ލާދީނީ މީހުންނާއި ދެކޮޅަށް މާދަމާ ވިލިމާލޭގައި ހިނގާލުމެއް ބާއްވަން ޒުވާނުންގެ ބަޔަކު ނިންމައިފިއެވެ.

ހިނގާލުން އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ޒުވާނުން ބުނާ ގޮތުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް އަޑުއުފުލަން މާދަމާ ހަވީރު ސުލްހަވެރި ހިނގާލުމެއް ވިލިމާލޭގައި ބާއްވަން ވަނީ ނިންމާފައެވެ.

ހިނގާލުން ފަށަން ހަމަޖެހިފައި ވަނީ މާދަމާ އަސުރު ނަމާދަށް ފަހު ސޮނީ މިސްކިތް ކުރިމަތިން ހަވީރު 16:00 ގައެވެ. ހިނގާލުން އިންތިޒާމް ކުރާ ޒުވާނުން ވަނީ ހިނގާލުމުގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ވެސް ދީފައެވެ.

ލާދީނީ މީހުންނާއި ދެކޮޅަށް ވިލިމާލޭގައި މާދަމާ ހިނގާލުމެއް ބާއްވަން ޒުވާނުންގެ ބަޔަކު ނިންމާފައި ވާއިރު ފަހަކަށް އައިސް ފާޅުގައި އިސްލާމްދީނަށް ފާޑުކިޔާ ދިވެހިންގެ އަދަދު ވަނީ ދުވަހަކު ވެސް އިތުރު ނުވާ ވަރަށް އިތުރުވެފައެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) އިސްލާމްދީނާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތަކާއި ދެކޮޅު ހެދުމަށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ މިރޭ އިބުރާގެ މަންދު ކޮލެޖް ކައިރިއަށް އެއްވެފައެވެ. ނަމަވެސް އެމީހުން އެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ނިކުމެ ވަނީ އެމީހުން ފައްސާލާފައެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދެކޮޅަށް ސަރުކާރުން ފިޔަވަޅު ނާޅާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރައްޔިތުންގެ މުދާ

    ރައްޔިތުންގެ މުދަލުން މުސާރަ ދީފަ ތިބޭ ފުލުހުން، ގެ ކަމަކަށް ނުވޭ ދިވެހިންގެ ދީނާއި، ދިވެހި ގައުމު ހިމާޔަތް ކުރުން،
    ނިކަމެތި ރައްޔިތު މީހާ މި ޖެހެނީ ދީން ހިމާޔަތް ކުރަންވެސް ނިކުންނަން.
    ފުލުހުންގެ ކަމަކީ އިސްލާމް ދީނުގެ ހިމާޔަތުގައި ނިކުންނަ މީހާ ޕޮލިސް ބަހުގެ ތެރެއަށް ގުޅައަކަށް ޖެހުން.

  2. އިބުރާ

    'ދެނެއް މަޑަކުން ނުހުންނާނަން'

  3. ޔާމީން

    ތިޔަ ހިނގާލުމުގައި ބައިވެރިވާ ކިތައް ޒުވާނުންބާ ޢަޞުރު ނަމާދުކޮށްގެން ތިޔަތަނަށް ދާނީ.

    • ޕަރީ

      ކަލޭމެން ސިޔާސީ މުޒަާހަރާ ތަކަަށް ނަމާދު ނުކށް ދިޔަސް ހެޔޮތަ؟ ނަމާދު ނުކުރާ މީހުނވެސް ރަސޫލާ އަށް ފުރައްސާރަ ކުރީމަ ރުޅިއާދޭ

  4. ދދދދދދ

    ބަރާބަރު. ސާބަހޭ ޒުވާނުންނޭ. ތަންފުކެއްވެސް ލާދީނީ ސަރުކާރަށް ދޫނުކުރާތި.

  5. ނައްލަބެ

    މަވެސް ދާނަން ލާދީނީ ފިކުރުމިފަހަރު ގިއްގަޅުވާލާނަން ބަލަންތިބޭތި.......

  6. ބޯބުރާންތި

    އަދިވެސް މަގެދީނާ މަގޭ ގައުމާ ނުކުޅެއްޗޭ ކިޔާފަ ނިކުމެ ފަހާލާތި އެރައް އެއޮތީ ކުރި ހުވަޔާ އެއްގޮތައް

  7. އަލީ

    ދީނުގެ ދިފާއުގަ ފުރާނަ ދޭންޖެހުނަސް އަހަރެނެން ތައްޔާރު

  8. ކަލޯބެ

    އެންމެން ޒުވާނުންނަށް ހިތްވަރުދޭންވީ. މިޤައުމުގެ ޒުވާނުން ހަލާކުކޮށްލީ ކޮށްލަނީ 30 އަހަރާއި 3 އަހަރާއި 2 އަހަރުގެ ވެރިކަމުގައި ތިބި ވެރިންނާއި އިސްރަށްވެހިން.. މިޤައުމުގެ މަގުމަތިވެފައިތިބި 7000 ޒުވާނުންގެ ކުށަކީ ކޮބާތޯ، ދީނީ ކަންތަކުގައި ނުކުތީ ޒުވާނުން އެއީ ބަތަލުން. އިސްރަށްވެހިން ތިބީ ކުޅި ބަލަން. ދަންނަ ބޭކަލުން ގެ ތެރެއިން ސިޔާސީ މީހުން ތިބީ ދުނިޔޭގެ އެދުމުގަ ތާށިވެ އަގަ ބަންދުވެފަ. ޝުކުރިއްޔާ ޒުވާނުން.

  9. މަސްވެރިޔާ

    ޝުކުރިއްޔާ ޒުވާނުން. އިސްލާމީ ތާރީޚުގަ ދީނީ ހިމާޔަތުގައި މުޅިންހެން ކުރީސަފުގައި މަސައްކަތްކުރީ ޒުވާނުން. މިޤައުމުގެ ޖީލެއް ފަނާކޮށްފަ އެޒުވާނުންނަށް މަލާމާތްކުރުމުގެ އެއްވެސް ހައްގެއް އެއްވެސް މީހަކަށްނެތް. އަދު ޒުވާނުން ތިދައްކަނީ ވަރުގަދަ ނަމޫނާއެއް. މިފަނާކުރަނިވި ދުނިޔެއަކީ ހެއްލުމެއް.

  10. ބިންލާދިން

    އަހަރެން ވެސް ވޯޓް ދީގެން ގެނައި ސަރުކާރެއްމީ. އެކަމަކު ލާދީނީ ކަންކަމާއި ރުހިގެންނޫން މިހުރީ. އިބުރާ، އާނިޔާ އަދި އެފަދަ އެހެން ފަރާތްތަކުން ދީނަށް ހަޖޫ ޖަހަމުން ދާެއިރު ބަލަހައްޓައިގެން ނުތިބެވޭނެ. ރައީސް ނަޝީދަށްވެސް ދަންނަވަން އޮތީ އިސްލާމް ދީނާއި އިނދިކޮޅު ބަސްތައް މަނިކުފާނެއް ކަމަކު ބޭރުކުރާނަމަ އެކަމާއި އިޙުތިޖާޖު ނުކޮށެއް ނުތިބެވޭނޭ. އެއީ މި ދީން ޙިމާޔަތް ކުރުމީ އަހަރެމެން މުސްލިމުންގެ ބޮލުގައި އެޅިފައިވާ ވާޖިބެއް. ޤިޔާމަތް ދުވަހު އެކަމާއި އަހަރެމެންނާެއި ސުވާލު ވެވޭނެ.

  11. ޢ ޢަބްދުﷲ

    ނުފޫޒު ގަދަ ލާދީނީ ލީޑަރެއްގެ ސަބަބުން ލާދީނީ މީހުން މިޤައުމުގައި ގިނަވަނީ. ލާދީނީ ލީޑަރުން ބާކީ ކުރަންޖެހޭ.

  12. ނުރަބޯ

    ތިޔަ ޒުވާނުންނަށް އައްސަރިބަހުން ސާބަސްދެން. ތިޔައީ ހަމަ ކުރަންވެއްޖެ ކަމެއް. ރީނދޫ ލާދީނީންގެ ނުފޮރުއްޕާނާ ފުރައްސާރަ އިސްލާމްދީނުގެ މައްޗަށް އެ ދަނީ ފޯރުވަމުން. އެކަން މައިތިރިކުރަން ޖެހޭނެ. ޕަޕެޓް ހަމްބެ ކަލޭ މިކަމާ ނުބެހެއްޗޭ އިނގޭ.

  13. ރެވޮލިއުޝަނިސްޓަ

    ސާބަހޭ މިހާރު މިފެށެނީ ލާދީނީ މީހުންނާ ދެކޮޅަށް ރެވޮލުޝަނެއް. މިފަހަރު މިގައުމުން ލާދީނިއްޔަތު ފުނޑުފުނޑުޑުކޮށްލަން އެންމެހާ ދިވެހިން އެކީ އަތުކުރި އޮޅާލަމާ.