ނިމިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަސް މާލޭގައި، ޑަބްލިއު ކޮންސްޓްރަކްޝަންސްއިން މަސައްކަތް ކުރަމުންދިޔަ އިމާރާތެއްގެ ފަސްވަނަ ބުރިން، ސިމެންތި ބަސްތާއެއް ވެއްޓި ޖެހިގެން ސީރިއަސް އަނިޔާތަކެއް ލިބި، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް، ނިޔާވި ބަންގްލަދޭޝްގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާންގެ މަރުގެ ތަހުގީގު ނުނިމެނީސް ރާއްޖެ ދޫކޮށް ނުދާނެ ކަމަށް ކުއްޖާގެ މަންމަ ބުނެފިއެވެ.

މިއަދު އުނިމާ ގްރޭންޑް ހޮޓެލްގައި ރައުޝަން ޖިއާންގެ މަންމަ ޑރ . ފަރުޒާނާ ހުސެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރައުޝަން މަރުވީ ބޮޑު އިހުމާލަކުން ކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

"އަހަރެންގެ ދަރިފުޅު ރައުޝަން ޖިއާން މަރުވީ ބޮޑު އިހުމާލަކުންކަން ސާފުކޮށް ފެންނަން އެބަ އޮތް, އަނބުރާ މާލެ މިއާއި ރައުޝަން އަށް އިންސާފު ހޯދައިދޭން, މި މަސައްކަތް ހުއްޓާ ނުލާނަން, ރައުޝަންގެ މަރުގެ ތަހުގީގު ނުނިމެނީސް ރާއްޖެ ދޫކޮށް ނުދާނަން،" ރައުޝަންގެ މަންމަ ވަރަށް އަސަރާއެކު ބުންޏެވެ.

ރައުޝަންގެ އާއިލާގެ ގާނޫނީ ވަކީލުންވެސް ބައިވެރިވި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުނުގައި ރައުޝަންގެ މަންމަ އިތުރަށް ބުނީ ރައުޝަންގެ ކުއްލި މަރުގެ ސަބަބުން ވަރަށް ފުން ހިތާމައެއް އާއިލާއަށް ލިބިފައިވާ ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ލިބުނު ހިއްވަރާއި ސަޕޯޓް ވަރަށް ބޮޑަށް ފާހަކުރާ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށްވެސް އޭނާ ބުންޏެވެ.

"ރައުޝަންގެ ކުއްލި މަރުގެ ސަބަބުން ވަރަށް ފުން ހިތާމައެއް އާއިލާއަށް ވަނީ ލިބިފައި. ރައުޝަންގެ މަރަށް ފަހު ރާއްޖޭގެ ރައްޔިތުން އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ ރައީސް މުހައްމަދު ސާލިހު އަދި ނައިބު ރައީސް ފައިސަލް ,ކުރީގެ ރައީސް މައުމޫން އަދި މާލެ ސިޓީ ކައުސިލާއި ފުލުހުން އަދި އައިޖީއެމްއެޗުން ލިބުނު ސަޕޯޓް ފާހަގަކޮށް ޝުކުރު ދަންނަވަން " ރައުޝަންގެ މަންމަ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައުޝަންގެ އާއީލާގެ ގާނޫނީ ވަކީލުގެ ޓީމުން ވިދާޅުވީ ރައުޝަންގެ މަރުގެ ތަހުގީގު ދިވެހި ފުލުހުން ކުރިއަށް ގެންދަނީ ރަނގަޅު ސްޕީޑެއްގައި ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންއަށް އަލުން އިމާރާތް ކުރުމުގެ ހުއްދަށް ދީފައިވާއިރު ހުއްދަތައް އަލުން ދީފައި ވަނީ ފިޔަވަޅު އެޅުމަށްފަހުކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންއަށް އަލުން އިމާރާތް ކުރުމުގެ ހުއްދަދީފައިވަނީ ފިޔަވަޅު ނާޅާކަމަށް މީގެ ކުރިން ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އެ ވާހަކަތަކުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

