މަންދު ކޮލެޖް ބޮއިކޮޓް ކޮށް އެހެން ކޮލެޖަކަށް ބަދަލުވާ ދަރިވަރަކަށް އެއްމަސް ދުވަހުގެ ކޯސް ފީ ދައްކައިދޭނެ ކަމަށް އާއްމު ފަރާތަކުން ބުނެފިއެވެ.

މަންދު ކޮލެޖް ބޮއިކޮޓްކޮށް އެހެން ކޮލެޖަކަށް ބަދަލުވާ ދަރިވަރަކަށް އެއްމަސް ދުވަހުގެ ކޯސް ފީ ދައްކައި ދިނުމަށް ނިންމާފައިވާ ހަމްޒާ އަބްދުﷲ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މަންދު ކޮލެޖް ބޮއިކޮޓްކޮށް އެހެން ކޮލެޖަކުން ކިޔަވަން ބޭނުންވާ ދަރިވަރަކަށް އެއް މަސް ދުވަހުގެ ކޯސް ފީ ދައްކައި ދިނުމަށް އޭނާ ނިންމީ މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބުރާ) އިސްލާމްދީނާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތަކާއި ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ.

"ކޮންމެ މީހަކީ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރެވޭނެ މީހެއް ނޫން. ނުރުހުން ފާޅުކުރުމުގެ ގޮތުން ކުރެވޭނެ އެހެން ކަންތައްތައް ވެސް ހުންނާނެ." ހަމްޒާ ބުންޏެވެ.

ހަމްޒާ ބުނީ އޭނާ ކޯސް ފީ ދައްކައިދޭނީ އެކަމަށް ފުރަތަމަ އެދޭ ދަރިވަރަކަށް ކަމަށެވެ.

BREAKING NEWSMandhu College Boycott Koh Ehen College Akah Badhaluvaa Kuhjehgge one month ge CollegeCourse Fee DhahkadheynanIn sha allah

Posted by Hamza Abdulla on Monday, January 21, 2019

އިބުރާ އިސްލާމްދީނާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތަކާއި ދެކޮޅު ހެދުމުގެ ގޮތުން މިއަދު ތިން ޒުވާނަކު މަންދު ކޮލެޖް ކައިރީ މަޑުކުރުމުން އެމީހުން ހައްޔަރުކޮށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލިއެވެ. މިރޭ ވެސް ގިނަ އަދަދެއްގެ ޒުވާނުން ވަނީ އިބުރާ ހައްޔަރު ކުރުމަށް ގޮވާލާ މަންދު ކޮލެޖް ކައިރިއަށް އެއްވެފައެވެ. މިރޭ އެއްވި މީހުން ވެސް ފުލުހުން ނިކުމެ ވަނީ ފައްސާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. އިންސާނާ

  ސާބަހޭ ހަމްޒާ މިގައުމައް ބޭނުންވަނީ ތިޔަކަހަލަ ރައްޔިތުން ގިނަބައެއްގެ ދިޔަފަދަ ވިސްނުން ހުރެގެން މައިދާނުގަ ހަރަކާތްތެރިވާނަމަ ގައުމު ދާނީ ހިދާޔަތުގެ އަލިން އަލިގަދަވަމުން ހަމްޒާޔާ ހަމްޒާގެ މުދަލުގައި ﷲ ބަރަކާއްލައްވާށި އާމީން

 2. ޯޮޖޖ

  އެހެން ނުފެއްސޭނެ.ހިނގާ ނުކުމެލަމާ

  • ކިނބޫ

   ހިނގާ އެންމެން އަތު ގުޅާލަމާ. ފަހަރި ވަޒީރަށް ފެއްސޭތޯ ބަލާލަން ވާނެ މިފަހަރު. އާނދޮގޭ.

  • މަޅީ

   އެހެން ނުފެއްސޭނެ.ހިނގާ ނުކުމެލަމާ

 3. ޒިޔާން

  އިބުރާއަށް ޖެއްސުން ކުރަންދޭ އެ ގޭ ދޮރު މައްޗަށް. ޢަހަރުމެން ކިޔަވާ ކުދިންނަށް އުނދަގޫ ނުކޮށް

  • ފީބާ ރޭޑިއޯ ފަސްދޮށުގެ

   ކަލޭ ދޭ ކިޔަވަން އެ ގެއަށް އުނދަގޫ ވަންޏާ. އަހަރުމެން ތިބޭނީ ހަމަ މިތާ

 4. ރަހޫ

  ބޯ ހަމަ ނުޖެހޭ ކުދިން ކޮޅެއް ބަޔަކު ބުނެގެން ދިޔައީ. ޢެވެސް ދެތިން ކެނަ. ކޮން ދީނެކޭ ކިޔާކަށްތަ. ފުރަތަމަ މިތާ ކިތަށް މީހުން 5 ވަގުތު ނަމާދު ކުރަނީ. ޢަދަދު ދޭތަ؟ ނަމާދު ކޮފަ ދީނޭ ކިޔައިން ވާހަކަ ދައްކާ

