ކީރިތި ރަސޫލާއަށް ފާޑުކިޔުމަކީ ސަޅިކަމެއް ނޫން ކަމަށާއި އަދި އެފަދަ ކަމެއް ދިފާއު ނުކުރައްވާނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ޓްވީޓެއް ކުރައްވައިފިއެވެ.
"ވަގުތު" ގެނެސްދީފައިވާ ހަބަރަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ޔޫތު މިނިސްޓަރު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކީރިތި ރަސޫލާއަށް ސީދާކޮށް ނުސީދާކޮށް ފާޑުކިޔުމަކީ ސަޅިކަމެއް އަދި ގަދަ ކަމެއް ވެސް ނޫން ކަމަށެވެ.
"އަޅުގަނޑަކީ އެފަދަ ވާހަކަތަށް ދިފާއު ކުރާނެ މީހެއް ނޫން " މަހުލޫފް ވިދާޅުވިއެވެ.
Vaguthu Noohah saabas:
Ekamaku dhannavan, Islam dheen aai keerithi Rasoolaa ah seedhaakoh adhi nuseedhaakohves faadu kiyumakee gadhakameh adhi salhi kameh noon.Alhugandakee efadha kameh dhifaaukuraane meehehves noon. https://t.co/4bpzOTa2CZ
— Ahmed Mahloof (@AhmedMahloof) January 22, 2019
މަހުލޫފު މިހެން ވިދާޅުވެފައިވާއިރު ފަހަކަށް އައިސް މަންދު ކޮލެޖްގެ ވެރިއާ އަދި ކުރިން މަޖިލިސް މެންބަރުކަން ކުރެއްވި އިބްރާހިމް އިސްމާއީލް (އިބުރާ) ދަނީ ފާޅުގައި ކީރިތި ރަސޫލާއަށް ބަދު ބަސް ރައްދުކުރަމުންނެވެ. މީސް މީޑިޔާގައި އިބުރާ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ގިނަ އަދަދެއްގެ އާއްމުންވެސް ދަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުޙުސިންވެސް ވަނީ އިބުރާގެ ވާހަކަތަކަށް ނުސީދާ ކޮށް ރައްދު ދެއްވާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ފެށުނު ފަހުން ފާޅުގައި އިސްލާމްދީނާއި ދެކޮޅަށް ވާހަކަދައްކާ ދިވެހިންގެ އަދަދު ވަނީ މީން ދުވަހަކު އިތުރު ނުވާ ވަރަށް އިތުރުވެފައެވެ. ނަމަވެސް އެފަދަ ވާހަކަ ދައްކާ ފަރާތްތަކާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައެވެ.
ސަޅި ކަންކަން ކަލެޔައް ފެންނާނެ ދުވަހެއް އަންނާނެ، ކަލޭ ގަބޫލް ކުރިޔަސް ނުކުރިޔަސް
ކުޑާއިރު އިޞްލާޙިއްޔާއަށް ގެންދިޔާމާ އެތަނަށް ނުކުޅަދާނަވާވަރަށް ނުފޮރުއްޕާން ކޮށް އުޅުނު މީހަކު އެހެން މީހުންނާދިމާލައް " ގުދޯ" ގޮވުމަކީވެސް "ސަޅި" ކަމެއް ނޫން. ދޮތަ؟!!!
މުސްލިމަކީ އެމީހެއްގެ ދުލާ އަތުގެ އުނދަގުލު އެހެން މީހުން ސަލާމަތް ވެގެންވާ މީހާއެވެ. ކަލޭ ރައީސް ޔާމީނާ ޖައްސާލައިގެން އޭނާގެ އަބުރު ކަތިލަމުން ތިޔަ ދުވަނީ އެއީ ސަޅިކަމަކަށް ވާތީ ހެއްޔެވެ....؟؟؟
ސަޅިކަމެއް ނޫނޭ ބުނީމަ ނިމުނީތަ. އެއްމެ ކުޑަމިނުން ކުއްވެރިންވެސް ނުކޮއްލަ.