއިން "ހަދިޔާ" ކުރި ހެލިކޮޕްޓަރު ރާއްޖޭގެ ސިފައިން އުދުއްސާނެ. އެހެންނޫނީ ހެލިކަޕްޓަރާއި ސިފައިން އަނބުރާ ދާވަރު އައްޑޫ ރައްޔިތުން ކުރާނެ.

  3. ޒިޔާޕު

    ކާކަށް ދެރަވީ. ޢޭނާ އެދިޔައީ ތުނބުޅިޔާ މަތިމަހާއެކު. ކަލޭމެން ތިތިބީ ބިހަކަށް ހަދާފަ. ޢިންޑިޔާ މޮޅުވީ. ކަލޭމެން ތުނބުޅި ބަހައްޓަންއުޅެ ނުބެހެއްޓި ނުބެހެއްޓި ފާފައިގަ އެޅި ލަނޑުލިބިފަ ތިތިބީ. އިންޑިޔާމީހާ މިހާރު ހުންނާނެ ހީލަހީލަ. ތުނބުޅި ބަހައްޓަން މީ ރަސޫލު ޒަާނެއް ނޫނޭ