އެތައް ބައެއްގެ މަޤުބޫލުކަން ލިބިފައިވާ ދީނީ އިލްމުވެރިޔާ، އައްޝައިޚް އާދަމް ޝަމީމް ދެއްކެވި ވާހަކަތަކެއް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވަރކުގައި އިސްކޮށް މަސައްކަތް ކުރާ ޝަހިންދާ އިސްމާއީލް އަށް ފަހުމު ނުވެއްޖެއެވެ. ޝަހިންދާ އަށް މި ވާހަކަތައް ފަހުމުނުވާކަން ހާމަވީ، ޝައިޚުގެ ވީޑިޔޯއެއް ޓްވީޓުކުރުމަށްފަހު ދައްކާފައިވާ ވާހަކައަކުންނެވެ.

"އާދަމް ޝަމީމް ހީވަނީ ކުށްވެރިންނަށް ކުށް ކުރުމަށް ހިތްވަރު ދޭހެން، ކޮންމެ ދުވަހަކު ފަރުޟު ފަސް ނަމާދު ކުރުމުން ފާފަތައް ފުހެވޭނެކަމަށް ބުނެ." ޝަހިންދާ ބުނެފައިވެއެވެ.

އެހެންނަމަވެސް، ޝައިޚް ޝަމީމުގެ ވާހަކަތައް އަޑުއެހުމުން ހާމަވެގެންދަނީ އެހެން ކަމެކެވެ. ޝަހިންދާ އަށް މިކަން ފަހުމު ނުވާކަން ހާމަވެއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވާ ކަހަލަ، ވައްކަން ކުރާ މީހުންނާއި މަގުފޭރޭ މީހުންނާއި ނުވަތަ އަދިވެސް ވަރަށް ހަޑި ހުތުރު ކަންތައް ކުރާ މީހުން މަސްތުވާއެއްޗެހި ބޭނުން ކުރާ މީހުން ، އެއީއޭ އެންމެ ނުބައި މީހުންނަކީ. ރަނގަޅު އެ ވަރަށް ނުބައި ބައެއް. އެކަމަކު ފަރުޟު ފަސް ނަމާދު ނުކުރާ މީހާ؟ ނަމާދު އަޅާ މީހާ ނަމާދަށް އަހަންމިއްޔަތުކަން ނުދޭ މީހާ؟ އެއީކީ އެއްވެސް ނުބައި މީހެއް ނޫން، ވަރަށް ޑީސެންޓް ކޮށް ހެދުން އަޅާފައި، ވަރަށް ރަނގަލަށް ކިޔަވާފައި، މަތީ ސެޓްފިކެޓެއް އޮވިއްޖިއްޔާ ސަރުކާރުގައި ނުވަތަ ތަނެއްގެ މަތީ މަގާމުގެ ހުރެއްޖެއްޔާ، ރަނގަޅު މުސާރަ ލިބެންޏާ އޭބާގެ ބޭރުފުށުގެ އަހުލާގުތައް ރަނގަޅިއްޔާ، އެއީ މާތް މީހެއް އަޅުގަނޑުމެންގެ ތެރޭގައި. ވަރިހަމަ ނަމާދެއް ނުކުރިޔަސް..."

"...ތަޞައްވަރު ކޮށްލައްވާ މި ދެ މިސާލު. ތިބޭފުޅުންގެ ޚިޔާލަށް ގެންނަވާ. އެކަކަކީ ފަރުޟު ފަސް ނަމާދު ކުރާ މީހެއް. އެކަމަކު އެހާ ރަނގަޅު މީހެއް ނޫން، ނުބައި ކަންތައްތައް ކުރާ މީހެއް. ވަރަށް ނުބައި މީހެއް އެއީ އެކަމަކު ފަސް ނަމާދު ކުރާތީވެ އޭނާއަށް އެބޯތޭ ﷲ ސުބުހާނަހޫ ވަތައާލާ އޭނާއަށް ސަޒާ ދެއްވާފައިވެސް މަޢާފް ކުރައްވާނޭ، އޭނާއަކީ އިސްލާމެއްތޯ ނޫންތޯ އިސްލާމް ދީނުގެ އިލްމުވެރިން ޚިލާފެއް ނުވެޔޭ، ހުރިހާ ޢިލްމުވެރިންގެ ގާތުގައި އެއީ މުސްލިމެއް. އޭނާ ވައްކަން ކުރަނީ، އޭނާ ނުބައި ކަންކަން ކުރަނީ އެހެންނަމަވެސް އެއީ މުސްލިމެއް، ކީއްވެގެން؟ ފަރުޟު ފަސް ނަމާދު ގާއިމް ކުރޭ، އޭނާ ﷲ އަށް އަޅުކަން ކުރޭ. އެކަމަކު އަޅުގަނޑުމެންނަށް ފެންނަން މިހުރި ވަރަށް ޑީސެންޓް ވަރަށް މޮޅަށް ކިޔަވާފައި ހުރި މާތް މީހެއް، ވަރަށް މަތީ މުސާރައެއް ލިބޭ ވަރަށް މަތީ މަގާމެއްގައި ހުރި މީހެއް. އޭނާ ނަމާދެއް ނުކުރޭ، އަހުލާގު ރަނގަޅު އެއީ ރަނގަޅު ސިފައެއް އެކަމަކު ނަމާދު ނުކުރާތީ އިސްލާމްދީނުގެ އިލްމުވެރިންގެ ތެރެއިން އެއްބަޔަކު ވިދާޅުވަނީ އެއީ އިސްލާމެއް ނޫނޭ، ކާކުތޯ ވިދާޅުވަނީ މިތަނުން ނުބައީ ކާކުކަން، ޝައްކެއް ނެތް ނަމާދު ނުކުރާ މީހާ" ޝައިޚް ވިދާޅުވިއެވެ.

