2015 ޖެނުއަރީ 18 ވަނަ ދުވަހު ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ދިރިއުޅޭ އެޕާރޓްމަންޓް ބަލައި ފާސްކުރިކުރިއިރު އެތަނުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ނާޒިމް އެ މައްސަލަ ފުލުހަށް ހުށަހެޅީ މީގެ ދެ ދުވަސް ކުރިންނެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅިކަން ހާމަކޮށް ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2015 ޖެނުއަރީ 18 ވަނަ ދުވަހުގެ އޭރުގެ ސަރުކާރުން ހިންގި ޖަރީމާ ތަހުގީގު ކޮށް އެ ޖަރީމާގައި ޒިންމާވާ ފަރާތްތަށް އިންސާފުގެ ކުރި މައްޗަށް ގެންދަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ އެވާހަކަ ސިޓީއެއްގެ ޒަރީއާއިން ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.

ފުލުހުން މިރޭ ވިދާޅުވީ، ނާޒިމް ދިރިއުޅުއްވާ ގެއިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލައިދިނުމަށް އެދި ނާޒިމް ހުށަހެޅުއްވުމާއި، ގުޅިގެން އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާތައް ނިންމުމުގެ ގޮތުގެ މައްޗަށް ރިއާޔަތްކޮށް އެ މައްސަލައިގެ ތަހުގީގު އަލުން ކުރުމަށް ފުލުހުން ނިންމާފައިވާކަމަށެވެ.

ނާޒިމްގެ މި މައްސަލަ ފުލުހުން އަލުން ބެލުމަށް ނިންމިއިރު، އެދުވަހުގެ ހިންގި ކަންކަން ތަފްސީލީ ގޮތެއްގައި އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ބައްދަލު ކުރައްވައި ނާޒިމް ވަނީ ހިއްސާ ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ނާޒިމް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން، 2015 ފެބްރުއަރީ 10 ވަނަ ދުވަހުގެ 00.35 ގައެވެ. އޭނަ ހައްޔަރުކޮށްފައި ވަނީ ގައުމާއި އިދިކޮޅު ހަރަކާތްތަކެއް ހިންގަން ރާވަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނެވެ.

ފުލުހުން އޭރު ވިދާޅުވީ ނާޒިމް ދިރިއުޅުއްވާ އެޕާރޓްމަންޓް 2015 ޖެނުއަރީ 18 ވަނަ ދުވަހު ބަަލައި ފާސްކުރިއިރު ފެނިފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ޕެންޑްރައިވްގައި، ދިވެހި ދައުލަތުގެ އިސްވެރިންތަކަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަށް ރާވާފައިވާކަން ދޭހަވާފަދަ ލިޔުމެއް ފެނިފައިވާކަމަށެވެ. އަދި މީގެއިތުރުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މަޢުލޫމާތުގެ ތެރޭގައި، އެކިފަރާތްތަކާއި ގުޅިގެން ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ރާވަމުންދާކަމުގެ މައުލޫމާތު ހިމެނޭކަން ފާހަކޮށްފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ނާޒިމް ހުންނަވަނިކޮށް އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އިއްވި ޖަލު ޙުކުމް ތަންފީޒު ކުރުން ސުޕްރީމް ކޯޓުން މިހާރު ވަނީ މަޑުޖައްސާލާފައެވެ. އެމައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ. އެ މައްސަލާގައި ނާޒިމް މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.

މިހާރު ނާޒިމް އަކީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރެވެ. ނާޒިމް ގެންދަވަނީ ޖޭޕީގެ ޓިކެޓްގައި ދަނގެތީ ދާއިރާއަށް ނިކުންނެވުމަށް ކެމްޕޭން ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބުރޯ

    ނާޒިމްގެ ފިސްތޯލަޔަކަށް ނުވިޔަސް ނާޒިމްގޭގަ ނާޒިމް ކޮޓަރީގަ އޮތް ފިސްތޯލައިގެ ޒިންމާ ވާނެ ފަރާތެއް އެގެއިން ނިކުންނަންޖެހޭނެ .ނުވަތަ އެގެއަށް އެފިސްތޯލަ ވަންގޮތެއް ހޯދެންޖެހޭނެ. އެގެ އަށް ފިސްތޯލަ ވަންގޮތް ސަރީއަތަށް ސާބިތު ނޫވާހާ ހިދަކު ނާޒިމަށް ފިސްތޯލައިން ބަރީއަ ނުވެވޭނެ. މިއީގާނޫނީ ހަމަތައް ދޯ

  2. މުހައްމަދު

    ހެއްހެއް ހޭ...???

