އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަަތު މިމަހުގެ 28 ގައި ހުޅުވައިލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، މަޖިލިސް އިންތިހާބު އިއުލާން ކުރުން މިމަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށާއި އެ ދުވަހުން ފެށިގެން މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައި އެޕްލިކޭޝަން ފޯމް ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާއިރު ސަރުކާރުގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖޭޕީ އާއި ކުރީގެ ރައީސް މައުމޫންގެ ރިފޯމް މޫވް މަންޓުން ވާދަކުރާ ކެންޑިޑޭޓުން އަދި ކަނޑައަޅާފައެއް ނުވެއެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާއިރު ބަޖެޓް ނުލިބި އިންތިޚާބަށް ބައެއް ހުރަސްތައް ކުރިމަތިވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު އަކުރަމް ވިދާޅުވީ، މަޖިލިސް އިންތިހާބަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް ގާސިމް އިބްރާހީމާއި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

މަޖިލިސް އިންތިހާބު އެއްވެސް ދަތިކަމެއްނެތި ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާ އަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާރިޔާ އަޙްމަދު

    ޝަރީފް މިފަހަރު ކިހިނެތް ހަދާނީ

  2. ޓެކުސީ

    އެމްޑީޕީގެ ލާދީނީ މީހުންނަށް ވޯޓު ނުދޭތި މިފަހަރު އެމްޑީޕީ ސައިޒައް ކަނޑާލާނަން ވައްސަލާމް.

  3. ނުރަބޯ

    ނޫންނޫން އެއްގޮތަކަށްވެސް ކުރިމަތިލާން ހުޅުވާލާނެ ކަމެއްނެތް. “މިވެނިބައެކޭ ތިމަންމެން މިހޮވީ” މިހެން އިޢުލާންކުރީމާ އެ ނިމުނީ.