ޑަބްލިއު ކޮންސްޓްރަކްޝަނުން އެހާދިސާއާ ގުޅިގެން ބުނެފައިވަނީ އެކުންފުނިން މަސައްކަތް ކުރިއަށް ގެންދިޔައީ ގަވާއިދާއި އެއްގޮތަށް ހުއްދަ ނަގައިގެން ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ބުނެފައިވަނި އެ ސައިޓުގައި މަސައްކަތް ކޮށްފައިވަނީ ނުބައި ބޯޑެއް ބަހަށްޓައިގެން ކަމަށާއި މަސައްކަތް ކޮށްފައިވަނީ ގަވައިދާއި ހިލާފަށް ކަމަށެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ އަންހެން ކުއްޖަކު ޑަބްލިޔު ކޮންސްޓްރަކްޝަންގެ ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ ތެރޭގައި ނިޔާވެފައިވާއިރު އެ މައްސަލައިގައި މިހާތަނަށް އެއްވެސް ފަރާތަތަށް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ރަދުން

  އިންސާފުހޯދަން ބަންގާޅީން މިގައުމުގައި މުޒާހަރާ ނުކުރާނެބާ؟؟

 2. ރާއްޖެ

  ތިޖެހުނީ ރާއްޖޭގަ ވަޒަންވެރިވާން

 3. ޢަބްދުﷲ ރަޝީދު

  ބަންގާޅުގައި މަރާލެވުނު ރައުދާ އާތިފަށް އިންސާފު ހޯދައިދެވުނުތަ.

  ބަދަލުހިފުމެއް!

 4. ޢަބްދުﷲ ރަޝީދު

  ބަންގާޅުގައި މަރާލެވުނު ރައުދާ އާތިފަށް އިންސާފު ހޯދައިދެވުނުތަ.

  ބަދަލުހިފުމެއް!!

 5. ވިސްނާ

  އިންސާފުހޯދަން ކޮންމެހެން މުޒާހަރާ ކުރާކަށް ނުޖެހޭނެ. އެކަމަކު އެހާލަތަށް ދާންޖެހެނީ ވެރިންގެ އިހުމާލުންކަމަށް ފާހަގަ ކުރެވޭ.

 6. މަގޭ

  ދެއްކި ވާހަކަ އޮޅުވާނުލާ...

 7. Anonymous

  އިންސާފުހޯދަން ކޮންމެހެން މުޒާހަރާ ކުރާކަށް ނުޖެހޭނެ. އެކަމަކު އެހާލަތަށް ދާންޖެހެނީ ވެރިންގެ އިހުމާލުންކަމަށް ފާހަގަ ކުރެވޭ.

 8. ބޯސަން

  މިހާރުތީ ސިޔާސީ ސްޓަންޓްއެއް...

 9. މަންމަ

  އެތަނެކޭ އެއްވަރަށް މަންމަގެ ވެސް އިހުމާލު އެބަ އޮތް. ބޯޑްޖަހާފަ ހުރި އިރު އަދި މަސައްކަތް ކުަރަން ތިބިއިރުވެސް އެކަމަށް ސަމާލުކަން ނުދީ ދަރިފުޅު އަތުގަވެސް ނުހިފާ ދިއުން.

 10. އިބްރާހިމް ޢަލީ

  ރަގަޅު. މި ސަރުކާރުން މިމައްސަލަ އޮއްބާލަން އުޅުނަސް ތިޔަ ނެންގެވި ފިޔަވަޅު ހަމަ ރަގަޅު. އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން އަދި ކުއްވެރިވާ ފަރާތް ކަމުގައިވާ ޑަބްލިޔު ކޮންސްޓްރަކްޝަން އަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހަރު އަޑުން ގޮވާލަން. މިއީ މިހެން ފަސޭހައިން ދޫކޮށްލާ ވަރުގެ ކަމެއް ނޫން.