  3. ހައްހައްހާ

    މިހާރު ޕޮލިސްވެސް ހިންގަނީ އެމްޑީޕީ އެސްޓިވިސްޓުންދޯ. މިހާކަށްވަރަށް މިނިވަން އިންސާފްވެރިވާނީ

    • ޖަޒީރާ

      އެއީ ޖަޒީރާވަންތަ އިންސާފް. ޖަޒީރާވަންތަ މިނިވަން.

  4. ޖޮއްބެ

    ބަލަގަ އެ ފިސްތޯލައަކީ އަމިއްލައަށް ހިނގާފަގޮސް ނާޒިމް މެންގެއަށް ވަތް ފިސްތޯލައެއް ނޫނެވެ. އެ ފިސްތޯލަ އެގެއަށް ވެއްދީ ބުރޯ ބުނެގެން ކަލޭމެން ފުލުހުންނެވެ. އެހެންވީމާ މައްސަލަ އަލުން ބެލިއްޔާ ސޯޓުބޭލި އޮރިޔާންވާނީ ހަމަ ފުލުހުންނެވެ.

    • އިހްސާނާ

      ފުލުހުން އެއްނޫން ހަމަ އަދީބު... ހުރިހާކަމެއް އޭނަ ރާވަ ރާވާ ހުއްޓާ އަތައްގޮވީ ...!

  5. Anonymous

    ކިތައްމެވަރަކަ ތިނާޒިމު ރަނގަޅުމީހަކަ ވާން އުޅުނަސް ތިރަނގަޅުމީހެއްނޫން ތިވަރަށް ކިބުރުވެރި މީހެއް

  6. އިންޓެލިޖެންސް

    އިންޓެލިޖެންސްއަށް ލިބޭ މަޢުލޫމާތަކީ ވެސް، އަލިފު ލައިލާ ވާހަކަ ގޮތަށް އެކި އެޕިސޯޑް ތަކެއް ގޮތަށް ލިބޭ މަޢުލޫމާތު ތަކެއް. އަސްލު ވަރަށް ޝައުޤުވެރިކަން ހުރޭދޯ

  7. ސްކޯރޕިއަން

    އަލަށް އިންތިޚާބުވީ މަތިބަރު ސަރުކާރު އައީ ހުރިހާ މުޖްރިމުން މިނިވަންކުރުމަށް އެއްބަސްވެ ޤަރާރުތަކެއްގައި ސޮއިކޮށްނިމިގެން. އެއިގެތެރޭގައި ވަކިމީހަކަށް އަމާޒުކޮށްގެން ތަޙްޤީޤުތައް ހިންގަންފެށުމުން މިހާރުއޮތް ސަރުކާރު ދެމިގެން ދިއުމަކީ ވަރަށް ދަތިވާނެކަމެއް. ވަޢުދުފުއްދުމުގެ ތެރޭގައި އޮތްވަޢުދެއް ހުރިހާ ސިޔާސީ މުޖްރިމުން މިނިވަންކުރުން. އެކަންނިމި ކުރީން މިނިވަންކުރަން އުޅުއްވި ޖުޑިޝަރީވެސް އޮތީ މިނިވަންވެފަ. ހުރިހާމީހުންގެ އަމާޒަކަށް މިހާރުތިއޮތީ ކުރީގެ ނައިބުރައީސް އަދީބު ޖަލުތޭރީ ފުރަގަހު ބެހެއްޓުން. ރިޝްވަތްދީ ސަރުކާރުވައްޓާލަން އުޅުއްވި ހުރިހާ ސިޔާސީލީޑަރުން މިނިވަންވެ ހާރޑްކޯއެކްޓިވިސްޓުންނާއިއެކު ބިޔަ މަޤާމުތަކަށް ވެސް އާދެވިއްޖެ. ދެންވެސް ސަރުކާރު ދެމިއޮވޭތޯ ސުލްޙަވެރިކަން މަތީ މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދަންވީ! ކާރނަލްނާޒިމްވެސް މަޑުމަޑުން ހުންނަވައިގެން މުއްސަދިމީހާވީތީ މަޖްލީހުގެ ގޮނޑިނެގޭތޯ މަސައްކަތްކުރުން ބުއްދިވެރި. ފިސްތޯލައިގެ މައްސަލައޮތީ ބަލާނިމިފައި. ފުލުހުންގެ އިދާރާއިންވަނީ އެކިއެކި ޓެސްޓުތަކުންފާސް ނާޒިމުގެ ކާބަފައިފެށިގެން ފިންގަރޕްރިންޓް ދިމާނުވާކަމަށް ނިންމައި މީޑިއާތަކާވެސް ޙިއްސާކޮށްފައި. ދެންހޯދަންވީ ކޯޓުމެދުވެރިވެ ޖަލުގައި ތިއްބެވި ދުވަސްތަކުގެ ބަދަލު ތިހުރިހާ ކުށްވެރިވި ޙުކުމްތަންފީޒުކުރަމުން ދިޔަ ބޭކަލުން. މިވަރު ވިސްނެންޖެހޭ! ވަރަށް ސަލާމް

