ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލަށް ގެންދިޔައީ އަދީބު ޖަލަށް ގެނެވުނު ގޮތަކަށް ޖަލަށް ގެންނަން މަތިން އަމުރު އައުމުން ކަމަށް އަދީބު ޖަލަށް ގެންދިއުމުގެ އޮޕަރޭޝަންގައި ބައިވެރިވި ކަރެކްޝަނަލް ސާވިސްގެ ކޮމާންޑަރު ބުނެފައިވާ ކަމަށް އަދީބުގެ އާއިލާ އިން ބުނެފިއެވެ.

އަދީބުގެ އާއިލާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަދީބު ޖަލަށް ގެންދަން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ހޮސްޕިޓަލްގެ ކޮޓަރިއަށް ވަނުމުން އަދީބަށް ފަރުވާދޭ ޑޮކްޓަރު ގެނެސްދިނުމަށް އާއިލާ އިން އެދުނު ކަމަށެވެ.

"ކިތަންމެ ވަރަކަށް ތަދުވިޔަސް އަދީބު ގެނެވުުނު ގޮތަކަށް ޖަލަށް ގެންދިއުމަށް މަތިން އަމުރު ކޮށްފައިވާ ކަމަށް އީއެސްޖީގައި އެވަގުތު ހުރި ކޮމާންޑަރ ނަދީމް ވިދާޅުވިއެވެ." ބަޔާނުގައި ވެއެވެ.

އަދީބު ގަދަކަމުން ގެންދަން މަސައްކަތް ފެށުމުން ގައިގައި އަތްނުލުމަށާއި ބަނޑަށް ވަރަށް ބޮޑަށް ތަދުވާ ކަމަށާއި ދުރުގައި ތިބުމަށް އަދީބު ވަރަށް ބާރަށް ބުނި ކަމަށް އާއިލާ އިން ބުނެފައިވެއެވެ. މިކަމާއި ގުޅިގެން އީއެސްޖީގެ ނަދީމް ބަލި އެނދުގައި އޮތް މީހަކާއި މުއާމަލާތް ކުރަންވާ ވަރަށް ވުރެ ބޭއަދަބީކޮށް އަދީބާއި މުއާމަލާތް ކުރަމުން ގެންދިޔަ ކަމަށް ވެސް އާއިލާ އިން ބުނެއެވެ.

"ނަދީމަކީ ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ގެ ރަށަށް ނިސްބަތްވާ އޮފިސަރަކަށް ވުމުން ހާއްސަ ބާރުތަކެއް ދެއްވާފައިވާ އޮފިސަރެއް ކަމަށް ކަރެކްޝަންގެ ބައެއް އޮފިސަރުން އާއިލާއަށް މައުލޫމާތު ދީފައިވެއެވެ." އަދީބުގެ އާއިލާއިން ބުންޏެވެ.

އަދީބުގެ އާއިލާ އިން ބުނީ އާއިލާ އިންނާއި އަދީބު ވެސް ހަމައެކަނި އެދުނީ ޑޮކްޓަރުގެ ސަމަރީ ދިނުމަށާއި ޖަލަށް ދިއުމަށް އަދީބު ދެކޮޅު ނުހަދާ ކަމަށެވެ. ނަމަވެސް ޖަންގަލީގެ އުސީލުން ނަދީބު އަޑުހަރުކޮށް ތަކުރާރުކޮށް އަދީބަށް އިންޒާރު ދިން ކަމަށް ބަޔާނުގައި ވެއެވެ.

އަދީބު ޖަލަށް ގެންގޮސްފައި ވަނީ އަދީބު ހޮސްޕިޓަލުން ދޫކޮށް ނުލަނީސް ކަމަށް ބުނެ އާއިލާ އިން ވަނީ ކަންބޮޑުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަލްޖިބްރާ

  ތިޔައީ ޖަލުގައި ބަހައްޓަން ޖެހޭމީހެއް !

 2. ސަޓޯ

  ބޮޑުވަގު ބޮޑާހާކަން ފެށީމަވެސް ދެން ފުލުހުންވީ ކުޅިބަލަން ހުންނަންތަ... ނަޝްވާ މަމިހުރީ ހުސްކޮއް... ތިއަދީ އެއީ ބޮޑު ވަގެއް... އޭނާ ދޫކޮއްލާފަ އާދޭ... އެހެންނޫނިއްޔާ ކަލޭވެސް ވާނީ ވަގަކައް

  • ދދދދދ

   އެއީ ވަގެއް ނޫންތަ؟

 3. ހަސަނު

  ދުވަހަކު ކޮޅުންވެސް ޖަލުން ނުނެރޭތި...ދިވެހި ގައުމައް ހެވެއް އެދޭނަމަ...

