އާންމުކޮށް އިޢުލާނު ނުކޮށް ފަޅުރަށްރަށް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިއަދު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޤާނޫނު ނަންބަރު 98/20 "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު" ގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން އާންމުކޮށް އިޢުލާނު ނުކޮށް ފަޅުރަށްރަށް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ވާކަން ކަމަށެވެ.

މިކަން ހުއްޓާލީ ކީއްވެގެންކަމެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ، ވަރުވާ އަށް ފަޅުރަށްރަށް ހޯދުމަށް އެދި އެ މިނިސްޓްރީއަށް ފޯމު ހުށަހަޅައި، މިހާތަނަށް އެގްރިމެންޓް ނުކުރެވި ހުރި ރަށްތަކުގެ އެގްރިމެންޓް ކުރުމުގެ ކަންތައްވެސް މިވަގުތު، ވަގުތީ ގޮތިން ހުއްޓާލާފައި ވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު