ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިން މޫދަށް އެރިގެން އުޅެނިކޮށް "ގޮތްނޭގޭ" ގޮތްތަކެއްވެގެން މަރުވާތީ ރާއްޖެ ސަރަހައްދަކީ "ބާމިއުޑާ ޓްރޭންގަލް" ފަދަ ތަނެއްކަމަށް ކުރިން ރާއްޖެ އައި ފަތުރުވެރިޔަކު ސިފަކޮށްފިއެވެ.

ބާމިއުޑާ ޓްރޭންގަލްއަކީ ގޮތްނޭނގޭ އެތައް ހާދިސާތަކެއް މީގެ ކުރިން ހިނގާފައިވާ، އުތުރު އެޓްލާންޓިކް ކަނޑުގެ ސަރަޙައްދެކެވެ.

ރާއްޖެ މިގޮތަށް ސިފަކޮށްފައި ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް 2017 ވަނަ އަހަރު އައި ފަތުރުވެރިއެކެވެ. އޭނާ މިފަދަ ގޮތަކަށް ރާއްޖެ ސިފަކޮށް މައުލޫމާތު ދީފައީ މި ވަނީ "ދަ ސަން"ގެ އައިރިޝް ނޫހަށެވެ.

އެ ނޫހަށް މައުލޫމާތު ދެމުން އުމުރުން 51 އަހަރުގެ ލީސާ މޯލް ބުނީ، ރާއްޖެއަށް އަންނަ ފަތުރުވެރިން މޫދަށް އެރިގެން އުޅެނިކޮށް ކުއްލި ގޮތަަކަށް މަރުވުމުގެ ފަހަތުގައި، ގޮތްނޭގެ ކަންތައްތަކެއް ވާކަމަށެވެ.

އޭނާ މިގޮތަށް ބުނެފައި ވަނީ، މިހާރަކަށް އައިސް ރާއްޖެ އަންނަ ފަތުރުވެރިންގެ ކުއްލިއަކަށް މަރުވާ މައްސަލައާ ގުޅުން ހުރިކަމަށް ބުނާ ކަންތައްތަކެއް އެ ނޫހަށް ކިޔާދެމުންނެވެ.

ލީސާ މީގެ ކުރިން ރާއްޖެ އައިސްފައި ވަނީ ފިރިމީހާ އަދި ދަރިފުޅުވެސް ގޮވައިގެންނެވެ.

ލީސާ ---

އޭނާއަށް ދިމާވި ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަމުން ބުނެފައި ވަނީ، އޭނާ އާއި އޭނާގެ ފިރިމީހާ ރާއްޖެ އައިސް މޫދުގައި އުޅެނިކޮށް އޭނާ ކުއްލިއަކަށް ހަބަރު ހުސްވީއެވެ. އޭނާ ބުނާގޮތުން އޭނާއަކީ އެއްވެސް ސިއްހީ މައްސަަލައެއް ހުންނަ މީހެއް ނޫނެވެ. ލީސާ ބުނިގޮތުގައި، މޫދުގައި އޮއްވާ ހަބަރު ހުސްވުމުން އޭނާ ސަލާމަތްކޮށްފައި ވަނީ އެ ވަގުތު އެ ރިސޯޓްގައި ހުރި ދެ ޑޮކްޓަރުންނެވެ. އެ ޑޮކްޓަރުން ނެތްނަމަ އޭނާ މަރުވާނެ ކަމަށް އޭނާ ބުންޏެވެ.

އޭނާއަށް ދިމާވި މައްސަލައާއެކު ރާއްޖޭގައި މަރުވިކަމަށް ބުނާ، އިތުރު ފަތުރުވެރިންތަކެއްގެ ވާހަކަ ދަ ސަންގައި ވަނީ ބުނެފައެވެ. އެގޮތުން 2017 ވަނަ އަހަރު އޮކްޓޯބަރު މަހު ރާއްޖެއަށް ހަނީމޫނަށް އައި އަޔަލޭންގެ ދެމަފިރިން މޫދަށް އެރި އުޅެނިކޮށް، ކުއްލިއަކަށް މަރުވި ފިރިހެން މީހާ އެންޑްރިވްގެ މަރާއި، މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ އައި ފިލިޕީންސްގެ ދެމަފިރިންގެ ސްނޯކްލިންގކޮށް އުޅެނިކޮށް ކުއްލިއަކަށް މަރުވި ހާދިސާ ވަނީ ފާހަގަކޮށްފައެވެ.

ލީސާ ބުނާގޮތުން، އޭނާ ކުއްލިއަކަށް ހަބަރު ހުސްވުމާއި، އެންޑްރިވްގެ މަރާއި ގުޅުމެއް ވެއެވެ.

އަދި ލީސާ ކުއްލިއަކަށް ހަބަރު ހުސްވި މައްސަލަ ސިއްހަތާއި ބެހޭ މާހިރުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން އެ މައްސަލަ ތަހުގީގު ކުރާ ޓީމުގައި ހިމެނޭ މީހަކު ބުނިގޮތުގައި، މޫދަށް އެރި އުޅެނިކޮށް ލީސާ "އިލެކްޓްރައުޑް"ވީއެވެ. އަދި މިގޮތަށްވީ ކަނޑުއަޑީގައި އަޅާފައިވާ ކޭބަލްތަކުގެ ސަބަބުންކަމަށްވެސް ލީސާ ބުނެފައި ވެއެވެ. އަދި އެއީ އެންޑްރިވްއަށްވީވެސް ވީގޮތްކަމަށް އޭނާ ބުނެފައި ވެއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓު: ފޮޓޯ: ޕެރަޑައިސް

ލީސާ ބުނީ، އޭނާ މިގޮތަށް ވާހަކަދައްކަނީ މީހުން ހޭލުންތެރި ކުރުމަށް ކަމަށެވެ. އެއްވެސް ހާލެއްގައި ރާއްޖެ ބަދުނާމު ކުރަން ނޫން ކަމަށެވެ.

"ވަރަށް ފަހުން އިލެކްޓްރޯ ފިޒިއޮލޮޖިސްޓަކަށް ދައްކާ ހެދި ޓެސްޓްތަކުގެ ނަތީޖާތައް ލިބިއްޖެ. އޭނާ ހީވަނީ އަހަރެން އިލެކްޓްރޮކިއުޓްވީހެން. އެންޑްރޫއަށްވެސް ދިމާވި އެގޮތަށް. ނަމަވެސް ސާބިތުކުރަން އުނދަގޫ" ލީސާ ބުނެފައިވެއެވެ.

ލީސާ ބުނީ، އޭނާގެ ވަރަށް ގިނަ ޓެސްޓުތަކެއް ހަދާފައިވާކަމަށެވެ. އަދި އޭނާއަކީ އެއްވެސް ސިއްހީ މައްސަލައެއް ހުރިކަމަކަށްވެސް އެއްވެސް އެއްޗަކުން ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ މޫދަށް އެރި އުޅެނިކޮށް މަރުވާ މީހުންގެ މަރާއި އިލެކްޓްރައުޑްވުމާއި ގުޅުމެއް ވާކަމަށް ލީސާ ބުނި ނަމަވެސް، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ ކަނޑުގެ އަޑީގައި އެފަދަ ކަމެއް ވެދާނެ ފަދަ އެއްވެސް ކޭބަލެއް ނޯންނާނެ ކަމަށެވެ. އަދި މަރުތަކާ އެފަދަ ކަމަކާ ގުޅުމެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

މި އަހަރު ފަށައިގެން މިދިޔަ 21 ދުވަސް ތެރޭގައި މޫދަށް އެރިގެން އުޅެނިކޮށް ފަސް ފަތުރުވެރިން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދިވެއްސެއް

    އެމީހަކު ކުރި ކަމެއް އެމީހަކަށް ދައްކަވާނެ. މީގެ ކުރީގެ ސަރުކާރުތަކުގައި މިހާރުގެ ވެރިކަމުގައި ތިބި މީހުން ދިޔައީ ތަފާތު ދޮގުވާހަކަ ދައްކާ ޓުވަރިޒަމް ބޮއިކޮޓްކުރަން ގޮވި. މިއަދު އެމީހުން އެބުނާ ދޮންމީހުން މިހާރު އެ ދޮގު ހަބަރުތައް ފަތުރަނީ

