މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖުގެ ކޮންކްރީޓް މަސައްކަތް ކުރުމަށްޓަކައި ހެދި ޕްލެޓްފޯމުގެ ބައިތައް އެއްކޮށް ނަގައިފިއެވެ.

މިދިޔަ އަހަރު އޮގަސްޓް މަހު 30 ވަނަ ދުވަހު ހުޅުވި ސިނަމާ ބުރިޖު ހެދުމަށް ބޭނުން ކުރި ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ބުރިޖު ހުޅުވުމުގެ ކުރިން ފެށިއެވެ. އެ މަސައްކަތުގެ ތެރެއިން ޕްލެޓްފޯމްގެ ބޮޑުބައެއް ނެގިއިރު، މިހާރު އެއްކޮށް ވަނީ ނަގާފައެވެ.

ލޮނުޒިޔާރަތް ކޮޅުން ފެށިގެން ހުޅުލޭ ކޮޅަށް އަޅާފައިވާ މި ދަގަނޑު ފާލަން ނަގާފައިވާއިރު، ބުރިޖު ހެދުމުގެ މަސައްކަތް ކުރަމުންދިޔައިރު، ފާލަން ބޭނުންކޮށްފައި ވަނީ އެއްތަނުން އަނެއްތަނަށް ސާމާނުތައް އުފުލުމަށެވެ. ދަގަނޑުން ހެދި އެ ފާލަމުން މާލެ އިން ހުޅުމާލެއާހަމައަށް ދެވުނެވެ.

ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، އެ މަސައްކަތް ކުރިއަށްގެންދިޔަ ޗައިނާގެ ސީސީސީސީ ކުންފުނިން ދެ އަހަރު ވަންދެން ބުރިޖުގެ މެއިންޓެނެންސް މަސައްކަތް ބަލަހައްޓާނެއެވެ.

ކިޔުންތެރިންގެ ހިޔާލު