  8. ސަޓޯ

    ކާނަލް ނާޒިމްގެ އަންހެނުންގެ އޮރިޔާން ބަލަން އަނެއްކާ އިބުރޭސޯލިހު އެއުޅެނީ....

  9. ކަރާ

    މިހިރަ ނުލަފާ ނާޒިމޫ. ކަލޭމެން ހީކުރީ ޔާމީނަށް ލަނޑުދެވިދާނެކަމަށްތަ؟ ކަލެއާ އަދީބާ ދެމީހުން އުޅުނީ ޔާމީނަށް ބޮޑިއެއްދޭން. މިހެން އުޅެނިކޮށް ތިޔަ ނާޒިމާ އަދީބާ ދެމީހުން މައްސަލަޖެހުނީ. ވީގޮތަކީ އަދީބު ސިންގަޕޫރަށް ފުރަންއޮތް ރެއެއްގަ އޭނާގެ އަތްދަބަހަށް ވަޒަންތަކެއް އެޅުވީ ނާޒިމުގެ ރޭވުމުން. އެކަން ފަޅާއެރުމާއެކު ދެމީހުން ދެ ހަތުރުންނަށް ވީ. އެއީ މައްސަލަޖެހުނު ހިސާބަކީ. ނާޒިމަކީވެސް ވަރަށް ނުލަފާ މީހެއް. ވެރިކަމަށް އަންނަން ދެމީހުން އެކުގައި އުޅެގެން ދެމީހުންވެސް ދެމީހުންނަށް ލަނޑުދީ ބޮނޑިވެސް ބުއީ. ޔާމީނަށް އެކަން ރޭކާވެސްނުލާނެ. ދެން މިކަން ތަހުގީގުކުރަން ކަލޭ އުޅެންވީނު

  10. ޢ ޢަބްދުﷲ

    އަހަރުތަކެއް ފަހުން ނާޒިމްއަށް މި ހަނދާންވީ އެއީ ނާޒިމްގެ ފިސްތޯލައެއް ނޫންކަން.

  11. ތުއްތުނާ

    ނާޒިމް ބާޣީވެރިކަން ހޯދި ދުވަހު ވެރިކަން

    ވައަޓާލި ދުވަހު ޖީބުގަ އޮތީ ކޮން

    ކޮން ޕިސްތޯލައެއް؟

    މިމައްސަލަ ބައްލަވައި މީނާ ފޮރުވައިގެން ގެން

    ގުޅުނު ޕިސްތޯލަ ގެ ހުކުމް އަލުން މީނާގެ

    މައޗަށް އިއްވައި ޖަލުގަ މީނާއަށް ޙައްޤު

    އަދަބު ދޭން ޖެހޭ. ޖަލުގަ ހުރި ދުވަސް ވަރު

    ވަގަށް ފޯނު ވައްދައި ބޭނުން ކުރިކަން މިވަނީ

    ސާބިތުވެފަ.

  12. ލަބީބު

    މަށަށްފެނޭ ހެޓިލަރު މަރުވި މައްސަލަވެސް އަލުން ބަލަން!