ޝަހިންދާގެ ވާހަކަތަކަށް ޝައިޚް ޝަފީއުވަނީ ރައްދު ދެއްވާފައެވެ. އެގޮތުން، ފޭރޭ މީހުންނާއި އެފަދަ އެހެންވެސް ނުބައި ކަންކަން ކުރާ ފަރާތްތަކަކީ ބޮޑެތި ނުބައި ކަންކަން ކުރާ މީހުންކަމަށް ޝައިޚް ޝަމީމު ވިދާޅުވެފައިވުމުން، އެއީ ކުށްކުރަން ހިތްވަރު ދިނުން ނޫންކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ، ނުބައި ކަންކަން ކުރާ މީހާ އަށް އަޒާބު ދެއްވުމަށްފަހު އެފާފަތައް ފުއްސަވާނެކަމަށް ވިދާޅުވުމަކީ، ނަމާދު ކުރުމުން ފާފަތައް ފުހެވިގެން ދިއުން ނޫންކަމަށާއި އެއީ އަޒާބަށްފަހު މަޢާފް ދެއްވުންކަމަށް ވިދާޅުވިއެވެ. ނަރަކައިގެ އެންމެ ކުޑަ އަޒާބަކީވެސް ވަރަށް ވޭން ހުރި އަޒާބެއްކަމަށް ދަންނަ ބޭކަލުން ވިދާޅުވެއެވެ.

ޝަހިންދާ އަކީ މިހާރު ދީނާ ޚިލާފު އެތައް ވާހަކައެއް ދައްކަމުން އަންނަ އިބްރާހީމް އިސްމާއީލް (އިބުރާ)ގެ ކޮއްކޮއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އިސްމެހެލާ

    ބޯގަންވިލާ ދަރީންނާއިހެދި މިހާރު އާއްމު އުދަގުލކަށްވެއްޖެ.

    13
    2
  2. ކޮލެޖް

    ސަހަލު އެކަތިވެސް ނެތޭ ބޯގަންވިލާގެއަށްނިސްބަތްވާ މުޅިން ލާދީނީ ބައިގަނޑެއް

    13
  3. ބެއްޔާ

    ލާދީނީ ބައިގަނޑު އުތިރި އަރަނީ. ހާދަ ވަރުގަދަ ބަޔެއްފަހަތުގަ ތިބީމަޔޭދޯ. އަހަރުމެންގެ ގައުމުގެ ވެރިމީހާ ޗުއްޕުވެސް ނުބުނޭ. ހަނު ހުންނަންވެގެން ކޮމިޝަނެއް ހެދީ

    13
  4. ޥިންދު

    އީބުރާގެ ކޮއްކޮ އެކަންޏެއް ނޫނޭ. ފުންނާބު އުސްކަމަށް ދަޢުވާކޮށްގެން އުޅޭ ޖަހުލް ބިލް ޢަމަލުގެ ވެރިޔާ ލޯޔަރު ޝަމްބެއްގެ އަންހެނުންނޭ. ލަނޑަޔާވާނީ ލަނޑަޔާއޭ ބުނާތީ އަޑުއަހަމޭ. ނޫންނަމަ ތިމާގެ އަނބިމީހާ އިޞްލާހުކުރަން މަސައްކަތްކުރާނެ

