އިސްކަންދަރު މައިޒާން ކައިރިން ނަޖިސް ލީކްވާން ފަށައިފިއެވެ.

އިސްކަންދަރު މައިޒާނުގެ ކައިރީ ރިންގް ރޯޑާއި ވަރަށް ކައިރީގައި ހުރި ޖަންގްޝަނަކުން އެސަރަހައްދަށް ނަޖިލިސް ލީކްވެ މުޅި ސަރަހައްދުގައި ވަނީ ނުބައި ވަސް ހިފާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދިން އާއްމު ފަރާތަކުން ބުނީ މިރޭ އިރު އޮއްސުނު އިރުން ފެށިގެން އެސަރަހައްދުން ނަޖިސް ބޭރުވަމުންދާ ކަމަށެވެ. އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި ނަމަވެސް އަދި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

"ކަމާބެހޭ ފަރާތްތަކަށް މިހާރު އެތައް ފަހަރަކު ގުޅިއްޖެ. އަދި އެއްވެސް ބަޔަކު ނޫޅޭ މައްސަލަ ހައްލު ކުރާކަށް. މިހާރު ނުބައިވަސް ދުވާވަރުން މިސަރަހައްދުން ހިނގާ މީހުންނަށް ވެސް އުނދަގޫ އެބަވޭ." މައުލޫމާތު ދިން މީހާ ބުންޏެވެ.

ނަޖިސް ބޭރުވަމުންދާ މައްސަލައިގައި ސަރުކާރުގެ އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.

މިމަހު ކުރީކޮޅު މަޖީދީ މަގުން ވެސް މަގުމައްޗަށް ނަޖިސް ބޭރުވެ އާއްމު ފަރާތްތަކަށް ދަތިތައް ކުރިމަތިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރާއްޖެތެރޭ ސޮރު

  ނަޖިސް މާލެ. ކުނި މާލެ.. ވަސް ގަދަ މާލެ. ރާއްޖޭގެ އެންމެން ބޮގު ޖަހާ މާލެ.. ރައްޔިތުންގެ ހުރިހާ ޓެކްސް ފައިސާ އަކުން ހަމައެކަނި ތަރައްގީ ކުރާ މާލެ.. އަމިއްލަ ގައުމުގައި ރައްޔިތުން މުއްސަނދިންނަށް ޖިޒީ ދައްކައިގެން އުޅެން ޖެހޭ މާލެ.. ދިވެހި ބިމުގައި ދިވެހިން ކުއްޔަށް އުޅޭ މާލެ... މާލެ އެ ލަފުޒު ކިޔުމުން ނިކަމެތި ރައްޔިތެއްގެ ހިތަށް އަރާ އުދާސްތައް.

  • މާލެ

   ތި މީހުނ މާލެ އައީ ދޯ. އަހަރެމެން ނުގެންނަން. އަމިއްލަ އަށް އައިސް ތޮރުފިގަތީ

 2. ސަޓޯ

  ބޮގު ސަރުކާރު.... ރައީސް ޔާމީން ރަގަޅު ފެންވަރަށް ތަންތަން ހަދާދިނީމަވެސް މި އިބުރާސޯލިހުއަކަށް އެންމެ ކުޑަމިނުން އެތަންތަނުގެ މެއިންޓެނަންސް މަސައްކަތެއްވެސް ނުކުރެވޭ.. އަޅެ ކީއްކުރާ މީހެއް ކަލޭތީ ؟؟؟ އައްޗީޗީޗީ ބޮގު ސަރުކާރު

 3. ސޭކުސްތާން

  އެކަހަލަ ކަންތައްވާނޭ މިހާ މީހުން ގިނައިން ފާޚާނާކުރަންޏާ ގޭސް އުފެދިގެން. ހަދާދޭނޭ ކެތްތެރިވޭ. ތިގޭތެރޭގައި ދުވަހަކުވެސް ތަނެއް ހަލާކެއް ނުވޭތަ. ހަމަ ވަގުތުން ހަދަންތަ އެތަނެއް. ބަލަ ބޮންދުން އައީމައޭ ތިޔަކަން ވާނީ!!!!!!!!!!!!!!

 4. ހަމަ

  އިސްކަންދަރު މައިޒާން ކައިރިގޭތަކުގަ ދިރިއުލޭ މީހުންގެ ނަން ތައް ހާމަ ކޮށް އެމީހުން ޖޫރިމަނާ ކުރީމަ ހައްލުވެދާނެ