ފިލިޕީންސްގެ ގިނަބަޔަކު ހިތާމައިން ފޯކޮށްލި މަރަކީ މި މަހުގެ 13 ވަނަ ދުވަހު މަރުވި ދެމަފިރިންގެ މަރެވެ. މި ދެމަފިރިން މަރުވެފައި ވަނީ ރާއްޖެއަށް ކުރި ހަނީމޫން ދަތުރެއްގައެވެ.

އެރީކާ ނަމަކަށް ކިޔާ އަންހެން މީހާ އާއި ލިއޯމާ ނަަމަކަށް ކިޔާ ފިރިހެން މީހާގެ ދުވަސްވީ ލޯބީގެ ގުޅުމަށް އިތުރު އާރޯކަމެއް ގެނައުމަށް މިދިޔަ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހު ކައިވެނި ކުރުމަށްފަހު މި މަހުގެ 11 ވަނަ ދުވަހު މި ދެމަފިރިން ރާއްޖެ އާއި ރާއްޖޭގައި ހަނީމޫން ހޭދަކޮށްލާށެވެ.

އުފާވެރި ދުވަސްތައް އެކުގައި ހޭދަކޮށްލާށެެވެ. މި ދެމަފިރިންގެ ގާތް މީހުން ބުނާގޮތުގައި، ރާއްޖެއައުމަކީ އެދެމަފިރިންގެ ހުވަފެނެކެވެ. އެ ހުވަފެން ސީދާ ކުރުމަށް އައި ދަތުރުވެގެން ދިޔައީ ދެމަފިރިންގެ މުޅި އާއިލާ ކަރުނުން ތެންމާލި ދަތުރަކަށެވެ.

ދެމަފިރިންގެ މަރާ ގުޅޭގޮތުން ފިރިހެން މީހާގެ ބައްޕަ މީޑިއާތަކަށް ބުނެފައިވާގޮތުގައި، ލިއޯމާ މަރުވީ މޫދުގައި އޮއްވާ ހިތްހުއްޓިގެންނެވެ. އަދި އެރީކާ މަރުވީ ލިއޯމާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެނބިގެންކަމަށް ދެމަފިރިންގެ އޮޓޮޕްސީ ރިޕޯޓްތަކުން ދައްކާ ކަމަށެވެ.

މި ދެމަފިރިން މަރުވެފައި ވަނީ، ކ.އަތޮޅު ދިއްފުށީ ކައިރިން މޫދަށް އެރި އުޅެނިކޮށެވެ. ދިއްފުށީ "ކްރައުން ބީޗް" ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި މި ދެމަފިރިންގެ މަރާއި ގުޅިގެން ތަފާތު ވާހަކަަތައް ދެކެވުނެވެ.

މި ދެމަފިރިންގެ ހަށިގަނޑު އެ ގައުމަށް ގެންގޮސް އާއިލާ ތިބި ސިޓީއަށް ގެންގޮސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެރީކާގެ ހަށިގަނޑު މިވަގުތު އޮތީ އޭނާގެ ގޭގައެވެ. އަދި ލިއޯމީގެ ހަށިގަނޑު އޮތީ އޭނާގެ ގޭގައެވެ. އެހެން ނަަމަވެސް އޭނާގެ ހަށިގަނޑު ފިރިމީހާގެ ގެއަށް އަންނަ ބުދަ ދުވަހު ގެންދާނެއެވެ. އަދި އަންނަ ހޮނިހިރު ދުވަހު ދެމަފިރިންގެ ހަށިގަނޑު ވަޅުލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު