ބ.ތުޅާދޫ ވިލުތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ވީޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު މެންދުރު 12:00ހާއިރު، ތުޅާދޫ ވިލު ތެރޭގައި މަސް ބާނަން އުޅުނު ޑިންގީއަކުން ވީޑު ކަމަށް ބެލެވޭ ހަތަރު ޕެކެޓް ހޮވާފާވާކަމަށް އެ ފަރާތަށް މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެ ތަކެތި ފުލުހުން ވަނީ އެ ފަރާތުގެ ބެލުމުގެ ދަށަށް ނަގާ، އެ ސަރަހައްދު ބެލުމުގެ މަސައްކަތްވެސް ފަށާފައެވެ.

ވީޑަކީ ދުނިޔޭގައި ހުރި މަސްތުވާތަކެތީގެ ތެރެއިން ބާރުގަދަ އެއް ވައްތަރެކެވެ. ނުރައްކާތެރި ބާވަތެއްކަމުގައިވާ ކެނަބިސް އުފެއްދުމަށްވެސް ވީޑު ގަަސް ބޭނުން ކުރާއިރު، މެރުއާނާވެސް މި ބާވަތަށް ކިޔާ އުޅެއެވެ.

މިއީ، ފަހުގެ ތާރީޚެއްގައި ރާއްޖެއިން މިހާ ގިނަ އަދަދަކަށް އެއްފަހަރާ ވީޑު އަތުލައިގަތް ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ރަންނަމާރި

    އެއީ ކޯއްޗެއް

  2. ތޯހާ

    ވީޑު؟

  3. ވީޑު

    އަހަރެންވީ އެއްވެސްމީހަކަށް ނުފެނި ފިލާގެންއުޅެންތަ..ކޮބާ ޑިމަކުރަސީ؟އެއްވެއުޅުމުގެ ހައްގު؟

  4. ލލ

    ވީޑު އެއީ ކޯޗެއްތޯ މަހީކުރީ ބޮޑު މަސްކަމަށް

  5. ސުވާލު

    އެންޑް ވަޓް އިޒް ވީޑް؟

  6. ބޮޑުތަކުރުފާނު

    ޖަޒީރާވީމަތިޔަހުރިހާކަމެއްވާނެ

  7. މޮހޮނު

    ތި ސަރަހައްދުގަ މިހާރު ވަރައް ގިނަ ވާނެ ވީޑް އެއީ އިންތިހާބު އަންނާތީ ގެންދާ އެތިކޮޅު އެއީ އެކަމައް ބޭނުން ވާކުދިން ވަރައް ގިނަވާނެ ތިތާ.

  8. ކެޔޮޅު

    އެއީ ޖަޒީރާ ފަތް، ދެން ތިފެންނާނެ ދިމަދިމާލުން

  9. ވީޑު އަންހެނުންގެ ފިރި

    އަނެއްކާ މިފެށުނީ އާކަމެއް. ދެންފެންނާނީ ހުސް ވީޑު.

  10. ކަޅުވަކަރު

    ހާދަ ކޮލިޓީ ދަށޭ! ޖަސްޓް ސެއިން!!

  11. Anonymous

    އެއީ މަސްތުވާ ފަތް(މަރްޖުއާނާ ފަތް)

  12. ބަބުކެޔޮ

    އެއީ ގަންޖާ

  13. ސޯކޯ

    އަޅެފަހެ ފުލުހުންވެސް އުޅޭ ގޮތެއް ދެން. ފަތްޕިލާވެއްޔަކީ ކާން ބޯން އަދި ފަނިވެސް ގިރަން ހުންނަ އެއްޗެއްނު. މަރިއުވާނާ ފަދަ ފަތަކީ ވިޓަމިނުން ފުރިބާރުވެފަ ހުންނަ ފަތްޕިލާވެލި

  14. ޢައްބާސް

    ޢަހަރެމެންގެ ޖަޒީރާ ރާއްޖެވީމަ ތިޔާގިވީދޯ

  15. ވީޑު

    މާބޮޑު ކަމެއްތަ

  16. އަހުމަދު

    ތި ޕެކެޓް ތަކެއް ނޫނެއްނު.... ތީ ބައިވަރެއްނު

  17. ނޯބޮޑީ ނޯޒް ވީޑް؟؟

    ވީޑް އަކީ ތިބުނާ ގަންޖާ އެއްމެންނޭ.

