2019 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން އެލައިޑް އިންޝުއަރެންސުން ތިން ސުކޫލަކަށް ސްޓޭޝަނަރީ ހަވާލުކޮށްފި އެވެ.

ދިރާސީ އައު އަހަރު ފެށުމާއެކު އެލައިޑުން ސްޓޭޝަނަރީޒް މިފަހަރު ހަދިޔާކޮށްފައި ވަނީ ގަލޮޅު ސުކޫލަށާއި، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި ހުޅުމާލޭ ކުޑަކުދިންގެ ހިޔާ "ފިޔަވަތީ" ގެ ޕްރީ ސްކޫލް ދަރިވަރުންނަށެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން މި ތަކެތި ޕްރީ ސްކޫލް ތަކާ ހަވާލުކޮށްދެއްވައިފައި ވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އާއި އަންޑަރ ރައިޓިންގް މެނޭޖަރ އަހުމަދު ޝާބިގު އެވެ.

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ފިރުޝާން ވާހަކަފުޅު ދައްކަވުމް ވިދާޅުވެފައި ވަނީ ދިރާސީ އައު އަހަރު ފެށުމާއި އެކު ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށްވެސް އުފާވެރި ފާގަތި އަހަރަކަށް އެދޭ ކަމަށާއި މި އަހަރު ތިން ސުކޫލެއްގެ ދަރިވަރުންނަށް ފޯރުކޮށްދެވުނު އެހީ ޕްރޮގްރާމް އިތުރަށް ފުޅާކޮށް އަންނަ އަހަރު އިތުރު ސްކޫލް ތަކާއި އެހެނިހެން ގްރޭޑްތައްވެސް މި ޕްރޮގްރާމުގައި ބައިވެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެލައިޑް އިންޝުއަރެންސް އަކީ ރައްޔިތުންނާއި ރައްޓެހި ތަފާތު އެކި ކަހަލަ ގިނަ ގުނަ އިންޝުއަރެންސް ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްގެ އިތުރުން ރާއްޖޭގެ އިޖުތިމާޢީ ޒިންމާގެ މަސައްކަތްތައް ވެސް ވަރަށް ހަރުދަނާ ކަމާއި އެކު އެއްވެސް މެދުކެނޑުމެއް ނެތި ހިންގަމުން ގެންދާ ކުންފުންޏެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އަދި ކާމިޔާބު ކަމަކަށް އެކުންފުނިން ކުރެވިފައިވާ މަސައްކަތަކީ، "ޕްރިމިއަމް ފޯ ގުޑް" ޕްރޮޖެކްޓްގެ ދަށުން ޔޫ.އެން.ޑީ.ޕީ އަދި އުރީދޫ އާއި ގުޅިގެން ރަށު/އަތޮޅު ފެންވަރުގައި ހިންގޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ޤާއިމް ކުރެވުނު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރެވެ.