މާލެ އިންޑަސްޓްރިއަލް ޒޯންގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިންޑަސްޓްރިއަލް ޒޯން ކުރިމަތީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 20:50 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ ލޮރީވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ރޯވެފައި ވަނީ މޭރީ ބްރައުން ކުރިމަތީގައި ހުރި ކުނިތަކެއްގައި ކަމަށެވެ.
އަދި މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިސަރުކާރުގެ ވެރިޔާ އާއި ކޯލިޝަން ކުނި
ކައްސަވައި ހެއްދެވީމަ ތިބުނީ މޭރީބްރައުން
ކުރިމަތީ ކުނިފުންޏެއް އޮވެ ރޯވެ އަނދާ
ކަމަށް. ކިހިނެއް ޤަބޫލު ކުރާނީ.