ކްރިމިނަލް ކޯޓާއި ގުޅުވައިގެން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދޫ ދެއްކެވި ވާހަކަތައް ބެލުމަށް މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ ފަނޑިޔާޔުންގެ މަޖިލީހުން ނިންމެވީ މިއަދުގެ އަޑުއެހުން ކެންސަލް ކުރުމަށް ކަމަށެވެ.

ސުއޫދުގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ކްރިމިނަލް ކޯޓާއި އެކޯޓްގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭގޮތަށް، ސުއޫދު ވާހަކަ ދެއްކެވިކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ސުއޫދުގެ މައްސަލަ ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާ މިއަދު މެންދުރުފަހު 14:00 އަށް ފުރަތަމަ އަޑުއެހުން ތާވަލުކޮށް މިހާރު ކެންސެލް ކުރި އިރު އެ ކޯޓުން ބުނީ ފަހުގެ ތާރީހެއްގައި އެ މައްސަލަ އަލުން ޝެޑިއުލްކޮށް އަންގާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ހުރުމަތާއި ކަރާމާތާއި ހައިބަތު ނަގާލައި، ކޯޓުންގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާ ގޮތަށް މީޑިއާއަށް މައުލޫމާތުދީ، ވާހަކަ ދެއްކި މައްސަލަ "ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު"ގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގެ ގޮތުގައި ބެލުމަށް މިއަދު ބޭއްވި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

ސުއޫދު ދެއްކި ވާހަކަތަކުގެ ހެކި ހުށަހެޅުމަށް ސުޕްރީމް ކޯޓުން އޭނާއަށް ކުރިން އަންގާފައިވީ ނަމަވެސް، އެހެކިތައް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ސުއޫދު ވަނީ ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ސުއޫދު ދެއްކެވި ވާހަކަތައް ތަޙްޤީޤު ކުރާ ޖޭއެސްސީގެ ކޮމެޓީއަށް ހެކިތައް ހުށަހަޅާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުރިމިނަލް ގާާޗީ

    މަށެއް މަކުރިއެއްވެސްކަމެއް ގޯސްކަމަކައްހުކުމެއް

    ނުނެރާނަން. މަމީއަލިފެއް.

  2. އަހްމަދު

    ބިރުގަތީ. ދެން ލާހިކެއްނޫން ތިއަޑު އެހުން ބާއްވާކަށް. ސްޕްރީމް ކޯޓުން އަންގާނެ ފައިލްތައް އެކޯޓާ ހަވާލުކުރަން.