ސަލްޓަން ޕާކު ތަރައްޤީކުރުމަށް ނެގި ކަޅުވަކަރު މިސްކިތް ، ނަމާދުގެއްގެ ގޮތުގައި ބޭނުންކުރުމަށް ، މިނިސްޓްރީ އޮފް އާރޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖުން ނިންމައިފިއެވެ.

ކަޅުވަކަރު މިސްކިތް މިހާރު ބަހައްޓަން ނިންމާފައިވަނީ ޤައުމީ ދާރުލްއާސާރު ކައިރީގައެވެ. ނަމަވެސް ކުރިން ކަޅުވަކަރު މިސްކިތް ބަހައްޓަން ހަމަޖެއްސީ ދިރާގު އޮފީސް ކުރިން ހުރި ބިމުގައެވެ. ނަމަވެސް އެއީ މިސްކިތެއްގެ ކުރިމަތި ކަމަށްވާތީ ފަހުން ވަނީ އެ ބިމުގައި މިސްކިތް ނުބަހައްޓަން ނިންމާފައެވެ.

ނަމާދުގެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވާ ކަޅުވަކަރު މިސްކިތުގައި ބަންގި އެއް ނުގޮވާނެ ކަމަށާއި ، ޖަމާޢަތް ހަދައިގެން ނަމާދުވެސް ނުކުރާނެ ކަމަށް ހެރިޓޭޖުން މަޢުލޫމާތު ދެއްވައެވެ. އަދި ވުޞޫކުރާނެ އިސްކޫރު ބަރިއާއި ފާޚާނާވެސް ނުހުންނާނެކަމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރ މުޙައްމަދު ޠާރިޤު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ނަމާދުކުރަން އަންނަ ފަރާތްތައް ވުޟޫކުރުމަށް ވަޅާއި ދާނި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ކަޅުވަކަރު މިސްކިތް ހުރި ތާނގާ މިހާރު ހަދާފައިވަނީ ވިންޓަރ ޕާކެވެ. ނަމަވެސް ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވަޢުދެކެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚކަޓި

    ކިހިނެތް ހަދާނަމޭ ހިތާތަ މިބަޔަކު މި އުޅެނީ... ލާދީނީ

  2. ޖޮއްބެ

    ދޮގެއްވާނޫން ކަޅުވަކަރު މިސްކިތަކާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅޭ މީހެއް ތިޔަ ޔުމްނާއަކީ. މިއިރު މިސްކިތްކުޑަކަމުން ތިންމީހުނާ ފަޅި ވެސް އެރޭވަރުނުވޭ. އެވަރުގެ ކުޑަމިސްކިތެއް ބޮޑު ޚަރަދު ތަކެއް ދުއްވާލައިގެން އަނެއްކާ ރާވަން؟ ކޮން ސަކަރާތެއް؟

    1
    1