2018 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ޓޮޕް 10 ގައި ހިމެނިއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިހެން ވިދާޅުވެފައި ވަނީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދުއެވެ.

ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޝީދު ވިދާޅުވެފައި ވަނީ ކުރީ އަހަރަށްވުރެ މިއަހަރުގެ ނަތީޖާ ގިނަ މާއްދާ ތަކަކުން މަތިވެފައި ވާ ކަމަށާއި 2018 ވަނަ އަހަރު އޯލެވެލް އި،މްތިހާނުގައި ބައިވެރިވި ކުދިންގެ ތެރެއިން 376 ދަރިވަރުން ޓޮޕް 10 އަށް ހޮވިފައިވާއިރު އޭގެތެރޭގައި ހާއްސަ އެހީއަށް ކުއްޖަކު ހިމެނޭ ކަމަށެވެ.

ވަގުތު އިމޭޖް / އަމީން ފަހުމީ

2018 ވަނަ އަހަރު މުޅި ޖުމުލަ 5433 ދަރިވަރުން ގްރޭޑު 10 ގައި ކިޔަވާފައިވާއިރު ޖީސީއީ އޯލެވެލް އިމްތިހާނުގައި ފުލް ސްޓްރީމްގައި ބައިވެރިވެފައި ވަނީ 4571 ދަރިވަރުންނެވެ. ބާކީ 862 ކުދިން ފުލް ސްޓްރީމްގައި ކިޔަވާފައި ނުވާއިރު އެކުދިން ބައިވެރިވެފައި ވަނީ ދަސްވާރާއި ބީޓެކަށް ކަމަށް ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެފައި ވެއެވެ.

2018 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން 100 އިންސައްތަ ފާސް ލިބިފައި ވަނީ ހަމައެކަނި ލިޓްރެޗާއިންނެވެ.

2018 ވަނަ އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި މާއްދާތަކުން ފާސްވެފައިވާ ނިސްބަތަކީ:

  • އިސްލާމް - %82.9
  • ދިވެހި - %86.1
  • އިނގިރޭސި - %50.3
  • ހިސާބު - %59.8
  • ކެެމިސްޓްރީ - % 84.5
  • ފިޒިކްސް - %80.4
  • ބައޮލޮޖީ - %80.4
  • އިކޮނޮމިކްސް - %79.5
  • ބިޒްނަސް ސްޓަޑީޒް - %77
  • އެކައުންޓްސް - %75.7
  • ކޮމާސް - %65
  • ލިޓްރެޗަރ - %100
  • ކޮމްޕިއުޓާރ ސްޓަޑީޒް - %86
  • ޖިއޮގްރަފީ - %77
  • ޓްރެވެލް އެންޑް ޓޫރިޒަމް - %70
  • އާޓްސް - %56

ޑރ. ރަޝީދު ވިދާޅުވެފައި ވަނީ ތާޖުއްދީން ސްކޫލުގެ ލޮލަށް ރަނގަޅަށް ނުފެންނަ ދަރިވަރަކު އޯލެވެލް ޓޮޕް 10 ގައި ހިނޭ ކަމަށާއި އަދި ޖަމާލުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ 3 ދަރިވަރަކު ޓޮޕް 10 ގައި ހިމެނިފައިވާ ކަމަށެވެ.

ވަގުތު އިމޭޖްސް / އަމީން ފަހުމީ

2018 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން އޭ، ބީ އަދި ޑީ ލިބިފައިވާ ނިސްބަތް 2017 ވަނަ އަހަރާ އަޅާ ބަލާއިރު މަތިވެފައިވާ ކަމަށާއި ސީ އަދި ޔޫ ލިބުނު ނިސްބަތް ދަށްވެފައިވާ ކަމަށްވެސް ޑރ. ރަޝީދު ވިދާލުވެފަި ވެއެވެ. އަދި ޔޫ ލިބިފައިވާ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށްވެސް ޑރ. ރަޝީދު ވިދާޅުވެފައި ވެއެވެ.

މިނިސްޓްރީ އިން އިތުރަށް ވިދާޅުވެފައި ވަނީ މި ނަތީޖާ އަކީ އަދި ވަގުތީ ނަތީޖާއެއް ކަމަށާއި ނަތީޖާ އަށް ބަދަލު އައިސްފާނެ ކަމުގައެވެ. އަދި ޓޮޕް 10 ގެ ކްރިޓީރިއާ އަށް އެއްވެސް ބަދަލެއްނާންނަ ކަމަށްވެސް އެމިނިސްޓްރީ އިން ހާމަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުމީހާ

    ޝުކުރިއްޔާ ރައީސް ޔާމީން. ހާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަނަވަސްކޮށްދީ ހޯދައިދިން އެންމެހާ ފުުރުޞަތުތަކަށް.

  2. އާދައިގެ މީހެއް

    ތީގެ ކްރެޑިޓް މިސަރުކާރުން ނަގާނެ

  3. ޓީޗާ

    ޝުކުރިޔާ ރައީސް އިބޫ

  4. Anonymous

    ޝުކުރިއްޔާ ރައީސް ޔާމީން

  5. ޝާފިޢު

    ކިޔެވުމަށް ޝަވްޤުނުހުންނަ އެފަންނުގައި ދަށްކުދިންނަށް ރައީސް ޔާމީންގެ ސަރުކާރުން ތަޢާރަފްކުރި "އެއްވެސްކުއްޖަކު ބަކީނުކުރުމުމުގެ" ސިޔާސަތު ކާމިޔާބުވެ މެއިން ސްޓްރީމްތައްފިޔަވައި ވޮކޭޝަނަލް ، ބީޓެކް ، ދަސްވާރު ، ޕްރޮގްރާމުތަކުގެ ފޮނިމީރުކަން ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެދަނީ ލިބެމުންނެވެ. ދަރިވަރުން އެވަނީ އޭގެ ކުރިން ކުރިނާރާވަރަށް ކުރިއަރާފައެވެ. ދުރުވިސްނޭ މޮޅު މާލިމީއަކާ ހުންގަނު ހަވާލުކުރުމުގެ ނަތީޖާއަކަށްވަނީ ސަލާމަތީ ބަނދަރަކަށް ވާޞިލްވުމެވެ. ދެންވާގޮތް ދެކެން ތިބޭށެވެ.