ކޯޓުތަކާއި ގޭންގްތަކާއި އޮތް ގުޅުމާއި ބެހޭ ގޮތުން ދެއްކި ވާހަކައިގެ ސަބަބުން ހަމަލާ އަންނާނީ ގޭންތަކުން ކަމަށް ކުރިން ހީކުރެވުނު ނަމަވެސް ހަމަލާ މިއައީ ކޯޓުތަކުން ކަމަށް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ސުއޫދު ދައްކާފައިވާ ވާހަކަތަކުގެ މައްސަލަ ބެލުމަށް، ކްރިމިނަލް ކޯޓުން ނިންމާ ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމުންނެވެ. އެމައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

https://twitter.com/hsuood/status/1087366864596946944

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ހުރުމަތާއި ކަރާމާތާއި ހައިބަތު ނަގާލައި، ކޯޓުންގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާ ގޮތަށް މީޑިއާއަށް މައުލޫމާތުދީ، ވާހަކަ ދެއްކި މައްސަލަ "ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު"ގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގެ ގޮތުގައި ބެލުމަށް މިއަދު ބޭއްވި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ސުއޫދުގެ މައްސަލަ ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާ މާދަމާ މެންދުރުފަހު 14:00 އަށް ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވާ ކަމަށެވެ.

ސުއޫދު ދެއްކި ވާހަކަތަކުގެ ހެކި ހުށަހެޅުމަށް ސުޕްރީމް ކޯޓުން އޭނާއަށް ކުރިން އަންގާފައިވީ ނަމަވެސް، އެހެކިތައް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ސުއޫދު ވަނީ ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ސުއޫދު ދެއްކެވި ވާހަކަތައް ތަޙްޤީޤު ކުރާ ޖޭއެސްސީގެ ކޮމެޓީއަށް ހެކިތައް ހުށަހަޅާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހަމީދާ

    ކަލޭވެސް ތިޔަ ގޮވާ ކޮހެއް ދޯ. ގޭންގް ތަކަކީ އެމްޑީޕީގެ ގޮތްޕަކަށްވާއިރު އެމްޑީޕީ މީހަކަށް ގޭންގް އަކުން ހަމަލާ އަންނާނެކަމަށް ހީކުރުމީވެސް ކަލޭގެ ތިޔަ ކޮމިޝަނަށްވެސް ކުފޫ ހަމަނުވާކަމުގެ ހެއްކެއް. ހަމަލާ އެއައީ ކަލޭވެސް އެތަނަށް ހަމަލާ ދިންތަނުން. ނެތް މައްސަލައެއް. ކިޔަވައިގެން ކޮސްގޮވާ މީހުން ގިނައީ ރާއްޖޭގަ.

    • ބޮސް

      އަޅެ ހަމީދާ. އަހަންނަށް ހީވަނީ ކޮސް ގޮވެނީ ކަލެއަށްހެން. ކަލެއަށް ހީވެފަތިއޮތީ މުޅިން ރަނގަޅަކަށްނޫން. ގޭންގްމީހުންނަކީ ރައީސްކަމުން ބޭރުކޮށްލި ޔާމީނުއަށް ތާއީދުކުރާ ބައިގަނޑެއް. އެއަށް ޚަރަދުކުރަނީވެސް ކަލޭމެން. ކޮންމެހެން އެމްޑީޕީ ކުދިންގެ ބޮލުގަ ތިއިލްޒާމް އަޅުވާނެ ކަމެއްނެތް. ދެންއޮތީ އުސްތާޒު ސުއޫދުގެވާހަކަ. ސުވާލަކީ ކަލޭތީ ކާކުހޭ ކުފޫހަމަވާ މީހުންނާއި ކުފޫހަމަނުވާމީހުން ކަނޑައަޅަން.

  2. ޖައިސަމް

    ކަލޯ ސުޢޫދު ތަންކެޑަކަސް ދޫނިކެރާހެތި...5 ޤާޟީންގެ އަށްދަށި ނިވޭހެތި...ފިސާރި ކެރޭ އައްޑޫ ފިރިހެނަކާކަން ދައްކަލަ...

  3. ޢިޔާބު

    ރަގަޅަށް ތިވީ. ތިމާވަރުގެ މީހަކު ނެތްކަމަށް ހީވެގެން އުޅެންޏާ އަދި ތިވަރު ކުޑަ.