    12
    1
  5. ޜީމް

    ބޯގަންވިލާ ބައިގަނޑަކަށް އިސްލާމްދީނާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ފަހުމެއް ނުވާނެ ނުވަނީކީ ނޫން ނުބައި ނުލަފާ ކަމުން ފަހުމް ނުވާ ކަމަށް ހަދަނީ އެކަމަކު ޣައިރު މުސްލިމުން އެމީހުންގެ ދީނުގެ ވާހަކަ ދެއްކީމަ މިބައިގަނޑަށް ފަހުމް ވާކަމަށްވަނީ

    13
  6. ޤސމ

    ކަލަކު ޤަބޫލުނުކުރާކަން ހާމަކޮށްފައިވާ ޓްވިޓާ އެކައުންޓަކުން ކޮށްފައި އޮތް ޓްވީޓެއް އިބުރާގެ ކޮއްކޮ ޝަހިންދާ ކުރުމަކުން ހައިރާނެއް ނުވޭ.

    10
  7. ޢޖެނޓ

    މިއީ ކިހިނެއްވެގެން އުޅޭ ބައިގަނޑެއްތަ؟

    10
    2
  8. ޕީޖޭ

    ކީއްވެ ކުއްލިއަކަށް ޝެއިޚުންނާއި މިބެހެނީ ހިތާމަހުރި، އަމުދުން ޝަމީމުފަދަ ބޭފުޅަކާއި..ޝަމީމުގެ ސަބަބުން ރަގަޅުވި ވ ގިނަ ދިވެހި ދަރިން އެބަތިބި..ޝެއިޚަށް ހެޔޮރަހްމަތް ލައްވާށި..އަދި ބުއްދި އިސްކޮށް ފަރުދުންގެ ދިނީ އިލްމު އިތުރު ކުރައްވާށި..ޝެއިހުން ބުނާނެ ކޮންމެ ބަޔަކު ވެރިކަން ކުރިޔަސް ރަގަޅީއާއި ނުވަތަ ގޯހީއާއި ގޯހޭ...ދިވެހި ދަރީންނޭ ވިސްނާ..ހިތާމަހުރި

  9. ޢާއިޝާ

    ފަހުމް ވާނީ ހިތުގަ އިސްލާމްދީނަށް ޒައްރެއްގެ މިންވަރުވެސް އޮތިއްޔާi

  10. ސޯޕް ލައިޓް ބްރަދަރ

    އެއާއިލާގެމީހުންނަށް ފަހުމްވާނީ ބައިބުލްގަހުންނަ ބަސްތަކުގެމާނަ!!!

  11. ޢަދުރޭ

    ޝަހިންދާ އެ ބުނީ ރަނގަޅަށް . ޤިޔާމަތް ދުވަހުން ޢެންމެ ފުރަތަމަ ސުވާލު ވެވޭނީ ނަމާދާ މެދުގަ ޔޯ . ނަމާދު ރަނގަޅު ވެއްޖިއްޔާ ހުރިހާ ކަމެއް ރަނގަޅުވީޔޯ. ނަމާދު ނުބައި ވެއްޖިއްޔާ ހުރިހާ ކަމެއް ނުބައި ވީޔޯ ސަމީމް ވިދާޅުވި. ޢަޅުގަނޑުވެސް އަޑު އެހިން. ޢެހެނެއް ނުބުނެވޭނެ. ކީރިތި ޤުރްއާނުގައި . ( މިސްޤާލެއްގެ މިންވަރުވެސް ހެޔޮ ކަމެއް ކޮއްފި މީހާ އެކަން ދެކޭނެއޭ މިސްޤާލެއް ނުބައި ކަން ކޮއްފި މީހާ އެކަންވެސް ދެކޭނެއޭ ﷲ އަންގަވާފަ އޮއްވައެއް. ) ނަމާދު ކުރާ މީހާ އިސްތިސްނާއެކޭ އަންގަވާފަ އެއް ނެތް. ޢެހެން ނޫން ބުނެވިދާނެ ނަމާދު ކުރުމުން ނުބައިކަން ކަމުން ދުރުވާން ހިތްވަރު ލިބެއޭ

    1
    9
    • ރައްދު

      ހަމަ ތިގޮތަށް ޤުރުއާނުގައި ނަމާދު ނުކުރާމީހާ ދީނުން ބޭރުވާ ވާހަކަ ނޯވޭތޯ.