  • ޙަސަން

   ކަލޭ ތީ ދެން މާ ދީނަށް އުޅެވޭ މީހެއްތަ ވަކި. ކަލޭ އޮވެބަލަ ލާދީނީ އިބްރާ ފަހަތުން ދުވެ ދުވެ

  • ދދދދދދ

   އިސްލާމްދީނޭ މިކިޔަނީ. ކޮން ދީނެއް ކަމެއް ނޭނގޭތަ؟ މައިތިރިވެ ހުރޭ. އެހެން ނޫނީ ކޯބުރާ ހޫރާލާފަ އެ ގޮނޑިގަނޑު ކަލެއަށް ހަދިޔާ ކުރަން ޖެހިދާނެ.

  • މިދާ

   ރަހޫ އަށް ކިހިނެއަބާ އެނގުނީ އެތަނަށް ދިޔައީ ބޯހަމަ ނުޖެހޭ ކުދިން ކަމެއް، އިސްލާމް ދީނަށް ނަސްރުދޭން ނިކުންނަ މީހުން މިހާރު މިވަނީ ބޯހަމަ ނުޖެހޭ މީހުނަށް ދެއަތޯ، އަމިއްލަ މީހާޔަށް ނަމާދު ނުކުރެވޭ ވާހަކަ ދެއްތޯ ތިބުނީ، 5 ވަގުތު ނަމާދު ކުރާ މީހުން ހަމަ ގިނައިން އެބައުޅޭ، ނަމަވެސް ތިބުނަ ނަމާދު ނުކުރާ ބައިގަނޑު މިހާރު ގިނައީ، އެހެންވެ ދީނަށް އެވަރަށް ފުރައްސާރަ ކުރާ އިރުވެސް އެއްޗެކޭ ހިތަށްނާރާ މީހުން ގިނައީ، އީމާންތެރިކަން ބަލިކަށި ވީވަރަަކަށް ކޮންމެކަމެއް ވަރިހަމަވާނެ ދެއްތޯ

  • ާސުބްހާނަﷲ

   ޙަމްޒާ އަކީ 5 ވަގުތު ނަމާދު ކުރާ ރަނގަޅު ކުއްޖެއް. އަހަރެން ވަރަށް ރަނގަޅަށް ހަމްޒާ ދަންނަން. އެއީ ސޯލިހު ދަރިއެއް.

 5. އެދުރުބެ

  މާތް ﷲ ހަމްޒާގެ މުުުުުުުދަލުގައި ބަރަކާތް ލައްވާށިއެވެ. ވަރަށް އުފާވެރި މަންޒަރެއް މިފެންނަނީ، މީގެން އިނގެނީ މިފަސްގަނޑުގަ ދީނަށް ގޮންޖަހާ މީހުންނަށް ޖާގައެއް ނެތްކަން.

 6. ޢަކޭ

  ގުޑް އިނީޝިއޭޓް.

 7. ސަޓޯ

  ސާބަހޭ... ތިއިބުރާ ގެ ސަބަބުން އަހަރެމެނަށް ކޯފާއެއް ނާންނަނީސް އޭނާ ރަޖަމް ކުރަން ހިނގާ.... އޭނާގެ ލާދީނީ އެމްޑީޕީ ޔާ އޭނާގެ އައުވާނުންތައް މިހާރު ސަރުކާރުގެ އުޅޭތީވެ މާދެން ގައްޑާވެގެން އޭނަ ބޭނުންހާގޮތަކައް މިތާ އުޅެވޭނެ ކަމާހިތާ އެއުޅެނީ... ޢޭނަގެ އަސްލު ކުލަ އެދައްކަނީ... ޣޮރުއިބުރާ ރަޖަމް ކުރޭ

  • Anonymous

   އިބިލީސް ލިޔެލި ކޮމެންޓް އެއް ކަހަލަ.

   އިބުރާ ރަޖަމް ކުރީމަ ދެން ހެއްދެވި ފަރާތުގެ ކޯފާއެއް ދުވަހަކުވެސް ނާންނާނެތަ؟

 8. އަހުމަދު

  މަވެސް އެއް ކުއްޖެއްގެ އެއް މަހު ފީ ދައްކައިދޭން ތައްޔާރު.

 9. އަކުރަމު

  ފުލުހުންނަކީ އެކަހަލަ މީހުން ހިމާޔަތް ކުރަން ތިބޭ ބަޔެއްނޫން! ޒުވާނުން ނުކުމެ ވަރުގަދަ މިޒާހަރާއެއް ޖައްސަންވީ! ފުލުހުން އަހަރެމެނަން އަނިޔާކުރާނަމަ އަހަރެމެނައްވެސް އަނިޔާ ކުރެވޭ އެހެންގޮތްތައް ހުންނާނެ! ފުލުހުންނަކަށް ނުޖެހޭނެ ހަމީދު ބުނާހާކަމެއްކުރާކަށް!