  4. ދަތްދޫނި

    ކުދިންނޭ ކެތް ކޮއްލާ. މަޖުލިހުގެ މެޖޯރިޓީ މޑޕ އަށް ލިބުމުން ތިޔަ ފަނޑިޔާރު ގެތައް އިސްލާޙު ވާނެކަމަށް އުއްމީދު ކުރަނމު . އޭރުން މަމެން ދެކޭ އަދުލުވެރި އިންސާފު ވެރި ފަނޑިޔާރު ގެތަކެއް އުފެދިގެން ދާނެ ކަމަށްވެސް މަމެން އުއްމީދު ކުރަނމު.

  5. އަހުން

    ސުއޫދު ކޯޓްތަކުގެ ހުރުމަތެއް ނުކަޑާ؟ ކޯޓްތަކުގައި ފަނޑިޔާރުން މަސައްކަތް ކުރާނީދެއްތޯ؟ ވީ އިރު ކޯޓްތަކުގެ ފަނޑިޔާރުން ގޭންގުތަކާ ގުޅުން އޮންނަވާހަކަ ދެއްތޯދެއްކީ؟ ކޮންމެ މީހަކު ދެއްކިޔަސް މި ގައުމުގެ ކޯޓް ތަކުގެ ނެއް ނަޒާހަތްތެރި ފަނޑިޔާރުންނެއް ހަމަ ހުސް ކަރަޕްޓް ފަނޑިޔާރުން ހަމަ. މީއެބުނާ ކިޔެވި ކިޔެވިހެން ކާފަރުވެޔޭ ބުނާ މީހުންނަކީ ޝަރީއާ އަދި ގާނޫނު އެނގި ތިބެމެ ހުރިހާ ކަމެއް ހުރިހާ ގޯހެން މިހަދަނީ. އިންސާފު ލިބޭނެ ދުވަހެއްވޭ. ތައުބާވެ އިންސާފުން ކަންކަން ވީހާވެސް ކުރުމަށް ނަސޭހަތްތެރިވަން.

    • ދދދދދ

      މައްސަލައަކީ މީނަ އެވާހަކަ ދެއްކީމަ. މީނަ މީ ގޭންގް ގެންގުޅޭ މީހެއްނު. ކަލެއަށްވެސް އެނގޭނު. މީނައެއް ނޫނެއްނު އެވާހަކަ ދައްކަން ތާހިރީ.

  6. ރިއްތެ

    މަގާމު ގެ ދހިވެތި ކަމުގައި އަމިއްލަ އަތުން ފޭހުނު އިލޮށި ތިހެރެނީ އަމިއްލަ ލޮލައް ލޮލް ޖަޒީރާ ރާއްޖެ

  7. ޗިއްލޫ

    މިކަލޭގެވެސް މިއުޅެނީ ކޯޓްތަކަށްވުރެ މަތިންފައިބަގެން، މިރާއްޖޭގެ ގާނޫނުތަކަށް ހެދިފަހުއްޓާ ކަލޭތީކާކުތަ މާބޮޑާާވެގެން ހުކުންތައްކުރަން!

  8. ބުރޯ

    ބަރާބަރު ތިޔައީ ސައިޒް ކުރަންޖެހޭ ބޭކަލެއް

  9. ހެހެހ

    ޔޫއާ އަންޑަރ ފަޔާ ފުރޮމް ގޭންގް!

  10. އިސްލާހު

    ސޫދު އަކީ ސާބިތުވާޙަކަ ދައްކާ މީހެއް ނޫން. އަބްދުވެސް އުޅޭނީ އެހެންމީހުންނަށް އެއްޗެއް ނޭނގޭ ކަން ހާމަކުރަން. ހަޤީޤަތުގައި އެއީ އިލްމު ހުރި ހިލްމު ނެތް ކިބުރުވެރި އިލަމު ފޮރުވާ މީހެއް

  11. ދޮގެއް؟

    ގޭންގްތަކުން ކަލެއަށް ހަމަލާ ނާންނާނެކަން އެހެން މީހުނަށް އެނގޭއިރު ކަލެއަށް މާ ބޮޑަށް އެކަން އެނގޭނެތާ. ކަލެ އާއި ރީލޯޑު ވަޒީރު ތީ ގޭންގްތައް ގެންގުޅޭ ދެމީހުންކަން ނުދަންނަ މީހަކު އުޅޭތަ؟

  12. ނަޓުވަރު

    ބަރާބަރު ތިކަލޭގެތީ ސަައިޒުކުރަންޖެހޭ މީހެއް އަނގަގަދަމިތުރާ ސައިޒަށްކަނޑާލާ.