      11
  12. މޮހޮޮޮޮދޭ

    ރަންނަމާރި އެރިފަހުން ދިވެހިންނަށް މިވީ ކިހިނެއް؟

  13. މުހައްމަދު

    ވަރިހަމަ ދުވަހަކު ފަހުމްނުވިޔަސް ކިހާބޮޑުވެއްޖެ ކަމެއްމީ މިހާ އަބޫޖަހުލު އާއިލާއެއް މީ މިމީހުން ރެޔާދުވާލު ކުރާހާވެސް ކަމަކީ މީހުންމަގުފުރެއްދުން ދެންފާޑު ފާޑުގެ މަޒުމޫނުތައް ލިޔެގެން މީހުންރުޅިއެރުވުން ވީމާ މިމީހުންނަކީ ލާދީނީބައިގަނޑެއް ޝަހިންދާ ކަލެޔަކީއަންހެން ފާދިރީއެއް ހެހެހޭ

  14. އަޙުމަދު ޙަމީދު

    ކޮމިޓީ އުފެއްދީ މީހުންގެ ލޮލުގައި އަނދުން އަޅުވައިގެން އިބްރާއާ މެދު އޮތް ނަފުރަތު ކުޑަކޮށް އިބްރާ ދިފާޢުކުރަން. އެހެން ނޫންނަމަ ފުލުހުންނާއި އިސްލާމީ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ ބޭނުމަކީ ކޮބައިތޯ؟ ޑިމޮކްރެސީގައި ކަންކުރާ ގޮތަކީ ގާނޫނީ މުއައްސަސާތަކުން ގާނޫނު ތަންފީޒުކުރުން. ރަސްކަލުން ކަންކުރާ ގޮތަށް އަމިއްލަ ކޮމިޓީތައް ހަދައިގެނެއް ނޫން.

  15. ދަރީ

    ލާރި ސޭހުން

    1
    6
  16. ދީބު

    ޒުވާނުންގެ ވަޒީރު ބުނަނީ ޔާމީނުގެ ވެރިކަމުގައި މި މީހުންބޭނުންވާ ޚިޔާލު ފާޅު ނުކުރެވުނީމާ ވީގޮތެއްކަމަށް.

  17. ޢާއިޟަރު އަހްމަދު

    ކަމަނާ ދީނައް ފުރައްސާރަކޮށްގެން، ސަރުކާރުން ފިޔަވަޅު ނާޅައިގެން، ދީނީ ހަރުކަށި ޚިޔާލު އުރުރި އަރާ، މާރާމާރީއާއި ހަމައަށްދޭ. އަމިއްލަ ދޫ މަތަކޮށްބަލަ. ތިމާ ކިޔާތަކެތި ތިމާއަށް ތިޔަ ރައްދު ކުރެވެނީ.

  18. ާއަހަރެން

    މިވެރިންނައް ނޭނގެނީބާ ފަސްނަމާދު ކޮއް އަޅުކަމުގަ އުޅޭމީހާ ބިރުގަންނާނެ ކަމެއް ނުބައި
    ޢެހެނިހެން ފާފަ ތަކަކައް އަރައި ގަންނާކައް

  19. އަޅެފަހެ

    ދީނީ ކަންކަން ފަހުމުނުވާ މީހުން ދީނީ ރޮނގުން މަތީ ތައުލީމު ހާސިލްކުރަންދާންވީނު؟ މިގައުމުގެ ޝޭޚުން ކިޔާ އެއްޗެއް ފަހުމުނުވާނަމަ ފަހުމުކޮށްދެވޭނެ ޝޭޚުން ހޯދައިގެން ދާންވީނު؟ ބައްޔެއްވީމަ މި ގައުމުން ފަރުވާކުރެވެން ނެތުމުން އެހެން ގައުމުތަކަށް ގޮސް ޖިސްމާނީ ބަލިތައް ރަގަޅުކުރާ ގޮތަށް ދީނާ ބެހޭ ގޮތުން ފަހުމްނުވާ ކަންކަން އޮޅުންފިލުވަން މޮޅެތި ބޭރުގެ ޝޭޚުން ކައިރިއަށް ދާންވީނު؟ ދީނީ މީހުން ބުނާ ބަސްތަކަށް ފާޑކިޔަން ތިމާވެސް އެ ފެންވަރަށް ގޮސް ޝޭޚަކަށްވާންވީނު؟

  20. ދޯ

    ކިހާ ދެރަކަމެއް މީމިގަމަށް ޖެހި އޮތް......... ތި ބޯގަންވިލާ ގްރޯޕް ވެއްޖެއެްނު މިތަނުން ދާން ކަލޭމެން އުޅޭނީ ގޮތަކަށް އުޅެން ދޭބަލަ މަިހާރު ދެން ބލ އަކަށް ވެއްޖެ

  21. ބެއްޔާ

    ބޯގަންވިލާގެ ތަންދޮރުނުފިލާ ކުދިންގެ ބައްޕަ ދުނިޔެއަށް ދޫކޮށްފަމިވަނީ ހާދަހާވާ ނުބައި ނުލަފާ ދަރިންތަކެއް. އެކުދިންގެ ބައްޕައަށް ﷲ ރަޙްމަތްލައްވާށި. މިކުދިންނަށް ތެދުމަގު ދައްކަވާށި. މިމީހުންގެ ދަރިންނާއި އަނބިންގެ ހާލަކީ ކޮބައިތޯވެސް ހިތަށްއަރާ.

