"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް މިއަދު އެދިފައިވާ އިރު، އެ މައްސަލައަކީ މަޝްހޫރު ދީނީ އިލްވެރިޔާ އަފްރާޝީމް އަލީގެ މަރުގެ މައްސަލަކަން އެނގިއްޖެއެވެ.

މަރުތައް ބަލާ ކޮމިޝަނުން ކޮށްފައިވާ ރީ ޓްވީޓެެއްގައި ބުނެފައި ވަނީ ވީޑިއޯގައި ފެންނަނީ 2012 ވަނަ އަހަރު އޮކްޓޯބަރު އެއްވަނަ ދުވަހުގެ ރޭ އަމީނީ މަގުގައި ހުންނަ ސްޓެލްކޯ އިމާރާތުގެ ކުރިމަތިން ކްރަސްޓީސް ރެސްޓޯރެންޓްގެ ހުޅަނގުގައި ހަރަކާތްތެރިވި ބައެއް ކަމަށެވެ.

އެރޭ ދަންވަރު 1:15 ހާއިރު ޑޮކްޓަރ އަފްރާޝީމްއަށް ހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގައެވެ. އެ ގެއަކީ ކްރަސްޓީސް ބްލޮކްގައި ހިމެނޭ ހ. ފުންވިލެވެ.

ކޮމިޝަނުން މިއަދު އާންމު ކުރި ދެ މިނިޓްގެ ވީޑިއޯގައި އެ ކޮމިޝަނުން ހޯދަން ބޭނުންވެގެން އުޅޭ ދެ މީހުންގެ ތެރޭގައި އެކަކު އިންނަނީ ސައިކަލު މަތީގައި މީހަކު އަންނަންދެންނެވެ. އެ ވީޑިއޯއިން ފެންނަނީ މާލޭގެ މަގެއްގެ މައްޗެވެ. އޭނާ މަޑުކޮށްގެން ފަހަތުން މީހަކު އަންނަންދެން ހުންނައިރު، އޭނާގެ ފަހަތުން ދެން އަންނަ ސައިކަލުގައި އިން މީހާ ހޯދަންވެސް އެ ކޮމިޝަނުން ބޭނުންވެއެވެ.

ނަމަވެސް އެ މީހުން ހޯދަން ބޭނުންވެގެން އާންމު ކުރި ވީޑީއޯއިން އެ ދެ މީހުންގެ މޫނު ވަކިކުރާކަށް ނޭނގެއެވެ.

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަމަދީ

    ހާދަ ސާފު ވީޑީއޯ އެކެ ތިޢާއްމުކުރެއްވީ. ޔަޤީނުންވެސް މީހަކު އެސައިކަލު މަތީ އެބައިން.

  2. މެސީ

    އަފުރާޝީމް ޢަލީ ގެ މަރުގެ މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވީ ހުމާމް އާއި އަލީ ޝާން (ސަޓޯ)

  3. ޙާލިދު

    ހުސްނުލްސޫދެވެ. ކަލޭ ފާޑުފާޑަށް މީހުން މޮޔަ ހައްދަން ނުސާފު ވީޑިއޯ ދައްކައިގެން ހޭބަލި ނުވާށެވެ. ފުލުހުން ވީޑިއޯ އާންމު ކުރާއިރު ޒޫމްކޮށް މީހުން ވަކިވާވަރަށް ސާފުކޮށްގެން ނޫނީ އާންމުންގެ އެހީއަކަށް ނޭދޭނެއެވެ. މާ މޮޅު ތަހުގީގު ކުރާ މީހަކަށް ހެދިގެން ތިޔަކުރި މޮޅު ކަމަށްޓަކައި ކަލެއަށް ބޮނޑިބަތް އެބަހުއްޓެވެ.

  4. ބުރޯ

    އަޒްލީފުތަ

  5. ކައުންސެލަރު

    އިސްތިޢުފާދިން ރައީސަށް ތިކަމުގެ ހަގީގަތް ނޭނގޭބާ؟ އޭނަ ގައިމުބުނި އަފްރާޝީމް އަވަހާރަކޮށްލިމީހާ ފުރައިގެން ރާއްޖެއިން ބޭރަށް ދިޔަވާހަކަ.

  6. އަލީ

    ތި ކެމެރާ ތަކުގެ ބޭނުމެއް ނެތެއްނު. ތަނެއް ދޮރެއް ސިފައިންނައް ނޭންގުންއިރު ތި ފޮޓޯއިން އާންމުންނައް ކޯއްޗެއް އެނގޭނީ

  7. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މިހާރު ތިއޮތީ މަރު ތަހުގީގުވެސް ކުރީމޭ، ވީޑިއޯވެސް އާންމުކުރީމޭ ބުނެވިފަ! އާންމުންގެ އެހީތރިކަމަށް އެދުނީމަ އާންމުން އެބަޔަކު ނުހޯދުމަކީ އާންމުންގެ ކަމެއް! ކޮމިޝަންގެ ޒިންމާ އެއޮތީ އަދާކޮށްފަ! އަނެއްކާ އަނެއް ވައުދު ފުއްދި ނިމުނީ! ދެން އަތާފަޔާޖަހާ ބާރަށް!

  8. ޖާންޓޭ

    މަށައްހީވަނީ ސޫދުހެން

  9. ށޫދު

    ޢެކަންކުރީ ހުމާމް ކަމަށް މިހާރު ދިވެހި ރައްޠަތުންނަށް އެނގޭއިރު' ހުމާމް ހިމާޔަތް ކުރަން ވަކާލާތުކުރި ގާނޫނީ ވަކީލު އެކުރި މަސައްކަތާމެދު ސުވާލު އުފެދި ބިރުގަނޭ. ޢެވަރު މީހަކު ކިހިނެއް މަރުތައް ބަލާ ތަހުގީގު ކުރާނީ.
    ފުރަތަމަ ބަލަން ޖެހޭނީ އެބޭފުޅާގެ މައްސަލަ ދެއްތޯ!

  10. އަމަދީ

    އިސްތިއުފާ ދެއްވި ރައީސް ޕޯޑިއަމްއެއްގައި ވިދާޅުވި އެކަން ކުރީ މެދު އިރުމަތީން އާއި ބަޔެކޭ ތިޔަކޮމިޝަނުން އެބޭފުޅާއަށް ސުވާލު ކުރެއްވިންތޯ؟

  11. ޖަޒީރާ ފަލި

    ދުވަހަކުވެސް ނުދެކެން މިކަހަލަ ވީޑިއޯއެއް. ބަރާބަރަށް ކެމެރާ ސައިކަލް އަށް މޫވް ކުރޭ. ފުރަތަމަ ސައިކަލް ގެއްލުނީމަ ފަހުން އަންނަ ސައިކަލް އަށް. މީ ކޮންކަހަލަ ސީސީ ކެމެރާއެއް.