 4. ރަށްދު

  މަތިން އަމުރެއް ނާންނާނެ ކުފުނުވޭ އާއިލާއިން އެއީ!!!!!! ބޮޑްވަގެއް އެމްއެމްޕީއާރުސީގެ ލާރިގަންޑް ބަނޑްއަޅާލައިގެން ވަގު މަކަރު ހަދަނީ ނުވާނެ ޖަލުން ނެރެގެން

 5. އަމީން

  ތިޔައީ ހުސް ބުހުތާނު ދޮގު، ސިޔާސީ މީހުން ނާއި ކާލޭމެން ތެދެއްހަދާނެތަ. ޢަދިވެސް ހަރާން ލާރި ކެވޭތޯ ބަލައި

 6. ފޯކައިދޫ

  އަހަރެން 100000 ފަހަރު ގޮވާނަން ވަގައް ބޮޑުވަގު ފޭރޭބޮޑުވަގު ނަސްވާ ހަރާމް އެއްޗެހިނުކާ ތިކަމުންސަލާމަތްވޭ ތިކަނީވަގައް ލޫޓުވާފަހުރި ފައިސާ އެއީ ބޮޑވަގެއް

 7. ނަސީދު

  ބަލިމީހާ ހުޅުމާލެއިފެންމަ ވާހަކަ އެއް އަޑުއެހިން އެވެސް ނިހާނުމެން ނާއެކީގައި ކަމައް ހަބަރުތައް ހުރީ

 8. އިހްސާނާ

  ނަސްވާ ނުފުއަޕައްޗޭ!!
  ކަލޭ އަދި ފުންމައިގަތަކަސް އިމްރާން ބިރެއްނުގަންނާނެ...
  އަދީބަކީ މި މުޅި ދިވެހިރާއްޖެ އަށްވެސް އޮތް ބޮޑު ނުރައްކަލެއް.... އޭނާ ދޫކޮށްލާކަށް މަށެއްވެސް އެއްބަހެއް ނުވާނަން.... ގޯރު ހެލް ... ދެން މިހާރު އޭނަގެ ދިފާއުގަ އުޅޭ މީހުން ދޯ .... ކޮބާތަ އެމީހުން ކުރީގަ ... ބަލަ އެމީހުންތިބީ މެޑަމް އަށް ޗޮކުލެޓު ޕެކް ކުރާށޭ ... މިހާރު އަދީބު ފިނިކޮޓަރިއަށްލާން ބުނެވޭ.. ކީއްވެ ކުރިން ނުބުނެވެނީ..
  ތީ ހާދަ މަޖާކޮށް އަންނަ ކުލުނެކޭ ދޯ .... އަހަހަހަހަހަ.........

 9. ނުރަބޯ

  އަދީބަކީ ހަމައެކަނި ވަގެއްނޫނެވެ. ގަސްދުގައި މީހަކު މަރާލަން މަސައްކަތްކޮށްފައިވާ ނުރައްކައުތެރި މީހެކެވެ. އަދި މިހާރު މާ އިންސާފުވެރިވެ މާތްވެގެން އުޅޭ ފުލުހުން ލައްވާ މީހެއްގެ ގެއަށް ޢާއްމުން ގެންގުޅުން މަނާ ހަތިޔާރު ވަގަށްވައްދާ އެމީހާގެ ބޮލުގައި ހަތިޔާރު ގެންގުޅުމުގެ ކުށް އަޅުވާ އެމީހާއަށް ނުޙައްގުން އަދަބުދީ ހެދި ބޮޑު މުޖުރިމެކެވެ. އެމްޑީޕީ އިން މީގެ ކުރިން އަދީބު ޖަލުންދޫކޮށް މިނިވަންކުރަން ގޮވާ ފާރު ތަކުގައި ޕޯސްޓަރު ހަރުކުރީކީ އޭނާގެ ކުށެއް ނެތިގެން ނެއްނޫނެވެ. އެއިރު އެމްޑީޕީގެ ބޭނުމަކީ އަދީބުގެ ޢާއިލާ އާއި އަދީބުގެ ރައްޓެހިންނާ އަދީބުގެ ފުށުން މާލީ މަންފާތަކެއް ލިބިފަތިބި އަދީބަށް ހަމްދަރުދީވާ މީހުންގެ ވޯޓު ކުރިމަތީގައި އޮތް ރިޔާސީ އިންތިޚާބު ގައި ހޯދުމެވެ. އެ ބޭނުން އެމީހުނަށް ފުދުނެވެ. އެހެންނަމަވެސް އެމްޑީޕީ ބޭނުންނަމަ މިއަދުވެސް އަދީބު ދޫކޮށްލެވިދާނެއެވެ. ނަޝީދުގެ އެއްވެސް ކުށެއް ނެތިގެން އޭނާ ދޫކޮށްލާއިރު އަދީބުވެސް ދޫކޮށް ނުލެވޭންވީ ކީއްވެހެއްޔެވެ؟ މިހާރު އަދީބު ހިފަހައްޓައިގެން އެއުޅެނީ އަދީބަކީ ސިޔާސީ ޕާޓީ އެއް އުފައްދައިގެން އުޅޭ ސިޔާސީ ވާދަވެރިއަކަށްވެސް ވާތީ އެވެ.

 10. އަހްމަދު

  އަދީބު ކުއްވެރިއެއްގެގޮތުގައިހުރެ ކަރެކްޝަންގެ ބޭފުޅުންނާ މުޢާމަލާތުކުރިވާހަކަ ތިޔަވިދާޅުވަނީ އެވެސްގޯސްނޫންތޯ

 11. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ބޭކާރު ވާހަކަނުދައްކާ އޭނަ ޖަލައްލީވާހަކަ ދައްކާ. ތިމީހާ ޖަލަށްލީ ދައުލަތުގެ ބޮޑު ކާރިގަނޑެއް ދިރުވާހައިގެން. އެހެންވީމަ އޮންނަން ޖެހޭނީ ޖަލުގަ. ޢެއީ އިކަހަލަ އެހެނަމީހުންވެސް އޮންނަންޖެހޭތަން. ބަލިމީހުން ބަލިކަން އެނގި ޖަލަށްދާން ޖެހިދާނެތީ ވައްކަން ނުކޮށްތިބޭނީ. މިކަމާ އާއިލާއިން އެއްޗެކޭބުނެބަލަ.