  13. Anonymous

    ތިޔަފަސް ފަނޑިޔާރުން ބިރުގަންނަނީ ވެސް ކަންނޭގެ ބިތުފަންގި ނެގިދާނެތީ ސުއޫދު އަށް އައްސަރިބަހާ ސާބަސް

  14. ޣާދިރު

    ތިޔައޮތީ އައްޑޫ މޮޔަގަޑައް ރާކަނިމަސް ކެވިފަ.. ކޯޓުތަކުގެ އިސްފަޑިޔާރަކައް އަންނި އައްޔަނު ކުރަންފެނޭ. ޢޭރުން ޕާރޓީ ކުދިން ތިޔަބުނާ ނަޒާހަތްތެރި ފަޑިޔާރަކައް ވާނެ

  15. ހިމާރުލް ޤައުމު

    ސުޢޫދު ތިހުރީ ހަމަހޭގައިތަ. ބަލަ ކަލޭ ހިތަށްއެރިހާއެއްޗެއް ކިޔައި އެވެރިން ބަދުނާމު ކުރީމާ މަޑުން ތިބަެނެކަމަށް ހީކުރާނަމަ ކަލޭ ހަމައެއްނޫން.

  16. ތިމަންނަ

    ކޯޓްގެ ހުރުމަތޭ ...

  17. އަލި

    ސުއޫދު ތިޔަ ދިރި އުޅުއްވާ ގެ ދަމައި ގަތީ ކޮންގޮތަކަށްތޯ އަމިއްލަ ހިތާ ސުވާލު ކޮށްލަ ބަލަ ވަރަށް މަކަރުވެރި ރޭވުމެއްގެ ދަށުން ކޯޓް ފީގެ ގޮތުގައި ތަޔަ ގެ ދަމައިގަތް ގޮތް މީޑިއާ އަށް ހާމަ ކޮށްލަ ދެއްވަ ބައްލަވަ . ކޯޓެއްގެ ފަނޑިޔާރުކަން ލިބުމުން އެކަމުން ދުރުހެލި ނުވެ ރައްޔިތުންނަށް އިންސާފު ހޯދާދޭން ކީއްވެނުހުރީ ބޮޑު މަގާމާ ގިނަ ފައިސާ ހޯދަން ދުއްވައި ގަތީ

  18. އިންސާފް

    ކަލޭހިތައް އެރިއެއްޗެއް ފަޑިޔާރުން ދިމާލަށް ކިޔާފަ ކަލޭހީކުރީ މިސަރުކާރުގަ އެއްވެސް ކަމެއް ކަލޭއަކަށް ނުވާނެކަމައްތޭ.. ކަލޭ ސައިޒް އޮޅިގެން ތިއުޅެނީ މާބޮޑަށް ޖުޑުޝަރީ އިސްލާހު ކުރަންވި ކަލޭމެންކަހަލު މީހުންށް ފުރަތަމަ އަދަބުދީގެން.... ޔާމީނު ސަރުކާރުގެ ޕީޖީ އަދިވެސް އެހެރީ އޭނަ ދޯ ކުރި ކުރިހާ ދައުވާއެއް ކުރީ އެކަމަކު މިހާރު ކަލޭމެންނައް ނުފެނޭ ދޯ އެތަނެއް އޭނަ ބޭރުކޮއްފަ ޕީޖީ އިސްލާހު ކުރޭ އަދި ތި ޕޮލިސް ވެސް ޖެހޭ އިސްލާހުކުރަން އެއީ އެމީހުން ދޯ އިންވެސްޓިގޭޓް ކޮއްފަ ހުރިހަ ހެއްކެއް ހުށަަހަޅަނީ މިކަން ކޮއްފަ ޖުޑަޝަރީގެ ވާހަކަދައްކާ... މިހާރު ތިއުޅެނީ ކްރިމިނަލް ކޯޓަށް ކަލޭމެން ބޭނުންވާ ގާޒީން ނުވެއްދިގެން

  19. ޢ ޢަބްދުﷲ

    ކޯޓުތައް އިސްލާޙުކުރަންޖެހޭ

  20. ށަވިޔަނި

    ކޯޓުން ދޯ ހަމަލާ އަންނާނީ ކޯޓުގަ އެތިބީ ގޭންގު ތަކުގެ އަތްދަށުވެފަ ތިބި ބަޔަކު މިހާރު އިގިއްޖެ ސޫދު ދެއްކި ވާހަކަ ތަކަކީ ތެދުކަން