މިއަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ގޮނޑިތަކަށް ކުރިމަތިލާނެ ދާއިރާތަކާއި ގުޅޭގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެދުގައިވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދި ކޯލިޝަން ރޫޅިގެންދާ ހިސާބަށް ގޮސްފައިވާއިރު ކޯލިޝަންގައި ދެމި އޮންނާނެ ކަމާއި މެދު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ސުވާލު އުފައްދަވައިފިއެވެ.
ގާސިމްގެ އަރިސް ބޭފުޅެއް ކަމަށްވާ ޖަމީލް ވިދާޅުވީ ހަގީގަތަށް ދަންނަވާނަމަ އެމްޑީޕީ ގެ ބަސްމަގާއި، މިހާހިސާބަށް އައިރު އެ އެކުވެރިކަމާއި، ވި ވައުދާއި، އަދި ރައްޔިތުންނަށް ދިން އުންމީދާއި، ރައްޔިތުން އަތުން ހޯދި އަމާނާތާއި، އެ ހުރިހާ ކަމަކަށް ކޯލިޝަނުން ބޮލާޖަހާފައިވާކަމަށެވެ.
"ކޯލިޝަންގައި އެކުގައި ދަތުރުކުރެވޭ ހިސާބަށްވުރެ މާ ދުރަށް ހިނގައްޖެ ހިއެއްނުވޭ އަޅުގަނޑުމެންނަށް އެ މިސްރާބަށް އެކީގައި އެ މަންޒިލަކަށް ދެވޭނެކަމުގެ ވާހަކަ މިއަދު ދެކެވޭނެކަމުގެ ޖާގަ އޮތްހެނެއް" ޖަމީލް ވިދާޅުވިއެވެ.
ކޮންމެ ވެރިކަމެއްވެސް ގެންނަނީ، ރައްޔިތުން ގައުމީ ފިކުރުގައި ވޯޓު ދީގެން ކަމަށާއި، އެއީ ވަކި ބަޔަކަށް، ވަކި ޕާޓީއަކަށް އަދި ވަކި ކުލަޔަކަށް ދޭ ވޯޓެއް ނޫންކަން ފާހަގަ ކުރައްވަމުން ޖަމީލް ވިދާޅުވީ، ވެރިކަމަށް އަންނަ މަގު އޮޅިވަޑައިގަންނަވާ ކަމަށާއި، ދެވޭ މަގު ވެސް ބައެއް ފަރާތްތަކަށް އޮޅިވަޑައިގަންނަވާ
"އެއީ ވެފައި އޮތްކަމެއް ނޫން. ނަޝީދުގެ ސަރުކާރުން ފެށިގެން މިއަދާ ހަމައަށް އެއްކަމެއް ތަކުރާރުވި. އެއީ މިގެނެވޭ ވެރިކަމަކީ ވަރަށް ގައުމީ ފިކުރެއްގައި ވަރަށް ގައުމީ ވިސްނުމެއްގެ ތެރެއިން ވުޖޫދަށް އައި ވެރިކަމެއް. އެ ވެރިކަމުގައި ކުލަޖެއްސޭކަށް ނެތް އެ ވެރިކަން އައީމަ އެއީ ޕާޓީއަކަށް ލިބުނު ވޯޓުތަކެކޭ" ޖަމީލް ވިދާޅުވިއެވެ.
2018 ގައި ރައްޔިތުން ވޯޓު ދިނީ ވެސް ގައުމީ ފިކުރުގައި ކަމަށް ޖަމީލް ވިދާޅުވެ ޖަމީލް ވިދާޅުވީ 2013 ގައި ވެސް ވެރިކަމަށް އައިއިރު އައީ ގައުމީ ފިކުރުގައި ކަމަށާއި، އެއިރު ވިސްނުން އޮތީ ކޮންމެ ހާލަތެއްގައިވެސް 2008 ގައި ތަކުރާރުވި ކަންތައް ތަކުރާރު ނުވާނެ ގޮތަކަށް 2013 ބައްޓަން ކުރުމަށް ގައުމީ ފިކުރުގައި ކަމަށެވެ.
" މީހުން އައިސް ވޯޓުދިނީ ވަކި ސިޔާސީ ޕާޓީއަކަށް ބަލައިގެން ނޫން. ވޯޓު ދިނީ ސަލާމަތުގެ އައްސޭރިއަސް ދެވެން އޮތީ މިހެން ކަމަށް ގަބޫލުކޮށްގެން" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވެފައިވާއިރު ގާސިމް ވިދާޅުވީ، ނަޝީދަށް 2008 ގައި ވެރިކަން ލިބިވަޑައިގަތުމުން ކަންކަން ކުރެއްވި ފެނިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ޤާސިމް ވިދާޅުވެފައި ވަނީ އަނެއްކާވެސް އެމްޑީޕީ ޖުމްހޫރީ ޕާޓީ މަގުމަތިކޮށްފި ކަމަށާއި އެމްޑީޕީ އިން ހެދި އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށެވެ. އަދި ގާސިމް ގެންދަވަނީ އެމްޑީޕީ އަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ފަހަކަށް ފާޑު ވިދާޅުވަމުންނެވެ.
މީ އަނެއްކާ އަނެއް ބޯގޮވި ! މީގެކުރިންވެސް ތިޔަގޮތަށް ތެޅެންހަދާއިގެން ޖެހުނު ދަތުރު ހަދާންނެތުނީ އުތަ ؟
ބަކި ޖަމީލު އެކަންޔެއްން އަންނިވެސް އެދަރުޖެހުނު
ވަރައް ސާފުކޮއް މިދައްނަވަނީ ޖަމީލު ދައްނަ ބަޔަކު ފޯއްމުލަކުގަ ނުތިބޭނެ ވީމާ ތިއަބުނާ ހައްގުމިންވަރު، މިހާރުޖަލުންސަލާމަތްވެ ރާއްޖެ
އާދެވި ބިރުކެޑިބަޣާވާތުގެއެއްމެންތަންވެ މިވަރު
ދެންއިތު ރައް ދެންއޮތީ އިތުރައްލޭ ނޮހޮރުވާ ހައްޤުމިންވަރު ހޯދުން
އެންމެ ފުރަތަމަވެސް ކޯލިޝަނެއް ނޯވޭ. އެކި ސިޔާސީ ފިކުރުތަކުގެ ވެރިން އެއްގަލަކަށް އަރަނީ ވެރިކަން ކުރާ މީހުން ވެރިކަމުން ދުރުކުރަން. އެކުގައި 5 އަހަރު ވެރިކަން ކުރާކަށް ނޫން. ކޮންމެ މީހެއްވެސް ބޭނުމީ ވެރިކަން. މިއަދު ދިވެހި ރާއްޖޭގެ ސިޔާސީ ހަގީގަތަކީ ވެރިކަމަށް އަންނަ ކޯލިޝަން ހަދަން މަޖުބޫރު، އެކަމު ކޯލިޝަނަކުން ވެރިކަމެއް ނުކުރެވޭނެ. މިކަމުގެ ހައްލެއް ނެތް.
މި ނަޝީދުއޭމި ހުރިހާ ނުބައެއް މި ހަދަނީ ... ހާސްނުވޭ އިބޫ އަށް އެނގޭ އަންނި ތި ޖައްސާ ގޭމްތައް ... މަގޭހިތައް އަރާ މި ނަޝީދުގެ ކިބައިން މި ގައުމު ސަލާމަތްވާނީ ކޮންދުވަހަކުންބާއޭ...
ޖަމީލު އެ ދެއްކެވީރަނގަޅުވަހަކައެއް މުސްލިމުންނޫންމީހުންނަކީ ދޮގުހާދާ ދޮގުމަތީ ދޮގު ދަމަހައްޓާ ބައެއް . ނަސިދަކީ މުސްލިމަކުކަމަކަށް އަޅުގަނޑު ގަބޫލު ނުކުރަން ސަބަބުތައް އެހުރީ ޔޫޓިއުބުގާ ލާދީނީ ސާޗްގާ މިހުރީ ހައްތާވެސް ނަސިދުގެ މައްޗަށް