  2. ޙ

    ޕެރެޑައިސް ރިސޯޓަކީ ހަނޑި އުޅޭ ތަނެއް އެތާ އުޅޭ މަވައްޒަފުންނަވެސް ވަނީ ފެނިފައި އެ އެއްޖެހި ބޭރު މީހުނަށް ޖެއްސުނަ ކޮށް މަރަނީ just think about it ަ all the incident have been recorded in Paradise island because ެ

  3. ބުރާންތި

    ބާމިއުޑާ ޓްރޭންގަލްއޭ ކިޔާނެ ކަމެއްނެތް. ދެން އެކަން މޫދަށް އެރިއުޅޭ ދިވެހިންނަށް ނުޖެހެނީ ކީއްވެ. މަންޖެ މިއަށް ޖަވާބުދީބަލަ. ވާގޮތަކީ ތިމާމެން ރާއްޖެ އަންނައިރު މިއީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްކަން ނޭނގި ފަތަން ދަސްނުކޮށް އަންނަނީ. އަންނަތަނުން ޗާލު މޫދުފެނި ހޭކުދަވެގެން ފުމެ އިސްކޮޅު ނުޖެހޭ ހިސާބަށް ދަނީ އަމަލު އަރައިގެން.

  4. ޥިސްނާ

    ޢަހަރެން ބަނޑޮހުގަ އުޅެނިކޮށް އެއްހަފްތާތެރޭ 3 މީހުން މަރުވި، އެކަކު ލޯނޗްޖެހިގެން، އެކަކު މޫދު ރާޅުފަށުގަ އުޅެނިކޮށް ހިތްހުއްޓިގެން، އެކަކު ސްނޯކްލިން ކުރަނިކޮށް، ބޮޑަށް ވައްތަރީ މަޝްހޫރުވާންވެގެން ދަށްކާވާހަކަ ކަމަށް، މި ދޮން ފަރަންޖީން އެކަމަށް ވަރަށް މޮޅުވާނެ

  5. عبدالله

    ނުރައްކާތެރި ތުހުމަތެކެވެ. ގެއްލުންހުރި ތުހުމަތެކެވެ. މަރުތަކެއްގެ ތުހުމަތެކެވެ. ހުރިހާ ޕާޓީތަކުން ތުހުމަތުން ބަރީއަވުމަށް މަސައްކަތް ކުރެއްވުމުގެ ވަގުތު ފާއިތުވުމުގެ ކުރިން އެކަމާ އުޅެމާ

  6. Anonymous

    އިވޭހާ އެއްޗެ ގަބޫލުކުރާނަމަ ދެން ހުރި ހިއްސުތަކުގެ ބޭނުމަކީ ކޮބާ.

  7. ރަކޫޓަންޖިންނި

    އަލަށް މިއައި ސަރުކާރާއެކު ބާރމިއުޑާ އެންގަލް ރާޢްޖެއަށްބަދަލުވީކަމަށް ނާސާގެ ފޮޓޯތަކުން ދައްކަނީ.

  8. އަބޯ

    ގޮތްނޭގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިސަނުގެ މަސައްކަތް ހުހެއްނުވާނެ. އިބޫސާލިހު ވެރިކަމުގާ ގޮތްނެގި މަރުވާމީހުން ގެ މައްސަލަ މިކޮމިސަނުން ބެލުން އޮތީ ކިހިނެތްބާ ؟

  9. ޝިހާ

    ގާސިމް،ނާޒިމް،ރިޔާޒް،އަލީވަހީދުޖަމީލު މި5މީހުންގެ މަކަރުވެރި ދަންމަޅީގާ ޔާމީން ޖައްސާ ދުވަސް ދުއްވާލުނުގެ ރޭވުން ރާވާތާ ދުވަސްކޮޅެއްވެއްޖެ ހީވޭ މިފަހަރު ޖަހާ ބޯޅަ ޔާމީން ފޫ އަޅުވާލާނެހެން ބަލަންތިބެމާދޯ

  10. Anonymous

    ގާސިމް އެތައްޔާރުވަނީ ގޯލެއް ކާމިޔާބު ކުރަން ވެގެން މީގެ ކުރިން ޖެހި ހުރިހާ ގޯލެއްވެސް ޖެހުނީ ބައި ކޮޅަށް މިފަހަރު ޔާމީނުވެސް ފޫއަޅުވާލާ އެންމެ އެތެރެއަށް ބޯޅަ ހިފާއިގެން އެއުޅެނީ ވަންނަން ސާބަސް ސޭޓް!!!!

