ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު މަގާމާ ހަވާލުވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި މި ހަފްތާގައި އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ މާރިޔާގެ ދަތުރުގައި، އިންޑިއާ އިން ރާއްޖޭގައި ކޯސްޓަލް ސަވައިލަންސް ރާޑާ ސިސްޓަމް (ސީއެސްއާރުއެސް) ހަރުކުރަން ހުށަހަޅާފައިވާ ހުށަހެޅުން ތަކުރާރު ކުރާނެ އެވެ.
ނަމަވެސް ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރުގަދަވެ، އިންޑިއާ އާ އެކު އޮތް ގުޅުންތައް ހީނަރުވެގެން ގޮސް އެ ރާޑަރު ސިސްޓަމްތައް ރާއްޖޭގައި ހަރުކުރަން ފަހުން ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ދެކޮޅު ހަދާފައިވާކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.
ޓައިމްސް އޮފް އިންޑިއާގައި އިތުރަށް ރިޕޯޓްތަށް ބުނާ ގޮތުން، ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގައި ސީއެސްއާރުއެސް ހަރުކުރުމަށް އިންޑިއާ އިން ވަނީ ހުށަހަޅާފަ އެވެ.
އެގޮތުން ސީޝެލްސް، މޮރިޝަސް އަދި ސްރީ ލަންކާގައި އިންޑިއާ އިން މިހާރު ވެސް އަންނަނީ ސީއެސްއާރުއެސްގެ ކުރީގެ ވާޝަންތަކެއްގެ ރާޑަރު ސިސްޓަމެއް އޮޕަރޭޓް ކުރަމުންނެވެ.
އިންޑިއާގެ އިން ބުނިގޮތުގައި އެ ރާޑަރު ސިސްޓަމްތައް ހަރުކޮށް ނިމުމުން، އޭގެން އެއްކުރެވޭ މައުލޫމާތުތައް އިންޓަނޭޝަނަލް ފިއުޝަން ސެންޓަރަކަށް އެއްކުރާނެ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން މީގެ ކުރިން ރިޕޯޓް ކުރި ގޮތުގައި އެ ސެންޓަރު ނިމުމުން، ގައުމުތަކަށް އެ ތަނުން އެއްކުރާ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް އިންޑިއާ އިން ބުނެ އެވެ.
ރާއްޖެ ކަނޑުގެ ސަރަހައްދެއް މިހާރު އަނެއްކާ ނޯންނާނެ. އެއްފަހަރު މި ވަބާއިން ސަލާމަތް ވީމަ އަނެއްކާ ރާއްޖޭގެ އެންމެ މުހިއްމު ސަތަހަ ރޮލާ އިންޑިއާއަށް ދީ ވިއްކާލީ. ރާއްޖެ ފަދަ ޤައުމެއްގެ ކަނޑުގެ ސަރަހައްދު އެހެން ބަޔަކައް މޮނީޓާ ކުރެވޭ ގޮތައް ދިނުމަކީ ޤައުމަކަށް ގެއްލޭނެ އެންމެ ބޮޑު އެއް މިނިވަންކަމުގެ ބާރު. އެއީ ބިއްލޫރި ފާރުލީ ކޮޓަރިއެއްގަ އެއްދާން ކުރުންފަދަ ކަމެއް.
މިހާރު ތިޔަބަހައްްޓަން މީހުން އައިސްއެބައުޅޭ މިރަށު
ދިވެހިގައުމު އިންޑިއާގެ އަޅުވެތިކަމަށް މިއޮށް ދަނީ. މިސަރުކާރުން ރާއްޖޭގައި ބައިތިއްބާފައި ހުރި އިންޑިޔާގެ ސިފައިންގެ އަދަދު އެތައް ގުނައެއް އިތުރުކޮށްފި. މިހާރު ހަފްތާއަކު އެއް ފަހަރުކަހަލަ ގޮތަކަށް އިންޑިއާގެ މަނަވަރެއް ރާއްޖެ އާދޭ. މިހާރު އެއުޅެނީ އިންޑިއާގެ ރާޑަރުތައް މުޅި ރާއްޖޭގައި ހަރުކުރަން.
އިންޑިޔާގެ ކިބައިން ސަލާމަތްކުރަން އޮތްހަމައެކަނި ގޮތަކީ އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ލިބުނަ ނުދިނުން. އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ދެން އެމީހުން ހުއްޓުވޭނެ އެއްވެސްގޮތެއް ނޯންނާނެ.
އިންޑިޔާއަށް ގޮސް އަމިއްލަ ރާޑަރުތައްވެސް ވިއްކާލާ!
ގައުމުގެލޮބުވެތި ދަރީންނޭވެ ހޭބުއްދި ހުރިއްޔާ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ މިފަހަރު ނުދޭތި .