  18. ބޮލި މުލައް

    ޖަޒީރާ ރާއްޖޭގެ ގޮނޑުދޮށްތަކަށް ސާބަހޭ ސޯލިހުލް އަމުރު

  19. ޑެއަރ

    މިއީ ވަރަށްދެރަވަރު ކަމެއް. ތަހުގީގު ހިންގުމަށް ހުރަސް އެޅޭގޮތަށް މިފަދަ ކަންތައްތައް އާންމުންނާ ނޫސް މަޖައްލާތަކުން ޖާގަހޯދަނީ. ތިޔައޮގެ ހަގީގީވެރި ފަރާތް ހޯދަން ވަރަށް ފަސޭހަވީސް ފަލަސުރުހީނޭޅިނަމަ

  20. ޙެ ހެ

    އެއީ ހަކުރު މަދުކުރަން ގެނައި އެއްޗެއް

  21. އަބްދުއްލާ

    ވީޑަކީ ދުނިޔޭގައި ހުރި މަސްތުވާތަކެތީގެ ތެރެއިން ބާރުގަދަ އެއް ވައްތަރެކެވެ. ނުރައްކާތެރި ބާވަތެއްކަމުގައިވާ ކެނަބިސް އުފެއްދުމަށްވެސް ވީޑު ގަަސް ބޭނުން ކުރާއިރު، މެރުއާނާވެސް މި ބާވަތަށް ކިޔާ އުޅެއެވެ.
    މިއީ، ފަހުގެ ތާރީޚެއްގައި ރާއްޖެއިން މިހާ ގިނަ އަދަދަކަށް އެއްފަހަރާ ވީޑު އަތުލައިގަތް ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

    ޖަޒީރާ ރާއްޖޭގެ ގޮނޑުދޮށްތަކަށް ސާބަހޭ ސޯލިހުލް ތިގޮތަށް ޖަޒީރާވާނީ.

  22. ޖަޒީރާ

    ތީ ޖަޒީރާ ފަތް ވަރަށް ޖަޒީރާވަންތަކޮން ތިހުރީ އެތެެރެކޮށްފައި ތީ ނުރަސްމީ ދަތުރެއްގައި ލަންކާޔަށް ދިޔަކަންތަށް ނޫންބާ....

  23. ޥަލު ޖަނަވާރު

    މަ ބުނަންތަ ސިއްރެއް! އަޑު އަހަންތަ އަމީނު ވެރިކަމުގަ މޮޅު ދުންފަތޭ ކީ އަޑު؟ އެއީ ތިކިޔާ ވީޑު! އެނުގެނެސް އިމްޕޯރޓް ހުއްޓާލައިގެން ހަވަރައް ދިނީ! އޭރުގަ މޮޅު ދުންފަތް ލިބޭނީ ރަށް ރަށުގެ ކަތީބުން ނާއި ބޭބޭ ފުޅުންނައް! ގަބޫލު ނުކުރެވެންޔާ އޭރުގެ މީހެއް ގާތުން އަހާލަބަލަ މިނޫން ގޮތަކައް ބުނޭ ތޯ!

  24. އަހުމަދު

    ތުޅާދޫގައި ގެވަޅުހިއްކަން މޫދު ސަރަހައްދުގައި ދީފައި އޮންނަ ސަރަހައްދުތަކުގައި އޮންނަ މޫދު ވިނަތީ. އޮންނާނެ ހެޓަކަށް. އަދި މީގެ 20 އަކަށް އަހަރު ކުރީގައި ތުޅާދޫ ކައިރީ އޮންނާނެ ފިނޮޅުގަނޑެއް އެތަނަށް ކަނބާފައި ބައްތެލީގައި ދާއިރު ތިޔަ ވީޑުތަކާ ވަރައްދިމާވެ. މޫދު އަޑިވެސް ނުފެނޭ. ލިޓުލް މާރމެއިޑް ކާޓޫނުގަ ކިޔާ ލަވައިގަވެސް ކިޔާނު އެ ވީޑުގެ ވާހަކަ.
    "ދަ ސީވީޑް އިސް އޯލްވޭސް ގްރީނާރ އިން ސަންބޮޑީސް އެލްސަސް ލޭކް"

    "ޔޫ ޑްރީމް އަބައުޓް ގޮއިންގް އަޕް ދެއާރ ބަޓް ދެޓް އިސް އަ ބިގް މިސްޓޭކް"

  25. ތަހުތު

    ކާކުތައަތުލައިގަތީ ބަޔަކު ދީނީ ދޯ އެވަރުންދޯމަބޮޑުވާންވެގެންބުނަނީ އަތުލާގަތީޔޯލަ

  26. އެމީހާ

    ތިޕެކުތަކައް ހަދާނެގޮތެއް ހޯދަން ކޮމެޓީއެއް ހަދަން ފެނޭ މީކޮމެޓީހަދައިގެން ހުރިހާކަމެއް ކުރާސަރުކާރެއް ވިއްޔާ ކޮމެޓީސަރުކާރު

  27. ާނިންޖާ

    އަތުލައިގަތް ފަހަރޯ