ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ،ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އިން ހުށަހެޅި ފޯމްތަކުގެ ތެރޭގައި ސައްހަ 3000 ފޯމް އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރުމުން އަލުން އެހެން ފޯމުތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެ ޕާޓީން ހުށަހެޅި ފޯމުތަކާއި ގުޅޭގޮތުން މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަވުމުގެއްގައި އެ ކޮމިޝަންގެ ރައީސް، ޝަރީފް ވިދާޅުވެފައިވަނީ ޕީއެންސީން ހުށަހެޅި ބައެއް ފޯމުތަކުގައި މައްސަލަތަކެއް އެބަ އުޅޭ ކަމަށާއި އޮޅުވާލައިގެން ބައެއް މީހުން އެ ޕާޓީއަށް ވައްދާފައިވާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ޕީއެންސީން ނޫސްވެރިންނާއި ބައްދަލުކޮށް ޕާޓީގެ މުއައްސިސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ސައްހަ ނޫން އެއްވެސް ފޯމެއް އެޕާޓީ އިން ހުށަހަޅާފައެއް ނުވާނެއެވެ. އެ ޕާޓިއަށް މީހުން ވަންނަނީ ހިތާ ރޫޙުންކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފޯމުތައް ލިބިފައިވާކަމަށް އެޕާޓީ އިން ވަނީ ބުނެފައެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވީ އަދުރޭ އެވެ. އޭނާ އެންމެ ފުރަތަމަ ފޯމު ހުށަހެއްޅުވީ ޕީޕީއެމް ގެ ނައިބު ރައީސް ގެ މަޤާމުގައި ހުންނަވައިގެންނެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ކޮންގްރެސް ޕާޓީ އުފެއްދުމަށް ހުއްދަ ނުދިނުމާއި ގުޅިގެން، ޕީޕީއެމް އިން ވަކިވެޑައިގެން އަލުން ފޯމު ހުށަހެޅުއްވިއެވެ.

ކޮންގްރެސް ޕާޓީ އަކީ، ޕީޕީއެމް ގެ މައްސަލަ އެޕާޓީގެ މިހާރު ލީޑާޝިޕާއި އެއްކޮޅަށް ނުނިމޭނެ ކަމަށް ގަބޫލުކޮށް އުފައްދަން މަސައްކަތް ކުރާ ޕާޓީ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ލަބީބު

    އަޙްމަދު ޝައްޓޭ ރިޔާސީއިންތިޚާބުގެ ވޯޓުއޮޅުވާލާފައިވާކަން މިހިރަ އެގެނީ!

  2. ަަަަައަހުމަދު

    އަދުރޭ އަކޫ ހަމާ ބޮޑަ ވަގެން. އަދި ހަމަ ހުސް ވަގުން ފޯމް

  3. Anonymous

    އީސީ މެންބަރުން ބިރުން އެއުޅެނީ. އިންޝާ ﷲ ކަލޭމެންގެ ނުބައިކަމުގެ ޝަޒާ ދުނިޔެމަތީގައި ދެއްވާށި. އާމީން

  4. ސައްހަ

    ސައްހަ ކިތައްފޮމުއޮތި

  5. އައްޔު

    4000 ފޯމް ހުށަހެޅުމުން 3000 ފޯމްވެސް ސައްޚަނުވާންވީ ސަބަބަކީ ކޮބައިތޯ އެމްޓީޑީ އަދި އެހެނިހެން ޕާޓީތަކެއްގެ ފޯމްތަކެއް ސައްޚަތޯ ބެލުމަށްފަހު ނޫސްވެރިންނާ ބައްދަލުނުކުރީ ކީއްވެތޯ؟ 28ގެ ކުރިން ހުއްދައެއް ނުދޭނެ. އީސީގެ ނިޔަތާއިމެދު ސުވާލުއުފެދޭ ރައްޔިތުންނޭ ވިސްނާ