 10. މުޒާހ

  އަސްލު އިބުރާގެ ގޭ ދޮރުމަތީގަ މުޒާހަރާ ކުރަންވީ. ކޮލެޖުގަ ކިޔަވާ ދަރިވަރުންގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ.

  • އައްޔަ

   އިބުރާގެ ޕުރޮޕެގެންޑާފަތުރާ ކޮލެޖް ތެރެއިން

 11. ކައުންސެލަރު

  ސާބަހޭ ހަމްޒާ! ތިބާއަށް ﷲ ބަރަކާތް ލައްވާށި. އާމީން

 12. ޢާދަނު

  މަވެސް މިހުރީ އެތްމަހުފީދޭންތައްޔާރަށް މިފަދަލާދީނީ މީހުން ބޭނުން އެތްޗެއްކިޔަމުން އުޅުނަދީގެންނުވާނެ

 13. އައިޝާ

  އެނގިދާނެތާ. މިގައުމުގައި ކުރިއަރަނީ ދީނާއި ވަތަން ފެކެ ލޯބިވާ ދަރިންގެ ކަންތައްތޯ ނުވަތަ ތިޔަ ލާދީނީ މީހުންގެ ކަންތައްތޯ. އަހަރެމެންމިތިބީ ތިޔަ ޖައްބާރުންގެ ކިބައިން ގައުމު ސަލާމަތްކުރަން ކެރިގެން ނުކުންނަން ތައްޔާރަށް.ފުލުހުންނަކަށްވެސް ރައްޔިތުންނަށްވުރެ މައްޗެއް ނުވެވޭނެ.

  • ހަމަ

   އަހަރެމެންމިތިބީ ތިޔަ ޖައްބާރުންގެ ކިބައިން ގައުމު ސަލާމަތްކުރަން ކެރިގެން ނުކުންނަން ތައްޔާރަށް.ފުލުހުންނަކަށްވެސް ރައްޔިތުންނަށްވުރެ މައްޗެއް ނުވެވޭނެ.

 14. ޙަސަން އަޙުމަދު

  މިސަރުކާރުން ޙިމާޔަތްކުރާނީ މާތް إسلام دين އަށް ފުރައްސާރަކުރާ ގައްދާރުން. މިސަރުކާރު އައީވެސް ވޯޓް އޮޅުވާލައިގެން ޔަހޫދީންގެ ގޮނޑިކޮށްކޮ ސަރުކާރެއްގެ ގޮތުގައި.

 15. އާދަމް

  ހަމްޒާއަށް މަރުހަބާ!ތިޔަދެއްކެވީ އިސްލާމީ ރިވެތި ނަމޫނާއެއް

 16. ޏަން

  މަންދު ކޮލެޖް ބައެއް އެހެން ލެކްޗަރާ އިންވެސް ދައްކާނެ ކްލާސް ގަޑީގަ. ޢަހަރެން މިއަހަރު ކޮލެޖް ކުއިޓް ކުރީ ކަޑަކަމުން. މިހާރު އެހެން ކޮލްއަކަށް ޖޮއިންވަނީ.

 17. ޢ ޢަބްދުﷲ

  އިބްރާ ހައްޔަރު ކޮށް ތަޙްޤީޤު ކުރަން ޖެހޭ، އަދި ޙައްޤު އަދަބު ދޭންޖެހޭ. އެއްވެސް ޙާލަތެއްގައި، އެއްވެސް މީހަކު ދީނަށް ފުރައްސާރަކޮށްފިނމަ އެއީ ކުށެއް.

 18. Anonymous

  ދީނަށްޓަކައި ޝަހީދުވާ މީހުން މަދެއްނުވާނެ.

 19. މާލެ

  މަވެސް ދޭނަން 1 މަހުގެ ފީ 1 ކުއްޖަކަށް

 20. ނުރަބޯ

  ޙަމްޒާއަށް މާތްﷲ ރަޙްމަތް ލައްވާށި. އާމީން.

 21. އައްޔަ

  ތ އަތޮޅު ކައުންސިލްގެ ރައީސް ހުރީ 3 މަހުގެ ކޯސް ފީ ދައްކައި ދޭ ގޮތައް

 22. އާއިޒު

  އަޅުގަނޑު މި ހުރީ ތިތާ މިހާރު ކިޔަވަމުން އައްނަ ހުރިހާ ދަރިވަރުން އެހެން ކޮލެޖް އަކައް ބަދަލު ވެއްޖެ ނަމަ އެއް މަހުގެ ކޯސް ފީ ދައްކަން ތައްޔާރައް...