  11. ޜާއްޖެ އިސްލާމް

    ހޮޅިވާހަކަ

  12. ޜާއްޖެ އިސްލާމް

    ސުނާމީއެއް އެރީމަ ބުނަނީ ސުނާމީ އެރީ ރައްތިރިކަމުންކަމަށް ޤަބޫލުކުރާކަށް ބޭނުމެއްނުވޭ އެއީ ﷲގެ ކޯފާއެއް ކަމަކަށް. ރާއްޖެއަށް ޓޫރިސްޓުން އަންނަށް ފެށިތާ 40 އަހަރައްވުރެ ގިނަދުވަސްޥިއިރު ކިތައްމީހުން ގެނބިގެން މަރުވެފަވޭތޯ. ރާއްޖޭގެ މަސްވެރިން ކަނޑުފީނައިގެން ކައިބޮއެ ހަދާތާ ކިތައްސަތޭކަ އަހަރު ވެއްޖެތޯ ތިބުނާގޮތަށް ކިހާ މީހުނެއް މަރުވެފައިވޭތޯ

    ހަގީގަތް ގަބޫލް ކުރަމާ ހިނގާ. އިނގިރޭސި ވިލާތުގެ ސަރަހައްދަކީ ރައްޖޭގެ ޓޫރިޒަމް ބޮއެކޮޓް ކުރުމަށް އިދިކޮޅުފަރާތްތަކުން އެންމެ ގަދަޔަށް މަސައްކަތްކުރި ސަރަހައްދު ހާއްސަކޮއް އެމްޑީޕީގެ އިސްވެރިން.

    މިޔަދު މިޔޮތީ އެމީހުނަށް ރާއްޖޭގެ އިގްތިސާދު ހަވާލުވެފަ މިޔަދު އެމީހުން ފާޅުގަ ނުގޮވާނެ ޓޫރިސްޓުން ނާންނާށެކޭ. އެމީހުން ބޭނުންކުރާނީ ތިޔަބުނެވިދަޔަ ފަރާތްތަށް ރާއްޖެއާމެދު ބިރުބެރިކަން އުފެއްދުމަށް

    އެމީހުން ގަބޫލެއް ނުކުރާނެ އެމީހުން ގޮވަމުންއައި ގޮވެލިފައްޗަށް ކުރިމަތިކުރުވި ޗެލެންޖެއް ކަމަކަށް މީކީވެސް ކޯފާއެއްކަމަކަށް އެމީހުން ގަބޫލެއްނުކުރާނެ.

    މަގުސަދަކީ އިންޑިއާއަށް ރާއްޖެ ދޫކޮއްލާފަ މިމީހުން ބާރުގަތިބުން. މިކަންވަރައް ސާފް

  13. އެހެންތަ

    ބާމިއުޑާ ޓުރޭންގަލް ވަގަށްނަގައިގެން އިބޫ މިހުރީ އެހެންނުވާނީ ވޯޓުވެސް ވަގަށްނެގީވިއްޔަ؟

  14. ދިވެހި މީހާ

    ބަލަ އެވާނީ ރާބޮއިގެް އަމަލު އަރައިން މޫދުގެ އަޑިއަށް ނޫނީ ލޮނުބޮވެމުން ގޮސް އަރަގު ވާއިރުވެސް ރޭކާނުލާ ،،، އަނެއްކާ ފަތަން އިނގެނީ އެއް ނޫން ދެން ވެސް ބުނޭ ބްރާއި ޖަންގިޔަލޭ ހަހަހަހަހަހަ ލޮލް ލޮލް