  6. ތަމެންނޭ

    ނުޖެހޭނެ ރާއްޖޭގެ ރައީސް ކަން ކޮށްފައިވާ މީހަކު ދެން ރައްޔިތުން ވޯޓް އިން ހޮވާ އެއްވެސް މަގާމެއް އަދާ ކުރަން އެއީ ކޮށް ގެންވާނެ ކަމެއް ނޫނޭ ސަބަބަކީ އެއީ ފެއިލިއަރ އެކޭ އެއަކުން ނުނިކުންނާނެއޭ ރަނގަޅު ދިޔައެއް ދެނެއް އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއޭ ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ދިޔާއޭ ކުރީގައި ރައީސް ކަން ކޮށްފައިވާ މީހުންނަކީ މިގައުމުގައި މުޅިން ވެސް ރައްޔިތުންގެ ވޯޓަށް ދިއުމުން ފެއިލް ވެފައިވާ ސިޔާސީ ކޮލޭޓްރަލް ޑެމޭޖްސް ތަކެކޭ އެޖެހޭނީ

  7. ޒާ

    އީސީ ސަރީފޫ ހުރީ ޖައްސާލާފަ. ވިޔަނުދޭން. އަދި ސަރީފޫ ވަރުފައިބާދުވަސް އަންނާނެކަން ހަނދާން ކުރާތި.

  8. ކޮރު އިބުރާ

    ޙިީސީ ޝަރީފް 3000 ފޯމް އޮތް ކަމަށް ގަބޫލު ނުކުރުމުން އަލުން އެހެން ފޯމުތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

  9. މަސްވެރިޔާ

    ޝަރީފޫ މިފަދަ ކިތަންމެ ދުވަހެއް، ސަރުކާރު ތަކުން ފެނިފަވަނީ. ވެރިކަނުގަތިބޭ ބަޔަކަށް ސަޕޯޓްކޮށް މިނިވަން މުއްައްސަސާ އެއްގެ ވަންތަކަން ކެޑި ދިޔައީ. ސަމާލުވެ ސައިޒްވާންވީ ތިމާމެންގެ ގޮޑިރައް ގެއްލި އާދައިފެ ހޮޓާރަކުން އެއްޗެއް ކަޅެއް ބޯލަންހެހޭނެކަމެވެ. ތިމަގާމް ލިބުނީވެސް ވަރަށް ޗޯރުކޮށް ތިބާ ރޭވި މިޝަނެއްގެ ދަލުގައި ޕީޕީއެމްގެ ލީޑަރޝިޕް ޖެހުން. އެހެން ނޫންނަމަ ޝަރީފްތީ ކާކުތޯ އީސީގެ ރައީސަކަށް ހުންނަށް. ފުވާދު މާރަގަޅުވާނެ.

  10. Miadhu

    ޕާޓީއެއް އުފެއްދުމަށް އަދުރޭއަށް ހުއްދަދެވުނުކަން އީސީއަށް އެގޭބާ

  11. ސަންގުގެރި

    ސަރީފުވެސް ލާދީނަށް އެނބުރިއްޖެ މުޅިރާއްޖެ ކާފަރުވެއްޖެ ސަރީފޫ ގައުމު ހަލަބޮލި ނުކުރޭ .

  12. ހަސަން

    ޔާމީނާ ޖައްސާލައިގެން އުޅުނަސް ބޮޑުވަރު. އެހެން ޕާޓީތައް އުފެއްދުމަށް ހުށަހަޅާ ފޯމުތައް ތިވަރައް ޗެކް ކުރަންތަ. ގައިމުވެސް މިދޭތެރެއިން މިއުފެއްދި ޕާޓީތަކަށް ވަރަށް އަވަހަށް ހުއްދަދީފި. ޔާމީންގެ ސިޔާސީ ހަޔާތް ބަރުބާދު ކުރި ނަމަވެސް އޭނަ ގެނައި ތަރައްގީ ދިވެހި ގައުމުގައި އަބަދަށް ފެންނަން ހުންނާނެ.

  13. ވގ

    ސާބަހޭ އަދުރޭ އަދިވިސް ތިބަލަނީ އޮޅުވާލެވޭތޯ ކޮން އިރަކުންބާ އިސްލާހުވާނީ