  22. އަން

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ނަމާދަކީ ދީނުގެ ތަބެވެ.ފާހިޝް ކަންތަކާ ޝަހްވަތްތަކާ މުންކަރާތާ މިފަދަ ވިޔާނުދާ ހުރިހާ އަމަލުތަކާ އިންސާނާ ދުރުކުރުވާ އެއްޗެކެވެ. ނަމާދު ކުރާމީހާގެ މިސާލަކީ ގޭކުރިމަތީ އޮންނަ ފެންގަޑަކުން ދުވާލަކު ފަސްފަހަރު ފެންވަރާމީހާގެ މިސާލެވެ. ނަމާދު ނުކުރާމީހަކަށްވުރެ ނަމާދު ކުރާމީހާ މުންކަރާތާ ޝަހްވަތްތައް ގިނަކަމުގައި ވާނަމަ އެއީ ބިރުވެރި ވާކައެކެވެ. ނަމާދު ކުރާމީހުންނަށް ހުރި ގަދަފަަ އަޒާބުގެ ވާހަކައިން އެމީހުން ބިރުނުގަންނަނީހެއްޔެވެ.

  23. އިނަސާނާ

    މާދަމާ ގިޔާމައްދުވަހުން ކައްވަޅުގަ ސުވާލުކުރެވޭއިރުވެސް ޝަހިންދާމެންފަދަ ލާދީނީ މީހުންނަކައް ފަހުމެއްނުވާނެ ހިތާމަހުރި

  24. ޖަޑިބު

    އިސްލާމް ދީނުގެ ދުސްމަނުން ރާއްޖޭގައި ގިނަވަމުން ދިއުމަކީ ވަރައް ބިރު ހުރި ކަ،މެއް

  25. 😂

    ކީއްވެތަ ނަމާދު ކުރުމަށް ހިއްވަރު ދެނީ އޭ ނުބުނީ؟

  26. އައްލެއިކަލޯ

    އިސްލާމް ދީނަށް ފާޑުކިއުން އާއްމުވެއްޖެ. އިސްލާމް ދީނާ ޚިލާފުވުމުގެ މައްސަލަތައް ދަނީ އާއްމުވަމުން. ދީނުގެ ހުކުމްތަކާ އިދިކޮޅަށް ވާހަކަ ދެއްކުމަކީ ދީނާޚިލާފު އަމަލުތައް. ދިވެހިންގެ ދީނަކީ އިސްލާމް ދީން. ﷲ ތަޢާލާގެ ހަޒުރަތުގައި ދީނަކީ ހަމައެކަނި އިސްލާމް ދީން. ދީނާޚިލާފުވުމަކީ އަދި ދީނާޚިލާފް ވާހަކަ ދެއްކުމަކީ ދިވެހި ރާއްޖޭގެ ގާނޫނާޚިލާފު އަމަލެއް. އެއަމަލު ކުރިކަން ސާބިތުވީމާ އެމައްސަލަ ހިންދާލުމަކީ އެކަކަށްވެސް ކުރެވޭނެ ކަމެއްނޫން. ދީނާޚިލާފު ޝުޢޫރުތައް ރާއްޖޭގައި ފާޅުކުރުމުގެ ޖަރީމާ ހިންދާލުމަކީ ޣައިރު މުސްލިމުންގެ އެއް މަގުސަދު. ޣައިރު މުސްލިމުންގެ ލަނޑުދަނޑިއަކީ ޣައިރު މުސްލިމު ފިކުރުތައް ދިވެހިންގެ ތެރޭގައި އާއްމުކުރުން. އެހެން ވެއްޖެނަމަ ޣައިރު ދީންތައް ޜާއްޖޭގައި ހުއްދަކުރަން ފަސޭހަވާނެ. މިހުއްދަ ގާނޫނުގެތެރެއިން ހޯދަން މަސއްކަތް ކުރާ އިސް ދިވެހި ވެރިޔަކީ އަންނި ނަޝީދު. އަންނިއަށް ނޫނެކޭ ބުނުން ހައްގު.