މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ޕްރައިމަރީގައި، ފަރެސްމާތޮޑާގެ ދާއިރާއިން ފެންމަތިވި މައްސަލަތައް ޤައުމީ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ، ފަރެސްމާތޮޑާގެ ވޯޓުފޮށިތަކުގެ މައްސަލަ ތަކުރާރުކޮށް ކެންޑިޑޭޓުން ކުރަމުން އަންނަ ކަަމަށާއި، މި މައްސަލަތަކަށް ޕާޓީގެ ޗެއާޕާސަނަށް ހުށަހެޅުމަށް އެމްޑީޕީ މަޖިލިސް ޕްރައިމަރީއާގުޅޭ ޝަކުވާ ކޮމިޓީން ނިންމާފައިވާކަަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ފަރެސްމާތޮޑާ ދާއިރާއިން ފެންމަތިވި މައްސަލަތަކުގެ ތެރޭގައި، ވޯޓު ކަރުދާސް ފާޅުގައި ދެއްކި މައްސަލައާއި، ފޮށްޓަށް، ގަދަވެ ސަލާމަތުން ހުރި މީހަކުގެ ވޯޓު، އެހެން ފަރާތަކުން ލުމާއި. ވަކި ކެންޑިޑޭޓެއް ހޮވުމަށް އެހެން ޕާޓީތަކުން 6 ލައްކަ ރުފިޔާ ހަރަރުކޮށްފައިވާ މައްސަލަ ހިމެނެއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި މައްސަލަތަކާއި ހެދި ޝަކުވާ ކޮމިޓީން ނިންމާފައިވަނީ، މި މައްސަލަތަކަށް ގޮތެއް ނިންމައި، ދާއިރާއިން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުކަމުގައިވާ ފަތުޙުﷲ އަޙްމަދުގެ ކެންޑިޑަސީ ބާޠިލު ކުރުމަށް ނުވަތަ ވޯޓު އަލުން ނެގުމަށް ޤައުމީ މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި މި މައްސަލަ އެ މަޖިލީހަށް، ޗެއާޕާސަން މެދުވެރިކޮށް، ހުށަހެޅުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަމީދާ

    މި ފެންނަނީ ޑިމޮކްރަސީ ގަސް އެމްޑީޕީ ވީރާނާވެގެން ދިޔާވެގެން މުސްކުޅިވެގެން ވަރުނެތިގެން ދޮންވެ ފައްކާވާ ތަނެވެ. ކްރިސްޓިއަން މިޝަނަރީ ނަސީދޫ.

  2. މާމަ

    މީމިމީހުން އުޅޭގޮތް .މިވަރުބަޔަކު މިއުޅެނީ ތިލަފަތް ހިފައިގެން. ކޮންއަދުލުވެރިކަމެއްކުރާނީ.

  3. ޢަހުމަދު އަލިި

    ގައްދޫ ދާއިރާއަކީ ލާރިން ވޯޓް ގަނެ ވިއްކާ ސަގާފަތް އޮތް ތަނެއްކަން ޕްރައިމަޜީ ވޯޓުން އެކަނިވެސް ފެނިގެން ގޮއްސި.4،000،000 ރ ގައްދޫ ސޭޓްގެ ދަރިފުޅު ހަރަދު ކުރިކަމައްވޭ. ޢަޅުވެތިކަމާ ދެކޮޅު.ކ