"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެ ކޮމިޝަނުން މިއަދު ޓްވިޓާ މެދުވެރިކޮށް ހިއްސާކުރި ކުޑަ ވީޑިއޯކޮޅުގައިވާ ދެ މީހުން ހޯދަން އާއްމުންގެ އެހީތެރިކަމަށް އެދުނު ނަމަވެސް، އެއީ ކޮން މައްސަލައަކާއި ގުޅިގެން ހޯދާ މީހުން ކަން އަންގާފައި ނުވެއެވެ.

މި ދެ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއްް އިނގޭ ފަރާތެއް ވާނަމަ އެކަން ލަސްނުކޮށް އެ ކޮމިޝަނަށް އެންގުމަށް އެ ކޮމިޝަނުން އެދެއެވެ.

ދެ މިނިޓްގެ އެ ވީޑިއޯގައި އެ ކޮމިޝަނުން ހޯދަން ބޭނުންވެގެން އުޅޭ ދެ މީހުންގެ ތެރޭގައި އެކަކު އިންނަނީ ސައިކަލު މަތީގައި މީހަކު އަންނަންދެންނެވެ. އެ ވީޑިއޯއިން ފެންނަނީ މާލޭގެ މަގެއްގެ މައްޗެވެ. އޭނާ މަޑުކޮށްގެން ފަހަތުން މީހަކު އަންނަންދެން ހުންނައިރު، އޭނާގެ ފަހަތުން ދެން އަންނަ ސައިކަލުގައި އިން މީހާ ހޯދަންވެސް އެ ކޮމިޝަނުން ބޭނުންވެއެވެ.

ނަމަވެސް އެ މީހުން ހޯދަން ބޭނުންވެގެން އާންމު ކުރި ވީޑީއޯއިން އެ ދެ މީހުންގެ މޫނު ވަކިކުރާކަށް ނޭނގެއެވެ.

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަހަ

    ތިިިިިިިިިގަމިިިހަަަަަަފަަަަަހަގަ ވެެެެެެތަ؟

  2. ތުނިޔަ

    ތިޔަ ވީޑިޔޯއަކުން މީހެއްގެ މޫނެއް ކަނދުރާއެއް ވަކިވަނީކީނޫން!

  3. ޖަހާންގީރު

    ސެކިއުލަރ މީހުންގެ ކަންތައްތައް އޮށްބާލަން ޖެހި ސްޓަންޓެއް

  4. އަހަންމަދު

    މަށަށް ވައްތަރީ އެމްސީ ހަމީދުއާ!

  5. ާަަަސުނިލް ޝެޓީ

    ތި ވީޑިއޯ ކޮލިޓީ އަށް ވަރަށް ސަލާން..

  6. ޕާޓޭ ގެ ޑެޑީ

    ތި ހީވަނީ ބުރިޖު މަތިން ފެންނަ ޖިންނިހެން

  7. އާތު

    މާބުނަނި އެއި ޖިންނިއެއް